އެންމެ މީރު މަގުމަތީ ކެއުމަކީ ކޮބާ

ކެއުމަކީ އެއާނުލައި ހަމަ އެކަކަށްވެސް ދިރިނުހުރެވޭނެ އެއްޗެކެވެ. މީރު ކާއެއްޗެއްސަށް ލޯބި ކުރުމަކީ ތަބީޢީ ކަމެކެވެ. ހަމައެފަދައިން މަގުމަތީ ކެއުން ނުވަތަ ސްޓްރީޓްފޫޑް މިއީވެސް ވަރަށް ގިނަ ބަޔަކު އަބަދާ އަބަދު ތަޖްރިބާ ކުރަމުން ދާ އެއްޗެކެވެ. ރައްޓެހި ރަޙްމަތްތެރިންނާއެކު މަގުމަތީ ކެއުމެއް ޙިއްސާ ކޮށްލުމަކީވެސް ވަރަށްހިތްހަމަޖެހޭ ކަމެކެވެ. އެހެންވީމާ މީރު ކެއުމާއި މީރުކެއުން ލިބޭތަންތަން އޮޅުންފިލުވައި ދިނުމަކީ ބަޔަކުމީހުން ކެނޑި ނޭޅި ކުރަމުންގެންދާ ކަމެކެވެ. ސިންގަޕޯރަކީ ކެއުމުގެ ބާވަތްތަކުގައި އެންމެ ކުރީސަފުގައި އުޅޭ ގައުމެކެވެ. ތަފާތު […]
ފަލަސްތީނުގެ ބިންތަކުގައި ޔަހޫދީން ވަޒަންވެރި ކުރުވާތީ އެމެރިކާވެސް ރަތަށް

ހަނގުރާމައިގާ އިސްރާޢީލުން ފޭރިގެންފައިވާ ފަލަސްތީނުގެ ބިންތަކުގައި ޔަހޫދީން ވަޒަންވެރި ކުރުވަމުން ގެންދިއުމާއިގުޅިގެން އެމެރިކާއިންވެސް ރަތަށް އަރައިފިއެވެ. މިދުވަސްވަރަކީ ޔޫރަޕްގެ ގައުމުތަކުންނާއި ޔޫ.އެން. މެމްބަރުންގެ ބޮޑު މެޖޯރިޓީއަކުން ފަލަސްތީނުގެ އެ ބިންތަކުން ޔަހޫދީން ފޭބުމަށް ބާރުއަޅައި އިޒްރާޢީލް ކުށްވެރިކުރަމުން ދާ ދުވަސްވަރެކެވެ. އަދި މިއީ އެމެރިކާއިން ބުނަން ބޭނުންވެގެން ބުނި އެއްޗަކަށް ނުވިޔަސްޔުނައިޓެޑް ނޭޝަންސުން އެއީ އިސްރާޢީލުން ހިންގާ ޣައިރު ގާނޫނީ ޢަމަލެއްކަމަށް ބުނެ އެކަން ހުއްޓުވަން ކުރަމުންގެންދާ މަސައްކަތައް ލިބުނު ހިތްވަރެއްކަމަށް ވޯޝިންޓަނުން ރޮއިޓާސް ޚަބަރު ދީފިއެވެ. އިސްރާޢީލަށް ފާޑުކިޔުމުން ރައީސް ބައިޑްން މިހާރު ހުންނެވީ ބޮޑުވަޒީރު […]
އެމެރިކާއާއި ޗައިނާގެ މިލިޓްރީ ކުރިމަތިލުމެއްގައ ތަޖްރިބާކާރުން ދެކޭގޮތް

އެމެރިކާއާއި ޗައިނާގެ މިލިޓްރީ ކުރިމަތިލުމެއްގައ ތަޖްރިބާކާރުން ދެކޭގޮތް މިލިޓްރީ ތަޖްރިބާ ކާރުން ދެކިވަޑައިގަންނަވާ ގޮތުގައި މިލިޓްރީ ގޮތުން އެމެރިކާއާއި ޗައިނާގެ ކުރިމަތިލުން ވެގެންދާނީ މުޅިދުނިޔެއަށް ކުރިމަތިވެގެންދާނޭ ވަރަށް ބޮޑު މުސީބާތަކަށެވެ. ެއްވެސް ގައުމަކުން އެ ޙާލަތުގައި ބަލިވާކަށް ބޭނުމެއް ނުވާނެއެވެ. ތަޖްރިބާކާރުންގެ އިންޒާރަކީވެސް އެއީއެވެ. ޗައިނާއިން ތައިވާނުގެ ހަނގުރާމައެއް ފަށައިފިނަމަ އަދި އެ ކަމުގެ ތެރެއަށް އެމެރިކާއިން ވަދެއްޖެނަމަ ވަރަށް ހިތި ތަޖުރިބާތަކެއް އެމެރިކާއިން ތަޙަންމަލް ކުރަންޖެހުމަކީ ވަރަށް އެކަށިގެންވާ ކަމެއް ކަމުގައި ތަޖްރިބާ ކާރުން ވިދާޅުވެއެވެ. […]
ރައީސް ޔާމީނަށް އިއްވި ޙުކުމުގެ އިސްތިއުނާފު ވަނީ ތައްޔާރު ކުރެވިފައި, ދެން މާ ލަހެއްނުވާނެ: ވަކީލު

ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ކްރިމިނަލް ކޯޓުން މިދިޔަ ޑިސެމްބަރުމަހު އިއްވި ޙުކުމުގެ އިސްތިއުނާފު ތައްޔާރު ކުރެވިފައިވާ ކަމަށާއި, ތައްޔާރު ކުރައްވާފައި އޮތް އިސްތިއުނާފަށް ބަލާއިރު, އެ މަނިކުފާނު މިނިވަންވެވަޑައިގަންނަވާނެކަމީ %100 ޔަޤީންކަމެއް ކަމަށް އިސް ވަކީލު ޑރ.މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވެއްޖެއެވެ. ވ.އާރަށު މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް އުފުލި ދެ ދަޢުވާ ސާބިތުވާ ކަމަށް ނިންމަވައި, ކްރިމިނަލް ކޯޓުން އެ މަނިކުފާނުގެ މައްޗަށް 11 އަހަރުގެ ޖަލު ޙުކުމެއް އިއްވެވީ މިދިޔަ ޑިސެމްބަރުމަހުގެ […]
ސްރީލަންކާގެ 75 ވަނަ މިނިވަންދުވަސް

އިއްޔެއަކީ ( 2023 ފެބްރުއަރީ 4 ) އަވަށްޓެރި ސްރީލަންކާގެ 75 ވަނަ މިނިވަން ދުވަހެވެ. މިއަދުގެ މުނާސަބަތުގައި ސްރީލަންކާގެ އެކުވެރި ރައްޔިތުންނަށް މިނިވަންދުވަހުގެ ސަލާމާއި ތަހްނިޔާ ފޮނުވަމެވެ. ސްރީލަންކާގެ އިގްތިސާދު ވެއްޓިފައިވާ އަނދިރި ވަޅުގަނޑުގެ ސަބަބުން އެ ގައުމުގެ ވަރަށް ގިނަ ރައްޔިތުން ތިބީ އުފާ ފާޅުކުރެވޭ ފަދަ ހާލަތެއްގައެއް ނޫނެވެ. ވަރަށް ގިނަ އަދަދެއްގެ ފާދިރީންނާއި ހާމުދުރުން ވަނީ ސްރީލަންކާގެ ވެރިރަށުގައި ބޭއްވުމަށް ހަމަޖެހިފައިވާ ރަސްމީ އިހްތިފާލަށް ނުދާނެކަމަށް ބުނެފައެވެ. އަދި މިއީ މިފަދަ […]
އެމެރިކާ ވާހަކަދެއްކުމުގެ މޭޒުދޮށަށް ގެނެވިދާނެ

އެމެރިކާ ވާހަކަދެއްކުމުގެ މޭޒުދޮށަށް ގެނެވިދާނެ ގޮތް އެބަހުރިކަމަށް ރަޝިޔާއިން ބުނެފިއެވެ. ރަޝިޔާގެ ދޫމާގެ މެމްބަރު އަދި ރައީސް ޕޫޓިންގެ ވަރަށް އަރިސް ބޭފުޅަކު ކަމުގައިވާ އެންޑްރެއި ގުރުލީޔޯވް ރޮސިޔާ-1 ގައި ވާހަކަ ދައްކަމުން ވިދާޅުވީ 1962 ވަނަ އަހަރުގެ ކިއުބާ މިސައިލް ކްރައިސިސް ވައްތަރުގެ ކްރައިސިސް އެއް އުފައްދައިފިނަމަ އެމެރިކާއިން ވާހަކަ ދެއްކުމުގެ މޭޒުދޮށަށް އަންނާނެއެވެ. އޭރުގެ ސޮވިއެޓް ޔުނިއަން އާއި އެމެރިކާ އިން ތައްޔާރުވަމުން ދިޔައީ ނިއުކްލިއަރ ޙަމަލާއަކަށެވެ. އެމެރިކާއިން އެ ޙަމަލާއަށް ބޭނުންވާ ހަތިޔާރު ޖަމާކުރީ ތުރުކީއާއި އިޓަލީ އާއީ ކިއުބާގައެވެ. […]
އިންޑިއާއިން ބޭރުގައި ދިރިއުޅޭ މީހުންނަށް ފައިސާގެ މުޢާމަލާތު ކުރަން ލުއިގޮތެއް

އިންޑިއާގެ ނޭޝަނަލް ޕޭމެންޓްސް ކޯޕަރޭޝަނުން އެގައުމުގެ ޔުނިފައިޑް ޕޭމެންޓް އިންޓަރފޭސްގެ ( ޔޫ. ޕީ. އައި. ) ޒަރީއާއިން 10 ގައުމެއްގެ އިންޓަރނޭޝަނަލް މޯބައިލް ފޯނު ބޭނުންކޮށްގެން އިންޑިއާއިން ބޭރުގައި ދިރިއުޅޭ އިންޑިއާގެ ރައްޔިތުންނަށް އިންޑިއާއަށް ފައިސާ ފޮނުވުމާއި ވިޔަފާރީގެ މުޢާމަލާތު ހިންގޭނެގޮތް މިހާރު ތަނަވަސް ކޮށްދެވިފައިވާނެކަމަށް އިއްޔެ ހާމަކޮށްފިއެވެ. އެން. ޕީ. ސީ. އައި. ގެ ބަޔާނުގައި ބުނެފައިވަނީ މި އިންތިޒާމުތައް ހަމަޖެއްސީ އެކަމަށް އެދި ޔޫ. ޕީ. އައި، އީކޯސިސްޓަމުން އެދުމުގެ މަތިންނެވެ. އިންޑިއާއިން ބޭރުގައި ދިރިއުޅޭ އެ ގައުމުގެ ވަރަށްގިނަ ރައްޔިތުންނާއި […]
ޕަންޖާބުގެ ވެރިކަން އަލުން އިމްރާން ޚާން އަށް

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާނު ޚާން ގެ ސިޔާސީ ޕާރޓީއިން އަނެއްކާވެސް ޕާކިސްތާނުގެ އެންމެ އާބާދީ ބޮޑުޕަންޖާބު އަތުލައިފިއެވެ. ބަންޖާބުގެ ޗީފް މިނިސްޓަރުގެ ގޮނޑި އިންތިޚާބުގައި ކާމިޔާބު ކުރެއްވުމުންނެވެ. ޕަރްވޭޒް އިލާހީ އެގޮނޑި ކާމިޔާބު ކުރެއްވީ 371 ގޮނޑީގެ ތެރެއިން 186 ގޮނޑި ހޯއްދަވައި ގެންނެވެ. އިތުބާރުނެތް ކަމުގެ ވޯޓު ކާމިޔާބު ނުކުރެވުމުގެ ސަބަބުންކަމަށްބުނެ 2022 ޑިސެމްބަރ 23 ވަނަދުވަހު ޕަންޖާބުގެ ގަވަރނަރު ބާލިޣުއްރަޙްމާނު ވަނީ ޗީފް މިނިސްޓަރު އިލާހީ މަގާމުން ދުރުކުރައްވައި ފައެވެ. […]
މެލޭޝިޔާއަށް ދަތުރުކުރާ ބައިނަލް އަގްވާމީ ފަސިންޖަރުންގެ ސަމާލުކަމަށް

މެލޭޝިޔާއަކީ ވަރަށްގިން ދިވެހިން އެކިއެކި ބޭނުމުގައި ގޮސް އުޅޭ މަންޒިލެކެވެ. އެހެންކަމާއިއެކު މެލޭޝިޔާއަށް ދަތުރުކުރުމުގައި ލިބޭ ލުއިތަކާއި ދިމާވެދާނެ ގޮންޖެހުންތައް އެނގިފައި އޮތުމަކީ ބޭނުންތެރިކަމެއް ކަމުގައި ދެކެމެވެ. ޗައިނާގައި އިތުރުވަމުންދާ ކޯވިޑް 19 ގެ ބަލިމަޑުކަމާހުރެ މެލޭޝިޔާއަށް ދަތުރުކުރާ ބައިނަލް އަގްވާމީ ދަތުރުވެރިންގެ ކިބައިގާ ކޯވިޑް 19 ގެ އަލާމާތެއް ހުރިތޯ ބެލުން އިތުރަށް ފުޅާކުރަން މެލޭޝިޔާ ސަރުކާރުން ނިންމައިފިއެވެ. މެލޭޝިޔާގެ ބޮޑުވަޒީރު ދަތޯ ސްރީ އަންވަރު އިބްރާހިމް ވިދާޅުވެފައިވަނީ އަހަރެމެން ވަކި ގައުމަކުން ދަތުރުކުރާ […]
ސެންފްރާންސިސްކޯ ސަރަޙައްދަށް ކުރަމުންގެންދާ ވިއްސާރަ

މިއަހަރުގެ ފަހުދިހައިން ފެށިގެން އެމެރިކާގެ ކެލފޯނިޔާގެ ސަރަޙައްދުތަކަށް ކުރަމުންގެންދާ ވިއްސާރައާއި ފިނީގެ ތޫފާންތަކުގައި މުޅިއެ ސަރަޙައްދު އެކަމުން ލުޔެއްހޯދުމަށް ހެދޭނެގޮތް ހުސްވެފައިވާ ދަނޑިވަޅެއްގައި އަނެއް ބިރުވެރި ތޫފާނު ކުރިމަތި ވަމުން އަންނަކަމަށް މޫސުމާބެހޭ އިދާރާތަކުން އިންޒާރުދޭން ފަށައިފިއެވެ. އެ އިދާރާތަކުން ބުނަމުން ގެންދަނީ އަންގާރަދުވަހުގެ ރެއާއި ބުދަދުވަހު މިތޫފާނުގެ ބާރު ގަދަވެގެން ދާއިރު މެދުވެރިވާނެ ފެންބޮޑުވުމުގައި އިންސާނުންގެ ފުރާނައަށް ގެއްލުން ލިބޭނެކަމަށެވެ. ކުރުގޮތަކަށް ބުނާނަމަ މިއީ ފާއިތުވެގެންދިޔަ އެތައް އަހަރެއްގައި މިހާފުޅާ ސަރަޙައްދަކަށް އޭގެ ގެއްލުމާއި ކުރިމަތިލާން […]