ދަރިވަރަކަށް ޖިންސީ އަނިޔާ ކުރި ޕްރިންސިޕަލަށް މަރުގެ ހުކުމް!

އިންޑިއާގައި އަމިއްލަ ބަޔަކު ހިންގާ ސްކޫލެއްގެ ޕްރިންސިޕަލްއަކު 11 އަހަރުގެ ދަރިވަރަކާ ގަދަކަމަށް ޒިނޭކުރިކަން ސާބިތުވުމުން އުމުރުން 29 އަހަރުގެ ޕްރިންސިޕަލް އަރުވިންދު ކުމާރު އެއްލައްކަ ރުޕީސްއިން ޖުރިމާނާކޮށް މަރަން ހުކުމް ކޮށްފިއެވެ. ދަރިވަރަށް ޖިންސީ އަނިޔާ ކުރުމުގައި ސްކޫލްގެ ޓީޗަރެއްކަމުގައިވާ 31 އަހަރުވީ އަބީޝޭކް ކްޝްމާރު ބައިވެރިވެފައިވާތީ އޭނާ 50 ހާސް ރުޕީސްއިން ޖުރިމާނާކޮށް އުމުރުދުވަހަށް ޖަލަށް ލުމަށް ވެސް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. ޖުރިމާނާ ކުރި ފައިސާ ހަވާލުކުރަން ޖެހެނީ ދަރިވަރުގެ ބައްޕައާއެވެ. އިންޑިއާގެ […]

ހިޔާ ފްލެޓް ތަކުގެ އެންމެ ކުޑައަގަކީ މަހަކަށް ހަތް ހާސް: އަސްލަމް  

    ހިޔާ މަޝްރޫތަކުގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހަދާފައިވާ ފްލެޓްތަކަށް އެންމެ ކުޑަވެގެން ދައްކަންޖެހޭނީ މަހަކު 7000ރ. ކަމަށް ހައުސިންގ މިނިސްޓަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަޒީރުންނާ ސުވާލުކުރުމުގެ ވަގުތުގައި މެންބަރުން ދެންނެވި ސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރ އަސްލަމް ވިދާޅުވީ ހިޔާ ފްލެޓްތަކަށް ފައިސާ ދެއްކުމަށް ހަތަރު ގޮތެއް މިހާތަނަށް ކަނޑައަޅާފައިވާކަމަށެވެ. އެގޮތުން ކަނޑައަޅާފައިވާ ގޮތްތަކުގެ ތެރެއިން އެންމެ ކުޑަ އަގެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ މަހަކު 7000 ރ. […]

ގަވާއިދާ ހިލާފަށް ބޭރުކުރަން އުޅުނު ގިނައަދަދެއްގެ ފައިސާ ހިފަހައްޓައިފި

      ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރަށް ގެންދަން އުޅުނު ގިނަ އަދަދެއްގެ ފައިސާ ހިފަހައްޓައިފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން ބުނީ މި ފައިސާ ހިފަހައްޓާފައި ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މިމަހު 12 ވަނަ ދުވަހު ބަންގްލަދޭޝްގެ ޑާކާއަށް ފުރަން އުޅުނު މީހެއްގެ އަތުންކަމަށެވެ. ކަސްޓަމް އިން ބުނީ މި މީހާއަކީ  އުޅުނު 34 އަހަރުގެ ބަންގްލަދޭޝް ފިރިހެނެއްކަމަށް ކަމަށާ އޭނާގެ އަތުން ފެނުނު ފައިސާ ދިވެހިފައިސާއިން ބަލާނަމަ 1.4 މިލިއަން […]

ވެއްޓުނު ޓާފްރޯލް ދަށުވި ޒުވާނާ ނިޔާވެއްޖެ 

އެމްޕީއެލް ސަރަހައްދުގައި މިމަހުގެ ހަތަރު ވަނަ ދުވަހުގެ ރޭ ގައިމައްޗަށް ޓާފް ރޯލެއް ވެއްޓި ސީރިއަސް އަނިޔާތަކެއް ލިބުނު ޒުވާނާއަށް އިންޑިއާގެ ހޮސްޕިޓަލެއްގައި ފަރުވާ ދެމުން ދަނިކޮށް ނިޔާވެއްޖެއެވެ. އެމްޕީއެލް ސަރަހައްދުގައި ހިނގި ނުރައްކާތެރި ހާދިސާގައި ސީރިއަސް އަނިޔާތަކެއް ލިބުމުގެ ސަބަބުން ފަރުވާ ދެމުން ދަނިކޮށް ނިޔާވީ ހދ. ނޮޅީވަރަން، ނައިޓް ޓްރީމް، އުމުރުން 28 އަހަރުގެ އިމްރާން އަލީއެވެ. އޭނާ ނިޔާވީ އިތުރު ފަރުވާއަށް އިންޑިއާ އަށް ގެންދިޔައީ އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާދިނުމަށްފަހު މިދިޔަ ހޯމަ […]

​މާލެ ސަރަހައްދުގެ ކާފިއު އިތުރު ދެ ހަފްތާއަށް!

ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު ހުއްޓުމެއް ނެތި އިތުރުވަމުން ދާތީ ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިިމޫނާ އަބޫބަކުރު ސޮއިކުރައްވާ ރޭގަ ނެރުއްވި އެންގުމުގައި ބުނެފައިވަނީ މި މަހުގެ ދެވަނަ ދުވަހު އެޅި ފިޔަވަޅުތައް މިއަދުން ފެށިގެން އިތުރު ދެ ހަފްތާގެ މުއްދަތަށް އިތުރުކޮށްފައިވާ ކަމަށެވެ. އެޗްޕީއޭ އިން​ ބަލި ފެތުރުން ކޮންޓްރޯލު ކުރުމަށް އެޅި ބައެއް ފިޔަވަޅުތަކުގެ ތެރޭގައި އިރުއޮއްސި 6:00 އިން ފެށިގެން އަނެއް ދުވަހުގެ ހެނދުނު 6:00 އަށް މާލެ […]

ކޮވިޑް19: ވެކްސިން ދިން މީހުންގެ އަދަދު ބައި ލައްކަ އަށް ވުރެން މައްޗަށް!

ކޮވިޑް19 އިން ރައްކާތެރި ވުމަށްޓަކައި ޖަހާ ވެކްސިން އިއްޔެ 6,230 މީހަކަށް ދީފިއެވެ. ރާއްޖޭގައި މިހާރު ދެމުންދާ ވެކްސިން އަކީ އިންޑިޔާގެ ހިލޭ އެހީގެ ދަށުން ރާއްޖެ އަށް ލިބިފައިވާ ކޮވިޝީލްޑް ވެކްސިނެވެ. އިއްޔެ ވެކްސިން ދިން މީހުންގެ ތެރެއިން 4,020 މީހުންނަށް ވެކްސިން ދީފައިވަނީ މާލެ ސަރަހައްދުގައި ވެކްސިން ދޭން ހަމަޖެހިފައިވާ ތަންތަނުންނެވެ. އަދި އަނެއް 2,090 މީހުންނަށް ވެކްސިން ދީފައިވަނީ އަތޮޅު ތަކުގައި ގާއިމް ކޮށްފައިވާ ވެކްސިން ދޭ މަރުކަޒު ތަކުންނެވެ. މާލެ ސަރަހަށްދުން […]

ކޮވިޑް 19: ފައްސިވާ މީހުންގެ އަދަދު އިތުރުވަނީ !

ރާއްޖެއިން ކޯވިޑް19 އަށް އިތުރު 129 މީހަކު ފައްސިވެއްޖެއެވެ. އިއްޔެ ފެނުނު ކޭސްތަކުގެ ތެރެއިން 3 މީހަކު ފައްސިވެފައިވަނީ މީހުން ދިރިއުޅޭ ރަށަކުންނެވެ. އަދި ރިސޯޓްތަކުން 6 މީހަކު ވަނީ ފައްސިވެފައެވެ. އަނެއް 120 ކޭސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ. އިއްޔެގެ ރެކޯޑްތަކާއި އެކު ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ 18,082 އަށް ވަނީ އަރައިފައެވެ. އޭގެ ތެރޭގައި، 2,384 އެކްޓިވް ކޭސް ހިމެނޭއިރު، 172 ފަރާތަކަށް ދަނީ އެޑްމިޓް ކޮށްގެން ފަރުވާ ދެމުންނެވެ . […]

ރައީސް ބައްޝާރު އަވަހާރަކޮށްލައްވަން ރައީސް ޓްރަމްޕް ބޭނުންފުޅުވި: ކުރީގެ މުޝީރެއް

ސީރިޔާގެ ރައީސް ބައްޝާރުލް އަސަދު އަވަހާރަކޮށް ލައްވަން އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބޭނުންފުޅުވިކަމުގައި އެމެރިކާގެ އިސްވެރިޔަކު ވިދާޅުވެއްޖެއެވެ. އެދުވަސްވަރު ގައުމީ ސަލާމަތީ ކަންތައްތަކަށް ލަފާދެއްވާ މުޝީރުގެ ނައިބު ކޭޓީ މެކްފާލޭންޑް ވިދާޅުވިގޮތުގައި ރައީސް ބައްޝާރު އަވަހާރަކޮށްލުމުގެ އަމުރު ނެރުއްވުން ހުއްޓުވުމަށް ރައީސް ޓްރަމްޕަށް ލަފާދެއްވަން އޭނާއަށް ޖެހިވަޑައިގެންނެވިއެވެ. ރައީސް ބައްޝާރު އަވަހާރަކޮށްލައްވަން ޓްރަމްޕް ބޭނުންފުޅުވީ، ސީރިޔާގެ ސިފައިން އެ ގައުމުގެ ރައްޔިތުންނާ ދެކޮޅަށް 2017ގައި ވިހަ ގޭހެއް ބޭނުންކުރުމުގެ ސަބަބުން މަރުވި ކަމަށް ބުނާ […]

މަރާލާފައި އޮތް ކަމަށް ބެލެވޭ މީހެއްގެ ހަަށިގަނޑު ފަޅުރަށަކުން ފެނިއްޖެ

މަރާލާފައި އޮތްކަމަށް ބެލެވޭ ބިދޭސީއެއްގެ ހަށިގަނޑު ފަޅުރަށަކުން ފެނިގެން ފުލުހުން ހަރަކާތްތެރިވާން ފަށައިފިއެވެ. އެމީހާގެ ހަށިގަނޑު ފެނިފައިވަނީ ވ.ފޮއްތެޔޮ ބޮޑުފުށިންނެވެ. ފުލުހުން މައުލޫމާތު ދޭގޮތުގައި މިމީހާ މަރުވެފައި އޮއްވާ ފެނުނީ އެރަށަށް ދަނޑިކަނޑަން ގޮސް އުޅުނު ބަޔަކަށެވެ. މިހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ މިއަދު 11:00ހާއިރު ކަމަށް ފުލުހުން ވަނީ ބުނެފައެވެ. މައުލޫމާތު ލިބޭ ގޮތުގައި އެމީހާގެ ހަށިގަނޑު ފެނުނު އިރު ގައިގެ އެކި ތަންތަނަށް ވަނީ ބޮޑެތި ޒަޚަމްތަކެއް ދީފައެވެ. އަދި އެމީހާ އޮތް ސަރަހައްދުން […]

ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވާން ހުޅުވައިލައިފި

    މާލެ ސިޓީގައި ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވާން ހުޅުވާލައިފިއެވެ. އިސްލާމިކް މިނިސްޓްރީން ނެރެފައިވާ އިއުލާނެއްގައިވާގޮތުގައި ދަފްތަރުގައި ރަޖިސްޓްރީވުމަށް ހުޅުވާލީ މި އަހަރު (1442) ފަގީރުންނާއި މިސްކީނުންގެ ލިސްޓް އަލުން އެކުލަވާލުމަށްޓަކައެވެ. ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވާން އެދޭ ފަރާތްތަކަށް މިއަދުން ފެށިގެން އިސްލާމިކް މިނިސްޓްރީގެ ވެބްސައިޓުންނާއި، އެމިނިސްޓްރީގެ ކައުންޓަރުން ފޯމް ލިބޭނެ ކަމަށް އެމިނިސްޓްރީން ބުނެއެވެ. މި ދަފްތަރުގައި ރަޖިސްޓްރީ ވުމަށް އެދޭފަރާތްތަކުން މިކަމަށް އެދޭ ފޯމް ފުރިހަމަކުރުމަށްފަހު މިއަންނަ އާދީއްތަ ދުވަހުން ފެށިގެން […]