ޕަންޖާބުގެ ވެރިކަން އަލުން އިމްރާން ޚާން އަށް

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާނު ޚާން ގެ ސިޔާސީ ޕާރޓީއިން އަނެއްކާވެސް ޕާކިސްތާނުގެ އެންމެ އާބާދީ ބޮޑުޕަންޖާބު އަތުލައިފިއެވެ. ބަންޖާބުގެ ޗީފް މިނިސްޓަރުގެ ގޮނޑި އިންތިޚާބުގައި ކާމިޔާބު ކުރެއްވުމުންނެވެ. ޕަރްވޭޒް އިލާހީ އެގޮނޑި ކާމިޔާބު ކުރެއްވީ 371 ގޮނޑީގެ ތެރެއިން 186 ގޮނޑި ހޯއްދަވައި ގެންނެވެ.                              އިތުބާރުނެތް ކަމުގެ ވޯޓު ކާމިޔާބު ނުކުރެވުމުގެ ސަބަބުންކަމަށްބުނެ  2022 ޑިސެމްބަރ 23 ވަނަދުވަހު ޕަންޖާބުގެ ގަވަރނަރު ބާލިޣުއްރަޙްމާނު ވަނީ ޗީފް މިނިސްޓަރު އިލާހީ މަގާމުން ދުރުކުރައްވައި ފައެވެ.  […]

މެލޭޝިޔާއަށް ދަތުރުކުރާ ބައިނަލް އަގްވާމީ ފަސިންޖަރުންގެ ސަމާލުކަމަށް

މެލޭޝިޔާއަކީ ވަރަށްގިން ދިވެހިން އެކިއެކި ބޭނުމުގައި ގޮސް އުޅޭ މަންޒިލެކެވެ. އެހެންކަމާއިއެކު މެލޭޝިޔާއަށް ދަތުރުކުރުމުގައި ލިބޭ ލުއިތަކާއި ދިމާވެދާނެ ގޮންޖެހުންތައް އެނގިފައި އޮތުމަކީ ބޭނުންތެރިކަމެއް ކަމުގައި ދެކެމެވެ.   ޗައިނާގައި އިތުރުވަމުންދާ ކޯވިޑް 19 ގެ ބަލިމަޑުކަމާހުރެ މެލޭޝިޔާއަށް ދަތުރުކުރާ ބައިނަލް އަގްވާމީ ދަތުރުވެރިންގެ ކިބައިގާ ކޯވިޑް 19 ގެ އަލާމާތެއް ހުރިތޯ ބެލުން އިތުރަށް ފުޅާކުރަން މެލޭޝިޔާ ސަރުކާރުން ނިންމައިފިއެވެ. މެލޭޝިޔާގެ ބޮޑުވަޒީރު ދަތޯ ސްރީ އަންވަރު އިބްރާހިމް ވިދާޅުވެފައިވަނީ އަހަރެމެން ވަކި ގައުމަކުން ދަތުރުކުރާ […]

ސެންފްރާންސިސްކޯ ސަރަޙައްދަށް ކުރަމުންގެންދާ ވިއްސާރަ

San Francisco flood news

މިއަހަރުގެ ފަހުދިހައިން ފެށިގެން އެމެރިކާގެ ކެލފޯނިޔާގެ ސަރަޙައްދުތަކަށް ކުރަމުންގެންދާ ވިއްސާރައާއި ފިނީގެ ތޫފާންތަކުގައި މުޅިއެ ސަރަޙައްދު އެކަމުން ލުޔެއްހޯދުމަށް ހެދޭނެގޮތް ހުސްވެފައިވާ ދަނޑިވަޅެއްގައި އަނެއް ބިރުވެރި ތޫފާނު ކުރިމަތި ވަމުން އަންނަކަމަށް މޫސުމާބެހޭ އިދާރާތަކުން އިންޒާރުދޭން ފަށައިފިއެވެ. އެ އިދާރާތަކުން ބުނަމުން ގެންދަނީ އަންގާރަދުވަހުގެ ރެއާއި ބުދަދުވަހު މިތޫފާނުގެ ބާރު ގަދަވެގެން ދާއިރު މެދުވެރިވާނެ ފެންބޮޑުވުމުގައި އިންސާނުންގެ ފުރާނައަށް ގެއްލުން ލިބޭނެކަމަށެވެ. ކުރުގޮތަކަށް ބުނާނަމަ މިއީ ފާއިތުވެގެންދިޔަ އެތައް އަހަރެއްގައި މިހާފުޅާ ސަރަޙައްދަކަށް އޭގެ ގެއްލުމާއި ކުރިމަތިލާން […]

އެމެރިކާއިން ބުނަނީ ބޭނުންވަނީ 2 ދައުލަތް އޮތުމަށް

ޔަހޫދީ ގައުމުގައި އަލަށް ޚާރިޖީ ވަޒީރުކަމަށް އައްޔަންކުރެވުނު އެލައި ކޯހެން އަށް ފޯނުންގުޅުއްވާ ދެއްކެވި ވާހަކަފުޅުގައި އެމެރިކާއިން ބޭންވަނީ އިސްރާއީލާ ފަލަސްތީނުގެ ދެ ދައުލަތް އޮތުން ކަމުގައި ތަކުރާރު ކުރައްވައި އެމެރިކާގެ ޚާރިޖީ ވަޒީރު ބްލިންކަން ވިދާޅުވެއްޖެއެވެ. އަދި އިސްރާއީލާ ފަލަސްތީނުގެ މެދުގައި މިހާރު ހިނގަމުންދާ ހަމަނުޖެހުން ތަކަށް އިޝާރާތް ކުރައްވައި ވިދާޅުވީ އެމެރިކާއިން ދެކޭ 2 ދައުލަތުގެ ސިޔާސަތަށް ނުރަނގަޅު އަސަރެއް ކޮށްފާނެ ކޮންމެ ޙަރަކާތަކަށް އެމެރިކާ ނުރުހޭނެކަމަށެވެ.  އިސްރާއީލުގެ ބޮޑުވަޒީރުކަމަށް މިފަހަރު ނަތަންޔާހޫ އެނބުރި މިވަޑައިގަތީ ގާނޫނުހަދާ މަޖިލީހުގައި ތިއްބެވި ހަރުކަށި ދީނީ ވިސްނުން ގެންގުޅުއްވާ […]

ޕާކިސްތާނުގެ ނިއުކްލިއަރ ހަކަތައިގެ މަޢުލޫމާތު އިންޑިއާއިއެކު ހިއްސާކޮށްފި

އިންޑިއާ އާއި ޕާކިސްތާނާއި ދެމެދު ވެވިފައިވާ އެއްބަސްވުމުގެ ދަށުން ޕާކިސްތާނުގައި ހުރި ނިއުކްލިއަރ ގާބިލުކަމާއި ނިއުކްލިއަރ ހަކަތައިގެ މަޢުލޫމާތު ޕާކިސްތާނުގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނަށް މިއަދުޙަވާލު ކޮށްފިކަމަށް ރޮއިޓާރސް ޚަބަރުދީފިއެވެ.  މިކަން ހިނގާދިޔައީ ޕާކިސްތާނުގެ ޚާރިޖީ އޮފީހުގެ ތެރޭގައެވެ. ހަމައެފދައިން އިންޑިއާގައި ހުރި ނިކއުކްލިއަރ ގާބިލުކަމާއި ހަކަތައިގެ މަޢުލޫމާތު ނިއުދިއްލީ ގައި ހުންނަ ޕާކިސްތާނުގެ ހައިކޮމިޝަނަށް ވަނީޙަވާލު ކޮށްފައެވެ. އެހެންނަމަވެސް އިތުރަށް މަޢުލޫމާތު ސާފުކުރަން އެދުމުން މިހާތަނަށް އިންޑިޔާގެ ޚާރިޖިއްޔާއިން ޖަވާބެއް ނުދޭކަމަށް ބުނެއެވެ.  1992 ވަނައަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ޖަނަވަރީ މަހުގެ ފުރަތަމަ ދުވަހު މި ދެ އަވަށްޓެރިންގެ ނިއުކްލިއަރ ހަކަތައިގެ […]

ޖައްވުތެރޭގެ ފެންކޯރެއް އަނެއްކާވެސް ކެލިފޯނިޔާއަށް ބަންޑުންވަނީ

World Local News Maldives

ނަސާރާއިންގެ އީދާ ދިމާކޮށް އެމެރިކާއަށް މެދުވެރިވާންފެށި ގަނޑުފެނުގެ ތޫފާނާއި ޖައްވުތެރޭގައި ދަތުރުކުރާ ފެންކޯރުތައް ބަންޑުންވުމުގެ ހާދިސާތަކަށް ކުޑަވެސް ލުޔެއް ނުލިބި އުޅެނިކޮށް އަނެއްކާވެސް ޖައްވުތެރޭގައި އުފެދިފައިވާ ފެންކޯރެއް ކެލިފޯނިޔާގެ ސަރަޙައްދަށް ބަންޑުން ވެދާނެކަމުގެ އިންޒާރު މޫސުމާބެހޭ އިދާރާތަކުން ދޭންފަށައިފިއެވެ. ޖައްވުތެރޭގައި އުފެދޭ ފެންކޯރުގެ ތަޢާރުފްގައި މޫސުމާބެހޭ އިދާރާއިން ބުނެފައިވަނީ އެއީ ކުޑަ ހިނދުކޮޅެއްގެ ތެރޭގައި އަންދާޒާވެސް ނުކުރެވޭ ވަރުގެ ގިނަ އަދަދަކަށް ވާރޭ ވެހިދާނެފަދަ ގޮތަކަށް ފުނިޖެހި ފައިވާ ތެތްފިނި ކަމެކެވެ.              މި ޑިސެމްބަރު މަހަކީ ޢާންމުގޮތެއްގައި […]

ރަޝިޔާގެ އެންމެފަހުގެ އިންޒާރު ޔޫކްރެއިނަށް

ރަޝިޔާގެ ޚާރިޖީ ވަޒީރު ސަރގޭ ލެވްރޯފް އާއި ޙަވާލާދީ ޚަބަރު ދޭގޮތުގައިޔޫކްރެއިނާމެދު ރަޝިޔާއިން ކަންތައްކުރަން ބޭނުން ވާގޮތް ޔޫކްރެއިންގެވެރިންނަށް ވަރަށް ރަނގަޅަށް އެންގިފާ ވާނެކަމަށް އޭނާ ވިދާޅުވެއްޖެއެވެ. އެހެންވީމާ ޔޫކްރެއިނަށް އޮތީ ހަމައެކަނި ދެގޮތެކެވެ. އެއީ އަހަރެމެންގެ ހުށައެޅުން އެއްކޮށް ގަބޫލުކުރުމެވެ.  އެހެންނޫނީ ރަޝިޔާގެ ސިފައިން ބުނެފާވާނެ ގޮތަށް ކަންތައްތައް ނިންމާނެއެވެ. އެހެންވީމާ ބުއްދިވެރީ ޔޫކްރެއިންގެ ފައިދާއަށްޓަކައި އަހަރެމެންގެ ހުށައެޅުން ގަބޫލުކުރުމެވެ. އަހަރެމެންގެ ހުށައެޅުމަކީ ޔޫކްރެއިނަކީ ހަނގުރާމަވެރި ގައުމަކަށް ނުވުމާއި ނާޒީންގެ ވިސްނުން ދޫކޮށްލުމާއި ރަޝިޔާއަށް އެއްވެސް ކަހަލަ ނުރައްކަލެއް ކުރިމަތިނުވާފަދަ ގައުމެއްގެ ގޮތުގައި ދެމިތިބުމާއި އަރެމެންގެ ބިންތަކަކީ އަހަރެމެންގެ ބިންތަކެއް ކަމުގައި […]

ނިވްޔޯކުގެ މޫސުން ކްރިސްމަސް ދުވަސްތަކާއި އެކު ސްނޯ ސްޓޯމް އެއްގައި

USA Storm Cyclone

ކްރިސްމަސް އާއި ދިމާކޮށް އެމެރިކާއަށް ކުރިމަތިލާން ޖެހުނު ސްނޯ ސްޓޯމްގައި އެ ގައުމުގެ ބޮޑު ސަރަޙައްދެއް ހުއްޓުމަކަށް އަތުވެއްޖެއެވެ. ގިނަ މަގުތަކެއްގައި ސްނޯ ފުނިޖެހި އެއްގަމު ދަތުރުތަކަށް ބޮޑެތި ލޮޅުންތަކެއް އަރައިފިއެވެ. މިދިޔަ ހަފްތާގައިވެސް މި ސްނޯ ސްޓޯމްގެ އިންޒާރު ވަނީ ދީފައެވެ.  އާންމު ރައްޔިތުންގެ ގިނަބަޔަކު ބޭރަށް ނުނިކުމެވި ކަރަންޓު ނެތި ހޫނު ކުރެވޭނެ މަގެއް ފެންނާންވެސް ނެތި ގަދަ ފިނީގައި ގެދޮރުގައިވަނީ ތާށިވެފައެވެ. މިހާތަނަށް މަދުވެގެން 34 މީހުން މަރުވެފައިވާ ކަމަށް އެސޯޝިއޭޓެޑް ޕްރެސް […]