ސިވިލް ސަރވިސްގެ އިދާރީ މުވައްޒަފުންގެ މުސާރައިގެ އޮނިގަނޑަށް ބޮޑު ބަދަލެއް

Loading

Facebook
Twitter
WhatsApp

ސިވިލް ސަރވިސްގެ އިދާރީ މުވައްޒަފުންގެ މުސާރައިގެ އޮނިގަނޑަށް ބޮޑު ބަދަލެއް ގެނެސް، އެމުވައްޒަފުންނަށް މުސާރައިގެ ބޮޑު ކުރިއެރުމެއް ދޭން ސިވިލް ސަރވިސް ކޮމިޝަން (ސީއެސްސީ) އިން ފާސްކޮށް، ނެޝަނަލް ޕޭ ކޮމިޝަނަށް ހުށަހަޅައިފި އެވެ.

 

ސިވިލް ސަރވިސްގައި 24،514 މުވައްޒަފުން މަސައްކަތް ކުރާއިރު އެންމެ ގިނައީ އިދާރީ މަސައްކަތްތައް ކުރާ މުވައްޒަފުންނެވެ. ކޮމިޝަނުން ހުށަހެޅީ އެންމެ ދަށްވެގެން 30 ޕަސެންޓަށް މުސާރަ ބޮޑުކޮށްދޭށެވެ. އެއީ އަސާސީ މުސާރައިގެ ގާތްގަނޑަކަށް 4000-5000ރ. އާ ދެމެދުގެ ކުރިއެރުމެކެވެ.

ސީއެސްސީގެ އޮފިޝަލަކު މީޑިއާއަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވެފައިވަނީ އެ ކޮމިޝަނުން ހުށަހެޅީ އިދާރީ ހަތަރު ގުރޫޕެއްގެ މުސާރަ ބޮޑުކޮށްދޭށެވެ. އެއީ، ކްލެރިކަލް ސަޕޯޓް ވޯކާސް އާއި އެސޯސިއޭޓް ޕްރޮފެޝަނަލްސް އާއި ޕްރޮފެޝަނަލްސްގެ އިތުރުން ޑިރެކްޓާސް ގްރޫޕެވެ.

އޮފިޝަލް އިތުރަށް ވިދާޅުވީ، މި ހަތަރު ގްރޫޕްގެ ވެސް މަސްއޫލިއްޔަތާއި މަގާމުގެ ޝަރުތުތަކާއި މުސާރައިގެ އޮނިގަނޑު ނިންމައި ޕޭ ކޮމިޝަނަށް ވާނީ ފޮނުވައިފައި ކަމަށެވެ. ސިވިލް ސަރވިސް ކޮމިޝަނުން ހުށަހެޅިޔަސް މި އޮނިގަނޑާއި މެދު ގޮތެއް ނިންމާނީ ޕޭ ކޮމިޝަނުންނެވެ.

މުސާރައިގެ އޮނިގަނޑު ފާސްކުރީ އެކި ރޭންކުތަކަށް އެކި ވަރަށް ކަމަށާއި، ނަމަވެސް ހުށައެޅި އޮނިގަނޑުގައި އެންމެ ދަށްވެގެން 30 ޕަސެންޓުގެ ކުރިއެރުމެއް ހުރިހާ ގްރޫޕަކުން ވެސް އަންނާނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

ދައުލަތުގެ މުވައްޒަފުންގެ ތެރެއިން އެންމެ ކުޑަ އުޖޫރައެއް ލިބޭ ބަޔަކީ، ސިވިލް ސަރވިސްގެ މުވައްޒަފުންނެވެ.

މުސާރަ ނިސްބަތުން ކުޑަވުމާއި، އެކި ދާއިރާތަކުގައި މުސާރައިގެ ބޮޑު ފަރަގެއް ހުރުމަކީ ވަރަށް ބޮޑު ޝަކުވާއެކެވެ. ސިވިލް ސާވަންޓުންގެ މުސާރަތައް އެއް ހަމައަކަށް ގެނެސް، މުސާރައިގެ ތަފާތުތައް ކުޑަކޮށް، މުސާރަ ބޮޑު ކުރުމަކީ މި ސަރުކާރު އައުމުގެ ކުރިން ވީ ވަރަށް ބޮޑު ވައުދެކެވެ.

މިދިޔަ މަރޗް މަހުގެ ތެރޭގައި ނޭޝަނަލް ޕޭ ކޮމިޝަނުން ބުނެފައިވަނީ ދައުލަތުގެ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތައް ހަމަހަމަ ކުރަންޖެހޭ ކަމަށާއި އެކަން ތަންފީޒު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް