ކޯވިޑް19: އިއްޔެ ފެނުނީ އިތުރު 59 ވޭދަނަ!

ރާއްޖެއިން ކޯވިޑް19 އަށް އިތުރު 59 މީހަކު އިއްޔެ ފައްސިވެއްޖެއެވެ. އިއްޔެ ފެނުނު ކޭސްތަކުގެ ތެރެއިން އެހެން ރަށްތަކުން ފައްސިވި 42 މީހުންގެ ތެރެއިން 9 މީހަކު ފައްސިވެފައިވަނީ މީހުން ދިރިއުޅޭ ރަށަކުންނެވެ.އަދި ތަރައްޤީ ކުރަމުންދާ ރިސޯޓްތަކުން ވަނީ 33 މީހަކު ފައްސިވެފައެވެ. އަނެއް 17 ކޭސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ. އިއްޔެގެ ރެކޯޑްތަކާއި އެކު ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ 14277 އަށް ވަނީ އަރައިފައެވެ. އޭގެ ތެރޭގައި، 783 އެކްޓިވް ކޭސް ހިމެނޭއިރު، […]

މުދަލަށް ގެއްލުންދިން މައްސަލައަކާ ގުޅިގެން މީހަކު ހޯދަނީ

މުދަލަށް ގެއްލުންދިން މައްސަލައަކާ ގުޅިގެން މީހަކު ހޯދުމަށް ފުލުހުން އެމީހާގެ ވޯޑިއޯ އާންމުކޮށްފިއެވެ. ފުލުހުން ބުނީ މިވީޑިއޯއިން ފެންނަ މީހާއަކީ މުދަލަށް ގެއްލުންދިނުމުގެ މައްސަލައަކާ ގުޅިގެން އެ މުއައްސަސާއިން ކުރަމުންދާ ތަހުގީގަކަށް ހޯދަމުންދާ މީހެއްކަމަށެވެ. ފުލުހުން އާންމު ކޮށްފައިވާ ވޯޑިއޯގައި ފެންނަނީ މަޑު ދަނބު ކުލައިގެ ގަމީހެއްކަމަށް ބެލެވޭ ގަމީހަކާއި ޖިންސެއް ލައިގެން ތޮތްޕެއް އަޅައިގެން ހުރި މީހެއް މަގުމަތީގައި ޕާކްކޮށްފައިއޮތް ޕިކަޕެއްކައިރީ މީހަކާ ވާހަކަދައްކަން ހުއްޓައެވެ. އެމީހާ ކޮޑުގައި ކަޅު ދަބަހެއް އަޅުވާފައި އޮތްއިރު އަތުގައި […]

މާފުށީގައި ކާރެއް މޫދަށްވެއްޓި ދެ މީހަކަށް އަނިޔާ ވެއްޖެ

ކ. މާފުށީގައި ދުއްވި ކާރެއް ކޮންޓްރޯލްނުވެ މޫދަށްވެއްޓި ދެ މީހަކަށް އަނިޔާ ވެއްޖެ އެެވެ. ފުލުހުން ބުނީ މިހާދިސާ ހިނގިއިރު ކާރުގައި ތިން މީހުން ތިބިކަމަށާއި އޭގެތެރެއިން ދެ މީހަކަށް އަނިޔާވިކަމަށެވެ. އަދި މި ދެމީހުން ފުލުހުންގެ އެހީތެރިކަމާއެކު މާފުށީ ސިއްޚީމަރުކަޒަށް ގެންގޮސް ފަރުވާދީފައިވާކަމަށް ވެސް ފުލުހުން ބުނެއެވެ. ކާރު މޫދަށްވެއްޓުނު ވަގުތު ބަނދަރުގައި އަޅާފައި އޮތް ދެ ލޯންޗެއްގައި ޖެހި އެ ދެ ލޯންޗަށް ވެސް ވަނީ ގެއްލުން  ލިބިފައެވެ. ފުލުހުން ބުނީ މޫދަށް ވެއްޓުނު […]

