އެމެރިކާއާއިއެކުވެވޭ އެއްބަސްވުމަކަށް އެއްވެސް ގައުމަކުން ދެން އިތުބާރެއް ނުކުރާނެ!

އެމެރިކާއިން ޔޫރަޕްގެ އެކުވެރިންނާ ދުރަށްދިއުމާއިއެކު ނޭޓޯ މަރުވެއްޖެއެވެ. އަދި އެންމެފަހުން ކާމިޔާބު މި ލިބިވަޑައިގަތީ ވްލާޑިމީރް ޕޫޓިން އާއި ޝީ ޖިންޕިން އަށެވެ. ދުނިޔޭގެ މާލީ ނިޒާމުގައި އެމެރިކާޑޮލަރުގެ ބާރު އަމިއްލައަށް ދަށަށްގޮސް ޖަޕާން ޔެން އަކީ އެންމެ ރައްކާތެރި ފައިސާ ކަމުގައި ވެ ނިމެނީއެވެ. ހުރިހާ ގެއްލުމެއް އެމެރިކާއަށެވެ. މިއީ ކޯންޓަމް ސްޓްރަޓެޖީގެ ޑޭވިޑް ރޯޗްގެ ދިރާސާގެ ސުރުޚީއެވެ.އެމެރިކާއިން ކުރިއްސުރެން ގެންގުޅުނު ޖިއޯޕޮލިޓިކްސްގެ ސިޔާސަތަށް ކުއްލިއަކަށް ގެނައި ބަދަލުތަކަކުން ދުނިޔޭގެ މާލީ ބާޒާރުގައި އުފެދުނު ބިޔަ […]
އެމެރިކާއާއި އިސްރާއީލުން ގުޅިގެންވިޔަސް އީރާނަށް ދެވޭނެ ގެއްލުމެއް ނޯންނާނެ

މިލިޓްރީ އިންޒާރުތަކުން އީރާނަށް ސިހުން ނުގެނެވޭނެކަން އެނގުމުން އީރާނުގެ ދުޝްމިނުން މިހާރު ”ސޯފްޓް ވޯރ“ ގެ އުކުޅުތައް ބޭނުންކޮށްގެން އެންމެ ފަހުން އެ ދިމާކުރީ ގައުމުގެ ރައްޔިތުން ބައިބައިކުރުވަން ކަމަށް ސުޕްރީމް ލީޑަރ އާޔަތު ﷲ އަލީ ޚާމަނާއި ވިދާޅު ވެއްޖެއެވެ. އީރާނުގެ ދުޝްމަނުންކަމުގައި އިޝާރާތް ކުރައްވާފައި އެވަނީ އެމެރިކާއަށާއި އިސްރާއީލަށެވެ. ސުޕްރީމް ލީޑަރުގެ މި ބަޔާން އައިސްފައި މިވަނީ އެމެރިކާގެ ޚާރިޖީ ވަޒީރު މާރކޯ ރޫބިއޯ އިސްރާއީލަށް ވަޑައިގަތުމާއި އަދި އެމެރިކާއިން ފޮނުވި ބިޔަ ހަތިޔާރު […]
އެމެރިކާއާއި ނުލައި ނޭޓޯއިން ރަޝިޔާއާ ދެކޮޅަށް ނިކުތުމަކީ ވަރަށް ގެއްލުން ހުރި ކަމެއް

ރަޝިޔާއިން ޔޫކްރެއިނާ ދެކޮޅަށް ކުރަމުން ގެންދާ ހަނގުރާމަ ޔޫރަޕްގެ ގައުމުތަކަށް ފުޅާވެގެން ހިނގައިދާނެކަމަށާއި އެހާލަތުގައި އެމެރިކާގެ ބައިވެރިވުން ނުލިބިއްޖެނަމަ ނޭޓޯއަށް ޔޫރަޕް ދިފާއުކުރުމަކީ ވަރަށް އުދަނގޫ ވާނެކަމަށް މިލިޓްރީ ތަޖްރިބާކާރުން ބިޒްނަސް އިންސައިޑަރަށް މައުލޫމާތު ހާމަކޮށްދީފިއެވެ. މި ވާހަތައް ފެންމަތި ވެގެން މިއައީ އިންތިޚާބީ ރައީސް ޑޮނާލްޑް ޓްރަމްޕްގެ ބަސްމަގުހުރިގޮތުން ނޭޓޯއަށް އެމެރިކާގެ މިލިޓްރީއެހީ ނުލިބިދާނެކަމަށް ބެލެވެން ފެށުމުންނެވެ. ޔޫރަޕްގެ ގައުމުތަކު ދިފާއުގެ ބޮޑު ހިއްސާއެއް އޮންނަނީ އެމެރިކާގެ ބޮލުގައި އަޅާފައެވެ. ޔޫރަޕުން އެމެރިކާޖަހާ ބެރަށް ނަށަން […]
ޙަމާސް ހަނގުރާމަ ހުއްޓުމާބެހޭގޮތުން އެމެރިކާއާއި އީރާނުގެ ސިއްރު ބައްދަލުވުން

