ސަންދާނު އަހަންމައިދީ ނިޔާވެއްޖެ

ރައީސް އޮފީހުގެ ހިއުމަން ރައިޓްސް އެމްބެސެޑަރު ކަން ކުރެއްވި އަހުމަދު އިބްރާހިމް ދީދީ (ސަންދާނު އަހަންމައިދީ) ނިޔާވެއްޖެއެވެ. ސަންދާނު އަހަންމައިދީގެ އާއިލާއިން މައުލޫމާތު ދިން ގޮތުގައި އޭނާ ނިޔާވީ ރޭ ދަންވަރުގެ ވަގުތެއްގައެވެ. އޭނާ ނިޔާވިއިރު އުމުރަކީ 72 އަހަރެވެ. އެނގިފައިވާ ގޮތުގައި ސަންދާނު އަހަންމައިދީ ނިޔާވީ ހާޓްއެޓޭކެއް ޖެހިގެންނެވެ. ސަންދާނު އަހަންމައިދީގެ ކަށު ނަމާދު މިއަދު އަސުރު ނަމާދަށް ފަހު ހުޅުމާލޭ ސަރަހާ މިސްކިތުގައި އޮންނާނެއެވެ. އަދި މޫނު ދެއްކުން އަސުރު ނަމާދާ ހަމައަށް އެ […]

 ބޯނަސްގެ ގޮތުގައި އެމްއޭސީއެލްްގެ ކޮންމެ މުވައްޒަފަކަށް 25،000ރ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިންގާ މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ މުވައްޒަފުންނަށް އަހަަރީ ބޯނަސްގެ ގޮތުގައި މި އަހަރުވެސް 25،000 ރުފިޔާ ދިނުމަށް ނިންމައިފިއެވެ. އެމްއޭސީއެލްއިން މިއަދު ނެރުނު ސާކިއުލާއެއްގައި ބުނެފައިވަނީ މިދިޔަ އަހަރުގެ އަހަރީ ބޯނަހުގެ ގޮތުގައި ކުންފުނީގެ މުވައްޒަފުންނަށް 25,000 ރުފިޔާ ދިނުމަށް ކުންފުނީގެ ބޯޑުން ނިންމާފައިވާ ކަމަށެވެ. އެ ބޯނަސް ލިބޭނީ މިިދިޔަ އަހަރު އެއްކޮށް މަސައްކަތް ކޮށްފައިވާ މުވައްޒަފުންނަށް ކަމަށް ވެސް ސާކިއުލާގައިވެއެވެ. ނަމަވެސް ޑިސިޕްލިނަރީ ޕޮލިސީގެ ދަށުން މިދިޔަ […]

ވާދަވެރި ކެންޑިޑޭޓުންނަށް ހުރަސް އެޅޭ ގޮތަށް ކެމްޕޭނު ނުކުރަން އިލްތިމާސްކޮށްފި

އަންނަ މަހު އޮންނަ ރިޔާސީ އިންތިހުބުގައި ވާދަކުރާ ކެންޑިޑޭޓުން ކެމްޕޭނު ކުރާއިރު، އެހެން ކެންޑިޑޭޓެއްގެ އިންތިޚާބީ ހައްގަށް އުނިކަން އަންނަ ގޮތަށް އަމަލު ނުކުރަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިލްތިމާސްކޮށްފި އެވެ. އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބް މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކެމްޕޭނު ހަރަކާތްތައް އަމާންކަމާއި އޮމާންކަމާއެކީ ކުރިޔަށް ގެންދިޔުމަކީ ކެންޑިޑޭޓުންނަށާއި، ކެންޑިޑޭޓުންގެ ސަޕޯޓަރުންނަށް ލިބިގެންވާ ހައްގެއް ކަމަށެވެ. ނަމަވެސް، ކެމްޕޭނު ކުރާއިރު، އެއްވެސް ކެންޑިޑޭޓެއްގެ އިންތިޚާބީ ހައްގަކަށް އުނިކަން އަންނަގޮތަށް، ކަންކަން […]

