ކޯވިޑް19: މިއަދު ފެނުނީ އިތުރު 127 ވޭދަނަ!

67

ރާއްޖެއިން ކޯވިޑް19 އަށް އިތުރު 127 މީހަކު ފައްސިވެއްޖެއެވެ. މިއަދު ފެނުނު ކޭސްތަކުގެ ތެރެއިން 10 މީހަކު ފައްސިވެފައިވަނީ މީހުން ދިރިއުޅޭ ރަށަކުންނެވެ. އަދި ރިސޯޓްތަކުން 17 މީހަކާއި ސަފާރީ ތަކުން 2 މީހަކު ވަނީ ފައްސިވެފައެވެ. އަނެއް. 98 ކޭސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ.

މިއަދުގެ ރެކޯޑްތަކާއި އެކު ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ 18,467 އަށް އަރައިފައެވެ. އޭގެ ތެރޭގައި، 2,446 އެކްޓިވް ކޭސް ހިމެނޭއިރު، 159 ފަރާތަކަށް ދަނީ އެޑްމިޓް ކޮށްގެން ފަރުވާ ދެމުންނެވެ.

މިހާތަނަށް ރާއްޖެ އިން 58 މީހަކުވަނީ މި ބަލީގައި މަރުވެފައެވެ. އަދި 15,965 މީހަކު ވަނީ މިބަލިން ރަނގަޅުވެފައެވެ.

ހިޔާލު ދެއްވާ

މިތަނުގައި ހިޔާލު ލިޔުއްވާ
ނަން ލިޔުއްވާ