ހަޅުތާލުކުރަންގެނައި އޮފިސަރެއްގެ ތަހުގީގު އެމެރިކާގެ ސިފައިން ކުރަމުންދަނީ

Loading

Facebook
Twitter
WhatsApp

ދާދިފަހުން އެމެރިކާގެ ވެރިކަންކުރާ ރަށް ކަމަށްވާ ވޮޝިންގްޓަން ޑީސީގައި ހިންގި ހަމަނުޖެހުންތަކުގެ ތަހުގީގު އެގައުމުގެ ސިފައިން ފަށައިގެން ކުރިއަށް އެބަގެންދެއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ތާއީދުކުރާ ބަޔަކު ހިންގި ހަމަނުޖެހުމުގައި ކެޕްޓަން އެމިލީ ނަމަކަށް ކިޔާ އޮފިސަރަކު ހަރަކާތްތެރިވެފައިވާތީ އެކަމާ ބެހޭގޮތުން އިތުރު ތަހުގީގުތައް ދަނީ ކުރަމުންނެވެ.

އެމިލީ ރައިނީ ގަވައިދާއި ޚިލާފަށް އަމަލުކޮށްފައި ވާކަމާމެދު އޭނާ ދަނީ އިންކާރު ކުރަމުންނެވެ. ނަމަވެސް އެމެރިކާގެ ފަސްޓް ސްޕެޝަލް ފޯސަސްގެ ތަރުޖަމާނު، މޭޖަރ ޑެނިއަލް ލެސާރޑް ވިދާޅުވީ ރައިނީ ވަނީ މީހުންނަށް އޮޅުވާލައި ދޮގު މައުލޫމާތު ދީފައިކަމަށެވެ. މިގޮތުން މި ހަމަނުޖެހުމުގައި 30 އަހަރުގެ އެމިލީ ރައިނީ މުހިއްމު ދައުރެއް އަދާކޮށްފައިވާކަމަށްވެސް މޭޖަރ ޑެނިއަލް ވިދާޅުވިއެވެ.

 

Loading

One Response

  1. އެދަނީ ރަނގަޅަށް. ކިތައް ގައުމު އެވެރިން ސުންނާފަތިކޮށްފިތޯއެވެ. ދެން އެމީހުންގެ މެދުގައި ހަރިޔާރާއިއެކު އެމީހުން ތަޅަން ފެށީމާ އެހެން ގައުމުތަކަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް އަތުވެދާނެކަމަށް ހީވެއެވެ. ދޭތެރެ ޖެއްސުމާއި ފިތުނަފަސާދައިގެ އައްޕަ ޓުރަމްޕް އެންމެފަހުން ވެރިކަން ބިވާއިރު އެވަނީ ޓެރަރިސްޓް ލަގަބު ލިބެން ތުރަވެފައެވެ. ސަހަރޯ ހީވާވަރުގެ ޑިމޮކިން-ރަސީއެކެވެ. މިއުޅޭ މޮޔަސޮރުވެސް ދިވެހިރާއްޖެއަށް އެފަދަ ހަލަބޮލިކަން ގެނައުމަށް އަބަދުމެ މަސައްކަތް އެބަކުރެއެވެ. ދޮގު ޓުވިޓުކުރުމާއި ބޮޑުހުޅު ޖެހުމާއި އިންސްޓިޓިއުޝަންތަކުގެ އަބުރާއި ކަރާމާތް ދުއްވާލުން އެއީ މިސޮރުވެސް ޓުރަމްޕްއާއިގެ ހަރުކަށި ސިޔަސަތުގެ ފޮތުން ކިޔަވާ ކަމުގެ ހެއްކެއްނޫންތޯއެވެ. މިފަދަ މީހުންނަކީ ގައުމުތަކަށް ކުރިމަތިވާ މުސީބާތެކެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް