ރިއާލް މެޑްރިޑުގެ ރަން 119 އަހަރު!

Loading

Facebook
Twitter
WhatsApp

މުޅި ދުނިޔެއަށް މަޝްހޫރު، ސްޕެއިންގެ ފުޓުބޯޅަ ކްލަބެއް ކަމުގައިވާ ރިއާލް މެޑްރިޑަކީ ފުޓުބޯޅައަށް ލޯބިކުރާ އެއްވެސް ފަރާތަކަށް އައު ނަމަކަމަށް ނުވާނެއެވެ. ދުނިޔޭގައި އެކްލަބަށް ސަޕޯޓްކުރާ އެތައް މިލިއަން ސަޕޯޓަރުންނެއް އެބަތިއްބެެވެ. އަަޅުގަނޑުމެންގެ މިކުޑަ ކުޑަ ރާއްޖޭގައިވެސް އެކްލަބަށް ހިތުގައި ޚާއްސަ މަގާމެއް ދީފައިވާ އެތައް ހާސް ބަޔަކު އުޅެއެވެ.

1902 ވަނަ އަހަރުގެ މާރިޗް މަހުގެ 6 ވަނަ ދުވަހު ވުޖޫދަށް އައި ރިއާލް މެޑްރިޑަށް މިއަދަށް މިވަނީ 119 އަހަރު ފުރިފައެވެ. ގަރުނަކާއި 19 އަހަރުގެ ދިގު ތާރީޚުގައި ރިއާލްއިންވަނީ ފާހަގަކޮށްލެވޭ އެތައް ކާމިޔާބީއެއް0 ހޯދައިފައެވެ. ދުނިޔޭގެ ފެންވަރުގައި ފާހަގަ ކޮށްލެވުމު އެތައް ކުޅުންތެރިންނެއް އެކްލަބުން އުފައްދާފައި ވެއެވެ. ރިއާލްގެ 119 އަހަރުގެ ދިގު ތާރީޚަކީ ރަން ފުޓުބޯޅައިގެ ތާރީޚުގައި ރަން އަކުރުން ފަވާލެވޭނޭ އަހަރުތަކެކެވެ.

ރިއާލްއިން ވަނީ ބައިނަލްއަގުވާމީ ފުޓުބޯޅައިގައި އެތައް ކާމިޔާބީއެއް ހޯދައިފައެވެ. މީގެ ތެރެއިން ފާހަގަކޮށްލެވޭ ބައެއް ކާމިޔާބީތައް ހިއްސާ ކޮށްލާނަމެވެ. ރިއާލްމެޑްރިޑުން އެންމެ ގިނައިން ކާމިޔާބު ކުރި މުބާރާތަކީ ”ލަލީގާ“އެވެ. މިމުބާރާތުގެ ތަށި 34 ފަހަރު އެޓީމުގެ ތާރީޚުގައި ވަނީ އުފުލާލައިފައެވެ. މީގެ އިތުރުން 4 ފަހަރު ”ކްލަބް ވޯލްޑް ކަޕް“ އާއި ”ޔޫއެފާ ސުޕަރކަޕް“ ކާމިޔާބު ކޮށްފައިވާ އިރު، ”ޔޫއެފާ ޗެމްޕިއަންސް ލީގު“ގެ ތަށި 13 ފަހަރު ރިއާލުން ވަނީ އުފުލާލައިފައެވެ. މީގެ އިތުރުން ”ކްލަބް އޮފް ދަ ސެންޗަރީ“ގެ މަގާމް އެއްފަހަރު ހޯދިއިރު، ”ސްޕެނިޝް ސުޕަރ ކަޕް“ 11 ފަހަރު އަދި ”ޔޫރެޕާ ލީގް“ 2 ފަހަރު ހޯދާފައިވެއެވެ. އަދި ހަމައެހެންމެ ”ކޮޕާޑެލްރޭ“ގެ ތަށި 19 ފަހަރު ރިއާލުން އުފުލާލިއެވެ.

ރިއާލް މެޑްރިޑަކީ ދުނިޔޭގެ ފުޓުބޯޅާގައި އެންމެ ކާމިޔާބު އެއް ކްލަބޭ ދެންނެވުމަކީ ދޮގަކަށް ނުވާނެއެވެ. ކާމިޔަބު އެތައް ތަރިންނެއް އުފެއްދި ރިއާލްއަކީ އެތައް ބައެއްގެ ހިތުގައި ޚާއްސަ ލޯތްބެއް ދެވިފައިވާ ކްލަބެކެވެ. އެއީ އެތައް ގުޅުންތަކެއްގެ އަސްލެވެ. ރިއާލްގެ ސަޕޯޓަރުންނާއި ޓީމަކީ ބޮޑު އާއިލާއެއްކަމަށް ދެންނެވިދާނެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް