ލޯބީގެ މަންޒިލު-3

https://sandhaanu.today/13485  އާގުޅޭ ރާމް މަޑުމަޑުން ކޮޓަރިން ނިކުމެއްޖެއެވެ. ވަގުތަކީ މެންދުރު ކާގަޑިކަމަށް ވުމުން އެހެން ހުރިހާ މުއައްޒިފުން ތިބީ ކެންޓީނަށް ގޮހެވެ. އެކަމަކު ރާމްއަށް ބަނޑުހައިހޫނުކަމުގެ އެއްވެސް އިހުސާސެއް ނުވެއެވެ. އޭނާ ހުރީ ސަރޫޕު ދެކެ ވަރަށް ބޮޑަށް ރުޅިއައިސްފައެވެ. ވަޒީފާ ހޯދަން ދަތި ދުވަސްވަރެއްގައި ވަޒީއާ މެދު ފަރުވާކުޑަކުރީ ކީއްވެގެން ބާވައޭ އޭނާގެ ހިތަށް އެރިއެވެ. މީހަކު ދުވެފައި އަންނަ އަޑު އިވުމުން ކުއްލިއަކަށް ރާމް ސިއްސައިގެންދިޔައެވެ. އެއީ ސަރޫޕެވެ. އެއްވެސް ގޮތެއްފޮތެއް ނުބަލައި ސަރޫޕު […]

މިނިވަން ދުވަސް ކުރު ކުރުކޮށް.

ފޮޓޯއިން އެފެންނަނީ ކޮން ބޭފުޅެއް ހެއްޔެވެ؟ އެއީ ރާއްޖެއަށް މިނިވަންކަން ހޯދުމުގެ މަސައްކަތުގައި އިސް ދައުރެއް އަދާކުރެއްވި ޝަރަފުވެރި އެއް ޝަޚުޞިއްޔަތެވެ. ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ އޮނަރަބަލް ޢަބްދުލް ސައްތާރު މޫސާދީދީ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް ނާސިރުގެ ވަފާތެރި ގަދަރުވެރި ޓީމެވެ. މިނިވަންކަން ލިބުނުތާ ވިއްސަކަށް އަހަރު ފަހުން އެއް ފަހަރަކު ރަސްމީ ދަތުރުފުޅެއްގައި ސިލޯނަށް ވަޑައިގަތެވެ. ކޮންމެ ވެސް އެއްޗެއް ބައްލަވައި ގަތުމަށްޓަކައި ބާޒާރަށް ނިކުމެ ވަޑައިގެންނެވި ރެޔެކެވެ. އަރިހުގައި ދިވެހި ސަފާރާގެ މުވައްޒަފަކު […]

ބުއްދި އާއި ސިކުނޑި ފޭރުމުގެ ފަންނު

އެއްދުވަހަކު އިނގިރޭސިވިލާތުގެ ސަފީރު، އިނގިރޭސި ކޮންސިއުލާއާއެކު އިންޑިޔާގެ ނިއުދިއްލީގެ މަގަކުން ކާރުކޮޅުގައި ވަޑައިގަތެވެ. މަގުމަތިން ފެނުނީ އިންޑިޔާގެ ޔުނިވަރސިޓީ ދަރިވަރަކު ގެރިޔެއްގައި ކޮޅުފައިން ޖެހިތަނެވެ. ސަފީރު ކުއްލިއަކަށް ޑްރައިވަރަށް އެންގެވީ ކާރު މަޑުކުރުމަށެވެ. ކާރު މަޑުކުރުމުން ސަފީރު ކާރުން ފައިބާވަޑައިގެން ގެރިޔާ ދިމާއަށް ފައިމަގުގައި ހިންގަވާފައި ވަޑައިގަތެވެ. އަދި ގެރީގެ ކައިރީ ހުރި ހިންދީ ޒުވާނާއާ ދިމާއަށް ވަރަށް ކޯފާއިސްކުރައްވައި ހަޅޭއްފުޅު ލައްވައި އޭނާ ދުރަށް ކޮއްޕަވާލެއްވިއެވެ. އަދި ޒުވާނާގެ އަދަބު ކުޑަ ޢަމަލަށްޓަކައި ”މުޤައްދަސް“ ގެރީގެ […]

އާޒަރުބައިޖާނަށް އަރުމީނިޔާއިން ދެމުންދާ ހަމަލާ ތުރުކީގެ ގާނޫނުހަދާ މަޖިލީހުން ކުއްވެރިކޮށްފި

ތުރުކީގެ މަޖްލިސްގެ ބޮޑު ހަތަރު ޕާޓީ ގުޅިގެންވަނީ އަރުމީނިއާއިން އާޒަރުބައިޖާނަށް ދެމުންދާ ހަމަލާތައް ކުއްވެރިކޮށް، ބަޔާނެއް ނެރެފައެވެ.  ”ތުރުކީގެ ގްރާންޑު ނޭޝެނަލް އެސެމްބްލީގެ ހައިސިއްޔަތުން، 12 ޖުލައިން ފެށިގެން، އަރުމީނިޔާގެ ސިފައިން އާޒަރުބައިޖާންގެ ޓޮވޫޒު ސަރަހައްދަށް ދެމުން ގެންދާ ހަމަލާތައް ވަރަށް ބޮޑަށް ކުށްވެރިކުރަން“ އެ ބަޔާނުގައި ވެއެވެ.  ”އދ. ގެ ސިކިއުރިޓީ ކައުންސިލުންނާއި އޯސީއެސްއީން ނިންމާފައިވާ ނިންމުމަށް އަރުމީނިއާއިން ބޯލަނބަންޖެހޭނެ، އަރުމީނިއާއިން ހިފާފައިވާ އާޒަރުބައިޖާންގެ ސަރަހައްދުތަކުން ފައިބަން ޖެހޭނެ“  އެބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވެއެވެ.  “ އާޒަރުބައިޖާންއިން […]

ޔާސިރުގެ މަރު- އޭނާއާއި ދޭތެރޭ ކަންކުރެވުނީ އިންސާފުންބާ؟

ކަރެކްޝަންސް ބެލުމުގެ ދަށުގައި 3 އަހަރު ވަންދެން ހުރި، ޔަމަނުގެ ޔާސިރު ޔަޙުޔާ އިއްޔެ ހަވީރުގެ ވަގުތެއްގައި މަރުވެއްޖެއެވެ. އޭނާގެ ބަލިހާލު ގޯސްވެގެން އެޑްމިޓް ކޮށްފައިވަނީ މިދިޔަ މަހުގެ 21 ވަނަ ދުވަހުއެވެ. އޭނާގެ ޙާލަތު ދައްވާން މެދުވެރިވީ ކެއުމަށް އިންކާރުކޮށް ބަނޑުހައި ކަމުގެ ހަޅުތާލެއްގައި ފެށުމުން ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. ޔާސިރު މަރުވިއިރު، ދިވެހި އަންބަކާއި އަންހެން ދަރިއަކުވެސް އެބަހުއްޓެވެ. ޔާސިރު ރާއްޖެ އައުމަށް ފަހު ރާއްޖޭގެ ބައެއް ސްކޫލުތަކުގައި ޢަރަބި މުދައްރިސެއް ގޮތުގައި […]