ޔާމީންގެ ޖޫރިމަނާ ފައިސާ ހޯދަން ދައުލަތުން ކޯޓަށް

އިދިކޮޅު، ޕީޕީއެމް-ޕީއެންސީ ހިމެނޭ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ލީޑަރު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވާފައިވާ ޖޫރިމަނާގެ ފައިސާ މުއްދަތުގައި ދައްކާފައިނުވާ ކަމަށް ބުނެ އެ ފައިސާ ހޯދުމަށް ދައުލަތުން ސިވިލް ކޯޓަށް ހުށަހަޅައިފި އެވެ. އެމްއެމްޕީއާރްސީގެ މައްސަލައިގައި މަނީ ލޯންޑްރިންނާއި ރިޝްވަތު ގަބޫލުކުރި ކަމުގެ ކުށް ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއް އިއްވުމާ އެކު ފަސް މިލިއަން ޑޮލަރު، ހަ މަސް ދުވަހުގެ ތެރޭ ދައްކަން ޔާމީންގެ މައްޗަށް އަމުރުކޮށްފައި ވެއެވެ. ޔާމީންގެ […]

ޑރ. މުއިއްޒު ކެންޑިޑެސީ ފޯމު ހުށަހަޅުއްވައިފި

އިދިކޮޅު ޕީޕީއެމުން ރިޔާސީ އިންތިހާބު ބޮއިކޮޓް ކުރުމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް، ކުރީގެ ރައީސް އަބްދުﷲ ޔާމީން އެންގެވި ނަމަވެސް، ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް މާލޭސީޓިގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ ކެންޑިޑެސީ ފޯމު ހުށަހަޅުއްވައިފިއެވެ. ޑރ. މުއިއްޒު ކެންޑިޑެސީ ފޯމު ހުށަހަޅުއްވާފައިވަނީ ޕީޕީއެމާ އެއް ކޯލިޝަނެއްގައި އޮތް ޕީއެންސީގެ ފަރާތުންނެވެ/ މި ފޯމު ހުށަހެޅުމުގެ ގޮތުން އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރިޔާސީ އިންތިހާބާ ބެހޭ މައި މަރުކަޒު، ދަރުބާރުގޭގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މުއިއްޒުގެ […]

އިންތިހާބު ބޮއިކޮޓްކުރަން ސެނެޓުގެ ނިންމުން ރިވިއުކޮށްދޭން ޔާމީން އެދިވަޑައިގެންފި

ޕީޕީއެމް އިން ރިޔާސީ އިންތިހާބު ބޮއިކޮޓް ކުރުމަށް، އެ ޕާޓީގެ ކެންޑިޑޭޓް، ކުރީގެ ރައީސް އަބްދުﷲ ޔާމީން އެންގެވިޔަސް، އިންތިހާބުގައި ބައިވެރިވާން ޕީޕީއެމް-ޕީއެންސީގެ ޖޮއިންޓް ސެނެޓުން މިއަދު ނިންމި ނިންމުން ގަބޫލުނުކުރައްވާކަން، ޔާމީން ޕީޕީއެމް-ޕީއެންސީގެ ލީޑަޝިޕަށް މިރޭ އަންގަވައިފި އެވެ. އިތުބާރު ހިފޭ މަސްދަރަކުން ”ސަންދާނަށް“ ކަށަވަރުވެފައިވާ ގޮތުގައި ޔާމީން އެ ގޮތަށް އެންގެވީ އަނބިކަނބަލުން ފާތިމަތު އިބްރާހިމް މެދުވެރިކުރައްވައި މީގެ އިރުކޮޅެއްކުރިން ފޯނު ކޯލަކުންނެވެ. އެ ފޯނު ކޯލުގައި ޔާމީން އެދިވަޑައިގެންފައިވަނީ ސެނެޓުގެ ނިންމުން ރިވިއުކޮށްދިނުމަށެވެ. […]

ރާއްޖެއިން ހިމަބިހި ޖެހިފައިވާ މީހަކު އަނެއްކާވެސް ފެނިއްޖެ

ރާއްޖެއިން ހިމަބިހި ޖެހިފައިވާ މީހަކު އަނެއްކާވެސް ފެނިއްޖެއެވެ. މިދިޔަ ޖުލައި މަހުގެ ފަހުކޮޅުގައިވެސް ވަނީ ރާއްޖެއިން ހިމަބިހި ޖެހިފައިވާ މީހަކު ފެނިފައެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މީގެ އިރުކޮޅެއް ކުރިން ކުރި ޓުވީޓެއްގައި ބުނީ، ރާއްޖެއިން އިއްޔެ ހިމަބިއްސަށް ޕޮޒިޓިވް މީހަކު ފެނިފައިވާ ކަމަށާއި އެ މީހާއަކީ ރާއްޖެއިން ބޭރުން ބަލި ޖެހިގެން ރިޕޯޓުކުރި މީހެއް ކަމަށެވެ. ނަމަވެސް އެއީ، ޖުލައި މަހު ފެނުނު ކޭސްއާ ގުޅުމެއް އޮތް ކޭސްއެެއް ނޫން ކަމަށް އެޗްޕީއޭއިން […]

އާބާދީ މަދު އިތުރު ހަތަރު ރަށެއްގައި ސެޓްލައިޓް ސްކޫލު ފަށައިފި

އަތޮޅުތެރޭގެ އިތުރު ހަތަރު ސްކޫލެއް ސެޓްލައިޓްކޮށް ސްކޫލު ގާއިމްކޮށް ކިޔަވައިދޭން ފަށައިފިއެވެ. މިދިޔަ އަހަރު ވަނީ ބ. ފެހެންދު އާއި ވ. ތިނަދޫގައި ސެޓްލައިޓް ސްކޫލު އަޅައި ކިޔަވައިދޭން ފަށާފަ އެވެ. މިއަދު ފެށުނު ދިރާސީ އާ އަހަރާއެކު ވަނީ އިތުރު ހަތަރު ސްކޫލެއްގައި ސެޓްލައިޓްކޮށް ކިޔަވައިދޭން ފަށާފައެއެވެ. އެއީ ވ. ރަކީދޫ ސްކޫލާއި ބ. ފުޅަދޫ ސްކޫލާއި ގއ. ކޮނޑޭ ސްކޫލުގެ އިތުރުން އދ. ދިއްދޫ ސްކޫލުގައެވެ. އެއާއެކު ސެޓްލައިޓް މަހްފޫމްގެ ދަށުން ކިޔަވައިދޭ ސްކޫލުތަކުގެ […]

ރިޔާސީ އިންތިހާބުގައި ފާރިސް އަމިއްލަ ގޮތުން ވާދަކުރައްވަނީ

އަންނަ މަހުގެ ނުވަވަނަ ދުވަހު ބާއްވާ ވާ ރިޔާސީ އިންތިހާބުގައި އެމްއާރުއެމްގެ ރައީސް، ފާރިސް މައުމޫން އަމިއްލަ ގޮތުން ވާދަ ކުރެއްވުމަށް ނިންމަވައިފިއެވެ. އެމްއާރުއެމްގެ ޒައީމް، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން ފާރިސް، ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާކަން އިއުލާން ކުރެއްވީ އޭނާގެ ޓުވިޓާ އެކައުންޓް މެދުވެރިކޮށް މިއަދު ދެއްވި 30 ސިކުންތުގެ ވީޑީއޯ މެސެޖެެއްގަ އެވެ. ”ލޮބުވެތި ދިވެހި ރައްޔިތުން އެދިވަޑައިގަންނަވާ ގޮތެއްގެ މަތީން ދިވެހިރާއްޖޭގެ ކަންކަން އިސްލާހުކުރުމުގެ މާތް މަގުސަދުގައި މާތްﷲ ގެ […]

ހުކުމަށް ފަހު ޖަމީލް: ދަ ފައިޓް އިސް އޮން، ގެއަށް ވަދެ ފިނޑި ބައެއްގެ ގޮތުގައި ނުތިބޭނަން!

އަންނަ މަހުގެ ނުވަވަނަ ދުވަހު ބާއްވަން ހަމަޖައްސާފައިވާ ރިޔާސީ އިންތިހާބުގައި ބައިވެރިވުމުގެ ޝަރުތު ފުރިހަމަނުވާ ކަމަށް ކަނޑައަޅައި، ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް ކުރީގެ ރައީސް އަބްދުﷲ ޔާމީން ކެންޑިޑެސީ ފޯމު ބަލައިނުގަތުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމީ ރަނގަޅަށް ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކުރުމާއެކު، ޔާމީންގެ އިސްވަކީލު އަދި ރަނިންމޭޓް ޑރ. މުހައްމަދު ޖަމީލް އަހުމަދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ސުޕްރީމް ކޯޓުގެ ހުކުމަށްފަހު ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން ޖަމީލު ވިދާޅުވީ، ރާއްޖޭގެ ކޯޓުތަކުން ކަންތައްކުރާ […]