ހަޅުތާލުކުރަންގެނައި އޮފިސަރެއްގެ ތަހުގީގު އެމެރިކާގެ ސިފައިން ކުރަމުންދަނީ

ދާދިފަހުން އެމެރިކާގެ ވެރިކަންކުރާ ރަށް ކަމަށްވާ ވޮޝިންގްޓަން ޑީސީގައި ހިންގި ހަމަނުޖެހުންތަކުގެ ތަހުގީގު އެގައުމުގެ ސިފައިން ފަށައިގެން ކުރިއަށް އެބަގެންދެއެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ތާއީދުކުރާ ބަޔަކު ހިންގި ހަމަނުޖެހުމުގައި ކެޕްޓަން އެމިލީ ނަމަކަށް ކިޔާ އޮފިސަރަކު ހަރަކާތްތެރިވެފައިވާތީ އެކަމާ ބެހޭގޮތުން އިތުރު ތަހުގީގުތައް ދަނީ ކުރަމުންނެވެ. އެމިލީ ރައިނީ ގަވައިދާއި ޚިލާފަށް އަމަލުކޮށްފައި ވާކަމާމެދު އޭނާ ދަނީ އިންކާރު ކުރަމުންނެވެ. ނަމަވެސް އެމެރިކާގެ ފަސްޓް ސްޕެޝަލް ފޯސަސްގެ ތަރުޖަމާނު، މޭޖަރ ޑެނިއަލް ލެސާރޑް ވިދާޅުވީ […]

ފެރީ ނިޒާމުން ރާއްޖެ ގުޅުވައިލުމަށް ހިންގާ މަޝްރޫއު އެމްޓީސީސީއަށް

ރާއްޖެ ފެރީ ނިޒާމަކުން ގުޅުވައިލުމަށް ހިންގާ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ( އެމްޓީސީސީ) އަށް ދިނުމަށް ސަރުކާރުން ނިންމައިފި އެވެ. ރައީސް އޮފީހުން ބުނީ ރާއްޖެ ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅައިލުމަށް “ އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކް“ގެ ނަމުގައި ހިންގާ މަޝްރޫއު އެމްޓީސީސީއަށް ދިނުމަށް ނިމްމީ ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ކަމަށެވެ. ރައީސް މިގޮތަށް ނިންމަވާފައިވަނީ މިއަދު ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި ޕްލޭނިން […]

ހަތިޔާރުއެޅި ފަރާތްތަކުގެ ބިރު، ފަނޑިޔާރުގެ ތަކަށާއި ސަރުކާރުގެ އިދާރާތަކަށް: އެފްބީއައި

ޖެނުއަރީ 20ގެ ކުރިން ރައީސް ޓްރަމްޕު މަގާމުން ވަކިކޮށްފިނަމަ އެމެރިކާގެ ފަނޑިޔާރުގެތަކަށް ހަމަލާ ދިނުމަށް ހަތިޔާރުއެޅި ގުރޫޕުތަކުން ގޮވާލަމުންދާކަމުގެ އިންޒާރު އެގައުމުގެ ގާނޫނު ތަންފީޒުކުރާ ފަރާތްތަކަށް އެފްބީއައި އިން ދެމުންއެބަގެންދެއެވެ. މިކަން ހާމަކުރީ ސީބީއެސް ނިއުސްއަށް މަޢުލޫމާތު ދެމުން ގާނޫނު ތަންފީޒުކުރާ ފަރާތަކުންނެވެ. އެފްބީއައިގެ އިންޒާރުގައި މި ގުރޫޕުތަކުން އެމީހުންގެ ބައިވެރިންނަށް، ހަތިޔާރާއެކު އެބައެއްގެ އަމިއްލަ މިނިވަންކަމާއެކު އައުމަށް ގޮވާލަމުންދާކަމަށް ވެސް ބުނެފައިވެއެވެ. މީގެ އިތުރުން މި އިންޒާރުގައި ވަނީ އިންތިޚާބީ ރައީސް ޖޯއި ބައިޑެން އާއި […]

