ހަތިޔާރުއެޅި ފަރާތްތަކުގެ ބިރު، ފަނޑިޔާރުގެ ތަކަށާއި ސަރުކާރުގެ އިދާރާތަކަށް: އެފްބީއައި

Loading

Facebook
Twitter
WhatsApp
TOPSHOT - Trump supporters clash with police and security forces as they push barricades to storm the US Capitol in Washington D.C on January 6, 2021. - Demonstrators breeched security and entered the Capitol as Congress debated the a 2020 presidential election Electoral Vote Certification. (Photo by ROBERTO SCHMIDT / AFP) (Photo by ROBERTO SCHMIDT/AFP via Getty Images)

ޖެނުއަރީ 20ގެ ކުރިން ރައީސް ޓްރަމްޕު މަގާމުން ވަކިކޮށްފިނަމަ އެމެރިކާގެ ފަނޑިޔާރުގެތަކަށް ހަމަލާ ދިނުމަށް ހަތިޔާރުއެޅި ގުރޫޕުތަކުން ގޮވާލަމުންދާކަމުގެ އިންޒާރު އެގައުމުގެ ގާނޫނު ތަންފީޒުކުރާ ފަރާތްތަކަށް އެފްބީއައި އިން ދެމުންއެބަގެންދެއެވެ. މިކަން ހާމަކުރީ ސީބީއެސް ނިއުސްއަށް މަޢުލޫމާތު ދެމުން ގާނޫނު ތަންފީޒުކުރާ ފަރާތަކުންނެވެ.

އެފްބީއައިގެ އިންޒާރުގައި މި ގުރޫޕުތަކުން އެމީހުންގެ ބައިވެރިންނަށް، ހަތިޔާރާއެކު އެބައެއްގެ އަމިއްލަ މިނިވަންކަމާއެކު އައުމަށް ގޮވާލަމުންދާކަމަށް ވެސް ބުނެފައިވެއެވެ. މީގެ އިތުރުން މި އިންޒާރުގައި ވަނީ އިންތިޚާބީ ރައީސް ޖޯއި ބައިޑެން އާއި އިންތިޚާބީ ނައިބު ރައީސް ކަމާލާ ހެރިސް އަދި ގާނޫނުހަދާ މަޖިލީހުގެ ސްޕީކަރ ނޭންސީ ޕެލޮސީއަށް ވެސް ބިރުދެއްކުންތަކެއް ކުރިމަތި ކުރުވާފައިވާކަމަށް ބުނެފައެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް