ޔޯގާ ހަމަނުޖެހުން: އިތުރު ބަޔަކު ދޫކޮށްލައިފި

Loading

Facebook
Twitter
WhatsApp

ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަަކުރުމަށް ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތް ހުއްޓުވައި ހަމަނުޖެހުން ހިންގި މައްސަލައިގައި ހައްޔަރުކުރި އިތުރު ހަތަރު މީހަކު މިއަދު ދޫކޮށްލައިފިއެވެ.

ޔޯގާ ހަމަނުޖެހުމާ ގުޅިގެން 25 ވުރެ ގިނަ މީހުން ހައްޔަރުކުރިއެވެ.

ފުލުހުން މިއަދު ބުނީ، އޭގެ ތެރެއިން ބައެއް މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް މިއަދު ހާޒިރުކުރުމުން އޭގެ ތެރެއިން ހަތަރު މީހަކު ޝަރުތުތަކާއެކު ދޫކޮށްލައިފައިވާ ކަމަށެވެ.

ޔޯގާ ހަމަނުޖެހުމުގެ މައްސަލައިގައި ހައްޔަރުކުރި މީހުންގެ ތެރޭގައި ޝައިހް ފަޒްލޫން ބިން މުހައްމަދާއި ޝައިހް އާދަމް ނިޝާން ބިން އަލީ އާދަމްގެ އިތުރުން ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއިލް ހިމެނެއެވެ. ނަމަވެސް އެ އެންމެންވެސް މިހާރު ވަނީ ދޫކޮށްލައިފައެވެ.

ޔޯގާ ހަމަނުޖެހުމުގެ މައްސަލައަކީ ފުލުހުން ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުން އަންނަ މައްސަލައެކެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް