މަސްވެރިންނަށް ސަރުކާރުން އިހުމާލުވާތީ އިދިކޮޅުން މަސްމާރުކޭޓު ސަރަހައްދަށް އެއްވަނީ

Loading

Facebook
Twitter
WhatsApp

ސަރުކާރުން މަސްވެރިންނާ ގުޅޭ ވައުދުތައް ފުއްދަމުން ނުދާ ކަމަށް ބުނެ އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މާދަމާ މަސް މާރުކޭޓު ސަރަހައްދުގައި އިހުތިޖާޖު ކުރަން ނިންމައިފި އެވެ.

އިދިކޮޅު ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޕީޕީއެމްގެ ކައުންސިލް މެމްބަރު އަދި ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލް ވިދާޅުވީ، މަސްވެރިންގެ ހައްގުތައް ހިމާޔަތް ކުރުމަށްޓަކައި މާދަމާ ހަވީރު 4:00 ގައި މަސް މާރުކޭޓަށް އެއްވާން ނިންމާފައިވާ ކަމަށާއި އެ ހަރަކާތުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަށް އެދޭ ކަމަށެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި މުހައްމަދު އިސްމާއިލް ވިދާޅުވީ، މި ސަރުކާރުން ވެރިކަމަށް އައަީ މަސްވެރިންނަށް ބޮޑެތި ވައުދުތަކެއް ވެގެން ކަމަށާއި ނަމަވެސް، މަސްވެރި އާއިލާތައްވީ އިތުރަށް ނިކަމެތި ކަަމަށް ވިދާޅުވިއެވެ.

މުހައްމަދު އިސްމާއިލް ވިދާޅުވީ، ސަރުކާރު ޖަވާބުދާރީކުރުމަށް އިދިކޮޅުން ފަސްނުޖެހޭނެ ކަމަށެވެ.

މި ދުވަސްވަރު މަސްވެރިކަން ރަނގަޅުވެފައިވާއިރު، އައިސް ނުލިބުމާއި ބާނާ މަސްކޮޅު ނުކިރޭ ކަމުގެ ޝަކުވާ ގިނަ މަސްވެރިން ކުރެއެވެ،.

Loading

One Response

  1. މަސްވެރީންގެ ޖީބަށް ޑޮލަރު ނުވަދޭތަ؟ އަމިއްލަ ފަރާތްތަކަށް ބޭރު މީހުންނާއި ގުޅިގެން މަސް ގަނެވޭނެގޮތް ހެދިގެން ނޫނީ މަސްވެރީންނަށް އެކަށީގެންވާ ގޮތެއްގައި މަސްކިރުމުގެ ޙައްލެއް ނުލިބޭނެކަން މިހާރު އެނގެން ވެއްޖެއެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް