ބޮޑުތިލަދުންމަތިން ރައީސް ޔާމީނަށް ރަސްކަލުންނަށް އަރުވާފަދަ މަރުހަބާއެއް!

އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ ލީޑަރު އަދި ކުރީގެ ރައީސް އަަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ބޮޑުތިލަދުންމައްޗަށް މިއަދު ވަޑައިގެންފިއެވެ. ރައީސްގެ މި ދަތުރުފުޅުގައި ފުރަތަމަ ވަޑައިގެންނެވީ ހަނިމާދުއަށެވެ. ހަނިމާދޫ އެއާޕޯޓުގައިވެސް ޕީޕީއެމްގެ ބައެއް އިސްވެރިންނާއި އެޕާޓީގެ ސަޕޯޓަރުން ވަނީ އެމަނިކުފާނަށް ހޫނު މަރުހަބާއެއް ދަންނަވައިފައެވެ. ހަނިމާދުއަށް ފަހު ރައީސް ޔާމީން ވަނީ މިއަދުގެ ހަވީރުގެ ވަގުތެއްގައި އިހަވަންދުއަށް ވަޑައިގެންފައެވެ. އިހަވަންދުއިން ރައީސް ޔާމީނަށް ވަނީ ރަތްދޫލައިގެ މަރުހަބާއަކާއެކު ރަސްކޮއިލުގެ މަރުހަބާއެއް އަރުވައިފައެވެ. އިހަވަންދޫގައި މިރޭ ބާއްވާ ޕީޕީއެމްގެ […]
”ދިވެހި މީޑިއާގެ އަހުލާގީ މިންގަނޑު“ އިފްތިތާހުކޮށްފި

މޯލްޑިވްސް މީޑިއާ ކައުންސިލުން އެކުލަވާލި ”ދިވެހި މީޑިއާގެ އަހުލާގީ މިންގަނޑު“ އިފްތިތާހްކޮށް މީޑިއާތަކުން ސޮއިކޮށްފިއެވެ. ދިވެހި މީޑިއާއިން އަމަލުކުރުމަށް، މޯލްޑިވްސް މީޑިއާ ކައުންސިލުގެ ގާނޫނުގެ ދަށުން، އެކުލަވައިލާފައިވާ ”ދިވެހި މީޑިއާގެ އަހްލާގީ މިންގަނޑު“ އިފްތިތާހު ކުރުމަށް 60 ވުރެ ގިނަ އޮންލައިން، ޕްރިންޓް އަދި ބްރޯޑްކާސްޓިން މީޑިއާތަކުން ބައިވެރިވިއެވެ. ދިވެހި މީޑިއާ ފަންނުގެ ހުރިހާ މަސައްކަތެއްގައި އަބަދުވެސް ހިފަހައްޓާނެ މައިގަނޑު ހަމަތައް: އިސްލާމް ދީނާއި ދިވެހި ޖުމްހޫއްރިއްޔާގެ ގާނޫނުއަސާސީއާއި ގާނޫނުތަކަށް ހުރުމަތްތެރިކޮށް ހިތުން.އާންމުންނަށް ހަގީގަތް އެނގުމުގެ ހައްގަށް […]
ޝާހިލްގެ މައްޗަށް މަރުގެ ދައުވާ ސާބިތުކުރެވޭ ވަރަށް ހެކި އެބަހުރި، މޯޓިވް އަދިވެސް ނުހޯދޭ: ފުލުހުން

މިދިޔަ އޮގަސްޓް މަހުގެ ހަތް ވަނަ ދުވަހު ހ. ސީރީންވިލާގެ އެޕާޓްމަންޓެއްގެ ތެރޭގައި އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވައި ފެނުނު ޝިއާއު މުހައްމަދު ސައީދުގެ މަރުގެ މައްސަލައިގައި ކުށުގެ ވެށިން ހައްޔަރުކުރި އަލީ ޝާހިލްގެ މައްޗަށް މަރުގެ ދައުވާ ސާބިތު ކުރެވޭ ވަރަށް ހެކި އެބަހުރި ކަމަށް ފުލުހުން މިއަދު ބުނެފިއެވެ. ޝިއާއު މަރާލާފައި އޮއްވައި ފެނުނީ މިދިޔަ އޮގަސްޓު މަހުގެ ހަތްވަނަ ދުވަހު ހ. ޝީރީންވިލާ ގޭގެ ނުވަވަނަ ބުރީގައި ހުރި އެޕާޓުމަންޓެއްގެ ތެރެއިންނެވެ. ޝިއާއުގެ […]
ބޮޑު ސަރަހައްދަކަށް 50 މޭލަށް ވައި ގަދަވާނެ: މެޓް އޮފީސް

މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ރޭ ފަތިހު ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ނެރެފައި އޮތް ޔެލޯ އެލާޓް މިއަދު ހެނދުނު ދަންމާލައިފިއެވެ. ރީނދޫ އެލާޓް ނެރެފައިވާ ސަރަހައްދުތަކުގައި ނުވަ މީޓަރުން ދަށުގެ އުޅަނދު ފަހަރުގައި ފަސިންޖަރުން އުފުލުމާއި އަދި ސަލާމަތީ ހިދުމަތްދޭ ފަރާތްތަކެއްގެ އުޅަނދު ފިޔަވައި އެސައިޒްގެ އެހެން އުޅަނދެއް ދުއްވުން ވެސް މަނާ ވާނެއެވެ. މިހާރު ވަނީ ޔެލޯ އެލާޓްގެ ވަގުތު މިއަދު 13:00 އާއި ހަމައަށް އިތުރު ކޮށްފައެވެ. މެޓް އޮފީހުން ބުނެފައި […]
މަސްވެރިންނަށް ސަރުކާރުން އިހުމާލުވާތީ އިދިކޮޅުން މަސްމާރުކޭޓު ސަރަހައްދަށް އެއްވަނީ

ސަރުކާރުން މަސްވެރިންނާ ގުޅޭ ވައުދުތައް ފުއްދަމުން ނުދާ ކަމަށް ބުނެ އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މާދަމާ މަސް މާރުކޭޓު ސަރަހައްދުގައި އިހުތިޖާޖު ކުރަން ނިންމައިފި އެވެ. އިދިކޮޅު ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޕީޕީއެމްގެ ކައުންސިލް މެމްބަރު އަދި ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލް ވިދާޅުވީ، މަސްވެރިންގެ ހައްގުތައް ހިމާޔަތް ކުރުމަށްޓަކައި މާދަމާ ހަވީރު 4:00 ގައި މަސް މާރުކޭޓަށް އެއްވާން ނިންމާފައިވާ ކަމަށާއި އެ ހަރަކާތުގައި ވީހާވެސް […]
ނާޒިމަށް ދިން އަދަބު ކުޑަވެގެން ހައި ކޯޓަށް

އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ގާނޫނީ ވަކީލު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސްއ ނާޒިމް ސައްތާރަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ތިން މަހާއި 26 ދުވަހުގެ ގޭ ބަންދު ހުކުމް ޕްރެސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ހައި ކޯޓުގައި އިސްތިއުނާފުކޮށްފިއެވެ. ނާޒިމަށް ދިން އަދަބު ކުޑަވެގެން ޕީޖީ އޮފީހުން އެ މައްސަލަ ހައި ކޯޓަށް ހުށަހަޅާފައިވަނީ މިއަދުއެވެ. އެ މައްސަލަ ބަލައިގަތުމާ މެދު ހައި ކޯޓުން އަދި ގޮތެއް ނިންމާފައެއް ނުވެއެވެ. ބަންގުލަދޭޝްގެ ރައްޔިތެއްކަމަށްވާ އެމްޑީ އަލަމްގީރާއެކު […]
ހުޅުމާލޭ ބީޗް ފްރަންޓުން ބިން ގަތުމަށް ހުށަހެޅި މީހުންނާއި އަގުތައް އާންމުކޮށްފި

ހުޅުމާލޭ ދެ ވަނަ ފިޔަވަހީގެ ބީޗު ފްރަންޓުން ވިއްކަން ހައުސިން އެޗްޑީސީން އިއުލާނު ބިންތައް ގަތުމަށް ހުށަހެޅި ފަރާތްތަކާއި އެ ފަރާތްތަކުން ހުށަހެޅި އަގުތައް އެކުންފުނިން އާއްމުކޮށްފިއެވެ. ހުޅުމާލެ ދެވަނަ ފިޔަވަހިން ދިރިއުޅުމަށް 1،095.05 އަކަފޫޓާއި 2،588.14 އަކަފޫޓުގެ ޖުމްލަ 74 ބިމެއް ވިއްކަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން އިއުލާނުކުރީ މިދިޔަ އޮގަސްޓު 18 ވަނަ ދުވަހުއެވެ. އެޗްޑީސީން ކުރި އިއުލާނެއްގައި ބުނެފައި އޮތީ އަތިރިމަތީ ފަރާތުން ބީލަމަށް ހުޅުވާލި 22 ބިމަށް އަގު ކިޔާފައި ވަނީ […]
ދުބާއީން ރާއްޖެ އައި މީހެއްގެ ލަގެޖުގައި 12 މިލިއަން ރުފިޔާގެ މަސްތުވާތަކެތި

ވައިގެ މަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 12 މިލިޔަން ރުފިޔާގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސްއިން އަތުލައިގެންފިއެވެ. ކަސްޓަމްސްއިން މިއަދު ބުނީ، އެތަކެތި އަތުލައިގެންފައިވަނީ މިމަހުގެ އެއްވަނަ ދުވަހު ވައިގެ މަގުން ދުބާއީ އިން ރާއްޖެ އައި ޕާކިސްތާނުގެ ފިރިހެން ރައްޔިތެއްގެ ލަގެޖުން ކަމަށެވެ. ޕާކިސްތާނުގެ 48 އަހަރުގެ މީހާގެ ލަގެޖުން ފެނުނު ތަކެތި ތަހުލީލު ކުރިއިރު ހެރޮއިންއަށް ވަނީ ޕޮޒިޓިވްވެފައެވެ. އެތަކެތީގެ ބަރުދަނުގައި 10 ކިލޯ ހުރި ކަމަށް ކަސްޓަމްސްއިން ބުންޏެވެ. އަތުލައިގަތް މަސްތުވާތަކެތީގެ މަގުމަތީ އަގު […]
ވެލިދޫގައި ބޮޑު މާރާމާރީއެއް: އެކަކުގެ ބުރަކަށްޓަށް ތޫނު އެއްޗަކުން ހަމަލާދީ ޒަަހަމްކޮށްލައިފި

ނ. ވެލިދޫގައި ޒުވާނުންތަކެއްގެ މެދުގައި ހިންގި މާރާމާރީއެއްގައި އެކަކުގެ ބުރަކަށްޓަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފިއެވެ. މި މާރާމާރީ ހިންގާފައިވަނީ ރޭ ދަންވަރުގެ ވަގުތެއްގައެވެ. ”ސަންދާނަށް“ އެނގިފައިވާ ގޮތުގައި މި މާރާމާރީ ހިނގާފައިވަނީ އެކުގައި އުޅޭ ބައެއްގެ މެދުގައި ޖެހުނު މައްސަލައެއް ހޫނުވުމުންނެވެ. މި މާރާމާރީގައި، އެކަކުގެ ބޮލަށާއި ބުރަކަށްޓަށް ހަމަލާދީ ޒަހަމްކޮށްލައިފައިވެއެވެ. ”ބުރަކަށްޓަށް ހުރީ ތޫނު އެއްޗަކުން ހަމަލާދީފައި. އެކަމުގެ ސަބަބުން ހިނގައި ނުހެނދޭ“ މައުލޫމާތު އެނގޭ ފަރާތަކުން ބުންޏެވެ. މާރާމާރީގައި ޒަހަމްވި މީހާ އިތުރު […]
ޑެންގޫ ޖެހިގެން ތޮއްޑޫ ޒުވާނަކު މަރުވެއްޖެ

ޑެންގީ ހުން ޖެހިގެން ފަރުވާ ދެމުން ދިޔަ ޒުވާނަކު މެރުވެއްޖެއެވެ. އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދެމުންދަނިކޮށް މިއަދު ހެނދުނުގެ ވަގުތެއްގައި މަރުވެފައި ވަނީ އއ. ތޮއްޑޫ، ރަންމުތް، އާދަމް ވިޔާމު (19 އ)އެވެ. ވިޔާމުގެ ޖަނާޒާ ބޭއްވުމަށް ހަމަޖައްސާފައިވަނީ މިއަދުގެ އަސުރު ނަމާދަށްފަހު އާ ސަހަރާގައެވެ. އިއްޔެވެސް ވަނީ ޑެންގީ ގުން ޖެހިގެން އަސް އަހަރުގެ ކުއްޖަކު މަރުވެފައެވެ. އެ ކުއްޖާ މަރުވީ އައިޖީއެމްއެޗުގައި ފަރުވާދެމުން ދަނިކޮށެވެ. ހެލްތް މިނިސްޓްރީގެ ތަފާސް ހިސާބުތަކަށް ބަލާއިރު މި އަހަރު […]