އީރާނުން ލީދިއަމްގެ ފުނިވަރުތަކެއް ފެނިއްޖެ

Loading

Facebook
Twitter
WhatsApp

އިރާނުގެ ހުޅަނގު އުތުރު ސަރަހައްދުން ގިނަ އަދަދެއްގެ ލީދިއަމް ރިޒާވްތަކެއް ފެނިއްޖެ ކަމުގައި ފުރަތަމަފަހަރަށް އެގައުމުން އިއްލާން ކޮށްފިއެވެ. ލިދީއަމްގެ ބޭނުން ބޮޑުވަމުންދިއުމުގެ ނަތީޖާއެއްގެ ގޮތުން މިހާރު އެއަށް ދީފައިވާ ނަމަކީ “ ހުދު ރަން “ އެވެ.  

އީރާނުގެ ހަމަދާން ޕްރޮވިންސުގެ ގަހާވިންދުން ވަރަށްގިނަ އަދަދެއްގެ ލިދީއަމް ފެނިފައިވާކަން އެ ގައުމުގެ މިނިސްޓްރީ އޮފް އިންޑަސްޓްރީ އެންޑް މައިންސް ޓްރޭޑްގެ އިސް ބޭފުޅަކު ކަމުގައިވާ މުޙައްމަދު ހާދީ އަޙްމަދީ ވެސް ވަނީ ކަށަވަރުކޮށް ދެއްވާފައެވެ.                               

އެމެރިކާއަށް ބޭނުންވާ ލިދީއަމް މިހާރު ހޯދަނީ ކެލިފޯނިޔާގެ ބްރިސްޓްލް ޑްރައި ލޭކުގެ ލޮނު ވައިގެތެރެއަށް އެވަޕޮރޭޓް ކޮށްގެން އެއިން އިންޑަސްޓްރިއަލް މައުދަން އުފައްދައިގެންނެވެ. އީރާނުން ފެނިފައިވާ ލިދީއަމްގެ މިންވަރަކީ  8.5 މިލިއަންޓަން ކަމަށާއި އެއީ 2022 ވަނައަހަރު މުޅިދުނިޔޭގައި ހުރި ރިޒާވްގެ %10 ކަމުގައެވެ.

އެމެރިކާގެ ލިއޯލޮޖިކަލް ޑިޕާރޓްމެންޓުން ހާމަކޮށްފައިވާ ގޮތުގައި 2022 ވަނައަހަރު  މުޅިދުނިޔޭގައިހުރި ލިދީއަމް ޑިޕޮޒިޓްގެ ޖުމްލައަކީ 89 މިލިއަން ޓަނެވެ. އީރާނުގެ މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް އިބްރާހިމް އަލީ މުލާބެއިގީ ވިދާޅުވެފައިވަނީ އެކަމަށް ބޭނުންވާ އިންވެސްޓަރުން ލިބިފައިވާ ކަމަށާއި ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ލިދީއަމް ނަގަން ފެށޭނެކަމަށެވެ. ލިދީއަމްއަކީ ސެލްފޯނުތަކާއި އިލެކްޓްރިކް ވެހިކަލް ތަކުގައި ބޭނުންކުރާ ރިޗާޖަބްލް ބެޓްރީ އުފެއްދުމަށް އެންމެ ގިނައިން ބޭނުންވާ މަޢުދަނެވެ.                           

ދުނިޔޭގައި ލިދީއަމްގެ ރިޒާވް އެންމެ ގިނައިން ހުރީ ދެކުނު އެމެރިކާގެ ޗިލީ ގައެވެ. އެއީ 9.2 މިލިއަން ޓަނެވެ. އެހެންނަމަވެސް ދުނިޔޭގައި އެންމެގިނައިން ލިދީއަމް އުފައްދަނީ އޮސްޓްރޭލިޔާގައެވެ. ދެން ޗިލީގައެވެ. އެއިން ކޮންމެ ގައުމަކުންވެސ ދުނިޔޭގައި ބޭނުންކުރާ ލިދީއަމްގެ %25 ޙިއްސާކުރެއެވެ.                     

2021 ވަނައަހަރު އެމެރިކާއިން ހާމަކޮށްފައިވާ ހަކަތައިގެ މަޢުލޫމާތުތަކަށް ބަލާއިރު ދުނިޔޭގައި ތެލުގެ ރިޒާވް  3 ވަނައަށް އަދި ގުދުރަތީ ގޭހުގެ ރިޒާވް 2 ވަނައަށް އެންމެ ގިނައީ އީރާނުގައެވެ. އަދި މިހާރު ލިދީއަމްގެ އެހާބޮޑު ރިޒާވެއް ހުރުމުން އެއީ ހަކަތައިގެ ބާޒާރުގައި އަނެއްކާވެސް އީރާނަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް އެމެރިކާއިންވެސް ބުނެފިއެވެ.         

Loading

2 Responses

  1. މާތްﷲގެ ކުޅަދުންވަންތަ ކަމެވެ. އީރާން އިނދަޖައްސާލުމަށްޓަކާ ޢަދާވާތްތެރީން ހަބޭހަށް މަސައްކަތް ކޮށްކޮށްތިއްބާ އިތުރު މުއްސަދިކަން ދެއްވީއެވެ. އަދި އެމެރިކާ އާއި ޔޫރަޕުން އެކިގޮތްގޮތުން ނުފުރޮއްޕާން ކޮށް ސެންކްޝަން ކޮށްގެންވެސް އީރާން އިނދަނުޖެއްސުނެވެ. އިރާދަ ކުރެއްވިއްޔާ އިސްލާމީ ގައުމުތަކަށް ހެޔޮވިސްނުން ލިބި މަޒުހަބީ ތަފާތަށް ބެލުމެއްނެތި އެކުވެރި ކުރަށްވާށިއެވެ. އާމީން!

  2. މުއްސަނދި ކަމަކީ މާތް ﷲ ގެ ހަޒްރަތުން ލިބޭ އެއްޗެއްކަން ހިތުގެ އެންމެ ފުންމިނުން ގަބޫލު ކުރަމެވެ. މާތް ﷲ އިންސާނުން އިމްތިޙާން ކުރައްވާގޮތް ތަފާތު ވާނެއެވެ

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް