މަައްސަލަތައް ތަހުގީގުކުރުން ލަސްވަނީ ދައުލަތުގެ މުއައްސަސާތަކުން ޖަވަބުދާރީ ނުވާތީ

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އަށް ހުށަހެޅޭ މައްސަލަތައް ތަހުގީގުކޮށް ނިންމުން ލަސްވަނީ ދައުލަތުގެ އެހެން މުއައްސަސާތަކުން މައުލޫމާތު ދިނުން ލަސްކޮށް އަދި ލިިބިނުދޭތީ ކަމުގައި އެ ކޮމިޝަނުން ބުނެފިއެވެ. އެކޮމިޝަނުގެ މިދިޔަ އަހަަރުގެ ރިޕޯޓްގައި މިގޮތަށް ހާމަކޮށްފައިވެއެވެ. އެ ރިޕޯޓްގައި ހާމަކޮށްފައިވާ ގޮތުން ހިއުމަން ރައިޓްސް ކޮމިޝަނުގެ ގާނޫނާއި 2013 ވަނަ އަހަރުގެ އެންޓި ޓޯޗާ ގާނޫނުގެ ދަށުން މައްސަލަތައް ތަހުގީގު ކުރުމުގައި ކޮމިޝަނަށް ތަފާތު ގޮންޖެހުންތައް ހުރިކަމަށް ބުނެފާވެއެވެ. ވަރަށްގިނަ […]
މިފަހަރު މައްސަލަ ހައިކޯޓަށް

ޚަރަދު ކުޑަކުރަންކަމަށް ބުނެ ސަރުކާރުން ދެއިންތިޚާބު އެއްކޮަށްލަން ނިންމާފައިވާތީ އެނިންމުން ބާތިލުކޮށް ދިނުމަށް އެދި ހައިކޯޓަށް ހުށަހަޅައިފިއެވެ. ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށް ބޭއްވުމާ ގުޅޭ ގޮތުން ރައްޔިތުންގެ ފެެންނަ ނުފެންނަ ނުފެންނަ ވޯޓެއް ނަގަން ސަރުކާރުން ރައީސުލް ޖުމްހޫރިއްޔާ މުޙައްމަދު މުޢިއްޒު ނެރުއްވާފައިވާ ގަރާރު ގާނޫނާ ޚިލާފު ކަމަށްބުނެ އެ ވޯޓު ހުއްޓުވުމުގެ މައްސަލަ އެމްޑީޕީއިން މިއަދު ހައިކޯޓަށް ހުށަހަަޅައިފި އެވެ. ދަޢުވާއަކީ ޖުޑީޝަލް ރިވިއުގެ ދަޢުވާއެއް ކަމަށް އެޕާޓީއިން ބުނެއެވެ. މި […]
އެފް.އެސް.އެމް އިން ވިއްކާ ޕެޓްރޯލް ގަޑުބަޑުވެފައި ކަމަށް ބުނެ ޝަކުވާތައް އިތުރުވަނީ

ބ. ހިތާދޫއަށް ފޯރުކޮށްދިން ޕެޓްރޯލްގައި މައްސަލަޖެހި އުޅަނދުފަހަރަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމަށް ބުނެ ޝަކުވާތައް އަންނަނީ އިތުރުވަމުންނެވެ. ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިން ބ. އަތޮޅުގެ ބައެއް ރަށްތަކަށް ފޯރުކޮށްދީފައިވާ ޕެޓްރޯލްގެ ފެންވަރު ދަށްވެ، އޭގައި އިތުރު ކެމިކަލްތަކެއް ހުރިކަމަށް ބެލެވިގެން ގިނަ އަދަދެއްގެ އުޅަނދުފަހަރަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށްބުނެ ޕެޓްރޯ ވިއްކާފަރާތަކާއި ގަންނަފަރާތްތަކާއި ދެމެދު މައްސަލަތައް އިތުރުވެ ޒުވާބު އުފެދޭގޮތްވަނީ ވެފައެވެ. ގަނެ ބޭނުންކުރާ ފަރާތްތަކުން ބުނެ ޝަކުވާ ކުރަމުން އަންނަނީ […]
ތައުލީމީ ދާއިރާގެ މާސްޓަ ޕްލޭން އާންމު ކުރަނީ

މި އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައި ތަޢުލީމީ ދާއިރާގެ މާސްޓަ ޕްލޭން އާންމު ކުރަން ސަރުކާރުން ނިންމައިފި އެވެ. ޕީއެސްއެމް ޕްރޮގްރާމްގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ހާމަކުރެއްވި ގޮތުގައި ތަޢުލީމީ ދާއިރާގެ މާސްޓަ ޕްލޭންގެ ދަށުން ސަރުކާރުގެ ޑިޖިޓަލް ޓްރާންސްފޮމޭޝަންގެ މުހިންމު ކަންތައްތަކެއް ތަޢުލީމީ ދާއިރާއިން ތަންފީޒު ކުރުމަށް ހަމަޖައްސަވާފައިވާ ކަމަށެވެ. އެކަންކަމުގެ ތެރެއިން އެންމެ މުހިންމު އެއް ކަމަކީ އެ ދާއިރާއިން ޓީޗަރުން ތަމްރީން ކުރުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. […]
ވޯޓުން ވައްކަންކޮށް ނަތީޖާ ބަދަލުކުރުމަށް ޖާގައެއް ނުދެވޭނެ: އިކްރާމް

ވޯޓު ފޮށީގައި ބަނޑުއަޅައިގެން ވޯޓުގެ ނަތީޖާ ބަދަލުކުރުމާއި ވޯޓުން ވައްކަންކުރުމުގެ ޒަމާން ދިވެހިރާއްޖޭގައި މާޒީވެގެން ހިނގައްޖެކަމަށް ޢަދާލަތު ޕާޓީގެ ހަތަރުވަނަ ދައުރުގެ ރައީސްކަމަށް ކުރިމަތިލާފައިވާ އަލްއުސްތާޛު އިކްރާމް ޢަބްދުއްސައްތާރު ވިދާޅުވެއްޖެއެވެ. މިހެން އޭނާ ވިދާޅުވެފައިވަނީ މި މަހު 31 ގައި ބޭއްވުމަށް ހަމަޖައްސާފައިވާ ޢަދާލަތު ޕާޓީގެ ހަތަރުވަނަ ދައުރުގެ ރިޔާސީ އިންތިޚާބު އޮންލައިންކޮށް ބާއްވަން އެ ޕާޓީގެ ލީޑަރޝިޕުން ރާވާފައިވާތީ އެކަން ހުއްޓުވައިދިނުމަށް އެދި އިލެކްޝަންސް ކޮމިޝަނަށް ފޮނުވާފައިވާ ސިޓީއެއްގައެވެ. ޢަދާލަތު ޕާޓީ އަލުން ދިރުވައި ކޮޅަށްޖެހުމަށްޓަކައި […]
މީޑިއާ ކޮމިޝަންގެ އެސްޖީއަކަށް ހަމްދީ އަގީލް

ޕީސީބީގެ ކުރީގެ ރައީސް ހަމްދީ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން (އެމްއެމްބީސީ) ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް މިއަދު އައްޔަންކޮށްފި އެވެ. ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އެކަން މިއަދު އިއުލާންކުރި އިރު، ހަމްދީ އަކީ ކުރިން އެ ބޯޑްގެ ރައީސްކަން ކުރެއްވި ބޭފުޅެކެވެ. އޭނަ އެ މަގާމުން ވަކިކުރީ މި އަހަރުގެ ފެބްރުއަރީ މަހުގެ 12 ގަ އެވެ. ވަކިކުރަން ޖެހުނު ސަބަބެއް ބުނެފައެއްނުވެއެވެ. ޕީސީބީގެ ރައީސަކަށް ހަމްދީ އައްޔަންކުރީ 22 […]
ޣައްޒާއަކީ ހަމަ މުޢުޖިޒާތެއް!

އިނގިރޭސިވިލާތުގެ އަސްކަރީ މާހިރަކު ދާދިފަހުން ކިޔައިދީފައިވާ ގޮތުގައި ޣައްޒާގައި އިންސާނުންގެ ލޯތަކަށް ނުފެންނަ ބާރުތަކެއް ވެއެވެ.އެހެނީ ޙަމާސްގެ މުޖާހިދުންނާ ދެކޮޅަށް، މި ހަނގުރާމަ ޒަޔަނިސްޓުން ބޭނުންވާ ގޮތައް ކުރިއަކަށް ނުގެންދެވޭކަމީ މީގެ އަލިގަދަ ދަލީލެކެވެ. ހަމަ އެހެންމެ އެމެރިކާގެ އަސްކަރީ މާހިރަކު ބުނެފައިވާ ގޮތުގައި، އެމެރިކާއާއި ހުޅަނގުގެ ޤައުމުތަކުން އިޒުރޭލަށް ހަތިޔާރު ފޯރުކޮށް ދިނުމަށް އެތައް ބިލިއަން ޑޮލަރެއްގެ މާލީ އެހީތެރިކަން ފޯރުކޮށްދީފައި ވެއެވެ. އަދި އިޒުރޭލަށް ފޮނުވަދީފައިވާ ހަތިޔާރަށް ބަލާއިރު، އެއީ ޣައްޒާއަށް ވުރެ ދިހަ […]
މިއަދު ޑޮލަރުގެ އަގު 20 ރުފިޔާ!

ދެން މައްޗައް ނާރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވި ޑޮލަރ މިއަދު އެވަނީ 20 ރުފިޔާއަށް އަރާފައެވެ. ރައީސް މުޢިއްޒު ރައްޔަތުންނަށް ވިދާޅުވާ ހަމަ އެއްވެސް އެއްޗެއް އެގޮތަކަށް ދިމާނުވާ ސަބަބު ހޯދަންޖެހެ އެވެ. އެހެނީ ގައިމުވެސް ދޮގެއް ހެއްދެވުމުގެ ނިޔަތެއްގައި އެފަދަ ވާހަކަފުޅުތައް ރައްޔަތުންގެ ކަންބޮޑުވުންތަކަށް ހުވަފެނީ ހައްލެއް ހޯއްދަވައިދެއްވާކަށް، ވިދާޅެއް ނުވާނެ ނޫންތޯއެވެ. ވީއިރު މައްސަލައަކީ ކޮބައިބާއެވެ. އެގެން ބޭނުންވެއެވެ. އެހެނީ ރައީސްއަކީ މި ވަގުތުގެ މި ގައުމު 5 އަހަރު […]
އެމް.ޔޫ.އޭ ގެ ގޮތްޕެއް ކުޅުދުއްފުށީގައި

ނަޒާކީ ޒަކީގެ ޖަމްޢިއްޔާ ފުޅާ ކުރުމަށް ކުރައްވާ މަސައްކަތުގެ ތެރެއިން ރޭ ކުޅުދުއްފުށީގައި އެ ޖަމްޢިއްޔާގެ ގޮތްޕެއް ހުޅުއްވައިފިއެވެ. މޯލްޑިވްސް ޔުނިޓީ އެސޯސިއޭޝަން (އެމް.ޔޫ.އޭ) ގެ ކުޅުދުށްފުށީ ގޮފި ހުޅުއްވައި ދެއްވުމަށް ”ޓީމް ޔުނިޓީ “ ކުޅުދުއްފުށްޓަށް ވަޑައިގަތީ އިއްޔެ (އާދީއްތަ) ދުވަހުގައެވެ. މިޙަފްލާގައި އެޖަމިއްޔާގެ މަސްޢޫލުވެރިޔާ ދާތޯ މުޙައްމަދު ޒަކީ (ނަޒާކީ) ގެ އިތުރުން އެޖަމިއްޔާގެ ސެކްރެޓަރީ ޖެނެރަލް އަޙްމަދު ޝަރީފް އާއި ބައެއް ޑެޕިޔުޓީ މިނިސްޓަރުންނާއި ސިޓީކައުންސިލްގެ މެންބަރުންގެ އިތުރުން ކުޅުދުއްފުށީ ސިޓީގެ ޢާއްމުންގެ […]
ސަންދާނުގެ ބައިވެރީންނަށް ޢުމުރު ދުވަހުގެ ޖަލު ޙުކުމެއް ދީފައި ވަނީ ގާނޫނާޚިލާފަށް: އޮމްބަޑްސް ޕާރސަން

އިންޓަރނެޓްގެ ޒަމާން ތަޢާރަފުވުމާއި ގުޅިގެން މިނިވަން މީޑިއާއެއް ވުޖޫދަށް ވަރަށް އަވަހަށް އައެވެ. އެއީ ދިވެހީން ދަންނަ ސަންދާނު ނިއުސް ބްލެޓިންގް އެވެ. އެއީ 2000 ން ފެށިގެން 2002 ވަނަ އަހަރަށް ޕަބްލިޝް ކުރަމުން ދިޔަ ސަންދާނު ނޫހެވެ. އެ އިންޓަނެޓް ނިއުސް ބްލެޓިންގެ ބައިވެރީ ހޯދުމަށް، ހަމަ މި ދުވަސްކޮޅު ޙަސަން ކުރުސީ ހޯދަން އުޅެގަތްގޮތަށް އޭރު މައުމޫނުގެ ސަރުކާރުން މަސައްކަތް ފެއްޓިއެވެ. އަދި 2002 ވަނަ އަހަރު އެކަމުގެ ބައިވެރީން ތިބިތާކުން ޓެރެރިސްޓުންގެ […]