އިސްރާއީލުން ގައްޒާގައި ހިންގަމުންގެންދާ އަނިޔާވެރިލާއިންސާނީ ހަނގުރާމަ ހުއްޓުވޭނެ މަގެއް ހޯދުމަށްޓަކައި އެމެރިކާއާއި އީރާނުގެ އޮފިޝަލުންގެ ސިއްރު ބައްދަލުކުރެއްވުން ތަކެއް އޮމާނުގައި ބޭއްވެމުންދާ ކަމަށް ނިއުޔޯރކް ޓައިމްސްއިން ޚަބަރު ދީފިއެވެ. މި ބައްދަލުވުން ތަކުގައި ރެޑް ސީގެ ދަތުރުފަތުރު ތަކަށް ޔަމަނުގ މުޖާހިދު ހޫތީންގެ ސަބަބުން ދިމާވެފައިވާ ނުރައްކާތެރި ކަމާއި އަދި އިރާގުގައިތިބި އީރާނަށް ތާއީދު ކުރާ މިނިވަން ޖަމާއަތްތަކުން އެމެރިކާގެ އަމާޒުތަކާއި ވަސީލަތްތަކަށް ދެމުންގެންދާ ޙަމަލާތަކާއި ބެހޭ ގޮތުންވެސް ވާހަކަ ދެކެވެމުންދާ ކަމަށް އެމެރިކާއާއި އީރާނުގެ އޮފިޝަލުންވެސް ބުނެފައިވެއެވެ. މި ވާހަކަތައް ބޭއްވެމުންދަނީ އަރަބި މަސްކަތުގައެވެ. އަދި އެމެރިކާއާއި އީރާނުގެ ވަފުދުގެ ބޭފުޅުން މަޝްވަރާކުރައްވާއިރު ތިއްބަވަނީ ސީދާ ބައްދަލު ނުކުރެވޭގޮތަށްތަފާތު ކޮޓަރިތަކުގައެވެ. […]
ރަޙީނުންގެ މައްސަލާއާގައި އެންމެފަހުން ހަމާސްގެ ޝަރުތު ގަބޫލުކުރަން ޖެހޭނީ

ރަޙީނުންގެ މައްސަލާއާގައި ހަމާސްގެ ޝަރުތު ގަބޫލުކުރަން އިސްރާއީލުގެ ރައްޔިތުންގެ ޙުކުމް އިއްވާނެކަމަށް ބުނެފިއެވެ. މިހާރު އިސްރާއީލުން ގައްޒާގައި ހިންގަމުންގެންދާ އަނިޔާވެރި ގަތުލުއާންމު ދިރާސާ ކުރައްވަމުން ގެންދަވާ ބައިނަލް އަގްވާމީ މުޙައްލިލުން ދެކިވަޑައިގަންނަވާ ގޮތުގެ މައްޗަށް ބިނާކޮށް ދުނިޔޭގެ މަޝްހޫރު ބައެއް މީޑިއާތަކުގައި ގެންސްދީފައިވާ ރިޕޯރޓެކެވެ. ގާހިރާއިން ރޮއިޓާރސް ޚަބަރު ދީފައިވާގޮތުގައި މިސްރުގެ ގާހިރާގައި ބޭއްވުމަށް ރޭވިފައިވާ ސުލްޙައިގެ ވާހަކަތަކުގައި އިސްރާއީލުން ބައިވެރިވުމާއި ދޭތެރޭ ބޮޑުވަޒީރު ނަތަންޔާހޫ ބޭނުންވިގޮތަށް ރަހީނުންނާބެހޭ ތަފްސީލު ހާމަކުރަން ފަލަސްތީނުގެ މުޖާހިދުން އިއުތިރާޒް ކޮށްފިއެވެ. […]
ހޫތީން އަމާން ނުދޭނެކަމަށް ކިތައްފަހަރު އިންޒާރު ދިނީމު ހެއްޔެވެ؟

ސުރުޚީގައި އެވަނީ ޔަމަނުން އެމެރިކާއަށް މީގެ ކުރިން ކަނޑައަޅުއްވާފައިވާ ސަފީރު އަދި މިހާރުގެ ޚާރިޖީ ވަޒީރު އަހްމަދު އަވާދު ބިން މުބާރަކު ޕޮލިޓިކޯ ދެއްވި ބަސްދީ ގަތުމެއްގައި ކޯފާ އިސްކުރައްވައި އެމެރިކާއާއި ޔޫރަޕިއަން ޔޫނިއަނަށް އަމާޒުކޮށް ވިދާޅުވެފައިވާ ބަސްފުޅެކެވެ. މިހާރުވެސް ޔަމަނުގެ ސަރުކާރާ ދެކޮޅަށް ހަނގުރާމަ ކުރަމުންގެންދާ ހޫތީންގެ ޖެހިލުންކުޑަ ހުނަރުތަކާ ދޭތެރޭ އަހަރެން ދިން އިންޒާރުތަކަށް ބީރުކަންފަތެއް ދިނުމުގެ ސަބަބުން އީރާނުގެ އެހީތެރިކަމާއެކު މިއަދު މުޅި ސަރަހައްދު މިއޮތީ ބޮޑުވެގެންވާ ނާމާން ހަމަނުޖެހުމެއްގެ ތެރެއަށް ވައްޓާލައިފައެވެ. […]
ޕޫޓިންގެ އަޒުމަކީ ޔޫކްރެއިން ބިމާ ހަމަކޮށްލުން -–މައިކަލް ކާޕެންޓަރ

އޯގަނައިޒޭޝަން ފޯރ ސެކިއުރިޓީ އެންޑް ކޯ-އޮޕަރެޝަން އިން ޔޫރަޕް އަށް އެމެރިކާއިން ކަނޑައަޅުއްވާފައިވާ ދާއިމީ މަންދޫބް މައިކަލް ކާރޕެންޓަރ މިދިޔަ ބުރާސްފަތިދުވަހު ވިއެނާގައި އޮތް އެ ޖަމްއިއްޔާގެ ކައުންސިލް ބައްދަލުވުމެއްގައި ޔޫކްރެއިނާ ދޭތެރޭ ރައީސް ޕޫޓިންގެ ވިސްނުންފުޅު ބަދަލު ނުވާކަމަށާއި އެމަނިކުފާނުގެ މަގްސަދަކީ ޔޫކްރެއިން އެއްކޮށް ބިމާހަމަކޮށްލުން ކަމުގައި ޔޫކްރިންފޯމުން މަޢުލޫމާތު ދީފައިވާކަމަށް ޔޫކްރެއިނިސްކާ ޕްރަވްޑާއިން ހާމަކޮށްފިއެވެ. ކާޕެންޓަރ ބުނެފައިވާގޮތުގައި މިއަންނަ އަހަރު ފެބްރުއަރީ މަހު ރަޝިޔާއިން ގާނޫނާ ޚިލާފަށް ޔޫކްރެއިނަށް ފުރަތަމަ ފަހަރު ވަދެގަނެ ކްރީމިއާ […]
ކޮންމެދުވަހަކު ޔޫކްރެއިންގެ ސަތޭކަ ސިޓީއަށް ހަމަލާދެމުން ގެންދޭ – ޒެލެންސްކީ

