އިންޑިއާގައި އަމިއްލަ ބަޔަކު ހިންގާ ސްކޫލެއްގެ ޕްރިންސިޕަލްއަކު 11 އަހަރުގެ ދަރިވަރަކާ ގަދަކަމަށް ޒިނޭކުރިކަން ސާބިތުވުމުން އުމުރުން 29 އަހަރުގެ ޕްރިންސިޕަލް އަރުވިންދު ކުމާރު އެއްލައްކަ ރުޕީސްއިން ޖުރިމާނާކޮށް މަރަން ހުކުމް ކޮށްފިއެވެ.
ދަރިވަރަށް ޖިންސީ އަނިޔާ ކުރުމުގައި ސްކޫލްގެ ޓީޗަރެއްކަމުގައިވާ 31 އަހަރުވީ އަބީޝޭކް ކްޝްމާރު ބައިވެރިވެފައިވާތީ އޭނާ 50 ހާސް ރުޕީސްއިން ޖުރިމާނާކޮށް އުމުރުދުވަހަށް ޖަލަށް ލުމަށް ވެސް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. ޖުރިމާނާ ކުރި ފައިސާ ހަވާލުކުރަން ޖެހެނީ ދަރިވަރުގެ ބައްޕައާއެވެ.
އިންޑިއާގެ މީޑިއާތަކުން ހާމަކުރިގޮތުގައި ދަރަވަރަށް ޖިންސީ އަނިޔާ ކުރުމުގެ ހާދިސާ ހިންގާފައި ވަނީ 2018 ވަނަ އަހަރުގެ ޖުލައި-އޮގަސްޓުގައެވެ.
ޕްރިންސިޕަލް އަރުވިންދު ކުމާރު ދަރިވަރާ އެތައް ފަހަރެއްގެ މަތީން ވަނީ ޖިންސީ ގުޅުން ހިންގާފައެވެ. އެކަން ފަޅާ އެރީ 11 އަހަރުގެ ދަރިވަރު ބަލިވެއިންކަން އެނގުމާ ގުޅިގެންނެވެ.
ޕްރިންސިޕަލް ދަރިވަރަށް ޖިންސީ އަނިޔާކުރިކަން ދަރިވަރު މައިންބަފައިންނަށް ކިޔައިނުދީ ސިއްރުކޮށްގެން ހުރީ ޕްރިންސިޕަލް ދަރިވަރަށް ވަރަށް ބޮޑަށް ބިރުދައްކާފައިވާތީއެވެ.
ދަރިވަރު ބަލިވެއިންކަން އެނގި މައްސަލަ ފަޅާއެރުމުން އަންހެން ކުއްޖާގެ މައިންބަފައިން މައްސަލަ ފުލުހަށް ހުށަހެޅީއެވެ.
އިންޑިއާއަކީ އަންހެނުންނަށް ޖިންސީ އަނިޔާކުރުމުގެ ރޮނގުން މުޅި ދުނިޔެއިން ވެސް އެންމެ ކުރީގައި އުޅޭ އެއްގައުމެވެ.
One Response
އިންޑިއާގައި އެވަރަށް ލޮލަށް ފިނިކޮށްދީ ހިތައް ފިނިކޮށްދޭ އަންހެނުން އުޅޭއިރު ކިޔަވަންދާ ކުއްޖާ ރޭޕްކުރާހިސާބަށް ޝައިތާނި ވަހުޝް އަތުވެއްޖެނަމަ މަރަން ޙުކުމްކުރުން ހަމަ ރަނގަޅުދޯ؟ އަސްލުވެސް!