ރޭޕްގެ ޝިކާރައަކަށްވި ކަމަށް ބުނާ އާލާ: ރޭޕްކުރީ ސޯފާގައި، ކުރެވުނުހާވެސް ކަމަކީ ރުއިން!

Loading

Facebook
Twitter
WhatsApp
އަންހެނެއްގެ ފޮޓޯއެއް-- ފޮޓޯ: ވޭލް އޮންލައިން

“ އޭނާ އަހަރެންގެ ފައިގައި ބައްދައި، އަހަރެން އުފުއްލައިގެން ގެންގޮސް ސޯފާއަށް އެއްލައިލީ، އަހަރެން ހަޅޭލަވައި އޭނާ ދުރުކުރަން މަސައްކަތް ކުރަމުންދަނިކޮށް އޭނާ ގަދަކަމުން އަހަރެން ލައިގެން ހުރި ހެނދުން ބޭލުވީ، ދެެން އެއަށް ފަހު އަހަރެން އަޑިން ލައިގެން ހުރި އެއްޗެހި ގަދަކަމުން ބޭލުމަށް ފަހު އަހަރެން ރޭޕްކުރީ“ މިއީ މިފަހުން މާލޭގައި ރޭޕްގެ ޝިކާރައަކަށްވިކަމަށް ބުނާ އާލާ މުހައްމަދު އޭނާގެ ވާހަކަތައް ޓުވިޓާއަށް ބަންޑުންކޮށްލަމުން ބުނެފައިވާ ޖުމުލައެކެވެ.

އާލާ ބުނާ ގޮތުގައި އޭނާ ރޭޕްކުރީ، މުސްތަފާ ހުސައިން ނަމަކަށް ކިޔާ މީހެކެވެ. އެއީ ކޮން ރަށެއްގެ ކާކުކަން ނޭނގެއެެވެ. ނަމަވެސް އެމީހާގެ ފޮޓޯ އާއްމުކޮށް އާލާވަނީ އޭނާ ރޭޕްކުރި ހާދިސާ ކިޔައިދީފައެވެ.

އާލާ ބުނިގޮތުގައި އޭނާ ރޭޕްކުރީ، މިމަހުގެ ފަސް ވަނަ ދުވަހު، އޭނާގެ ލޯބިވެރިޔާއާއެކު ދިޔަ ”ގެޓްޓުގެދާ“ އެއްގެ ތެރެއިންނެވެ. އެ ބައްދަލުވުމުގައި 8 މީހުން ތިބިއިރު، އޭގެ ތެރޭގައި ދެޖިންސުގެ މީހުންވެސް ހިމެނެއެވެ. އާލާ ބުނި ގޮތުގައި މުސްތަފާ އޭނާ ރޭޕްކުރީ އޭނާގެ ލޯބިވެރިޔާ އެތަނުގައި ހުރި އެހެން އަންހެނެއް ގެއަށް ލާދޭން ދިޔަ ވަގުތުއެވެ.

”އެއިރު އެތަނުގައި ތިބީ އަހަރެމެން ދެމީހުން އެކަނި“ އާލާ ބުންޏެވެ.

އާލާ ބުނި ގޮތުގައި ގަދަކަމުން މުސްތަފާ އޭނާ ރޭޕްކުރުމުން އޭނާއަށް ހުރެވުނީ ޝޮކެއްގައެވެ. ލޯބިވެރިޔާ އެނބުރި އައިއިރުވެސް ހުރެވުނީ އެގޮތަށެވެ. ވާހަކައެއް ނުދެއްކެއެވެ. ކުރެވުނުހާވެސް ކަމަކީ ރުއިމެވެ.

”ދެން ބޯއިފްރެންޑް އަހަރެން ގޮވައިގެން ދިޔައީ ގެއަށް. އަދި އޭނާއަށް ހުރިހާ ކަމެއް ކިޔައިދިނީ“ އާލާ ބުންޏެވެ.

އާލާ ބުނިގޮތުގައި އެ މައްސަލަ ރިޕޯޓުކުރުމަށް ފުލުހަށް ދިއުމުން ފުލުހުން ވަނީ އޭނާ ލައިގެން ހުރީ ކުރު ސްކާޓެެއްތޯ ބަލައިފައި ކަމަށެވެ. އަދި އެންމެ ފަހުން މައްސަލައަކަށްވީ ސްކާޓުތޯ އާލާ ވަނީ ސުވާލު އުފައްދައިފައެވެ.

”ދުވަސް ނިމޭއިރު މައްސަލައަކަށްވާނީ ސްކާޓް، ރޭޕިސްޓެއް ނޫން. އަހަރެންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދޭން ތިބި އޮތޯރިޓީން އަހަރެންނަށް ކައިރީ މި އަހަނީ އަހަރެން ލައިގެން ހުރީ ކޮންއެއްޗެއްތޯ. އަހަރެންނަކަށް ނޭނގެ މިކަމުން ހާސިލްވާނެ ކަމެއް، އަދި އިންސާފު ލިބޭނެ ކަމެއްވެސް“ އާލާ ބުނެފައިވެއެވެ.

އާލާ ވަނީ އޭނާއަށް އިންސާފު ހޯދައިދިނުމަށް އާއްމުންގެ އެހީއަށް އެދިފައެވެ. ފުލުހުން ވަނީ މާލޭގައި އަންހެނަކު ރޭޕްކުރި ކަމަށް ބުނާ މައްސަލައެއް އިއްޔެއިން ފެށިގެން ބަލަމުން އަންނަ ކަމަށް ބުނެފައެވެ.

Loading

2 Responses

  1. Anhenun ves iffaiytherikoh ulhen vejje hiley firihenun naaieku than than dhiumun ginafaharu libifaa vanee gellun, khaasakoh mizamaanugaa firihenun nah ithubaaru kuraakah nuvaane, indhegen ulhey dmafirin ves mihaaru midhanee thibaavathuge faahish amalu thakugaa jehemun.

  2. ކުރިމަތި ފަރާތް ސޭލް އަޅުވާގެން ފިރިހެނެއާ ކުރިމަތީގައި އަންހެނަކު ހުންނަ އިރު ގޮތެއް ނުވެހުންނާނީ ހިއްސާ ކެނޑިފަ ހުރިމީހަކަށް ތިމާގެ ޢިއްޒަތާ އަބުރު ރައްކާތެރި ކުރާނީތިމާ އޮރިޔާމުން ތިބެ ޕާޓީ ކުރަން ގޮސް ކެވުނު އެއްޗެއް ކައި ބޮވުނު އެއްޗެއް ބޮއިފަ ފެން ކޮން ރޭޕެކޭ ކިޔާކަށް ކުރާކަށް ނުޖެހޭ މީ ގައުމުގެ މިހާރުގެ ހާލަތު

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް