ސީރިޔާގައި އިސްލާމިކް ސްޓޭޓުގެ އިސް ލީޑަރަކު މަރާލައިފި

ސީރިޔާގައި ދިރިއުޅޭ އިސްލާމިކް ސްޓޭޓުގެ ލީޑަރކަމަށް ބުނާ އުސާމާ އަލް މުހާޖިރު އެމެރިކާގެ އެމް. ކިޔޫ-9 މަރކާގެ 3 ރީޕަރ ޑްރޯނުން ދިން ޙަމަލާއެއްގައި މަރާލައިފިކަމަށް ވޯޝިންގްޓަނުން ޚަބަރުދީފިއެވެ. ޚަބަރުތައް ބުނާ ގޮތުގައި ރަޝިޔާގެ މިލިޓްރީ ޖެޓްތަކުން އެ ތިން ޑްރޯނަށް ޖެއްސުން ކުރަމުން ގެންދިޔަ ކަމަށްވެސް އެމެރިކާގެ ދިފާއީ ވުޒާރާއިން މަޢުލޫމާތު ހާމަކޮށްފައިވެއެވެ. އެމެރިކާގެ ދިފާޢީ ވުޒާރާއިން ބުނެފައިވާ ގޮތުގައި އެ އުސާމާ އަލްމުހާޖިރަށްއެމެރިކާގެ ޑްރޯންތަކުން ފާރަލަމުން ގެންދިޔައިރު ރަޝިޔާގެ މިލިޓްރީ ޖެޓު ތަކުން 2 ގަޑިއިރުވަންދެން ޖެއްސުން ކުރަމުން ގެންދިޔައެވެ. އޭގެފަހުން އެ އުސާމާ އަލް މުހާޖިރު މޮޓަރ ސައިކަލެއްގައި ސީރިޔާގެ ހަލަބުގެ ސަރަހައްދުގައި ދަތުރުކުރަމުން ދަނިކޮށް […]
ނަވާޒް ޝަރީފަށް ގައުމަށް ވަޑައިގަނެވޭގޮތަށް ގާނޫނު ބަދަލުކޮށްފި

ޕާކިސްތާނުގައި ޙުކުމް ތަންފީޒު ކުރެވެމުންދާ ސިޔާސީ ކުށްވެރިން ސިޔާސީ ޙަރާކާތުން އެކަހެރި ކުރުވާ ގާނޫނަށް ބަދަލުގެނެސް އެބަދަލުތައް ފާސްކޮށްފިއެވެ. މި ބަދަލުތައް ފާސްކުރުމުގެ ބޭނުމަކީ ކުރީގެ ބޮޑުވަޒީރު ނަވާޒު ޝަރީފަށް ސިޔާސީ ގޮތުން ޙަރަކާތްތެރި ވުމުގެ ފުރުސަތު ފަހިކޮށްދިނުން ކަމުގައި ބެލެވެއެވެ. ޕާކިސްތާނު ސަރުކާރުގެ ސްޕޯކްސް ޕަރސަން ވިދާޅުވީ އެގާނޫނުގައި މިހާރުގެ ވަގުތީ ރައީސް ސޮއިކުރައްވާފައި ވުމާއެކު މީގެ ފަހުން 5 އަހަރަށްވުރެން ދިގު މުއްދަތަކަށް ސިޔާސީ ޙަރަކާތުން އެކަހެރިކުރުމަށް ކޯޓުން ޙުކުމް ނުކުރެވޭނެ ކަމަށެވެ. ޕާކިސްތާނުގެ […]
ޒަޕޯރިންޒިއާ ނިއުކްލިއަރ ޕްލާންޓް ރަޝިޔާއިން ގޮއްވާލާފާނެ

ސްޕޭނުގެ މީޑިއާއަށް ދެއްވި ބަސްދީ ގަތުމެއްގައި ޔޫކުރެއިންގެ ޒަޕޯރިއިޝާ ނިއުކްލިއަރ ޕަވަރޕްލާންޓް ޔޫކްރެއިނާ ޙަވާލުކުރުމަށްފަހު ރިމޯޓުން އެތަން ގޮއްވާލަން ރަޝިޔާއިން ރާވަމުން ގެންދާކަން އެނގިވަޑައިގެންފައިވާ ކަމަށް ޔޫކްރެއިންގެ ރައީސް ޒެލެންސްކީ ވިދާޅުވެއްޖެއެވެ. ރަޝިޔާއިން މިހާރު ބަލަމުން ގެންދަނީ އެތަން ގޮއްވާލާނެ ވަގުތަކާއި ގޮތަކާ ދޭތެރޭކަން އަހަރެމެންނަށް އޮތީ އެނގިފައެވެ. އަދި އެތަން ގޮއްވާލާނީ ޔޫކްރެއިނާ ޙަވާލުކުރުމަށް ފަހުގައި ކަމަށާއި ގޮއްވާލުމުގެ ބޭނުމަކީ އިންސާނުންނަށް ނުރައްކާތެރި ވިހަ ކެމިކަލެއް ޖައްވު ތެރެއަށް ފަތުރާލުން ކަންވެސް ވަނީ ކަށަވަރު ވެފައެވެ. […]
އިންޑިއާގެ ހުރިހާ ރައްޔިތުންނަށް އެއްގާނޫނެއް ހަދަން ޓެމިލްނާޑޫ ދެކޮޅު

ދަ ހިންދޫ ބިއުރޯ އިން ހުކުރުދުވަހު ޚަބަރުދީފައިވާ ގޮތުގައި އިންޑިއާގެ ބޮޑުވަޒީރުނަރެންދުރަ މޯދީގެ މަގްސަދަކީ ހުރިހާރައްޔިތުން ތަބާވާންޖެހޭ ގާނޫނެއް (ޔުނިފައިޑް ސިވިލް ކޯޑެއް) އުފަންކޮށްގެން ގައުމުގައި އިޖްތިމާއީ ދެކޮޅުވެރިކަމާއި ފިތުނަފަސާދަ އުފައްދައިގެން މިއަންނަ އަހަރު ބޭއްވޭ ލޮކް ސަބާގެ އިލެކްޝަން ކާމިޔާބު ކުރެއްވުން ކަމަށް ތުޙުމަތު ކުރައްވައި ޓެމިލް ނާޑޫގެ ޗީފް މިނިސްޓަރ ސްޓާރލިން ފާޑުވިދާޅުވެއްޖެއެވެ. މި ގައުމުގައި ތަފާތު ދީންތަކާއި ތަފާތު މަޒުހަބުތަކަށް ތަފާތު ގާނޫނު އޮވެގެން މި ގައުމު ކުރިއަށް ނުގެންދެވޭނެކަމަށް ވިދާޅުވުމުގެ ބޭނުމަކީ މި ގައުމުގައި ދިރިއުޅެމުން ގެންދާ ތަފާތު […]
ކަރުނާޓަކާ ސްޓޭޓުގެ ގާނޫނުން ދީނީ މިނިވަންކަން މަނާކުރުން އުވާލަނީ

ދަ ހިންދޫ ބިއުރޯ ބެންގަލޫރުން މަޢުލޫމާތު ހާމަކޮށްފައިވާ ގޮތުގައި އިންޑިޔާގެ ކަރުނާޓަކާ ސްޓޭޓުގައި ދީނީ މިނިވަންކަން މަނާކޮށްފައިވާ އަދި އެންމެ ގިނަ ފާޑުކިއުންތައް އަމާޒުވެފައިވާ 2020 ގައި ފާސްކުރި މަޝްހޫރު “ ދީންބަދަލު ކުރުން މަނާކުރާ “ ގާނޫނުން ދީނީ މިނިވަންކަން ނިގުޅައިގަންނަ މާއްދާތައް އުވާލަން މިހާރުގެ ސްޓޭޓް ސަރުކާރުން ނިންމައިފިއެވެ. އަދި އެ ސްޓޭޓުގެ 72000 ސްކޫލުގެ ގްރޭޑް 6 އިން 10 އަށް ކަންނަޑާ ބަހާއި އަދި ސޯޝަލް ސްޓަޑީޒްގެ މާއްދާތައް ކިޔަވާދޭ ފޮތްތަކުގައި […]
އެމެރިކާގެ ޚާރިޖީވަޒީރުގެ ދަތުރުފުޅުގެ ކުރިން ޗައިނާގެ ނުރުހުން

ރޮއިޓާރސް އިން ޚަބަރުދީފައިވާ ގޮތުގައި އެމެރިކާގެ ޚާރިޖީ ވަޒީރު އެންތޮނީ ބްލިންކެން ޗައިނާއަށް ކުރައްވަން ރޭވިފައިވާ ދަތުރުފުޅުގެ ކުރިން ޗައިނާގެ ޚާރިޖީ ވަޒީރު އިއްޔެ އެމެރިކާގެ ޚާރިޖީ ވަޒީރަށް ފޯނުކުރައްވާފައި ޗައިނާގެ އެތެރޭގެ ސަލާމަތާ ރައްކާތެރިކަމުގެ ތެރެއަށް އަތްބާނައިގެން ތަޅުވާ ނުހަދަން ދަންނަވައިފިއެވެ. ޗައިނާގެ ޚާރިޖީ ވަޒީރު ވިދާޅުވިކަމަށް ޚާރިޖީ އޮފީހުން ހާމަކޮށްފައިވަނީ ތައިވާނުފަދަ ޗައިނާއަށް މުހިންމު މައްސަލަތަކުގެ ތެރެއަށް އެމެރިކާ ނުވަދެ ޗައިނާގެ ސިޔާސަތަށް އިޙުތިރާމް ކުރަން ދުނިޔޭގެ ސުޕަރ ޕަވަރެއްގެ ޙައިސިއްޔަތުން އެމެރިކާއަށް އެނގެން […]
އަހަރެމެން ނިއުކްލިއަރ ހަތިޔާރު އުފެއްދުން ހުޅަނގަކަށް ނުހުއްޓުވޭނެ – އީރާން

ސްކައި ނިއުސް އިން ޚަބަރުދޭ ގޮތުގައި އީރާނުން ނިއުކްލިއަރ ހަތިޔާރު އުފެއްދުން ހުޅަނގުގެ ގައުމުތަކަކަށް ނުހުއްޓުވޭނެ ކަމަށާއި އެކަމަކު ދެފަރާތުގެ ޙައްގުތައް ރައްކާތެރި ކުރެވޭނެ އެއްބަސްވުމަކަށް އާދެވިދާނެ ކަމަށް އީރާނުގެ ދީނީ އިމާމް އާޔަތުއްލާ ޢަލީ ޚާމަނާއި ވިދާޅުވެއްޖެއެވެ. އިމާމް ޚާމަނާއި މިހެން ވިދާޅުވެފައި މިވަނީ އީރާނުގެ ނިއުކްލިއަރ މަސްއަލާގައި ހުޅަނގާއިއެކު ޒުވާބު އުފެދިފައިވާ ދަނޑިވަޅެއްގައެވެ. އީރާނުގައި ނިއުކްލިއަރ ހަތިޔާރު ހުރިކަމަށް ބުނެ މީޑިއާއިން ފަތުރަމުން ގެންދަނީ މުޅިން ދޮގުވާހަކަތަކެއް ކަމަށާއި އެކަން ހުޅަނގުގެ ގައުމުތަކަށްވެސް ރަނގަޅަށް އެނގޭނެކަމަށް އިމާމް ޚާމަނާއި ވިދާޅުވިއެވެ. އަހަރެމެންގެ އީމާންކަމާއި […]
އެމެރިކާއާއި ޗައިނާގެ ހަނގުރާމައެއްގައި ޔޫރަޕުން

އެމެރިކާއަށް ތާއީދު ކޮށްފާނެތަ؟ މިދުވަސްވަރު ބައިނަލް އަގްވާމީ މީޑިއާގެ ނަޒަރު މައިގަނޑު ގޮތެއްގައި ހުއްޓިފައިވަނީ އެމެރިކާއާއި ޗައިނާގެ މަސްރަޙަށް އަންނަ ބަދަލުގެ މައްޗަށެވެ. އިގްތިސާދީ ގޮތުންނާއި މިލިޓްރީ ގޮތުންވެސް އެ ދެގައުމުން ގެންގުޅޭ ސިޔާސަތެއްގެ ސަބަބުން މުޅި ދުނިޔެއަށްވެސް ބޮޑެތި ފަނާކުރަނިވި ބަދަލު ތަކަކާއިކުރިމަތިލާން ޖެހިދާނެތީއެވެ. މިފަހުގެ ތާރީޚުގައި ފެންނަމުންދަނީ ޗައިނާގެ ނަން ބުނެވޭ ކޮންމެ ކަމެއްގައި ޔޫރަޕްގެ ގައުމުތަކުން އެމެރިކާގެ ފަހަތަށް ޖެހެމުންދާ މަންޒަރެވެ. ޔޫކްރެއިންގެ ހަނގުރާމައިގާ ޗައިނާއިން ރަޝިޔާއަށް ތާއީދުކުރަމުން ގެންދިއުމާއި ތައިވާނުގެ މައްސަލާގައި އެ […]
އެމެރިކާއާއިއެކު އިތުރަށް ދައްކާނެ ވާހަކައެއް ނެތް – ޗައިނާ

އެމެރިކާއާއި ޗައިނާގެ ދިފާއީ ވަޒީރުންގެ ބައްދަލުވުމަކަށް ޗައިނާއިން އެއްބަސްނުވުމުން މިހާރު ޗައިނާއިން ގެންގުޅޭ ދެކޮޅުވެރި ސިޔާސަތާހުރެ ވަރަށް ދެރަވި ކަމަށް އެމެރިކާގެ ދިފާޢީ ވަޒީރު ލޮއިޑް އައުސްޓިން ވިދާޅުވެއްޖެއެވެ. ސިންގަޕޯރުގައި މިހަފުތާގައި ބޭއްވުމަށް ހަމަޖެހިފައިވާ ޑިފެންސް ސަމިޓުގެ ހަވާސާގައި ޗައިނާގެ ދިފާއީވަޒީރު ލީ ޝަންގްފޫ އާއި އެމެރިކާގެ ދިފާއީ ވަޒީރު ލޮއިޑް އައުސްޓިން ބައްދަލުކުރަން ބޭނުންކަމަށް އެމެރިކާއިން ދިން ދައުވަތު ޗައިނާއިން ގަސްދުކުރީ ސަބަބު ބަޔާންކުރުމަކާއި ނުލައި ގަބޫލު ނުކުރުމަށެވެ. ޗައިނާގެ ދިފާއީ ވުޒާރާގެ ސްޕޯކްސްވުމަން ހަމައެކަނި […]
އަނެއްކާވެސް ބައިޑަން ވެއްޓިއްޖެ

އަނެއްކާވެސް އެމެރިކާގެ ރައީސް ޖޯ ބައިޑަން ވެއްޓިއްޖެއެވެ. ކޮލޮރާޑޯއިން މީޑިޔާރިޕޯރޓް ކޮށްފައިވާ ގޮތުގައި ބުރާސްފަތި ދުވަހު އެމެރިކާގެ އެއަރފޯސްގެ ދަސްވެނިންނަށް ސަނަދު ދިނުމަށް ބޭއްވުނު ޙަފްލާގައި އެ ސަނަދުތައް ލިބެންވާ ފަރާތްތަކަށް ޙަވާލުކުރުމުގެ ތެރޭގައި ރައީސް ބައިޑްން އަރިއަޅާލައިގެން ވެއްޓުނީއެވެ. ވައިޓް ހައުސްގެ ކޮމިއުނިކޭޝަން ޑިރެކްޓަރ ވިދާޅުވީ އެޙަފްލާ ނިމެންކައިރިވެފައިވަނިކޮށް ސަނަދުލިބުނު ދަސްވެނިންނާއި ސަލާންކުރައްވަމުންސްޓޭޖްމަތީގައި ރައީސް ހިންގަވަމުން ވަޑައިގަންނަވަނިކޮށް އެތަނުގެ ތަޅުންގަނޑުމަތީގައި އޮތް އެއްޗެއްގައި އަޅައިގަނެގެން ރައީސް ވެއްޓުނީ ކަމަށެވެ. އެމަނިކުފާނު ކޮޅަށް ނެގުމުގައި އެނަމިކުފާނުގެ ސަލާމަތީ ކަންތައް ބަލަހައްޓަވާ ދެ އޮފިޝަލަކާއި އެއަރފޯސްގެ އޮފިސަރަކު އެހީތެރިވެ ދިންކަމަށް ޚަބަރުތަކުން އެނގިފައިވެއެވެ. މިހާދިސާގައި ރައީސަށް […]