އެމެރިކާގެ އިންތިޚާބީ ރައީސް، ޖޯ ބައިޑެން، ސެންޓްރަލް އިންޓެލިޖެންސް އޭޖެންސީ (ސީ.އައި.އޭ)ގެ ޑިރެކްޓަރުގެ މަގާމަށް ތަޖުރިބާކާރު ސިޔާސީ ބޭފުޅެއްކަމުގައިވާ ވިލިއަމް ބާންސް އައްޔަނުކުރައްވަން ނިންމަވައިފިއެވެ.
އުމުރުން 64 އަހަރުގެ ބާންސް ވަނީ މީގެކުރިން ރަޝިއާ އާއި ޖޯޑަންގެ އެމްބެސަޑަރ ގެ މަގާމުވެސް އަދާކުރައްވާފައެވެ. އަދި 33 އަހަރު ވާނދެން ސްޓޭޓް ޑިޕާރޓްމެންޓްގައި ވެސް ބާންސް މަސައްކަތް ކުރެއްވިއެވެ.
ބާންސްއަށް މަގާމާ ހަވާލުވެވަޑައިގެންނެވޭނީ ބަޑެންގެ ގާތް ޑިމޮކްރެޓުންގެ އަޣުލަބިއްޔަތު އޮތް، ޔޫ.އެސް ސެނޭޓުން ބާންސަށް ރުހުން ދިނުމުންނެވެ.
ބާންސް 2014 ވަނަ އަހަރު ރިޓަޔާރ ކުރެއްވުމުގެ ކުރިން ވަނީ ޑިޕްލަމެޓިކް ދާއިރާގެ އެތައް މަގާމެއް އަދާކުރައްވައިފައެވެ. އަދި ރިޓަޔާ ކުރެއްވުމަށްފަހު އޭނާ ކާނިއެޖް އެންޑޯމެންޓް ފޯއިންޓަރނެޝަނަލް ޕީސްގެ ހިންގުމާއި ހަވާލުވެ ވަޑައިގަތެވެ.
ޑޮނަލްޑް ޓްރަމްޕް 2017 ވަނަ އަހަރު އެމެރިކާގެ ރައީސް ކަމުގެ މަގާމާ ހަވާލު ވުމަށް ފަހުގައި ގިނަ އަހަރުތަކެއް ވާނދެން ވިލިއަމް ބާންސް ސިޔާސީ ކަންކަމާއި ދުރުގައި އުޅުއްވުމަށް ފަހުގައި އެދާއިރާއަށް އަލުން ނިކުމެވަޑައިގަތީ މިދިޔަ އަހަރުއެވެ.
ބައިޑެން ވިދާޅުވި ގޮތުގައި ބާންސް އަކީ ހުނަރުވެރި ތަޖުރިބާކާރު ބޭފުޅެކެވެ. އަދި ގައުމަށް ވަފާތެރިވެވަޑައިގެން އުދުވާނީ ހަމަލާތަކުން ގައުމު ދިފާއު ކުރެއްވުމަށް ފަސްޖެހިވަޑައިނުގެން މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ޖޯ ބައިޑެން ވަނީ ދެއްވާފައެވެ.