އިސްރާއީލުގެ ސިފައިން ގައްޒާއިން މަދުކުރުމާއިމެދު ސަރުކާރުގެ ކޯޅުންގަނޑު

ގައްޒާގެ ހަމަލާތަކުގައި ހަރަކާތްތެރި ވަމުންގެންދާ އިސްރާއީލުގެ ބައެއް ލަޝްކަރުތައް ގައްޒާއިން ބޭލުމަށް އިސްރާއީލުގެ މިލިޓްރީން ނިންމުމާގުޅިގެން ސަރުކާރުގެ ތެރޭގައި ހިމެނޭ ފާރ ރައިޓް ޖަމާއަތަށް ނިސްބަތްކުރެވޭ މިނިސްޓަރުން ނުރުހުން ފާޅުކުރަމުން ގެންދިއުމާއެކު ޕާރލަމެންޓާއި މިލިޓްރީގައިބައިބައިވުން އިތުރު ވަމުންދާކަން ހާމަވެއްޖެއެވެ. އިސްރާއީލުގެ ގައުމީ ސަލާމަތާބެހޭ ވަޒީރު ބެން ގްވީރު ބުނެފައިވަނީ ގައްޒާއިން ދެމުންގެންދާ ރޮކެޓް ހަމަލާތަކުގެ ބަދަލުގައި ގައްޒާއަކީ އިސްރާއީލުގެ ބާރުގެ ދަށުގައި އޮންނަ ސަރަހައްދެއް ކަމުގައި ހެދުމަށް އެންމެ މުނާސަބު ވަގުތަކީ މިއީ ކަމަށެވެ. އެހެންނަމަވެސް ހަނގުރާމަ އެހެން ލެވެލަކަށް ބަދަލުކުރަން ސަރުކާރުން […]
ދުނިޔޭގެ މުއްސަނދިންގެ ލިސްޓުން ތައިލޭންޑުގެ ރަސްގެފާނު

ގައުމެއްގެ ވެރިކަން ހޯދަން މަސައްކަތް ކުރުމަކީ ނުކޮށް ދޫކޮށްލާވަރުގެ ކަމެއް ނޫނެވެ. ލިބިއްޖެނަމަ އެއޮތީ ޙައްސަ ބާނާނެ ފުރުސަތު ހުޅުވިފައެވެ. ކެރެންޏާ ދެތިން ޙައްސަވެސް ބާނަންވީއެވެ. ބަޔަކު ދައްކާނެ ވާހައެއް ދައްކާފާނެތާއެވެ. އޭގެ ސަބަބުން ތިމާއަށް ލިބިފާއޮތް މުއްސަނދިކަމަށް ކުރާނެ ނޭދެވޭ އަސަރަކީ ކޮބައިހެއްޔެވެ؟ ޚާއްސަކޮށް ރަސްކަމަކީ މުޅި ގައުމު އޭނާއަށް ހިބަކޮށްލިބިދިނުން ފަދަ ކަމެކެވެ. މިފަހަރު މި ބަލާލަނީ އޭޝިޔާގެ ތައިލޭންޑްގެ ރަސްގެފާނު މަހާ ވަޖިރަލޯންގ ކޯރންގެ މުއްސަނދިކަމަށެވެ. މިހާތަނަށް ހާމަވެފައިވާ ލިއެކިއުންތަކުން […]
ބޮޑެތިމީހުންނަށް ބޮޑު އިންސާފު އެއީ ބޭއިންސާފެއް

ޔުނައިޓެޑް ނޭޝަންސްގެ ފޯރަމެއްގައި ވާހަކަފުޅު ދައްކަވަމުން އަޅުގަނޑުމެންގެ ކުރީގެ ރައީސުލް ޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު ވަހީދު ޙަސަންމަނިކު ވިދާޅުވެފައި ވަނީ ވަރށް ބޮޑު ތެދުފުޅެކެވެ. ފެންނަމުން ދަނީ ބޮޑެތި މީހުންނަށް ބޮޑު އިންސާފު އަދި ކުދި މީހުންނަށް ކުޑަ އިންސާފެވެ. އެއީ ހުރިހާ ހަމަތަކުންބެލިނަމަވެސް ހަމަ ޔަގީނުންވެސް ބޭއިންސާފެވެ. ކިއުންތެރިންނަށް މިގެނެސްދެނީ އެ ބަސްފުޅުގެ ދިރިހުރި މިސާލެކެވެ. […]
އިސްރާއީލާއި އެމެރިކާ އަދި އީރާނުގެ ބައިވެރިން ބޮޑު ހަނގުރާމައަކާ ދިމާލަށް

އިސްރާޢީލުން ލުބުނާނަށް ދިން ހަމަލާތަކުގައި ޙިޒްބުއްލާ ގެ ކޮމާންޑަރަކު ޝަހީދު ކޮށްލުމާ ގުޅިގެން އިސްރާއީލާއި އެމެރިކާ އަދި އީރާނުގެ މަދަދު ލިބެމުންދާ ހަނގުރާމަވެރި ޖަމާއަތްތަކާ ދެމެދު ހަނގުރާމަ ފެށުމުގެ ބިރުވެރި އަލާމާތަތައް ފެންނަން ފަށައިފިއެވެ. ބިރުވެރި އަލާމާތަތައް ފެންނަން ފަށައިފިއެވެ. މި ހަމަލާއަށް ރައްދު ދިނުމުގެ ގޮތުން ޙިޒްބުﷲ އިން އިސްރާއީލުގެ ވަރަށް މުހިންމު މިލިޓްރީ ޓާގެޓަކަށް ހަމާލާދިނެވެ. އޭގެ ބަދަލު ހިފުމުގެ ގޮތުން އިސްރާއީލުން ދިން ވައިގެ ހަމަލާގައި ހަމާސް ޖަމާއަތުގެ އިސް ބޭފުޅަކު ޝަހީދު […]
ޔޫކްރެއިން ސިފައިންގެ ޙާލުގެ ދުލުން ނިއުޔޯކް ޓައިމްސް އަށް

ޔޫކްރެއިންގެ ސިފައިން ނިއުޔޯރކް ޓައިމްސް އަށް މަޢުލޫމާތު ދިން ގޮތުގައި ރަޝިޔާއިން ޔޫކްރެއިންގެ ލަޝްކަރުތަކަށް އަމާޒުކޮށް ގޮއްވަމުން ގެންދާ ޑްރޯން ތަކުގެ ސަބަބުން ހަނގުރާމައިގާ ބޭނުންކުރާ އެއްގަމު އުޅަނދުތަކުގައި ދަތުރުކުރަން ބިރުން ފައިމަގުގައި ކުރީ ސަފަށް ދަތުރުކުރަން ޖެހިއްޖެއެވެ. އަދި ބައެއް ލަޝްކަރުތަކުން ކާބޯތަކެތި ހޯދުމަށްޓަކައިވެސް އެތައްމޭލެއް ފައިމަގުގައި ކަޑައްތުކުރަން ވަނީ ޖެހިފައެވެ. ޔޫކްރެއިންގެ ސިފައިން ކިޔާދީފައިވާ ގޮތުގައި ރަޝިޔާއިން ފޮނުވާ ޑްރޯންތަކަށް ނިމުމެއް ނާދެއެވެ. އަދި ރަޝިޔާއިން ގެންދަނީ އެ ޑްރޯންތައް އަހަރެމެންގެ […]
ޔަމަނުގެ ހޫތީންގެ ޙަމަލާތަކާއި ހުޅަނގުގެ ރައްދު

އިސްރާއީލާއި ފަލަސްތީނާއި ދެމެދު ކުރެވެމުން ގެންދާ ހަނގުރާމައިގެ ތެރެއަށް ޔަމަނުގެ ހޫތީން ވަނުމުން އުފެދުނު ނުރައްކާތެރިކަން މިހާރުވަނީ އޭގެ ބޮއިލިންގ ޕޮއިންޓަށް އަރައިފިއެވެ. ހަމައެއާއެކު ރެޑްސީގައި ދަތުރުކުރާ އިސްރާއީލާ ގުޅުންހުރި އުޅަނދުފަހަރަށް ހޫތީން ދެމުންގެންދާ ޙަމަލާތައް މައިތިރިކުރަން އެމެރިކާއާއި ހުޅަނގުގެ ބައިވެރިން ރައްދު ދީފިނަމަ އެއީ އަނދައަނދާހުރި އަލިފާންގަނޑަކަށް ޕެޓްރޯލް އެޅުންނޫންކަމަކަށް ނުވާނެކަމަށް ސަރައްޙައްދީ ބައިވެރީންވެސް އެއްބަސްވެއެވެ. މި ޙަމަލާތަކަށް ދެވޭ ރައްދުގެ ސަބަބުން މުޅި މެދުއިރުމަތީގައި ބޮޑުވެގެންވާ މުސީބާތެއް ފެށިގެން ހިނގައިދާނެ ކަމުގެ ބިރުވެރި ކަމާއި ކަންބޮޑުވުން މިހާރު ވަނީ މުޅިދުނިޔެއަށް ފެތުރިގެން ގޮސްފައެވެ. އިސްރާއީލާއި ފަލަސްތީނާއި ދެމެދު […]
އިސްރާއީލުން ހަނގުރާމަ ފުޅާކުރަން ބޭނުންވިޔަސް ކާމިޔާބު ނުކުރެވޭނެ – އެމެރިކާ

އިސްރާއީލާ ފަލަސްތީނުގެ ޙަމާސް އިން ހަނގުރާމަ ކުރަމުން ގެންދަނިކޮށް ފަލަސްތީނަށް މަދަދުދޭ ޔަމަނުގެ ހޫތީން ނާއި ލެބަނަންގެ ޙިޒްބު ﷲ އިންވެސް އިސްރާޢީލާ ދެކޮޅަށް ޙަމަލާތައް ދެމުން ގެންދިއުމާއި ގުޅިގެން ހަނގުރާމަ ފުޅާކުރަން އިސްރާއީލުން ބޭނުންވާކަމަށް ބުނެފިއެވެ. އެހެނަސް އިސްރާޢީލުގެ މަދަދުގާރު އެމެރިކާއިން ބުނަނީ އިސްރާއީލަށް އެ ހަނގުރާމަ ކާމިޔާބު ނުކުރެވޭނެ ކަމަށެވެ. އަދި ހަނގުރާމަ ފުޅާ ނުކުރުމަށްއެމެރިކާއިން އިސްރާއީލަށް އިންޒާރު ދީފިކަމަށްވެސް ބުނެފިއެވެ. ވޯޝިންގޓަން ޕޯސްޓުން ބުނެފައިވަނީ އެފަދަ ހަނގުރާމައެއް ކާމިޔާބުކުރުމަށްޓަކައި އިސްރާއީލުން ކާމިޔާބުކުރުން އުދަނގޫ އެތައް ގޮންޖެހުންތަކަކާއިކުރިމަތިލާން ޖެހޭނެ ކަމަށް އެމެރިކާގެ އިންޒާރުގައި ބުނެފައިވެއެވެ. އަދި އެފަދަ ހަނގުރާމައެއް ކާމިޔާބުކުރަން ބޭނުންވާނެ ވަސީލަތްތަކާއި ގާބިލުކަންއިސްރާއީލުގައި ވަރަށް ކުޑަ ކަމުގައިވެސް ކަންތައް ރަނގަޅަށް އެނގޭ […]
ޔޫކްރެއިންގެ ޕާރލަމެންޓަކީ މޮޔައިންގެ ގަނޑުވަރަކަށް ވެއްޖެ – ވަކީލާ ލަރީސާ

ރަޝިޔާއާއި ޔޫކްރެއިންގެ ހަނގުރާ ފެށުނު ދުވަސްވަރު އުފެދެމުންދިޔަ ގައުމީ ރޫޙް ހަނގުރާމާގައި ވާނުވާނޭގި ދުވަސްތައް ދިގުލައިގެން ދިއުމުން ޔޫކްރެއިންގެ ރައްޔިތުންގެ ކިބައިންވެސް ނެތިދާން ފަށައިފިއެވެ. ދެއަހަރު ދުވަސްވާންދެން އުފުލަންޖެހުނު ބުރައާއި ގެއްލުން ބޮޑުވެ އަދި ސިފައިންގެ ތެރެއިން ހުސްވެފައިވާ އިސް މަގާމުތައް ފުރާނެ މީހުން ހޯދޭނެ ގޮތެއްވެސް ނެތުމާއިއެކު ގައުމުގެ މުސްތަގްބަލާ ދޭތެރޭ ބަހުސްކުރުން ނޫން އެހެން ގޮތެއް މިހާރަކު ނެތެވެ. ރަޝިޔާއިން ޔޫކްރެއިންގެ ސަރަޙައްދު ތަކުގައި އެކުލަވާލައިފައިވާ ހަލައްކަ ސިފައިންގެ ބިޔަ ލަޝްކަރާ ކުރިމަތިލާނެ ސިފައިން ހޯދުމަށް މިހުސްވިމަހު ރައީސް […]
ބިލްގީސް ބާނޫ ރޭޕްކުރި 11 މީހުން މިނިވަންކުރި އަމުރު ބާތިލުކޮށްފި.

ޢުމުރުން 21 އަހަރުގެ އަދި ބަލިވެ އިނދެ ބަނޑަށް 5 މަހުގެ މުސްލިމް ބަލްގީސް ބާނޫ ރޭޕްކުރުމަށް ފަހު އޭނާގެ ޢާއިލާގެ ހުރިހާމީހުން މަރާލި މައްސަލާގައި އުމުރަށް ޖަލަށް ޙުކުމް ކޮށްފައިވާ 11 ކުށްވެރިން ދޫކޮށްލަން ގުޖުރާތު ސަރުކާރުން ކުރި އަމުރު އިންޑިއާގެ ސުޕްރީމް ކޯޓުން ބާތިލު ކޮށްފިއެވެ. ދެހަފްތާގެ ތެރޭގައި އެމީހުން އަނބުރާ ޖަލަށް ލުމަށްވެސް އެ ޙުކުމްގައި ކަނޑައަޅާފައި ވެއެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރު ބީ. ވީ. ނާގަރަތުނާ އިއްވި މި ޙުކުމް އިންޑިއަން ވެބްސައިޓް ފޯރ ޖުޑިޝަލް އެފެއާރޒް ގައި އެ ޙުކުމް ރިޕޯރޓް ކޮށްފައިވަނީ ގާނޫނުގެ ކުރިމަތީގައި އެއްވެސް މީހަކު ތަފާތު […]
ތަޖްރިބާކާރުންގެ ދިރާސާގެ އަލީގައި ދެން ދުނިޔޭގައި ވެރިކަން ކުރާނެ ސުޕަރޕަވަރ

ކިއުންތެރިންނަށް މިގެނެސްދެނީ ދުނިޔޭގައި ދެން ވެރިކަން ކުރާނެ ސުޕަރޕަވަރީ ކޮބައިތޯ ދެނެގަންނަންކުރި ދިރާސާތަކުގެ ބައެއް އުސް އަލިތަކެވެ. އެފަދަ ދިރާސާތަކެއްގެ ތަފްސީލަށް ދިއުމަކީ އަޅުގަނޑުމެންގެ ހުދޫދުން ބޭރުވުން ކަމުގައިނޫނީ ނުވާނެއެވެ. އެހެންނަމަވެސް އަޅުގަނޑުމެންގެ ގާބިލުކަން ތަންދޭ މިންވަރަކުން އަނެކުންނާ ހަމަޔަށް މަޢުލޫމާތު ގެނެސްނުދީ ދޫކޮށްލަން ޒަމީރު ތަނެއް ނުދެއެވެ. ދިވެހީންގެތެރޭގައި ތިއްބެވި އުމުރުން ފަންސާހަކަށް އަހަރުން ދޮށީ ގިނަ ބޭފުޅުންނަށް ދުނިޔޭގެ ކަންތަކާއިމެދު ވިސްނާ ފިކުރުކުރައްވަން ފުރުސަތު ލިބި ވަޑައިގެންނެވި އިރު މުޅިދުނިޔެ އޮތީ ދެ ގައުމެއްގެ ބާރުގެ ދަށުގައޭ ބުނެވިދާނެއެވެ. އެއްފަރާތުގައި […]