ޗައިނާއިން ސައިބަރ ހަތިޔާރު އުފައްދަނީ – ސީ.އައި.އޭ އިން ލީކުވި ރިޕޯރޓް

ލީކުވެފައިވާ އެމެރިކާގެ އިންޓެލް ރިޕޯރޓުގައި ބުނެފައިވާ ގޮތުން ހަނގުރާމައެއްގައި ޗައިނާއާއި އިދިކޮޅަށް މަސައްކަތްކުރާ ގައުމުތަކުގެ ސެޓެލައިޓްތައް ބޭނުން ނުކުރެވޭގޮތް ހެދުމުގެ މަގްސަދުގައި ޗައިނާއިން ސައިބަރ ހަތިޔާރު އުފައްދަން ފަށައިފިއެވެ. ފައިނޭންޝަލް ޓައިމްސް އިން ބުނެފައިވާ ގޮތުގައި މިއީ އެމެރިކާގެ ފަހުގެ ތާރީޚުގައި އެމެރިކާގެ ސިއްރު ލިއުންތަކެއް ވަގަށް ނެގި އެންމެ ނުރައްކާތެރި އެއް ހާދިސާއެވެ. އަދި އެ ލިއެކިއުންތައް ލީކް ވެފައި މިވަނީ ޗައިނާއިން ތައިވާނަށް ޙަމަލާ ދީ ބާރުގެ ބޭނުންކޮށްގެން ތައިވާނު އަނބުރާ އަތުލާފާނެ ކަމުގެ […]
ހެމްބާރގް ސިޓީ ސެންޓަރަށް ރަތް އިންޒާރު

ެމިކަލް އެކުލެވޭ ވިލާތަކެއް ޖަރުމަނުގެ ހެމްބާރގުގެ ސިޓީ ސެންޓަރާ ދިމާލަށް އަންނަމުންދާތީ އެ ސަރަހައްދުގައި ދިރިއުޅޭ މީހުން ގެތަކުގެ ދޮރާއި ކުޑަދޮރުތައްވެސް ބަންދުކޮށްގެން ތިބުމަށާއި އެސަރަހައްދުން ދުރަށް ދިއުމަށް ފަޔަރބްރިގޭޑުން އިންޒާރު ދެމުން އެބަ ގެންދެއެވެ. ލަފާކުރެވޭގޮތުގައި އެ ވިލާތައް އުފެދެން މެދުވެރިވެފައިވަނީ ރޯތެންބާރގްސޯރޓް އަވަށުގެ ގުދަނެއްގައި ރޯވުމުގެ ސަބަބުންނެވެ. މިހާތަނަށް އެ އަވަށުންވެސް 140 މީހުން ރައްކާތެރި ހިސާބުތަކަށް ގެންދެވިއްޖެއެވެ. އެ އަވަށުގެ ބްރޯޑްކާސްޓަރުން ބުނި ގޮތުގައި އަލިފާން ރޯވެފައިވަނީ ޓްރަކްތައް ހުއްޓާފައިބާއްވާ ސަރަހައްދެއްގައި އިއްޔެ […]
ރައީސް ޔާމީންގެ ކެނޑިޑެންސީ ބަލައިގަތުމުގެ ފުރުސަތު ބޮޑު: އީސީ

ސެޕްޓެމްބަރުގައި އޮންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން ޢަބްދުލްޤައްޔޫމް ކެނޑިޑެންސީ ހުށަހަޅުއްވައިފިނަމަ ކެންޑިޑެންސީ ބަލައިގަތުމުގެ ފުރުސަތު ބޮޑުކަމަށް އިލެކްޝަން ކޮމިޝަނުން ވިދާޅުވެއްޖެއެވެ. އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް މި ވަގުތު ހުންނެވީ ޖަލުގައެވެ. އެއީ ވ.އާރަށު މައްސަލައިގައި އެ މަނިކުފާނުގެ މައްޗަށް ދައުލަތުން އުފުލި ރިޝްވަތު ހިފުމުގެ ކުށުގެ ދައުވާއާއި މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވާކަމަށް ކަނޑައަޅުއްވައި މިދިޔަ ޑިސެމްބަރު 25 ވަނަ އިއްވި 11 އަހަރުގެ ހުކުމާ ގުޅިގެންނެވެ. ދަށު […]
އިންޑިއާގެ ކުރިއެރުމަކީ ދުނިޔޭގެ ނާޒުކު ބެލެންސް އޮފް ޕަވަރ އަށް ބިރެއް

ޖީ 20 ގެ މާލީ ވަޒީރުންގެ އެޖެންޑާ އެކުލަވާލުމަކީ އެއްއިރެއްގައިވެސް ފަސޭހަ ކަމެއްނޫނެވެ. މިފަހަރު އަދި އަމުދުން އެމެރިކާއާއި ބައިވެރިން ޔޫކްރެއިނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދޭން ބޭނުންވެފާ ތިބި ވަރުންނާއި ރަޝިޔާއަށް އިތުރު ދަތިކުރުމުގެ ފިޔަވަޅުތައް އަޅަންވެސް ބޭނުންވެފައި ވާއިރު އަދި އެމެރިކާއާއި ބައިވެރިންގެ ގެންދަނީ ރަޝިޔާއާއި ޗައިނާ ބްލެކްމެއިލް ކުރަމުންކަމުގައި މޮސްކޯ އާއި ބެއިޖިންގުން ބުނަމުންދާ އިރެއްގައި އެއީ އަދި މާ އުދަނގޫ ކަމަކަށްވަނީ ވެފައެވެ. އިންޑިއާގެ މަސްއޫލުވެރިން ބެންގަލޫރުގައި ދުނިޔޭގެ […]
އީރާނާއި ސަޢޫދީގެ ގުޅުމަކީ މެދުއިރުމަތިން ކުރިއަށް އެޅި ވަރުގަދަ ފިޔަވަޅެއް

2023 މާރޗް 10 ހުކުރު ދުވަހު (އިއްޔެ) ދުނިޔެއަށް ކުއްލި ޙައިރާންކަމެއް ގެނުވީ އިރާނާއި ސަޢޫދީ އެރޭބިޔާއިން އަލުން ސިޔާސީ ގުޅުން ގާއިމްކުރަން އެއްބަސްވެ ޢިއުލާން ކުރުމުންނެވެ. ޗައިނާއިން އިސްނަގައިގެން ކުރިމަސައްކަތުން މި ލިބިގަނެވުނު ކާމިޔާބީގެ ސަބަބުން މެދުއިރުމަތީގައި ތަފާތު ޙާލަތުތަކެއް އުފެދިގެން ދާނެކަމަށް ބެލެވެއެވެ. ސައޫދީ އެރޭބިޔާ އީރާން އަދި ޗައިނާ އެކުވެގެން ހާމަކުރި ބަޔާނުގައި ކުރިއަށް އޮތް ދެ މަހެއްހާދުވަހުގެ ތެރޭގައި ދެ ގައުމުގައި އެމްބަސީ ހުޅުވޭނެއެވެ. އަދި މީގެ 20 އަހަރުކުރިން […]
އީރާނުން ލީދިއަމްގެ ފުނިވަރުތަކެއް ފެނިއްޖެ

އިރާނުގެ ހުޅަނގު އުތުރު ސަރަހައްދުން ގިނަ އަދަދެއްގެ ލީދިއަމް ރިޒާވްތަކެއް ފެނިއްޖެ ކަމުގައި ފުރަތަމަފަހަރަށް އެގައުމުން އިއްލާން ކޮށްފިއެވެ. ލިދީއަމްގެ ބޭނުން ބޮޑުވަމުންދިއުމުގެ ނަތީޖާއެއްގެ ގޮތުން މިހާރު އެއަށް ދީފައިވާ ނަމަކީ “ ހުދު ރަން “ އެވެ. އީރާނުގެ ހަމަދާން ޕްރޮވިންސުގެ ގަހާވިންދުން ވަރަށްގިނަ އަދަދެއްގެ ލިދީއަމް ފެނިފައިވާކަން އެ ގައުމުގެ މިނިސްޓްރީ އޮފް އިންޑަސްޓްރީ އެންޑް މައިންސް ޓްރޭޑްގެ އިސް ބޭފުޅަކު ކަމުގައިވާ މުޙައްމަދު ހާދީ އަޙްމަދީ ވެސް ވަނީ ކަށަވަރުކޮށް ދެއްވާފައެވެ. […]
މެލޭޝިޔާގެ ކުރިގެ ބޮޑުވަޒީރު ޔާސީން ހައްޔަރުކޮށްފި

ރޮއިޓާސް ޚަބަރު ދޭ ގޮތުގައި މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރު މުހުޔިއްދީން ޔާސީންގެ ވެރިކަމުގައި އުފެއްދެވި ސްޓިމިއުލަސް ޕްރޮގްރާމުގެ ނާޖާއިޒު ފައިދާ އަމިއްލަފުޅަށް ނަންގަވާފައިވާ ކަމުގެ ތުޙުމަތުގައި މާދަމާ ( ބުރާސްފަތި ދުވަސް) ގެ ހެދުނު 11 ޖަހާއިރު އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހާޒިރުވުމަށް އަންގަވައިފިއެވެ. މުހުޔިއްދީން ޔާސީންވެސް އެ މަނިކުފާނުގެ ފޭސްބުކް ޕޯސްޓެއްގައި އެންޓިކޮރަޕްޝަނަށް ޙާޒިރުވާންޖެހޭކަމަށް ވިދާޅުވެފައި ވެއެވެ. އެހެންނަމަވެސް އެއީ ކޮންކަމަކާ ގުޅޭގޮތުންކަން ވިދާޅެއް ނުވެއެވެ. ޚަބަރު ފަތުރާ ވަސީލަތްތަކުން މިއަދު އެ މަނިކުފާނު ހައްޔަރުކޮށްފައިވާ […]
7 މިލިއަން ރުފިޔާގެ ޑްރަގާ ހަވާލުވާންދިޔަ ދިވެއްސަކު ދޫކޮށްލައިފި

ބިދޭސީއަކު ރާއްޖެއަށް އެތެރެކުރި 2 ކިލޯގެ ޑްރަގާ ހަވާލުވާންދިޔަ ދިވެއްސަކު ބަންދުން ދޫކޮށްލައިފިއެވެ. މިދިޔަ ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހުގައި ބްރެޒިލުން ރާއްޖެއައި ސްވިޒަލޭންޑްގެ 59 އަހަރުގެ ފިރިހެނެއްގެ ލަގެޖުން ވަނީ 2.198 ކިލޯގްރާމްގެ ކޮކެއިން ފެނިފައެވެ. އެ ތަކެތީގެ މަގުމަތީއަގު ހަތް މިިލިއަން ހަތް ލައްކަ ރުފިޔާއަށް އަރައެވެ. ފުލުހުން އޭނާ ހައްޔަރުކޮށް އޭނާގެ އެއްބާރުލުމާއެކު ހިންގި ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަނުގައި ޑްރަގް ހުރި ލަގެޖާ ހަވާލުވުމަށް ދެ ފިރިހެނަކު ދިޔައެވެ. އެ ގޮތުން […]
ވޯޓުލުމުގެ ކުރިން އިމްރާން ޚާންގެ މަޝްހޫރުކަން އިތުރުވެއްޖެެ

ޚަބަރު ލިބެމުންދާ ގޮތުގައި ޕާކިސްތާނުގެ ގިނަ ރައްޔިތުން ގަބޫލުކުރާގޮތުގައި ގައުމުގެ އިންފްލޭޝަން އަތްނުފޯރާ ހިސާބަށް މައްޗަށްގޮސް އަދި ގައުމުން ބޭރަށް ދަރާފައިވާ ދަރަނި އަދާކުރެވޭނެ މަގެއް ނުފެނިގެން މިދަނީ، ބައިވެރިންތަކައިކާއެކު އުފައްދާފައިވާ މިހާރުގެ ސަރުކާރުގެ ސަބަބުންނެވެ. މިފަދަ ސަބަބު ތަކާއި ހެދި ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން ގެ މަޝްހޫރުކަން އިތުރުވެ އެމަނިކުފާނަށް ރައްޔިތުންގެ ތާއީދު އެތައް ގުނައަކަށް އިތުރު ވެއްޖެއެވެ.ގެލޮޕްގެ ފަރާތުން ކުރި ސާރވޭއެއްގައި ބައިވެރިވި މީހުންގެ %62 މީހުންގެ ނަޒަރުގައި ފާއިތުވެގެންމިދާ ފަސްދޮޅަހަކަށް އަހަރުގައިވެސް ގައުމުގެ އިގްތިސާދު އިނދަ ނުޖެހޭ މިންވަރަށް ދަށަށް ގޮސް […]
އިރާގުގައި ބަނގުރާ މަނާކުރުން ޒުވާބަކަށް

އިރާގަކީ މުސްލިމް ގައުމެކެވެ. މަދު އަދަދެއްގެ ނަސާރާއީންނާއި އެހެންދީންތަކަށް ތަބާވާ ބަޔަކު ތިބިނަމަވެސް އިސްލާމްދީނުގެ އަސްލު އުސޫލުތަކާއި ޚިލާފް އެއްވެސް ގާނޫނެއް ނުވަތަ ގަވައިދެއް ހެދުމަކީ އެ ގައުމުގެ ގާނޫނު އަސާސީގެ އާރޓިކްލް 2 ގައި ސާފު އިބާރާތުން މަނާކޮށްފައިވާ ކަމެކެވެ. ރާބުއިމަކީ އިސްލާމްދީނުގައި މަނާކޮށްފައިވާ ކަމެކެވެ. އެހެންނަމަވެސް މިބުނެވުނު ބައިމަދު މީސްކޮޅުން ރާބުއިމަކީ އަމިއްލަކަމެކޭ އެކަން މަނާ ކުރުމުން އިންސާނީ ޙައްގުތަކަށް އަރާއި ގަނެވެނިއްޔޭ ޑިމޮކްރެސީގެ އުސޫލުތަކެއްނޫނޭ ގޮވާ އަޑުގަދަ ކޮށް 2005 ގެ ގާނޫނު އަސާސީއަށް ގޮންޖަހަން ފަށާގަތްތަން ފެނިގެން […]