ވިލިގިނލީގައި ބޭއްވި ޤައުމީއެއްބައިވަންތަ ކަމުގެ ދުވަހުގެ ޖަލްސާ ނައިބު ރައީސް ޝަރަފުވެރި ކޮށްދެއްވައިފި

ގއ ވިލިގިނލީގައި ރޭ ބޭއްވި ޤައުމީއެއްބައިވަންތަ ކަމުގެ ދުވަހުގެ ޖަލްސާ ނައިބް ރައީސް ފައިސަލް ނަސީމް ޝަރަފުވެރި ކޮށްދެއްވައިފިއެވެ. މިޖަލްސާ ޝަރަފްވެރި ކޮށްދެއްވައި ނައިބް ރައީސް ފައިސަލް ވަނީ ވާހަކަފުޅު ދައްކަވައިފައެވެ. އެމަނިކުފާނުގެ ވާހަކަ ފުޅުގައި ވިދާޅުވީ ރާއްޖެ ތަރައްގީކޮށް، ރަނގަޅު ޖީލެއް ބިނާކުރެވޭނީ ހިޔާލުތަފާތުވުންތަކާއި ދެކޮޅުވެރިކަން ދޫކޮށްލައި، ސުނާމީގައި ދެއްކި ފަދަ އެއްބައިވަންތަ ނަމޫނާއެއް ދައްކައިގެން ކަމަށެވެ. ސުނާމީކާރިޘާގައި ދިވެހި ރައްޔިތުން ދެއްކި އެއްބައިވަންތަކަން ފާހަގަކުރުމުގެ ގޮތުން މިހާރު ކޮންމެ އަހަރެއްގެވެސް ޑިސެމްބަރ 26ފާހަގަ ކުރަނީ […]
ފުލުހުންގެ ބިލާއިއެކު ދާޚިލީ ހަމަޖެހުން ކަށަވަރުވާނެ: ވަޒީރު ޢިމްރާން

އިއްޔެ ތަސްދީގުކުރި ފުލުހުންގެ ހިދުމަތުގެ ގާނޫނުނަށް އަމަލުކުރަން ފެށުމުން ދިވެހިރާއްޖޭގެ ދާޚިލީ ހަމަޖެހުން ގާއިމުކޮށްދެވޭނެ ކަމަށް ދާޚިލީ ވަޒީރު ޢިމްރާން ޢަބްދުﷲ ވިދާޅުވެއްޖެ އެވެ. މަގާމުގައި ތިބި ފުލުހުންގެ އިސް އޮފިސަރުން މަގާމުތަކުން ދުރުކުރެވޭ އިސްލާހާއެކު މަޖިލީހުން ފާސްކޮށްފައިވާ ފުލުހުންގެ ބިލު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްވަނީ އިއްޔެގެ ވަގުތެއްގައި ތަސްދީގުކުރައްވާފައެވެ. އެކަމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައި ވަޒީރު ޢިމްރާން ވިދާޅުވީ ތިން މަސް ފަހުން ފުލުހުންގެ ގާނޫނަށް އަމަލުކުރަން ފެށުމުން ރާއްޖޭގެ ދާޚިލީ ހަމަޖެހުން ގާއިމުކޮށް […]
ކޯވިޑް19: އިއްޔެ ފެނުނީ އިތުރު 26 ވޭދަނަ!

ރާއްޖެއިން ކޯވިޑް19 އަށް އިތުރު 26 މީހަކު އިއްޔެ ފައްސިވެއްޖެއެވެ. އިއްޔެ ފެނުނު ކޭސްތަކުގެ ތެރެއިން އެހެން ރަށްތަކުން މިއަދު ފައްސިވި 4 މީހުންގެ ތެރެއިން އެކަކު ފައްސިވެފައިވަނީ މީހުން ދިރިއުޅޭ ރަށަކުންނެވެ.އަދި ތަރައްޤީ ކުރަމުންދާ ރިސޯޓްތަކުން ވަނީ 3 މީހަކު ފައްސިވެފައެވެ. އަނެއް 22 ކޭސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ. އިއްޔެގެ ރެކޯޑްތަކާއި އެކު ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ 13644 އަށް ވަނީ އަރައިފައެވެ. އޭގެ ތެރޭގައި، 517 އެކްޓިވް ކޭސް ހިމެނޭއިރު، […]
ބާސާ އިން މިއަހަރު ކުޅޭ އެންމެ ފަހު މެޗުން މެސީ ނުފެންނާނެ!

އަނިޔާވުމާއި ގުޅިގެން މިއަހަރު ބާސާ ކުޅޭ ފަހު މެޗުން މެސީ ނުފެންނާނެ ކަމަށް އެކުލަބުން ބުނެފިއެވެ. ސްޕެނިޝް ލީގުގައި އެއިބާ އާއި ދެކޮޅަށް އަންނަ އަންގާރަ ދުވަހު ބާސެލޯނާ ކުޅޭ މިއަހަރުގެ ފަހު މެޗުގައި ކަކުލަށް ލިބުނު އަނިޔާއާއި ގުޅިގެން ކެޕްޓަން ލިއޮނަލް މެސީއަށް ނުކުޅެވޭނެކަމަށް އެ ކުލަބުން ބުނެފިއެވެ. ދުނިޔޭގެ މޮޅު ކުޅުންތެރިޔާއަށް ދޭ ބެލޮންޑޯ އެވޯޑު ހަ ފަހަރު ހޯދާފައިވާ މެސީގެ ކަނާތު ކަކުލަށް ލިބުނު އަނިޔާއާއި ގުޅިގެން ބާސާއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ […]
ކޮވިޑްގެ އައު ވޭރިއަންޓް ޔޫރަޕަށް ފެތުރެން ފަށައިފި

އިނގިރޭސި ވިލާތުން ފެނިގެން އުޅޭ ކޮރޯނާވައިރަހުގެ އައު ވޭރިއަންޓް ޔޫރަޕަށް ފެތުރެން ފަށައިފިއެވެ. އިނިގިރޭސި ވިލާތުން ދަތުރު ކުރި މީހުންނާއި ގުޅުން ހުރި މީހުންގެ ފަރާތުން އާ ވޭރިއަންޓް ފެނިފައިވާ ޔޫރަޕުގެ ގައުމުތަކުގެ ތެރޭގައި ފްރާންސް، ސްޕޭން، ސްވިޑަން އަދި ސްވިޒަލެންޑް ވެސް ހިމެނެ އެވެ. ކޮރޯނާވައިރަހުގެ އާ ވޭރިއަންޓެއް އިނގިރޭސި ވިލާތުން ފެނުމާ އެކު ޔޫރަޕުގެ ގިނަ ގައުމުތަކަކުން ވަނީ އެޤައުމުގެ ދަތުރުވެރިންނަށް ބޯޑަރުތައް ބަންދުކޮށްފަ އެވެ. ސައިންސްވެރިން ބުނެފައި ވަނީ އިނގިރޭސި ވިލާތުން ފެނުނު […]
ރައީސް ޞާލިޙް ފުލުހުންގެ ބިލު ތަސްދީޤް ކުރައްވައިފި

މަގާމުގައި ތިއްބެވި ފުލުހުންގެ އިސް އޮފިސަރުން މަގާމުތަކުން ދުރުކުރެވޭ އިސްލާހާއެކު މަޖިލީހުން ފާސްކޮށްފައިވާ ފުލުހުންގެ ބިލު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އިއްޔެ ތަސްދީގުކުރައްވައިފި އެވެ. ފުލުހުންގެ ބިލު މަޖިލީހުން ފާސްކޮށްފައިވަނީ މި މަހުގެ ހަ ވަނަ ދުވަހުގައެވެ. ފުލުހުންގެ ބިލުގައި ވާގޮތުން ޕޮލިސް ބޯޑް އެކުލަވާލާތާ ހަތަރު މަސް ދުވަހުގެ ތެރޭގައި ޕޮލިސް ކޮމިޝަނަރު ފިޔަވާ ސުޕްރިޓެންޓެންޑުން ފެށިގެން މަތީގެ ރޭންކުތަކުގައި ތިއްބެވި ފުލުހުންގެ އޮފިސަރުންގެ ތެރެއިން އެކި ތުހުމަތުތައް ކުރެވޭ އޮފިސަރުންގެ މައްސަލަ ބޯޑުން […]
ފްލައިން ސްކޫލް ހިންގާނެ ފަރާތެއް ހޯދަނީ

އައްޑޫ ސިޓީގައި ހިންގާ އޭޝިޔަން އެކަޑަމީ އޮފް އެރޮނޮޓިކްސް ފްލައިން ސްކޫލު ހިންގުމަށް އަލުން ބީލަމަށް ހުޅުވާލުމަށް، އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު (އޭއައިއޭ) އިން ނިންމައިފި އެވެ. އައްޑޫ ސިޓީގައި ހިންގާ އޭޝިއަން އެކެޑެމީ އޮފް އެރޮނޮޓިކްސް ގައި ކިޔަވަމުންދާ ދަރިވަރުންނަށް ދިމާވެފައިވާ މައްސަލަތަކާއި މެދު، ޝަކުވާ ގިނަވެ، އެމައްސަލަ ތަކާއި ގުޅިގެން މަޝްވަރާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީގެ މެމްބަރުން އައްޑޫ ސިޓީއަށް ވަނީ އިއްޔެގެ ވަގުތެއްގައި ވަޑައިންނަވާފައެވެ. އެ ދަތުރުގައި […]
ސިވިލް ސަރވިސްގެ އިދާރީ މުވައްޒަފުންގެ މުސާރައިގެ އޮނިގަނޑަށް ބޮޑު ބަދަލެއް

ސިވިލް ސަރވިސްގެ އިދާރީ މުވައްޒަފުންގެ މުސާރައިގެ އޮނިގަނޑަށް ބޮޑު ބަދަލެއް ގެނެސް، އެމުވައްޒަފުންނަށް މުސާރައިގެ ބޮޑު ކުރިއެރުމެއް ދޭން ސިވިލް ސަރވިސް ކޮމިޝަން (ސީއެސްސީ) އިން ފާސްކޮށް، ނެޝަނަލް ޕޭ ކޮމިޝަނަށް ހުށަހަޅައިފި އެވެ. ސިވިލް ސަރވިސްގައި 24،514 މުވައްޒަފުން މަސައްކަތް ކުރާއިރު އެންމެ ގިނައީ އިދާރީ މަސައްކަތްތައް ކުރާ މުވައްޒަފުންނެވެ. ކޮމިޝަނުން ހުށަހެޅީ އެންމެ ދަށްވެގެން 30 ޕަސެންޓަށް މުސާރަ ބޮޑުކޮށްދޭށެވެ. އެއީ އަސާސީ މުސާރައިގެ ގާތްގަނޑަކަށް 4000-5000ރ. އާ ދެމެދުގެ ކުރިއެރުމެކެވެ. ސީއެސްސީގެ […]
މިދަނީ މަސްވެރިންގެ ޝަކުވާތައް އަޑުއަހަމުން: ރައީސް

މަސްވެރިންގެ ޝަކުވާތައް އަޑުއަހަމުން ދާ ކަމަށާއި އެޝަކުވާތަކަށް ޙައްލެއް ހޯދުމުގެ މަސައްކަތް ކުރަމުން ދާކަމުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ. ”އަޅުގަނޑުމެންގެ ސިޔާސަތަކީ، މަސްވެރިންނަށް އެންމެ ފައިދާ ހުރި ގޮތަށް މި ޞިނާޢަތު ބައްޓަންކުރުން.“ ދިވެހި ދައުލަތުން ދެއްވާ އިނާމުތައް ދެއްވުމަށާއި ދިވެހީންގެ އެއްބައިވަންތަކަމުގެ ދުވަހާ ގުޅިގެން ޖުމްހޫރީ މައިދާނުގައި ބޭއްވި ޖަލްސާގައި ހޮނިހިރު ދުވަހުގެރޭ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވިއެވެ. ”އެނގިވަޑައިގަންނަވާނެ ސަރުކާރުގެ މަސް ކުންފުނި މިފްކޯ އޮތް ޙާލަތު. ބޮޑު ގެއްލުމެއްގައި ހިންގާތާ […]
އިނގިރޭސިވިލާތުން އަންނަ ދިވެހިން ކަރަންޓީން ކުރަން ނިންމައިފި!

އިނގިރޭސިވިލާތުން ދިވެހިރާއްޖެ އަށް އަންނަ ދިވެހިންނާއި ވާކް ވިސާ އޮންނަ މީހުން 10 ދުވަސް ވަންދެން ކަރަންޓީން ކުރަން އެޗްޕީއޭ އިން ނިންމައިފިއެވެ. އެޗްޕީއޭ އިން ވިދާޅުވީ މާދަމާ އިން ފެށިގެން ދިވެހިރާއްޖެއަށް އައުމުގެ 14 ދުވަސްކުރިން އިގިރޭސިވިލާތުގައި އުޅެފައިވާ އަދި އެޤައުމުގައި 12 ގަޑިއިރަށްވުރެ ގިނައިރު ޓްރާންސިޓް ކޮށްފައި އަންނަ ދިވެހިންނާއި ވާކް ވިސާގައި އަންނަ މީހުން 10 ދުވަހުގެ މުއްދަތަށް ގޭގައި ކަރަންޓީނު ކުރަން ނިންމާފައިވާ ކަމަށެވެ. އަދި ރައްކާތެރިވުމުގެ ގޮތުން މި ފަރާތްތައް […]