ގައުމެއްގެ ވެރިކަން ހޯދަން މަސައްކަތް ކުރުމަކީ ނުކޮށް ދޫކޮށްލާވަރުގެ ކަމެއް ނޫނެވެ. ލިބިއްޖެނަމަ އެއޮތީ ޙައްސަ ބާނާނެ ފުރުސަތު ހުޅުވިފައެވެ. ކެރެންޏާ ދެތިން ޙައްސަވެސް ބާނަންވީއެވެ. ބަޔަކު ދައްކާނެ ވާހައެއް ދައްކާފާނެތާއެވެ. އޭގެ ސަބަބުން ތިމާއަށް ލިބިފާއޮތް މުއްސަނދިކަމަށް ކުރާނެ ނޭދެވޭ އަސަރަކީ ކޮބައިހެއްޔެވެ؟ ޚާއްސަކޮށް ރަސްކަމަކީ މުޅި ގައުމު އޭނާއަށް ހިބަކޮށްލިބިދިނުން ފަދަ ކަމެކެވެ.
މިފަހަރު މި ބަލާލަނީ އޭޝިޔާގެ ތައިލޭންޑްގެ ރަސްގެފާނު މަހާ ވަޖިރަލޯންގ ކޯރންގެ މުއްސަނދިކަމަށެވެ. މިހާތަނަށް ހާމަވެފައިވާ ލިއެކިއުންތަކުން އެނގިފައިވާ ގޮތުގައި ތައިލޭންޑުގެ ދެވަނައަށް އެންމެ ބޮޑު ބޭންކް ސިއާމް ކޮމާރޝަލް ބޭންކުގެ %23 ޙިއްސާގެ މިލްކުވެރިއަކީ ރަސްގެފާނު މަހާ ވަޖިރަލޯންގކޯރން އެވެ. އަދި ތައިލޭންޑުގެ އެންމެ ބޮޑު އިންޑަސްޓްރިއަލް ޖަޔަންޓް ސިއާމް ސިމެންޓް ގުރޫޕްގެ 33% ގެ މިލްކު ވެރިޔަކީވެސް ހަމަ ރަސްގެފާނު މަހާ ވަޖިރަލޯންގކޯރން އެވެ.
ފައިނޭންޝަލް ޓައިމްސް އިން ބުނެފައިވާ ގޮތުގައި އެމަނިކުފާނުގެ މުއްސަނދިކަމުގެ އަންދާޒާއަކީ 40 ބިލިއަން އެމެރިކާ ޑޮލަރެވެ. މީގެއިތުރުން އެ މަނިކުފާނުގެ މިލްކިއްޔާތުގައި ތައިލޭންޑުގެ ބިމުގެ ތެރެއިން 16210 އޭކަރުގެ ބިމާއި 40000 ރެންޓަލް ކޮންޓްރެކްޓް ހިމެނެއެވެ. އޭގެތެރޭގައި ސަރުކާރުގެ އިމާރާތްތަކާއި ޝޮޕިންގ މޯލްތަކާއި އަދި ހޮޓާތައްވެސް ހިމެނެއެވެ.
ދުނިޔޭގެ އެންމެ އަގުބޮޑު ޖަވާހިރުވެސް ހުންނަނީ އެމަނިކުފާނުގެ ތާޖުގައެވެ. އޭގެ އަގަކީ 98 ކުރޯޑް އިންޑިއާ ރުޕީސް އެވެ.
ރަސްގެފާނުގެ މިލްކުގައި ސުކޯއީ ސުޕަރޖެޓާއި ބޯއިން އެއަރބަސް ވެސް ހިމެނޭ ގޮތުގައި އަމިއްލަ 38 މަތިންދާ ބޯޓާއި 21 ހެލިކޮޕްޓަރާއި 300 އަށްވުރެން ގިނަ ލަގްޒަރީ ކާރާއި ރަނުން އަތްކަން އަޅާފައިވާ 52 ބޯޓުވެސް ހިމެނެއެވެ.

1782 ވަނައަހަރު އިމާރާތް ކުރެވުނު ރަސްކަމުގެ ގަނޑުވަރުގައި 2،351،000 އަކަފޫޓު ހުރެއެވެ. އެކަމަކު މިހާރު ދިރިއުޅުއްވަމުންގެންދަވަނީ އަދި އެހެން ގަނޑުވަރެއްގައެވެ.
ރަސްގެފާނު މަހާ ވަޖިރަލޯންގ ކޯރންގެ ގައުމީ ޚިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން އެމަނިކުފާނަށް މުޚާތަބު ކުރެވެނީ ރަސްގެފާނު ރާމާ އެކްސް ގެ ނަމުންނެވެ. ކަލާންގެ އަކާއި އެއްހަމައިގައެވެ.