މުދަލަށް ގެއްލުންދިން މައްސަލައަކާ ގުޅިގެން މީހަކު ހޯދަނީ

Loading

Facebook
Twitter
WhatsApp

މުދަލަށް ގެއްލުންދިން މައްސަލައަކާ ގުޅިގެން މީހަކު ހޯދުމަށް ފުލުހުން އެމީހާގެ ވޯޑިއޯ އާންމުކޮށްފިއެވެ.

ފުލުހުން ބުނީ މިވީޑިއޯއިން ފެންނަ މީހާއަކީ މުދަލަށް ގެއްލުންދިނުމުގެ މައްސަލައަކާ ގުޅިގެން އެ މުއައްސަސާއިން ކުރަމުންދާ ތަހުގީގަކަށް ހޯދަމުންދާ މީހެއްކަމަށެވެ.

ފުލުހުން އާންމު ކޮށްފައިވާ ވޯޑިއޯގައި ފެންނަނީ މަޑު ދަނބު ކުލައިގެ ގަމީހެއްކަމަށް ބެލެވޭ ގަމީހަކާއި ޖިންސެއް ލައިގެން ތޮތްޕެއް އަޅައިގެން ހުރި މީހެއް މަގުމަތީގައި ޕާކްކޮށްފައިއޮތް ޕިކަޕެއްކައިރީ މީހަކާ ވާހަކަދައްކަން ހުއްޓައެވެ. އެމީހާ ކޮޑުގައި ކަޅު ދަބަހެއް އަޅުވާފައި އޮތްއިރު އަތުގައި ކޮތަޅެއް އޮތެވެ.

މިމީއާއާބެހޭ އެއްވެސް މައުލޫމާތެއް ލިބިފައވާ މީހެއްނަމ ފުލުހުންނާ ގުޅޭ ނަންބަރެއްކަމުގައިވާ 9631696 އަށް ގުޅައި މައުލޫމާތު ދިނުމަށްވެސް ފުލުހުން އެދެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް