ކޯސްޓްގާޑްގެ ބަނދަރަކާއި ސަރވިސް ޑޮކްޔާޑެއް ހެދުމަށް އިންޑިއާއާއެކު ސޮއިކޮށްފި
ސިފަވަރުގައި ކޯސްޑްގާޑްގެ ބަނދަރަކާއި ސަރވިސް ޑޮކްޔާޑެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު ސޮއިކޮށްފިއެވެ. މިމިއެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީއެވެ. އަދި އިންޑިއާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ.ސުބްރަމަނިއަމް ޖައިޝަންކަރްއެވެ. މި އެއްބަސްވުމުގެ ދަށުން ސިފަވަރުގައި ޖެޓީއަކާއި، ހާބަރ ރިޕެއަރ ފެސިލިޓީ، ސްލިޕްވޭ، އަދި ބަނދަރަށް ބޭނުންވާ އެހެނިހެން އުމްރާނީ ވަސީލަތްތައް ތަރައްގީކުރުމާއި، މުއާސަލާތީ ވަސީލާތްތަކާއި ރާޑަރުގެ ޚިދުމަތްތައް ތަރައްގީ ކުރުމުގައި […]
”ޓެލެކިލާހަށް“ ބައިނަލްއަގުވާމީ އެވޯޑެއް
ކޯވިޑް19ގެ ފުރަބަންދުގެ ތެރޭގައި ދަރިވަރުންގެ ކިޔެވުން ހުއްޓުމެއްނެތި ކުރިޔަށް ގެންދިޔުމަށްޓަކާ ކުރިޔަށް ގެންދެވުނު ’ޓެލެކިލާސް‘ ޕްރޮގްރާމަށް ބައިނަލްއަގުވާމީ އެވޯޑެއް ލިބިއްޖެއެވެ. މިޕްރޮގްރާމަށް ލިބިފައިވަނީ ”ޔުނެސްކޯ ވެންހުއި އެވޯޑް ފޯރ އެޑިއުކޭޝަނަލް އިނޮވޭޝަން އިން އޭޝިޔާ ޕެސިފިކް ރީޖަން“ މި އެވޯޑެވެ. މި ކާމިޔާބީގެ އިނާމެއްގެ ގޮތުން ޔުނެސްކޯއިން ވަނީ 20000 އެމެރިކާ ޑޮލަރު ދީފައެވެ. ޓެލެކިލާސް ޕްރޮގްރާމަކީ ”ކޮންޓިނިއުޓީ އޮފް އެޑިއުކޭޝަން ޑިއުރިންގ ޕެންޑަމިކް: ބްރޯޑްކާސްޓިންގ އޮފް ލެސަންސް އޮން ނެޝަނަލް ޓީވީ ޗެނަލްސް“ މިނަމުގައި ކުރިޔަށް […]
ޝިދާތާ ކައިވެނި ކުރައްވައިފި
ކުރީގެ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފާއި ފިލްމީ ތަރި އަހުމަދު ޒިޔާއު (ޒިޔާ) މިއަދު ކައިވެނި ކުރައްވައިފި އެވެ. ޝިދާތާ ކައިވެނި ކުރެއްވީ މިދިޔަ މަހު ބޭއްވި އެންގޭޖް ވުމަށްފަހު މި މަހު ކައިވެނި ކުރަށްވާނެކަމަށް އިއުލާންކުރެއްވުމަށް ފަހުއެވެ. ދެ މީހުން އެންގޭޖްވީ ތިން މަހެއްހާ ދުވަހު ރައްޓެހިވެގެން އުޅުމަށްފަހު ކަމަށް ޝިދާތާ މީގެ ކުރިން ވިދާޅުވެފައި ވެއެވެ. ޝިތާދާ އާއި ޒިޔާވެސް މީގެ ކުރިން ކައިވެންޏެއް ކޮށްފައިވެ އެވެ. ޝިދާތާ މީގެ ކުރިން ކައިވެންޏެއްކޮށް ތިން […]
ތެލުގެ އަގު ބޮޑުކޮށްފި
އެސްޓީއޯއިން ވިއްކާ ތެލުގެ އަގު ބޮޑުކޮށްފި އެވެ. އެސްޓީއޯއިން ބުނީ އަގަށް ބަދަލުގެންނަން ޖެހުނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވުމާ ގުޅިގެންކަމަށެވެ. މި ބަދަލާއެކު މިއަދުން ފެށިގެން ފެށިގެން ޕެޓްރޯލް ލީޓަރަކުން 0.37 ލާރި ވަނީ ބޮޑުކޮށްފައެވެ. މި އަގަށް ބަދަލުގެނައުމުން މިއަދުން ފެށިގެން ޕެޓްރޯލް ލީޓަރެއް ލިބޭނީ ލީޓަރެއް 8.44 ރުފިޔާއަށެވެ. ކުރިން ޕެޓްރޯލް ލީޓަރެއް އެސްޓީއޯއިން ވިއްކީ 8.07 ރުފިޔާއަށެވެ. ޕެޓްރޯލްގެ އިތުރުން ޑީސަލް ވިއްކާ އަގަށްވެސް އެސްޓީއޯއިން ވަނީ ބަދަލުގެނެސްފައެވެ. […]
އިންޑިއާގެ ވެރިކަން ކުރާ ބީޖޭޕީން ބޭނުން ވަނީ ނޭޕާލާއި ސްރީލަންކާގައި ވެސް ވެރިކަން ކުރަން …؟
އިންޑިއާގެ ދާޚިލީ ވަޒީރު ބޭނުންފުޅު ވަނީ އިންޑިއާގެ ހުރިހާ ސްޓޭޓެއްގެ އިތުރަށް އަވައްޓެރި ނޭޕާލުގައި ވެސް ބާރަތިޔާ ޖަންތާ ޕާޓީ (ބީޖޭޕީ)ގެ ވެރިކަމެއް ގާއިމު ކުރުމަށްކަމަށް އިންޑިއާގެ ތުރިޕޫރާގެ ޗީފް މިނިސްޓަރ ބިޕަލްބް ދީޕް މިދިޔަ ހަފުތާގައި ވިދާޅުވުމުން ނޭޕާލުން ވަނީ އެކަމާ ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފައެވެ. ނޭޕާލުގެ ޚާރިޖީ ވަޒީރު ޕްރަދީޕް ކުމާރު ގިޔާވަލީ ވިދާޅުވީ މީޑިއާ ރިޕޯޓުތައް ދެކެވަޑައިގެންނެވިކަމަށާއި އެވާހަކަތަކާ ނޭޕާލުން ދެކޮޅުހަދާކަމުގައި އިންޑިއާގެ އިސްބޭފުޅުންނަށް ދަންނަވާފައި ވާނޭކަމަށެވެ. އިންޑިއާގެ ދާޚިލީ ވަޒީރު […]
ރާއްޖެއަށް އަނެއްކާ ވެސް އެއް ލައްކަ ޑޯޒް އިންޑިއާ އިން ދީފި
އަވައްޓެރި އިންޑިއާއިން އަނެއްކާ ވެސް ރާއްޖެއަށް ކޮވިޝީލްޑް ވެކްސިންގެ އެއް ލައްކަ ޑޯޒް ހަދިޔާ ކޮށްފިއެވެ. އޮކްސްފޯޑާއި އެސްޓްރާޒެނެކާއިން ތައްޔާރުކުރާ މި ވެކްސިން ރާއްޖެއަށް ހަދިޔާކުރީ އިންޑިއާގެ އެކްސްޓަރނަލް އެފެއަރސް މިނިސްޓަރ ޑރ.ސުބްރަމާނިޔަމް ޖައިޝަންކަރު މިހާރު ރާއްޖެއަށް ކުރައްވަމުންދާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ. ރާއްޖެއަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިނުމުގެ ރަމްޒީ އެހީ ހަވާލުކުރުމަށް ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި މިވެކްސިން ރާއްޖެއާ ހަވާލުކޮށްދެއްވީ އިންޑިއާގެ އެކްސްޓަރނަލް އެފެއަރސް މިނިސްޓަރ ޑރ.ސުބްރަމަނިޔަމް ޖައިޝަންކަރެވެ. ރާއްޖެ ސަރުކާރުގެ ފަރާތުން […]
އެއް ކޮޓަރީގެ ފްލެޓްތައް ވިއްކިކަމަށް ބުނާ ވާހަކަ އެމްޕީއެލުން ދޮގުކޮށްފި
ހިޔާ މަޝްރޫއުގައި އެޅި އެއް ކޮޓަރީގެ ފްލެޓްތައް ވިޔަފާރި އުސޫލުން ވިއްކި ކަމަށް ބުނެ އޮންލައިން ނޫހަކުން ބުނެފައިވާތީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން އެކަން ދޮގުކޮށްފި އެވެ. އެމްޕީއެލް އިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ އެ ކުންފުނީގެ މުވައްޒަފަކާ ހަވާލާދީ އިއްޔެގެ ވަގުތެއްގައި އޮންލައި ނޫހަކުން 204 ޕްލެޓް ވިޔަފާރި އުސޫލުން ވިއްކާލައިފައިވާ ކަމަށް ބުނެ ރިޕޯޓްކުރި ހަބަރަކީ ކަމުގެ ހަގީގަތް އޮޅޭގޮތަށް ލިޔެފައިވާ ހަބަރެއް ކަމަށެވެ. […]
ކޮވިޑްޖެހިގެން ފަރުވާ ހޯދަމުންދަނިކޮށް ކޮށްޔަ ހަސަން ނިޔާވެއްޖެ
މަޝްހޫރު ފިލްމީ ތަރި ހަސަން އަލީ މަނިކު ( ކޮށްޔަ ހަސަން) ކޮވިޑް-19 ބަލީގައި ފަރުވާ ހޯދަމުންދަނިކޮށް މިއަދު ނިޔާވެއްޖެ އެވެ. ގިނަ ފިލްމަތަކާއި ޑްރާމާތައް ކުޅުއްވެވި ހަސަން 1989 ވައަހަރުން ފެށިގެން ފިލްމީދާއިރާގައި މަސައްކަތް ކުރަމުންއައި މީހެކެވެ. މަޝްހޫރު ގިނަ ފިލްމުތަކެއްގައި އެކްޓްކޮށްފައިވާ ހަސަން ވަނީ ފިލްމް ބޮސް،ދެރިޔާ، އެ ބައްޕަ ފަދަ މަޝްހޫރުކަން ހޯދައިފައިވާ ގިނަ ފިލްމުތަކެއްގައި މަސައްކަތްކޮށްފައެވެ. ފިލްމީ ދާއިރާގެ އިތުރުން ނިއުރޭޑިއަންޓްގެ ހާއްސަ ސަޕޯޓަރެއްގެ ގޮތުގައި މަޝްހޫރު ކަމެއް […]
ކާފިއުގެ މުއްދަތު ފުވައްމުލަކުގައި އިތުރުކޮށްފި!
ފުވައްމުލަކުގައި އިއުލާންކޮށްފައި އޮތް ކާފިއު ހަފްތާއަކަށް އިތުރުކޮށްފިއެވެ. ފުވައްމުލަކު ކައުންސިލުން މިރޭ ބޭއްވި ނޫސްވެރިން ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފުވައްމުލައް ސިޓީ ކައުންސިލުގެ ޑިރެކްޓަރ ޖެނެރަލް އަހުމަދު ނިޖާހު ވިދާޅުވީ، ކުރިން އިއުލާން ކޮށްފައި އޮތް ކާފިއު މިރޭ ދަންވަރު 00:00 އަށް ހަމަވާތީ އިތުރު ހަތް ދުވަހަށް ކާފިއު އިތުރުކުރިކަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކައުންސިލަށް އަންގާފައިވާ ކަމަށެވެ. ފުވައްމުލަކުގައި ކާފިއު އިއުލާންކޮށްފައި ވަނީ ރޭގަނޑު 20:00 އިން ފަތިހު 04:00 އަށެވެ. […]
ކޯވިޑް19: މިއަދު ފެނުނީ އިތުރު 127 ވޭދަނަ!
ރާއްޖެއިން ކޯވިޑް19 އަށް އިތުރު 127 މީހަކު ފައްސިވެއްޖެއެވެ. މިއަދު ފެނުނު ކޭސްތަކުގެ ތެރެއިން 10 މީހަކު ފައްސިވެފައިވަނީ މީހުން ދިރިއުޅޭ ރަށަކުންނެވެ. އަދި ރިސޯޓްތަކުން 17 މީހަކާއި ސަފާރީ ތަކުން 2 މީހަކު ވަނީ ފައްސިވެފައެވެ. އަނެއް. 98 ކޭސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ. މިއަދުގެ ރެކޯޑްތަކާއި އެކު ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ 18,467 އަށް އަރައިފައެވެ. އޭގެ ތެރޭގައި، 2,446 އެކްޓިވް ކޭސް ހިމެނޭއިރު، 159 ފަރާތަކަށް ދަނީ އެޑްމިޓް ކޮށްގެން […]