ރައީސް ޒެލެންސްކީ ކޮންމެ ދުވަހަކު ހަވީރު ގައުމާ މުޚާތަބު ކުރައްވައިދެއްވަމުންގެންދާ ޚިތާބުގައި މިމަހު 21 ވަނަ ދުވަހު ރަޝިޔާއިން ކޮންމެ ދުވަހަކު ޔޫކްރެއިންގެ ސަތޭކައަށްވުރެން ގިނަ ސަރަހައްދު ތަކަށް ޙަމަލާ ދެމުން ގެންދާ ކަމަށް ބުނެފިއެވެ. ރަޝިޔާގެ އަނިޔާވެރި ލަޝްކަރުން ކޮންމެ ދުވަހަކު އަހަރެމެންގެ އެކިއެކި ސަރަހައްދުން ސަތޭކައަށްވުރެން ގިނަ ޝަހަރުތަކާއި އަވަށްތަކާއި އަދި ވިލެޖްތަކަށް ޙަމަލާދެމުން އެބަ ގެންދެއެވެ. ޑޮނެސްކް އޮބްލާސްޓުގެ ހަމަލާތައް ވަކިން އަނިޔާވެރިވެފައި ބައެއްމީހުން މަރުވެ ބައެއްމީހުން ދަނީ ޒަޚަމް ވަމުންނެވެ. މި ޙަމަލާތަކާއެކު ބައެއް ކުދިކުދި އަވަށްތައް ރަޝިޔާގެ ބާރުގެ ދަށަށް ދިޔަސް އަހަރެމެންގެ ސިފައިންގެ ހިތްވަރު އެލިގެނެއް ނުދެއެވެ. މިއަދުވެސް މިހާތަނަށް […]
އިރާގުގައި ހުންނަ އެމެރިކާގެ އެއަރބޭސްއަށް ރޮކެޓާއި މިސައިލުން ޙަމަލާދީފި

އީރާނުން މަދަދު ލިބޭ މުޖާހިދުން އިރާގުގައި ހުންނަ އަލް އަސަދު އެއަރބޭސްއަށް ހޮނިހިރު ދުވަހުގެރޭ ދިން ޙަމަލާގައި ގިނައަދަދެއްގެ އެމެރިކާ ސިފައިން ޒަޚަމް ވެއްޖެކަމަށް ޕެންޓަގަނުން ހާމަކޮށްފިއެވެ. އިރު އޮއްސި 6.30 ހާއިރު ދިން ބެލަސްޓިކް މިސައިލާއި ރޮކެޓްގެ އެތައް ޙަމަލާހުޅަނގު އިރާގުން ފޮނުވާފައިވާ ކަމަށް އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ސޯޝަލް މީޑިއާގައި ހާމަކޮށްފައި ވެއެވެ. އަލް އަސަދު އެއަރބޭސްގެ އެއަރ ޑިފެންސުގެ ނިޒާމުން އޭގެތެރެއިން ގިނަ ޙަމަލާތަކެއް ހުއްޓުވި ކަމަށާއި އެކަމަކުވެސް ބައެއް ޙަމަލާތައް ނުހުއްޓުވިފާ ނުވާކަމަށެވެ. އެ ޙަމަލާއާއި ގުޅިގެން ގިނަ […]
އެމެރިކާއިން ޔަމަނާއި ދެކޮޅަށް އިތުރު ޙަމަލާތަކެއްދީފި

ސީ. އެން. އެން. އިން ޚަބަރުދީފައިވާ ގޮތުގައި ހޫތީންނާ ދެކޮޅަށް ޓޮމާހައުކު މިސައިލު ބޭނުންކޮށްގެން ޔަމަނުގެ 14 ވަރަކަށް އަމާޒަށް އެމެރިކާއިން އިތުރު ޙަމަލާތަކެއް ދީފިކަމަށް އެމެރިކާގެ އޮފިޝަލުން ހާމަކޮށްފިއެވެ. އެއް އޮފިޝަލަކު ބުނެފައިވާ ގޮތުގައި ބައެއް ޙަމަލާ ދިނުމުގައި ބޭނުންކުރީ ޔޫ. އެސް. އެސް. ފްލޮރިޑާއެވެ. އަދި ބައެއް ޙަމަލާތައް ދިނީ ގައިޑެޑް މިސައިލް ސަބްމެރިން އަކުންނެވެ.ފަލަސްތީން އާއި އިސްރާއީލާ ދެމެދު ހިނގަމުންދާ ހަނގުރާމަ ކޮންމެ ވަގުތެއްގައިވެސް އިތުރަށް ފުޅާވެގެން ހިނގައިދާނެ ކަމުގެ ބިރުވެރިކަން މިވަނީ އާންމުވެފައެވެ. މިދަނޑިވަޅުގައި މިއީ އެމެރިކާ އާއި އިނގިރޭސި ވިލާތާއި އަދި މަދު ބައިވެރިން ތަކެއް ހިމެނޭ […]