އެއްމިލިއަން ވަނަ ފަތުރުވެރިޔާ ރާއްޖެ އަތުވެއްޖެ

މިއަހަރު ރާއްޖެއަށް ޒިޔާރަތް ކުރި އެއްމިލިއަން ވަނަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔައިފި އެވެ. ރާއްޖެ އައި އެއްމިލިއަން ވަނަ ފަތުރުވެރިޔަކީ، ޗެކް ރިޕަބްލިކަށް ނިސްބަތްވާ އުމުރުން 29 އަހަރުގެ ޑެނިއެލާ ކިލްނަރޯވާ އެވެ. މިއީ ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށް އޭނާ އައި ތިންވަނަ އަހަރެވެ. ޑެނިއަލާ ރާއްޖެ އައި ފުރަތަމަ ފަހަރު ކުރެއްދޫ ރިސޯޓުގައި ޗުއްޓީ ހޭދަކުރިއިރު ދެވަނަ ފަހަރު ހުރީ އަދާރަން މީދުއްޕަރުގަ އެވެ. މިއަދު ހެނދުނު ގަރަތު އެއާވޭސްގެ ފްލައިޓަކުން ޑެނިއަލް ރާއްޖެ އައިސް […]

އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ހައްޔަރުކުރި ނާޒިމް އާއި ނަޝީދު ދޫކޮށްލައިފި

ބަންލަދޭޝްގެ ޒުވާން އެމްޑީ އަލަމްގީރާ އެކު އެއްޖިންސުން ގުޅުންހިންގަނިކޮށް ސޯޝަލް މީޑިއާގައި ލީކުކޮށްލާފައިވާ ވީޑިއޯތަކުގެ މައްސަލައިގައި ހައްޔަރުކުރި ތިން މީހުން ދޫކޮށްލައިފިއެވެ. ފުލުހުން މިއަދު ބުނީ އެއްޖިންސުން ގުޅުން ހިންގި މައްސަލަތަކުގައި ފުލުހުންގެ ބަންދުގައި ތިބި ތިން މީހަކު ދޫކޮށްލާފައިވާ ކަމަށެވެ. އެމީހުން ބަންދުން ދޫކޮށްލާފައިވަނީ އެމީހުން ބަންދުގައި އިތުރަށް ބައިތިއްބަން ޖެހޭ ސަބަބެއް ނެތް ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ނިންމުމުންނެވެ. ބަންދުން ދޫކޮށްލާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮށްކޮ ނާޒިމް އަބްދުއްސައްތާރާއި […]

މޫދަށް ކުނި އެޅުމުން ތުލުސްދޫ ކައުންސިލަށް ބޮޑު ޖޫރިމަނާއެއް

މޫދަށް ކުނި އެޅުމުން ކ. ތުލުސްދޫ ކައުންސިލް އިދާރާ ޖޫރިމަނާކޮށްފިއެވެ. އެންވަޔަރުމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބުނީ، ތުލުސްދޫ ކައުންސިލުން ކާބޯތަކެތީގެ ކުނި އަޅާ ޑަސްބިންތަކުގައިވާ ކުނިތައް މޫދަށް އަޅަމުންދަނީ ކުނި މެނޭޖްކުރުމާބެހޭ ގަވާއިދާ ހިލާފަށް ކަމަށެވެ. އެހެންކަމުން ކުނި މެނޭޖުކުރުމާބެހޭ ގަވާއިދާ ތުލުސްދޫ ކައުންސިލުން ހިލާފުވެފައިވާތީ އެކަމުގެ ފިޔަވަޅެއްގެ ގޮތުން އެ ކައުންސިލް 45،000 ރުފިޔާއިން ޖޫރިމާނާ ކޮށްފައިވާ ކަމަށް އީޕީއޭއިން ބުންޏެވެ. ޖޫރިމާނާގެ އެ ފައިސާ އިއްޔެއިން ފެށިގެން 30 ދުވަހުގެ ތެރޭގައި […]

އުރީދޫގެ އާ ލޯގޯއާއި ޓެގްލައިޓް ރާއްޖެއަށް ތައާރަފްކޮށްފި

މެދުއިރުމައްޗާއި އުތުރު އެފްރިކާ އަދި ދެކުނު އޭޝިއާގައި މުވާސަލާތީ ހިދުމަތް ދެމުން އަންނަ އުރީދޫ ގްރޫޕް ރީބްރޭންޑްކޮށްފިއެވެ. އިއްޔެ ވަނީ އުރީދޫގެ އާ ލޯގޯ އާއި ޓެގްލައިންވެސް ރާއްޖެއަށް އިފްތިތާހްކޮށްފައެވެ. އަޕްގްރޭޑް ކޮށްފައިވާ އުރީދޫގެ ލޯގޯ ރާއްޖޭގައި ރަސްމީކޮށް އިފުތިތާހުކޮށްދެއްވީ އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ހާލިދް ހަސަން އަލް ހަމީދީއެވެ. އެ ލޯގޯ އިފްތިތާހްކޮށްފައިވަނީ، މާލޭ ފަތާ ޓްރެކް ސަރަހައްދުގައި ބޭއްވި މޫދުގެ ހަރަކާތްތަކެއްގައެވެ. އުރީދޫން ބުނީ އެކުންފުނީގެ އާ ޓެގްލައިން ”އަޕްގްރޭޑް […]

ރޭޕްގެ ޝިކާރައަކަށްވި ކަމަށް ބުނާ އާލާ: ރޭޕްކުރީ ސޯފާގައި، ކުރެވުނުހާވެސް ކަމަކީ ރުއިން!

“ އޭނާ އަހަރެންގެ ފައިގައި ބައްދައި، އަހަރެން އުފުއްލައިގެން ގެންގޮސް ސޯފާއަށް އެއްލައިލީ، އަހަރެން ހަޅޭލަވައި އޭނާ ދުރުކުރަން މަސައްކަތް ކުރަމުންދަނިކޮށް އޭނާ ގަދަކަމުން އަހަރެން ލައިގެން ހުރި ހެނދުން ބޭލުވީ، ދެެން އެއަށް ފަހު އަހަރެން އަޑިން ލައިގެން ހުރި އެއްޗެހި ގަދަކަމުން ބޭލުމަށް ފަހު އަހަރެން ރޭޕްކުރީ“ މިއީ މިފަހުން މާލޭގައި ރޭޕްގެ ޝިކާރައަކަށްވިކަމަށް ބުނާ އާލާ މުހައްމަދު އޭނާގެ ވާހަކަތައް ޓުވިޓާއަށް ބަންޑުންކޮށްލަމުން ބުނެފައިވާ ޖުމުލައެކެވެ. އާލާ ބުނާ ގޮތުގައި އޭނާ ރޭޕްކުރީ، […]

ޔޯގާ ހަމަނުޖެހުން: އިތުރު ބަޔަކު ދޫކޮށްލައިފި

ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަަކުރުމަށް ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތް ހުއްޓުވައި ހަމަނުޖެހުން ހިންގި މައްސަލައިގައި ހައްޔަރުކުރި އިތުރު ހަތަރު މީހަކު މިއަދު ދޫކޮށްލައިފިއެވެ. ޔޯގާ ހަމަނުޖެހުމާ ގުޅިގެން 25 ވުރެ ގިނަ މީހުން ހައްޔަރުކުރިއެވެ. ފުލުހުން މިއަދު ބުނީ، އޭގެ ތެރެއިން ބައެއް މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް މިއަދު ހާޒިރުކުރުމުން އޭގެ ތެރެއިން ހަތަރު މީހަކު ޝަރުތުތަކާއެކު ދޫކޮށްލައިފައިވާ ކަމަށެވެ. ޔޯގާ ހަމަނުޖެހުމުގެ މައްސަލައިގައި ހައްޔަރުކުރި މީހުންގެ ތެރޭގައި ޝައިހް ފަޒްލޫން […]

މާލޭގައި އަންހެނަކު ރޭޕްކުރި މައްސަލައެއް ބަލަނީ

މާލޭ ސިޓީގައި އަންހެނަކު ރޭޕުކުރި މައްސަލަ ފުލުހުން ތަހުގީގުކުރަން ފަށައިފިއެވެ. އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ އިއްޔެއެވެ، ނަމަވެސް އެ މައްސަލައާ ގުޅޭ އިތުރު މައުލޫމާތު ފުލުހުން ހާމައެއް ނުކުރެއެވެ. ރޭޕްގެ ޝިކާރައަކަށްވި ކަމަށް ބެލެވޭ އަންހެން މީހާ މިއަދު ވަނީ އެކަން ހިނގައިދިޔަ ގޮތް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ. އޭނާ މިއަދު ކުރި ޓުވީޓެއްގައި ބުނީ، އޭނާ އާއި އޭނާގެ ލޯބިވެރިޔާ ދިޔައީ އަށް ވަރަކަށް މީހުންގެ ”ގެޓްޓުގެދާ“ އަކަށް ކަމަށެވެ. ގެޓްޓުގެދާ ނިމުމުން އެވަގުތު […]

ރާއްޖެ ދޫކޮށް ދިއުމުގެ ބިރު އޮތުމުން އަލްމިގިރިއާއެކު އެއްޖިންސުން ގުޅުން ހިންގި 18 މީހެއްގެ ޕާސްޕޯޓް ހިފަހަށްޓައިފި

ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އެމްޑީ އަލަމްގިރިއާއެކު އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި 18 މީހެއްގެ ޕާސްޕޯޓު ހިފަހައްޓައިފިއެވެ. ފުލުހުން މިއަދު ބުނީ، އެ މައްސަލައާ ގުޅިގެން 18 މީހެއްގެ ޕާސްޕޯޓު ހިފަހައްޓާފައިވާ ކަމަށެވެ. އެމީހުންގެ ޕާސްޕޯޓް ހިފެހެއްޓީ ވީޑިއޯ ދެނެގަނެ ތަހުގީގު ހިންގާއިރު، ރާއްޖެއިން ބޭރަށް ފުރައިގެން ހިނގައިދާނެ ކަމުގެ ބިރު އޮތުމުންނެވެ. އަލަމްގީރާއެކު އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ފުލުހުން ވަނީ މީގެ ކުރިން ރައްޔިތުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ […]

ޝަރުތުތަކާއެކު ޝައިހް ނިޝާން ބަންދުން ދޫކޮށްލައިފި

ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތް ހުއްޓުވައި ހަމަނުޖެހުން ހިންގި މައްސަލައިގައި ހައްޔަރުކުރި ޝައިހްޝައިހް އާދަމް ނިޝާން ބިން އަލީ އާދަމް ބަންދުން ދޫކޮށްލައިފިއެވެ. ޝައިހް ނިޝާންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ޝައިހް ނިޝާން ދޫކޮށްލަން ކޯޓުން ނިންމީ ޝަރުތުތަކަކާއެކުގައެވެ. އޭގެ ތެރޭގައި މާލެއިން ބޭރަށް ވަޑައިނުގަތުމުގެ އިތުރުން ފޯނު ނަންބަރު ބަދަލުވެއްޖެ ނަމަ އެންގުމަށާއި ތަހުގީގަށް އެއްބާރުލުން ދިނުން ހިމެނެއެވެ. ކްރިމިނަލް ކޯޓުން ޝައިހް ނިޝާން ބަންދުކުރުމުން […]

ޝިއާއުގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހަދަނީ

ހ. ޝީރީންވިލާގެ ނުވަ ވަނަ ފަންގިފިލާގައި ހުރި އެޕާޓުމެންޓުގައި އަނިޔާވެރިގޮތަކަށް މަރާލާފައި އޮއްވައި ފެނުނު އުމުރުން 22 އަހަރުގެ ޝިއާއު މުހައްމަދު ސައީދު (ޝިއާ)ގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދުމަށް ނިންމައިފިއެވެ. އިސްކަންދަރުކޮށީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މޭޖާ ކްރައިމް އިންވެސްޓިގޭޝަންގެ ހެޑް ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު ވިދާޅުވީ، ޝިއާއު މަރާލި ސަބަބު ދެނެގަތުމަށް ޕޯސްޓްމޯޓަމް ހެދުމަށް ފޮނުވުމަށް ނިންމާފައިވާ ކަމަށެވެ. ޝިއާއުގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ފޮނުވަނީ އިންޑިއާއަށެވެ. ޝިއާއުގެ ހަށިގަނޑު […]