ރާއްޖެ ދޫކޮށް ދިއުމުގެ ބިރު އޮތުމުން އަލްމިގިރިއާއެކު އެއްޖިންސުން ގުޅުން ހިންގި 18 މީހެއްގެ ޕާސްޕޯޓް ހިފަހަށްޓައިފި

Loading

Facebook
Twitter
WhatsApp

ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އެމްޑީ އަލަމްގިރިއާއެކު އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި 18 މީހެއްގެ ޕާސްޕޯޓު ހިފަހައްޓައިފިއެވެ.

ފުލުހުން މިއަދު ބުނީ، އެ މައްސަލައާ ގުޅިގެން 18 މީހެއްގެ ޕާސްޕޯޓު ހިފަހައްޓާފައިވާ ކަމަށެވެ. އެމީހުންގެ ޕާސްޕޯޓް ހިފެހެއްޓީ ވީޑިއޯ ދެނެގަނެ ތަހުގީގު ހިންގާއިރު، ރާއްޖެއިން ބޭރަށް ފުރައިގެން ހިނގައިދާނެ ކަމުގެ ބިރު އޮތުމުންނެވެ.

އަލަމްގީރާއެކު އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ފުލުހުން ވަނީ މީގެ ކުރިން ރައްޔިތުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު ނާޒިމް އަބްދުއްސައްތާރުގެ ޕާސްޕޯޓާއި ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދުގެ ޕާސްޕޯޓު ހިފަހައްޓައިފިއެވެ. އަދި އަލަމްގީރްގެ ޕާސްޕޯޓްވެސް ވަނީ ހިފަހައްޓައިފައެވެ.

އަލްމިގިރިއާއެކު އެއްޖިންސުން ގުޅުން ހިންގި ބައެއް މީހުންގެ ވީޑިއޯތައް އާއްމުވެފައިވާއިރު، އިސްލާމިކް މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު އިބްރާހިމް ރާފިއު ކަމަށް ބެލެވޭ މީހަކު އަލަމްގިރިއާއެކު އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯއެއް އާއްމުވުމުން އޭނާ ވަނީ މަގާމުން ވަކިކޮށްފައެވެ.

އަލަމްގީރްއާއެކު އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި އޭނާގެ އިތުރަށް މިހާތަނަށް ހައްޔަރުކޮށްފައިވަނީ ތިން މީހުންނެވެ. އެއީ ނާޒިމް އާއި ނަޝީދުގެ އިތުރުން ފުލުހުންގެ ޑީއީޑީގައި މަސައްކަތްކުރާ ފުލުހެކެވެ. .

Loading

2 Responses

  1. ތިއެންމެން ގައުމު ދޫކޮށް ދިއުމުން އަހަރެމަނަށް ކޮން ގެއްލުމެއްތޯ އޮތީ؟ ވެރިކަމުގެ ބާރާއި ސިޔާސީ ރަންޑީންގެ ބާރުގައި ތި ގިރިއަށް އެރި ގިނަމީހުން ދުވަސްކޮޅަކުން ތިބޭނީ މިހާރަށްވުރެވެސް އުހުގައެވެ. އެއީ ދިވެހިރާއްޖޭގެ ޙާލަތެވެ. މިއަދު ވެރިކަމުގައި ތިބި ގިނަމީހުންނަކީ މަގުމަތީ ފެންފޯށްރުއް ކަނޑަން އުޅުނު މީހުނާއި 8 ފެބް ގައި ދައުލަތުގައި ހުޅުޖެހި މުޖުރިމުން ނޫންބާއްވައެވެ؟ އެހެންވީމާ މާ އަދުލު އިންސާފު ދައްކަން ސަރުކާރުން 18 މީހުންގެ ޕާސްޕޯޓް ހިފައްޓައިފީމޭ ބުނީ ނަށާކަށް މަ ނެތީމެވެ. ވަރަށް ސަލާމް!

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް