ލީބިޔާގައި ހިނގި ފެންބޮޑުވުމުގެ ކާރިސާގައި މަރުވި މީހުންގެ އަދަދު 5000 އަށް އަރައިފި

ލީބިޔާގެ އިރުމަތީ ސަހަރުގައި އޮންނަ ދެރްނާ ސިޓީގައި ހިނގައިދިޔަ ފެންބޮޑުވުމުގެ ބޮޑު ކާރިސާގައި މަރުވި މީހުންގެ އަދަދު 5200 އަށް އަރާފައިވާކަމަށް ކަމާއިބެހޭ ވުޒާރާތަކުން ހާމަކޮށްފިއެވެ. އިރުމަތީ ލީބިޔާގެ އިންޓީރިއާ މިނިސްޓްރީގެ ތަރުޖަމާނު ޠާރިޤް އަލް ޚަރަޒްއާއި ހަވާލާދީ އަނާދޮލޫގައި ލިޔެފައިވަނީ ދެރްނާ ސިޓީގައި އެކަނިވެސް 5200 މީހުން މަރުވެފައިވާކަމަށެވެ. އެގޮތުން، އާއިލާތަކުން މަރުވާ މީހުންގެ ހަށިގަނޑު ބަލައި މަރު ސާބިތުކުރުމަށްފަހު 1300 މީހުން ވަޅުލާފައިވާކަމަށް އޭނާ ވިދާޅުވިއެވެ. ”މި ބިރުވެރި ކާރިސާގައި އާއިލާތައް މުޅިން ފުހެވިގެން […]

އެމްޑީޕީ ބަލިވެއްޖެނަމަ އިންޑިއާ އޮތީ ދިވެހިރާއްޖެ ހިފަން ތައްޔާރަށްބާ؟

އެންމެ ފަހުން 2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީން ޢަބްދުލްޤައްޔޫމް ވެރިކަމުގެ ނުފޫޒު ބޭނުންކުރައްވައިގެން، ވަގު ވޯޓު އަޅުއްވައިގެން ގަދަބާރުން އެއަހަރުގެ އިންތިޚާބު ނާއިންސާފުކަމާއެކު ކާމިޔާބުކުރައްވާނެކަމަށް ތުހުމަތުކޮށް، އެގޮތަށް ކަންތައް ވުމުގެ ކުރިން އިންޑިއާ އަސްކަރިއްޔާއިން ދިވެހިރާއްޖެ ހިފަން ޖެހޭކަމަށް ބުނެ އެމްޑީޕީއިން ދެއްކި ވާހަކަތަކަކީ ސިއްރެއް ނޫނެވެ. ދިވެހިރާއްޖެއަކީ މިނިވަން، އަމިއްލަ ސިޔާދަތީ ބާރެއް ލިބިގެންވާ މުސްލިމް ގައުމެއްކަން ހަނދާންނައްތާލައި، އޭރު އިންޑިއާގެ އެތަކެއް ސިޔާސީ ލީޑަރުންނާއި، ނޫސްވެރިން ވެސް ގެންދިޔައީ […]

ޒެލެންސްކީގެ ވެރިކަން ސްޕޮންސަރ ކުރި ބިލިއަނަރު ހައްޔަރުކޮށްފި

މަނީ ލޯންޑަރިންގެ ބޮޑެތި ތުހުމަތުތަކާއެކު, ޔޫކްރޭނުގެ ސިޔާސީ ކަންކަމަށް ނުފޫޒު ފޯރުވާ އަދި ޔޫކްރޭނުގެ މިހާރުގެ ރައީސް ވެރިކަމަށް ގެނައުމުގެ ފަހަތުގައި ހުރިކަމަށް ގިނަ ބަޔަކު ގަބޫލުކުރާ މަހުޖަނެއްކަމަށްވާ އިގޯރް ކޮލޮމޮއިސްކީ ހައްޔަރުކޮށްފިއެވެ. 500 މިލިއަން ޔޫކްރޭނު ހަރިވްނިޔާ (13.5 މިލިއަން އެމެރިކާ ޑޮލަރު) ގެ ކަޅު ފައިސާ ހުދުކުރުމަށްފަހު ގައުމުން ބޭރުކޮށްފައިވާކަމަށް ބުނެ ޔޫކްރޭނުގެ ސެކިއުރިޓީ ސާރވިސް (އެސްބީޔޫ) އިން ކޮލޮމޮއިސްކީގެ މައްޗަށް އުފުލާފައިވާ ދައުވާއަށް ޖަވާބުދާރީވުމަށް ކީވް ޝެވްޗެންކޯ އަވަށުގައި ހުންނަ ކޯޓަކަށް އޭނާ […]

މުހިންމު މަޝްވަރާތަކެއް ކުރެއްވުމަށް ތުރުކީގެ ޚާރިޖީ ވަޒީރު ފިޛާން އިރާނަށް

ރަސްމީ ދަތުރުފުޅެއްގައި، ތުރުކީގެ ޚާރިޖީ ވަޒީރު، ހާކަން ފިޛާން، އިރާނަށް ވަޑައިގެންފިއެވެ. ސެޕްޓެމްބަރު މަހު 3 ވަނަ ދުވަހު ފިޛާން އިރާނަށް ވަޑައިގެންނެވީ އިރާނުގެ ޚާރިޖީ ވަޒީރު، ޙުސައިން އާމިރް އަބްދުﷲއައިންގެ ދައުވަތަކަށް ކަމަށް ތުރުކީގެ ޚާރިޖީ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ. ދެގައުމުގެ މަޝްވަރާ ބައްދަލުވުންތައް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ އިރާނުގެ ވެރިކަން ކުރާ ތެހްރެއިންގައެވެ. މިނިސްޓަރ ފިޛާން އިރާނުގެ ޚާރިޖީ ވަޒީރާއެކު ތަފާތު އެކި މައުޟޫއުތަކާ ގުޅޭ އެކި މަޝްވަރާތައް ކުރެއްވުމަށް ހަމަޖެހިފައިވެއެވެ. އެގޮތުން، ސަރަހައްދީ […]

އިބޫއަށް ދެވޭ ކޮންމެ ވޯޓަކީ އިންޑިއާއަށް ދެވޭ ވޯޓެއް!

އިންޑިއާގެ އަސްކަރީ ސިފައިން ދިވެހިރާއްޖޭގައި ތިބުމުގެ މައުޟޫއުގައި ނޭނގި ނަމަވެސް އަތް ނުޖެހުމަށް ދިވެހި ސަރުކާރުން ފާއިތުވެދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި އެތައް ގިނަގުނަ މަސައްކަތްތަކެއް ވަނީ ކޮށްފައެވެ. 2018 ވަނަ އަހަރުގެ އިންތިޚާބުގައި އެމްޑީޕީން ވާދަކޮށް ރިޔާސީ ގޮނޑި ނެގުމަށް އިންޑިއާއިން ޚަރަދުކޮށް އެހީތެރިވެދީފައިވާ ކަމަކީ އެންމެން ވެސް ދަންނަ ހަގީގަތެކެވެ. އެހެންވީމާ، އިންޑިއާއާއި އެކުގައި ޚާއްސަ ގުޅުމެއް ވެސް އޮންނާނެތާއެވެ. އެކަމަކު، އެމްޑީޕީއަށް ވޯޓުދިން ފަރާތްތަކުން ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށް ވޯޓުދިނީ […]

އަނެއްކާވެސް ހުޅަނގު އެފްރިކާގެ އެހެން ގައުމެއް ފްރާންސަށް ގެއްލިއްޖެ

ފްރާންސަށް މިފަހަރު ގެއްލިފައިވަނީ ސީއެފްއޭ ފްރާންކް ޒޯން ބޭނުންކުރޭ ގައުމެއް ކަމަށްވާ ގަބޮން އެވެ. ސީއެފްއޭ ފްރާންކް ޒޯން އަކީ ފްރާންސްގެ އިސްތިއުމާރީ ބާރުގެ ދަށުގައި އޮތް 15 ގައުމެއް އިޤްތިޞާދީ އަދި މާލީ ގޮތުން ގުޅިފައިވާ ސަރަހައްދަކަށް ކިޔައި އުޅޭ ނަމެކެވެ. މިގޮތުން މިގައުމުތަކުގެ އިޤްތިޞާދުގެ ބޮޑުބައެއް މިއަދާއި ހަމައަށްވެސް ކޮންޓްރޯލްކުރަނީ ފްރާންސުންނެވެ. މައިގަނޑުގޮތެއްގައި، ފްރާންސުން މި ގައުމުތަކުގެ އިޤްތިޞާދު ކޮންޓްރޯލްކުރަނީ ފްރާންސްގެ ނުފޫޒުން ހިންގާ ”ޕަޕެޓް“ ސަރުކާރުތައް އޮންނަ ގައުމުތައް ބޭނުންކޮށްގެންނެވެ. މިގޮތުން އެ […]

ކޯވިޑް-19ގެ ވަބާއަށްފަހު ސައުދީގެ ބޭރު ފައިސާގެ ރިޒާވް ދުށް އެންމެ ބޮޑު ވެއްޓުން މިދިޔަ މަހުގައި!

ކޯވިޑް-19ގެ އާލަމީ ވަބާގެ ތެރޭގައި ތެލުގެ އަގު ވެއްޓުމާއެކު ސައުދީ އަރަބިއާއިން އެމެރިކާގެ ބާޒާރުން ހިއްސާގަތުމަށް އިންވެސްޓްކުރުމަށްފަހު ސައުދީ އަރަބިއާގެ ބޭރު ފައިސާގެ ރިޒާވް ދުށް އެންމެ ބޮޑު ވެއްޓުން ފެނިފައިވަނީ މިދިޔަ މަހުގެ ތެރޭގައެވެ. އެގޮތުން ޖުލައި މަހުގެ ތެރޭގައި އެގައުމުގެ ބޭރު ފައިސާގެ ރިޒާވުން 16 ބިލިއަން އެމެރިކާ ޑޮލަރު ވަނީ ދަށަށް ގޮސްފައެވެ. ބޭރު މުދަލުގެ އަގު 1.53 ޓްރިލިއަން ނުވަތަ 407 ބިލިއަން އެމެރިކާ ޑޮލަރު ދަށަށް ގޮސްފައިވީނަމަވެސް މެއި މަހާއި […]

ދުނިޔޭގެ އެންމެ ބޮޑު ނޭވީ އޮތީ ޗައިނާގައި!

ދުނިޔޭގެ އެންމެ ގިނަ ކަނޑުގެ އަސްކަރީ އުޅަނދާއެކު އެންމެ ބޮޑު ނޭވީއެއް އޮތީ ޗައިނާގައެވެ. އެގޮތުން ޗައިނާގައި 340 ހަނގުރާމަމަތީ އުޅަނދު އޮތްއިރު، ޗައިނާގެ ކަނޑުގެ އަސްކަރިއްޔާއަށް ފަހަކާ ޖެހެންދެން ނިސްބަތްކުރެވިފައިވަނީ ”ގްރީން-ވޯޓާ ނޭވީ“ގެ ނަމުންނެވެ. އަދި ޗައިނާގެ އަސްކަރީ އުޅަނދުތައް ހަރަކާތްތެރިވެފައިވަނީ އެގައުމުގެ ބަނދަރުތަކުގައެވެ. ފަހުގެ އަހަރުތަކުގައި ޗައިނާއިން ބޮޑެތި ގައިޑެޑް-މިސައިލް ޑިސްޓްރޯޔަރތަކާއި، ކަނޑުއަޑީގައި ހަރަކާތްތެރިވެވޭ އެސޯލްޓް އުޅަނދުތަކާއި، ކަނޑުގެ ސަރަހައްދުގައި ހަރަކާތްތެރިވެވޭ ވައިގެ އުޅަނދުތައް ލޯންޗުކޮށްފައިވާއިރު، ބެއިޖިންގްއާއި އެތައް ހާސް މޭލު ދުރުންވެސް ބޭނުންކުރެވޭވަރުގެ […]

ރަޝިއާގައި އިސްލާމީ ބޭންކިންގެ ނިޒާމު ތައާރަފުކުރަނީ

ދެ އަހަރުގެ ޕައިލެޓް ޕްރޮގްރާމެއްގެ ދަށުން ރަޝިއާގައި އިސްލާމިކް ބޭންކިންގެ ނިޒާމު ތައާރަފު ކުރަން ނިންމައިފިއެވެ. މި ޕްރޮގްރާމް ފެށީ ސެޕްޓެމްބަރު މަހުގެ އެއްވަނަ ދުވަހުގައެވެ. 25 މިލިއަން މީހުންގެ ބޮޑު މުސްލިމް އާބާދީއެއް އޮންނަ ރަޝިއާގައި، އިސްލާމީ ވުޒާރާތައް ހުރި ނަމަވެސް، އެގައުމުގެ ސަރުކާރުން އިސްނަގައިގެން އިސްލާމީ މިންގަނޑުތަކާއި އެއްގޮތަށް ހިންގުމަށް މިފަދަ ވުޒާރާއެއް ހުޅުވުމަށް ބާރުއަޅައި، ރަޝިއާގެ ގާނޫނުގެ ތެރެއިން ފުރުސަތު ދީފައިވާ މިއީ ފުރަތަމަ ފަހަރެވެ. ރަޝިއާގައި އިސްލާމީ ބޭންކިންގެ ނިޒާމެއް ހިނގާނެތޯ […]

ސައުދީ ޓީމުގެ ކޯޗަކަށް ރޮބަރޓޯ މަންޗީނީ އައްޔަންކޮށްފި

އިޓަލީ ޓީމުގެ ކުރީގެ މެނޭޖަރުގެ މަގާމު އަދާކޮށްފައިވާ، ރޮބަރޓޯ މަންޗީނީ، ސައުދީ އަރަބިއާގެ ގައުމީ ޓީމުކަމުގެ ކޯޗުކަމާ މިހާރު ހަވާލުވެފައިވާކަމަށް އަންސާ ނިއުސް އޭޖެންސީއިން އާދީއްތަ ދުވަހު ރިޕޯޓުކޮށްފިއެވެ. އޭނާގެ އައު މަގާމާއި ހަވާލުވުމަށްފަހު ތައާރަފުކުރުމަށް ބާއްވާ ފުރަތަމަ ހަފްލާގައި ބައިވެރިވުމަށް މަންޗީނީ ރިޔާޟަށް ފުރުމަށް ހަމަޖެހިފައިވަނީ ހޯމަދުވަހުގައެވެ. އިޓަލީގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާގޮތުގައި މަންޗީނީ ސޮއިކުރާނީ 2027 ވަނަ އަހަރާ ހަމައަށް ދެމިގެންދާނެ އެއްބަސްވުމެއްގައެވެ. އެ އެއްބަސްވުމުގެ ދަށުން އަހަރަކު 25 މިލިއަން ޔޫރޯ ނުވަތަ 27 […]