އިސްރާއީލުން ހަނގުރާމަ ފުޅާކުރަން ބޭނުންވިޔަސް ކާމިޔާބު ނުކުރެވޭނެ – އެމެރިކާ

Loading

Facebook
Twitter
WhatsApp

އިސްރާއީލާ ފަލަސްތީނުގެ ޙަމާސް އިން ހަނގުރާމަ ކުރަމުން ގެންދަނިކޮށް ފަލަސްތީނަށް މަދަދުދޭ ޔަމަނުގެ ހޫތީން ނާއި ލެބަނަންގެ ޙިޒްބު ﷲ އިންވެސް އިސްރާޢީލާ ދެކޮޅަށް ޙަމަލާތައް ދެމުން ގެންދިއުމާއި ގުޅިގެން ހަނގުރާމަ ފުޅާކުރަން އިސްރާއީލުން ބޭނުންވާކަމަށް ބުނެފިއެވެ.

 އެހެނަސް އިސްރާޢީލުގެ މަދަދުގާރު އެމެރިކާއިން ބުނަނީ އިސްރާއީލަށް އެ ހަނގުރާމަ ކާމިޔާބު ނުކުރެވޭނެ ކަމަށެވެ. އަދި ހަނގުރާމަ ފުޅާ ނުކުރުމަށްއެމެރިކާއިން އިސްރާއީލަށް އިންޒާރު ދީފިކަމަށްވެސް ބުނެފިއެވެ.

ވޯޝިންގޓަން ޕޯސްޓުން ބުނެފައިވަނީ އެފަދަ ހަނގުރާމައެއް ކާމިޔާބުކުރުމަށްޓަކައި އިސްރާއީލުން ކާމިޔާބުކުރުން އުދަނގޫ އެތައް ގޮންޖެހުންތަކަކާއިކުރިމަތިލާން ޖެހޭނެ ކަމަށް އެމެރިކާގެ އިންޒާރުގައި ބުނެފައިވެއެވެ. އަދި އެފަދަ ހަނގުރާމައެއް ކާމިޔާބުކުރަން ބޭނުންވާނެ ވަސީލަތްތަކާއި ގާބިލުކަންއިސްރާއީލުގައި ވަރަށް ކުޑަ ކަމުގައިވެސް ކަންތައް ރަނގަޅަށް އެނގޭ ދެފަރާތަކުން ދިފާއީ އިންޓެލިޖެންސް އޭޖެންސީ އަކަށް ޙަވާލާދީ ވޯޝިންގޓަން ޕޯސްޓަށް މައުލޫމާތު ދީފައިވެއެވެ.        

މިދިޔަ ހަފުތާގައި ޙަމާސްގެ އިސް ލީޑަރަކު އަވަހާރަކޮށްލުމާއި ގުޅިގެން ހިޒްބު ﷲ އިން އިސްރާއީލަށް ދެމުންގެންދާ ޙަމަލާތައް ވަނީ އިތުރުކޮށްފައެވެ. މިޙަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން އިސްރާއީލުން ގެންދަނީ ހިޒްބު ﷲ ގެ އަމާޒުތަކަށް ވައިގެ ހަމަލާތައް ދެމުންނެވެ.

ޙިޒްބު ﷲ އިން ގަބޫލުކުރާ ގޮތުގައި އެބޭފުޅާ އަވަހާރަ ކޮށްލަން ޙަމަލީ ދިނީ އިސްރާއީލުންނެވެ. އެހެންނަމަވެސް އިސްރާއީލުން މިކަމާގުޅޭގޮތުން މިހާތަނަށް ވާހަކަ ދައްކާފައެއް ނުވެއެވެ.  

ވޯޝިންގޓަން ޕޯސްޓަށް އިސްރާއީލުގެ ދިފާޢީ ވަޒީރު ޔޯވް ގަލަންޓް މަޢުލޫމާތު ދީފައިވާ ގޮތުގައި ޙިޒްބު ﷲ އާ ދެކޮޅަށް ހަނގުރާމަ ކުރާކަށް އިސްރާއީލުން ބޭނުމެއް ނުވެއެވެ. 

އިސްރާއީލުން ބޭނުންވަނީ ސުލްޙަވެރި ވެއްޓެއް ގާއިމް ކުރާށެވެ. އެކަމަކު މިހާރު ކަންތައް މިދާގޮތުން މި ދެމެދުގައި އިންފާރަކަށް ހުރި ބިއްލޫރިގަނޑު ތަޅައިގެންދާނީ ކޮންއިރަކުން ކަން ބުނާކަށް ނޭގެއެވެ.

ހަމަ އެފަދައިން ހިޒްބު ﷲ އިންވެސް އިސްރާއީލާ ދެކޮޅަށް ހަނގުރާމަކުރަން ބޭނުން ނުވާކަމަށް އެމެރިކާއިން ވަނީ ބުނެފައެވެ. ޙިޒްބު ﷲ ގެ ލީޑަރ ހަސަން ނަސްރުﷲ ވެސް ވިދާޅުވެފައި ވަނީ ސުލްޙައިގެ ވާހަކަތަކަށް އެމަނިކުފާނު އަބަދުވެސް ތައްޔާރަށް ހުންނެވި ކަމަށާއި ހަމަ އެއާއެކު އިސްރާއީލުން ދޭ ކޮންމެ ޙަމަލާއަކަށް ރައްދު ދިނުމަށްވެސް ހުންނެވީ ތައްޔާރަށް ކަމަށެވެ.          

ޚާރިޖީ ވަޒީރު ބްލިންކަންގެ ތަރުޖަމާނު މެތިއު މިލަރ ހާމަކޮށްފައިވާ ގޮތުގައި އެމެރިކާއިން މި ހަނގުރާމަ ދަމަހައްޓާކަށް ބޭނުމެއް ނުވެއެވެ. އެހެނީ ސަރަޙައްދުގެ އެމެރިކާގެ ޖިގިރީ ދޯސްތުންވެސް އެމެެރިކާއާއި ގުޅިގެން އެ ހަނގުރާމައިގެ ތެރަށް ވަންނާކަށް ބޭނުމެއް ނުވިއެވެ.

ސަރަޙައްދުގެ ގައުމުތަކުން މި ހަނގުރާމައަށް ރުހުމެއް ނުދިނެވެ. އިސްރާއީލާއި ޙަމާސް އިން ވެސް ބޭނުމެއް ނުވެއެވެ. މުޅި ދުނިޔެއިންވެސް ގޮވަމުން ގެންދަނީ ހަނގުރާމަ ހުއްޓާލުމަށެވެ. އެކަމަކު ހަނގުރާމަ ދަނީ ފުޅާވަމުން އަދި އިތުރު ކުރިތައް ފަޅަމުންނެވެ.                                

Loading

One Response

  1. ބޭނުމީ ކޮންމެހެން ހަނގުރާމަ ކާމިޔާބު ކުރާކަށް ނޫނެވެ. ހިތުގައި އޮންނަނީ އިރާގުގެ މުއްސަނދިކަމަށް ހަދާލިގޮތް ހަދާލުމެވެ. ތެޔޮ ދަނޑުތަކުގައި ރޯކޮށްލާފާ އެހެންބައެއްގެ ބޮލުގައި އަޅުވާށެވެ. މަކަރުވެރި މީހުންނާ ދިމާލަށް އަހަރެމެން ކުޑައިރު ކާފަމެން ބުނާއަޑު އަހަމެވެ. ތިޔައީ ހަމަ ޔަހޫދީ ކާފަރެކެވެ. އެ ޒަމާނުގައި އެމީހުންނަށް މިކަން އެނގުނު ގޮތެއްވެސް އޮންނާނެއެވެ. ޔަހޫދީއަކު ފެނުނަސް އެމީހުންނަކަށް ނޭގޭނެއެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް