އީރާނާއި ސަޢޫދީގެ ގުޅުމަކީ މެދުއިރުމަތިން ކުރިއަށް އެޅި ވަރުގަދަ ފިޔަވަޅެއް

Loading

Facebook
Twitter
WhatsApp

  2023 މާރޗް 10 ހުކުރު ދުވަހު (އިއްޔެ) ދުނިޔެއަށް ކުއްލި ޙައިރާންކަމެއް ގެނުވީ އިރާނާއި ސަޢޫދީ އެރޭބިޔާއިން އަލުން ސިޔާސީ ގުޅުން ގާއިމްކުރަން އެއްބަސްވެ ޢިއުލާން ކުރުމުންނެވެ. ޗައިނާއިން އިސްނަގައިގެން ކުރިމަސައްކަތުން މި ލިބިގަނެވުނު ކާމިޔާބީގެ ސަބަބުން މެދުއިރުމަތީގައި ތަފާތު ޙާލަތުތަކެއް އުފެދިގެން ދާނެކަމަށް ބެލެވެއެވެ.

ސައޫދީ އެރޭބިޔާ އީރާން އަދި ޗައިނާ އެކުވެގެން ހާމަކުރި ބަޔާނުގައި ކުރިއަށް އޮތް ދެ މަހެއްހާދުވަހުގެ ތެރޭގައި ދެ ގައުމުގައި އެމްބަސީ ހުޅުވޭނެއެވެ. އަދި މީގެ 20 އަހަރުކުރިން އީރާނާއި ސާޢޫދީ ސޮއިކުރި ސަލާމަތާއި ވިޔަފާރިއާބެހޭ އެއްބަސްވުން އަލުން ތަންފީޒުކުރަން ފަށާނެއެވެ.

ހުކުރުދުވަހުގެ ޢިއުލާން ކުރުމަކީ ބެއިޖިންގައި 5 ދުވަސްވަންދެން ދެމިގެން ދިޔަ ކުރިން ހާމަވެފައިނެތް ވާހަކަދެއްކުން ތަކަކާއި އަދި މީގެ ކުރިން އިރާގާއި ޢުމާނުގައިވެސް ބޭއްވުނު ވާހަކަތަކެއްގެ ނަތީޖާއެވެ.     

ސަޢޫދީ އެރޭބިޔާ އަކީ ދުނިޔޭގައި އެންމެގިނައިން ތެޔޮ އުފައްދާ ގައުމުކަމަށްވެފައި އީރާނަކީ ހުޅަނުގެ ގައުމުތަކުން ދެކޭގޮތުގައި ސަލާންޖަހަން ނާށިގަނޑު ހިފައިގެ އުޅޭ ގައުމެކޭ ބުންޏަސް ޙަގީގަތަކީ މި ދެގައުމު އެކުވެރިކަމާއި އެކު ކުރިޔަށްދާނަމަ ފާއިތުވެގެންދިޔަ ގިނަ އަހަރުތަކެއްގައި ހަލަބޮލިވެފައިވާ މެދުއިރުމައްޗަށް ބޭނުންވެފައިވާ ގިނަ މައްސަލަތަކަކަށް ޙައްލު ލިބިގެންދާނެއެވެ.

އީރާނުގެ ޚާރިޖީ ވަޒީރު  ޙުސެއިން އާމިރު ވިދާޅުވީ މި ގުޅުމާމެދު އުފާ ކުރައްވާކަމަށާއި އަދި މަރުޙަބާ ވިދާޅުވާ ކަމަށެވެ. އޭގެ އިތުރުން މިސަރަޙައްދަށް މެދުވެރިވެފައިވާ އެހެން މައްސަލަތައް ޙައްލު ކުރުމަށްވެސް އެކުގައި މަސައްކަތް ކުރައްވާނެ ކަމަށެވެ.

އަހަރެމެންގެ އެކުވެރިކަމުން މި ދެގައުމަށާއި މުޅި އިސްލާމީ ދުނިޔެއަށްވެސް އެކަމުގެ ފައިދާ ކުރާނެއެވެ. އިރާގުގެ ޚާރިޖިއްޔާއިންވެސް އީރާނާއި ސަޢޫދީގެ ގުޅުމަށް މަރުޙަބާ ކިޔައި އުފާ ފާޅުކޮށްފައިވެއެވެ.  

މިދިޔަ ބުރާސްފަތި ދުވަހު އީރާނުގެ ޚާރިޖީވަޒީރު ދިމިޝްގަށް ވަޑައިގެން ރައީސް އަސަދާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި އަރަބި ގައުމުތަކުން ގިނަ އަހަރުތަކަކަށް ސީރިޔާ އެކަހެރިކޮށްފައި އޮތުމަށްފަހު އަލުން އަރަބިންގެ ސަފަށް ގެނައުމަށް ކުރަމުންގެންދާ މަސައްކަތާމެދު ވަރަށް ހިތްޕުޅު ހަމަޖެހިވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ. އަދި ސީރިޔާއާއި ތުރުކީ އާއި ދެމެދު އުފެދިފައިވާ ދެބަސްވުންތައް ރަނގަޅުކުރެވޭތޯ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް އިޝާރާތް ކުރެއްވިއެވެ.

ތުރުކީގެ އިސްތަންބޫލްގައި ހުންނަ ސަޢޫދީ ކޮންސިއުލޭޓުގެ ތެރޭގައި ޖަމާލްޚަޝޯގީ މަރާލި މައްސަލާއާއި ގުޅިގެން ހީނަރުވަމުންދިޔަ ރިޔާޒް-އަންކާރާގެ ގުޅުންވެސް މިހާރު ރަނގަޅުވަމުންދާކަން މިފުރުސަތުގައި އުފަލާއިއެކު ފާހަގަކުރަން ޖެހެއެވެ. ޚާރިޖީ ވަޒީރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.  

Loading

One Response

  1. މިލިއުމާއެކު ހިމަނާފައި ފޮޓޯ އަކީ މުސްލިމް އުންމަތް ދެކެން ބޭނުންވާނެ ދުވަހެކެވެ. ސައޫދީންނާއި އީރާނީން އެކުގައި ހެވިލާފާ ތިބެއްޖެނަމަ ހުޅަނގުން ޖެހޭނީ ރޯށެވެ. ހިތާމައަކީ އިސްލާމީ އިލްުމުވެރިންވެސް މަޒުހަބީ ތަފާތުގެ ނަމުގައި މި ދެ ގައުމު ޖައްސުވައި ދޭތެރެ ދުރުކުރަން މަސައްކަތްކުރުމެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް