ބޮޑުވަޒީރު މަގާމުން ދުރުވެ ދަރިފުޅަށް ޙަވާލުކުރުން – ކެމްބޯޑިއާ

ކެމްބޯޑިއާގެ ވެރިރަށް ޕެނޮމްޕެން އިން އޭ.އެފް.ޕީ. ޚަބަރު ދީފައިވާ ގޮތުގައި ސާޅީސް އަހަރުވަންދެން ވެރިކަން ކުރުމަށްފަހު މިއަންނަ އޯގަސްމަހުގެ 22 ވަނަ ދުވަހުގެ ހަވީރު ވެރިކަމުން ދުރުވެ ދޮށީ ފިރިހެން ދަރިފުޅު 45 އަހަރުފުޅުގެ ހަތަރު ތަރީގެ ޖެނެރަލް ހުން މަނެޓް އަށް ވެރިކަން ޙަވާލު ކުރައްވާނެ ކަމަށް ކެމްބޯޑިޔާގެ ބޮޑުވަޒީރު ހުން ސެން ވިދާޅުވެއްޖެއެވެ. ކުރީގެ ހުމޭރްރޫޝް ގެ ހަނގުރާމައިގެ ލަޝްކަރުގައި ކޮމާންޑަރަކަށް ހުރި ހުން ސެން ވިދާޅުވީ ވެރިކަން ހިންގާ ޕީޕަލްސް ޕާރޓީން އިންތިޚާބަށް ކުރިމަތިލި އޭނާގެ ފިރިހެންދަރިފުޅަށް އިންތިޚާބުގައި ވޯޓުދިން މީހުންގެ %82 ވޯޓު ލިބިފައިވުމާއެކު […]
ޔޫކްރެއިންގެ ކައެންޓަރ-އޮފެންސިވްތަކަށް މިވަނީ ކީތް!

ކޮންމެ ދެކޮޅުވެރިކަމަކާއި ހަނގުރާމައަކީ ފަނާކުރުމެކެވެ. ދެކޮޅުވެރިކަމުގައި ނުވަތަ ހަނގުރާމައިގާ ބައިވެރިވާ ކޮންމެފަރާތަކަށްވެސް ތާއީދު ކުރާ ބަޔަކާއި ނަފްރަތު ކުރާ ބަޔަކު ތިބެއެވެ. ހަމަ އެފަދައިން ކާމިޔާބުކުރުން އެދޭ ބަޔަކާއި ނާކާމިޔާބަށް އެދޭބަޔަކުވެސް ތިބޭނެއެވެ. އޭގެތެރޭގައި މީޑިއާއިން ކުޅޭ ދައުރު ފާހަގަކުރެވޭނެއެވެ. މީޑިއާއިން ވަރަށް ގިނަފަހަރަށް ކުޅެމުން ގެންދާނީ ހަކުރު ދެންޏާ ބޮޑުބޭބެގެ ރޯލެވެ. ޔޫކްރެއިންގެ ހަނގުރާމައިގާވެސް އާންމު ގޮތެއްގައި ގިނަ މީޑިއާތަކުގެ ހާމަކުރުންތައް ހުންނަނީ ޔޫކްރެއިނަށް މޮޅުވާގޮތަށް ބުރަވެފައެވެ. މިބަލަނީ ވަކިފަރާތަކަށް ބުރަނުވެތިބެ ސަންދާނުގެ ކިއުންތެރިންނަށް ޔޫކްރެއިން-ރަޝިޔާ […]
މާލެ ސަރަހައްދުން މީހަކު ހިމަބިއްސަށް ޕޮޒިޓިވްވެއްޖެ

މާލެ ސަރަހައްދުން ދިވެއްސަކު ހިމަބިއްސަށް (މީސްލްސް) ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) މިއަދު ބުނެފިއެވެ. އެޗްޕީއޭއިން ނެރުނު ބަޔާނެއްގައި ބުނީ މި މަހުގެ 25 ގައި މާލެ ސަރަހައްދުން ދިވެއްސަކު ހިމަބިއްސަށް ޕޮޒިޓިވްވެފައިވާ ކަމަށާއި އޭނާއަށް ބަލިޖެހިފައިވަނީ ރާއްޖެއިން ބޭރުން ކަމަށެވެ. އެޗްޕީއޭއިން ބުނީ ބަލިޖެހުނު ފަރާތުގެ ސިއްހީ ހާލަތު ހުރި ގޮތުން ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުންދާއިރު އޭނާގެ ހާލަތު ރަނގަޅުވަމުން އަންނަ ކަމަށެވެ. އޭނާއަކީ މީސްލްސް ވެކްސިންގެ ދެ ޑޯޒު ފުރިހަމަކޮށްފައިވާ މީހެއް […]
ވޯޝިންގްޓަންގައި އަދަމުންދާ އަލިފާން ހުއްޓުވޭނެގޮތެއް އަދި ނުފެނޭ

އެމެރިކާގެ ވޯޝިންޓަނުގެ ކްލިކިޓަޓް ކައުންޓީގައި ރޯވެފައިވާ އަލިފާނުން ފާއިތުވެ ދިޔަ 24 ގަޑިއިރުގެ ތެރޭގައި ތިރީސްހާސް އޭކަރުގެ ބިން އަނދާހުލިވެގެން ހިގައްޖެއެވެ. އެކަމުން ސަރަޙައްދުގައި ދިރިއުޅޭ މީހުން އެހެން ތަންތަނަށް ހިޖުރަކުރަން މަޖުބޫރު ވެއްޖެކަމަށް ބުނެފިއެވެ. އަލިފާންނިންވުމުގެ މަސައްކަތުގައި ހަރަކާތްތެރިވަމުން ގެންދާ މީހުން މަޢުލޫމާތު ދެމުން ބުނެފައިވަނީ އަނދަމުންދާ އަލިފާންގަނޑު ހުއްޓުވޭނެ ގޮތެއް އަދި ނުފެންނަ ކަމަށާއި މިއީ މިހާތަނަށް ދިމާވެފައިވާ އަލިފާނުގެ އެންމެ ނުރައްކާތެރި ހާދިސާ ކަމަށެވެ. ވައިގަދަވަމުންދާއިރު ޖައްވުތެރޭގެ ފިނިހޫނުމިންވެސް ދަނީ ވެއްޓެމުންނެވެ. އަލިފާން […]
ޕާކިސްތާނުގެ ވަގުތީ ސަރުކާރުގެ ބޮޑުވަޒީރަކަށް މާލީ ވަޒީރު

ޕާކިސްތާނުގެ އާންމު އިންތިޚާބަށް މަގުފަހިކޮށް ދިނުމަށާއި އައި އެމް އެފް އާއި ގުޅިގެން އިގްތިސާދީ ފިޔަވަޅުތައް ހަރުދަނާ ކުރުމުގެ އެންމެހާ މަސްއޫލިއްޔަތާއެކު ވަގުތީ ބޮޑުވަޒީރަކަށް މިހާރުގެ ގުޅިފައިވާ ސަރުކާރުގައި ހިމެނޭ ބާރުގަދަ ޕާރޓީއަކަށް ނިސްބަތްކުރެވޭ އިސްޙާގް ދަރް ގެ ނަންފުޅު ހުށައަޅައިފިއެވެ. ޕާކިސްތާނުގެ މުސްލިމް ލީގް- ނަވާޒް ގެ ފަރާތުން ވަނަވަރު ހާމަ ނުކުރުން ޝަރުތުކޮށް ވާހަކަ ދެއްކެވި ބޭފުޅަކު ވިދާޅުވެފައިވަނީ އެކަމާއި ގުޅޭގޮތުން އަދި އެއްބަސްވުމަކަށް އާދެވިފައި ނުވާކަމަށެވެ. އެހެންނަމަވެސް އިސްޙާގް ދަރް އަކީ މިހާރުގެ […]
އެމްޑީޕީގެ ސިޔާސަތުތަކަށް ތާއީދުނުކުރެވޭތީ ކޯލިޝަން ހަަދަން އެމްއާރްއެމްއިން ބޭނުމެއްނުވި

މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އާއެކު މަސައްކަތް ނުކުރުމަށް މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރްއެމް) އިން ނިންމައިފިއެވެ. އެމްއާރްއެމްއިން މިހެން ބުނީ ސެޕްޓެމްބަރުގައި އޮންނަ ރިޔާސީ އިންތިޚާބުގައި އެމްޑީޕީއާއެކު ކޯލިޝަން ހެދުމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އެމްއާރްއެމްއަށް ދެއްވި ދައުވަތާ ގުޅިގެން މިއަދު ނެރުނު ބަޔާނެއްގައެވެ. ެއެމްއާރްއެމްއިން ބުނީ ރައީސް ޞާލިޙް ދެއްވި ދައުވަތާ ގުޅިގެން ެމަޝްވަރާ ކުރުމަށް އެމްޑީޕީގެ އިސްވެރިންނާއެކު ބައްދަލުވުމެއް […]
އިންޑިއާގެ މަނިޕޫރުގައި ނަސޯރާ އަންހެނުންތަކެއް އޮރިޔާމުން ގަންހިންގުވައިފި

ފްރާންސްގެ އިންޓަރނޭޝަނަލް ނިއުސް އޭޖެންސީ އޭ އެފް ޕީ އިން ޚަބަރު ދީފައިވާގޮތުގައި އިންޑިއާގެ މަނިޕޫރުގައި ނަސޯރާއިންގެ މަޒަހަބަށް ނިސްބަތްކުރެވޭ 19 އަހަރާއި 21 އަހަރުގެ ދެ އަންހެނަކު އޮރިޔާން ކޮށްގެން ރަށުތެރޭގައި ހިންގައިފިއެވެ. އަދި އޭގެތެރެއިން އެތައް އެތައް ބަޔަކުވެގެން އެއް އަންހެނަކު ރޭޕްވެސް ކުރިއެވެ. އެ އަންހެންމީހާއަށް މިހާރު މުޚާތަބު ކުރެވެނީ “ މަނިޕޫރުގެ އަންހެންދަރިން “ ގެ ނަމުންނެވެ. މިޖަރީމާ ހިންގާފައި މިވަނީ މަނިފޫރުގެ އާބަދީ ގިނަ މެއިތީ ނަސްލުގެ ހިންދޫންނާއި ކޫކީ-ޒޯ […]
ކްރީމިޔާ ބްރިޖް ހަލާކުކޮށްލުމުން ރަޝިޔާގެ ރައްދު ޙަމަލާ ޔޫކްރެއިނަށް

ރަޝިޔާގެ ދިފާއީ ވުޒާރާއާއި ޙަވާލާދީ މޯސްކޯއިން ރޮއިޓާސް ޚަބަރު ދީފައިވާ ގޮތުގައި ޔޫކްރެއިނުން ކްރީމިއާ ބްރިޖު ގޮއްވާލުމަށް ބަދަލު ހިފުމުގެ ގޮތުންޔޫކްރެއިންގެ ނޭވީން މައިމަރުކަޒު ހުންނަ އޮޑެއްސާގެ ބަދަރަށާއި އަދި ބްލެކް ސީއަށް ހުޅުވިފާއޮންނަ ޔޫކްރެއިންގެ މައިކޮލައިވް ބަދަރަށް ރަޝިޔާއިން ވަރުގަދަ ޙަމަލާތަކެއް ދީފިއެވެ. މި ވަރުގަދަ ޙަމަލާތައް ދީފައިވަނީ ރަޝިއަން ފެޑެރޭޝަނާއި ދެކޮޅަށް ޙަރަކާތްތެރިވާ ޔޫކްރެއިންގެ ޓެރަރިސްޓުންގެ ވަސީލަތްތަކުން މީހުންނުތިބެ ބޭނުންކުރާ ކުދި ބޯޓުފަހަރުން ނޭވަލް ޑްރޯން ބޭނުން ކޮށްގެން ރަޝިއަން ފެޑެރޭޝަންގެ އަމާޒުތަކަށް ޔޫކްރެއިން އިން ދެމުންގެންދާ ޙަމަލާތައް ހަލާލު ކޮށްލުމަށެވެ. ރަޝިޔާއިން ދިން ޙަމަލާގައި އެބާވަތުގެ ކުދި ބޯޓުފަހަރު ބަންނަން ބޭނުންކުރާ ޝިޕް ޔާޑަކާއި މިލިޓްރީ ޔުނިޓްތަކަށް ތެޔޮ […]
ސަޢޫދީ ޢަރަބިޔާއިންވެސް ތުރުކީގެ ޑްރޯން ގަންނަނީ

ސަޢޫދީ އެރޭބިޔާގެ ވެރިރަށް ރިޔާޒުން ރޮއިޓާރސް ޚަބަރުދީފައިވާ ގޮތުގައި ތުރުކީގެ ތާރީޚުގައިވެސް އެއްބަސްވެވުނު އެންމެބޮޑު ދިފާޢީ ކޮންޓްރެކްޓުގެ ދަށުން ސަޢޫދީ އެރޭބިޔާއިން ތުރުކީގެ ޑްރޯން ގަންނަން ނިންމައިފިއެވެ. ބުނެވޭގޮތުގައި މިއީ އަންކާރާގެ ވެއްޓެމުންދާ އިގްތިސާދަށް ގަލްފުގެ ގައުމުތަކުން އެހީ ހޯދަން ރައީސް އުރުދުޣާން ކުރައްވަމުން ގެންދަވާ މަސައްކަތުން ލިބެމުންދާ ހެޔޮ ނަތިޖާއެކެވެ. މިއެއްބަސްވުމުގައި ތުރުކީ ދިފާއީ ފާމު ބައިކާރުން ސަޢޫދީ އެރޭބިޔާގެ ދިފާއީ ވުޒާރާއާއެކު ސޮއިކުރުމުގެ ރަސްމިއްޔާތުގައި ރައީސް އުރުދުޣާނާއި ސަޢޫދީ ވަލީ އަހްދު މުޙައްމަދު ބިން […]
ޕާކިސްތާނުގެ ސަރުކާރުން އިންތިޚާބަށްޓަކައި އިސްތިއުފާދެނީ

އާންމު އިންތިޚާބަށް މަގުފަހިކޮށް ދިނުމަށްޓަކައި ޕާކިސްތާނުގައި މިހާރު ވެރިކަން ކުރަމުންގެންދާ ގުޅިފައިވާ ސަރުކާރުން އިސްތިއުފާ ދިނުމަށްފަހު މިއަންނަ އޯގަސްޓު މަހުގެތެރޭގައި ވަގުތީ ސަރުކާރަކަށް ފުރުސަތު ދެއްވާނެކަމަށް އެ ސަރުކާރުގެ ބޮޑުވަޒީރު ޝާހްބާޒް ޝަރީފް ކުއްލިގޮތަކަށް ވިދާޅުވެއްޖެއެވެ. ޕާލަމެންޓުގައި ނެގުނު އިތުބާރު ނެތްކަމުގެ ވޯޓަކުން ކުރީގެ ބޮޑުވަޒީރު އިމްރާން ޚާނުގެ ވެރިކަން ނިމުމަކަށް ގެނައުމަށްފަހު ގުޅިފައިވާ ސަރުކާރެއްގެ ބޮޑުވަޒީރު ކަމާއި ޝާހްބާޒް ޝަރީފް ޙަވާލުވެ ވަޑައިގަތީ 2022 އޭޕްރިލް މަހުގެ ތެރޭގައެވެ. އިމްރާން ޚާނުގެ ސަރުކާރުގެ މުއްދަތު ރަސްމީގޮތުން ހަމަވާނީ މިހިނގާ އޯގަސްޓް މަހުގެ މެދު ތެރޭގައެވެ. ޕާކިސްތާނުގެ ގާނޫނުގައިވާގޮތުން ވަގުތީ ސަރުކާރުން ނޭޝަނަލް […]