ސީއައިއޭގެ ޑިރެކްޓަރުކަމުގެ މަގާމަށް ބައިޑެން ހަމަޖެއްސެވީ ބާންސް

އެމެރިކާގެ އިންތިޚާބީ ރައީސް، ޖޯ ބައިޑެން، ސެންޓްރަލް އިންޓެލިޖެންސް އޭޖެންސީ (ސީ.އައި.އޭ)ގެ ޑިރެކްޓަރުގެ މަގާމަށް ތަޖުރިބާކާރު ސިޔާސީ ބޭފުޅެއްކަމުގައިވާ ވިލިއަމް ބާންސް އައްޔަނުކުރައްވަން ނިންމަވައިފިއެވެ. އުމުރުން 64 އަހަރުގެ ބާންސް ވަނީ މީގެކުރިން ރަޝިއާ އާއި ޖޯޑަންގެ އެމްބެސަޑަރ ގެ މަގާމުވެސް އަދާކުރައްވާފައެވެ. އަދި 33 އަހަރު ވާނދެން ސްޓޭޓް ޑިޕާރޓްމެންޓްގައި ވެސް ބާންސް މަސައްކަތް ކުރެއްވިއެވެ. ބާންސްއަށް މަގާމާ ހަވާލުވެވަޑައިގެންނެވޭނީ ބަޑެންގެ ގާތް ޑިމޮކްރެޓުންގެ އަޣުލަބިއްޔަތު އޮތް، ޔޫ.އެސް ސެނޭޓުން ބާންސަށް ރުހުން ދިނުމުންނެވެ. ބާންސް […]

ކޮވިޑް-19 ވެކްސިން މިމަހުގެ 26 ވަނަ ދުވަހު ރާއްޖެއަށް ލިބޭނެ!

މިމަހުގެ 26 ވަނަ ދުވަހު ރާއްޖެއަށް ކޮވިޑް-19 ވެކްސިން ލިބޭނެކަން ކަށަވަރު ވެއްޖެ ކަމަށް ދައުލަތުގެ މީޑިޔާ ޕީއެސްއެމް އިން ބުނެފިއެވެ. ޕީއެސްއެމް އިން ބުނީ ​ކޮވިޑް-19 ވެކްސިން ރާއްޖެ ގެނައުމުގެ މަސައްކަތުގެ އިސްކޮށް ހަރަކާތްތެރިވާ އޮފިޝަލަކު 26 ވަނަ ދުވަހު ރާއްޖެއަށް ވެކްސިން ގެނައުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާކަން ކަށަވަރު ކޮށްދީފައިވާ ކަމަށެވެ. ​ރާއްޖެ އަށް މިމަހު ވެކްސިން ގެންނާނެ ކަމަށް ބުނި ނަމަވެސް ގެންނާނީ ކިހައި އަދަދެއްގެ ވެކްސިނެއް ކަމެއް އަދި ހާމަކޮށްފައެއް ނުވެއެވެ. […]

އުންމީދު ކުރަނީ އިންސާފުވެރި ހުކުމަކަށް: ޣައްސާން

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ގެ ޚިޔާނާތުގެ މައްސަލަ އާއި ގުޅިގެން 5 އަހަރު ދުވަހުގެ ޖަލު ހުކުމެއް އައިސްފައިވާ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އިސްތިއުނާފު ސަރީއަތުގެ ހުކުމް އިއްވުން ފަސް ކުރި ނަމަވެސް، އިންސާފުވެރި ހުކުމެއް އިއްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ގުރައިދޫ ދާއިރާގެ މެމްބަރު ގައްސާން މައުމޫން ވިދާޅުވެއްޖެ އެވެ. މިމައްސަލައިގެ ހުކުމް އިއްވުމަށް ކުރިން ކަނޑައެޅުނީ މިމަހުގެ 14 ވަނަ ދުވަހަށެވެ. ނަމަވެސް މިހާރު […]

”ކޮންމެ އިންތިޚާބަކަށް އެމްޑީޕީން ޖަހަނީ އެއް ލަވައެއް“- ޑރ.ޖަމީލް

ކޮންމެ އިންތިޚާބަކާއި ދިމާކޮށް މިހާރު ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީއިން ޖަހަނީ އެއް ލަވައެއް ކަމަށް، ކުރީގެ ނައިބު ރައީސް ޑރ.މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވެއްޖެއެވެ. ޑރ. ޖަމީލް މިހެން ވިދާޅުވެފައިވަނީ އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައެވެ. ފާއިތުވި ދެ އަހަރު ޤައުމު ފަޤީރުވެގެން ގޮސްފާވާކަމަށް ވެސް ޑރ.ޖަމީލްގެ ޓްވީޓުގައި ފާހަގަ ކުރައްވާފައިވެއެވެ. މީގެ އިތުރުން އައްޑޫ އަތޮޅުގެ ނަން ޚާއްސަކޮށް ފާހަގަކޮށް، ވެރިކަމާއި މަޖިލީހުގެ މެޖޯރިޓީ ލިބުނަސް ”އައްޑޫއަށް އެންމެ ލާރިއެއްވެސް ނުލިބުނު“ ކަމަށް އެޓްވީޓުގައި ވެއެވެ. […]