ޑެޑްޕޫލް ހެދުމުގައި އެއާޕޯޓަށް ދިޔައީ ރައްޓެއްސަކު ބަލާ، ސުވާލުކުރުމަށް ފަހު ދޫކޮށްލައިފި

ހޮލީވުޑް ފިލްމް، ”ޑެޑްޕޫލް“ގެ ކޮސްޓިއުމް ލައިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އުޅުނު މީހަކާ ފުލުހުން ރޭ ސުވާލުކުރުމަށް ފަހު ދޫކޮށްލައިފި އެވެ. ”ޑެޑްޕޫލް އެންޑް ވޮލްވެރިން“ގެ ހެދުމުގައި ޓާމިނަލް ތެރޭގައި މީހަކު އުޅެނިކޮށް ސޯޝަލްމީޑިއާގައި ވަނީ ވީޑިއޯއެއް އާއްމުވެފަ އެވެ. ފުލުހުން ބުނީ ”ޑެޑްޕޫލް އެންޑް ވޮލްވެރިން“ގެ ހެދުމުގައި ޓާމިނަލް ތެރޭގައި އުޅުނު މީހަކާ ސުވާލުކޮށްފައިވާ ކަމަށާއި އޭނާ އެ ހެދުމުގައި އެއާޕޯޓަށް ދިޔައީ ރައްޓެއްސަކު ބަލާ ކަމަށް ބުނެފައިވާ ކަމަށެވެ. އެހެންވެ މައުލޫމާތު ސާފުކުރުމަށް ފަހު […]
ފުރަން އެއާޕޯޓަށް ދިޔަ މީހެއްގެ އަތުން ޑްރަގް ފެނުމުން ހައްޔަރުކޮށްފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޑޮމެސްޓިކް ޓާމިނަލަށް ފުރަން ގޮސް ހުރި މީހެއްގެ އަތުން މަސްތުވާތަކެތި ފެނުމުން، އޭނާ ހައްޔަރުކޮށްފި އެވެ. ފުލުހުން ބުނީ އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ 30 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ. ފުލުހުން ބުނީ އޭނާ ބަލާފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ދެ ރަބަރު ޕެކެޓް ފެނިފައިވެ އެވެ. އޭގެ ބަރުދަނުގައި 209 ގްރާމު ހުރި ކަމަށް ފުލުހުން ބުންޏެވެ. ފުލުހުންގެ ޑްރަގު އެންފޯސްމަންޓުން އަންނަނީ އެ މައްސަލަ ތަހުގީގުކުރަމުންނެވެ.
އޮރެންޖު: ފައިދާއިން ފުރިފައި!

އޮރެންޖަކީ ރާއްޖެއިން ވަަރަށް ފަސޭހައިން ގަންނަން ލިބޭ އެއްޗެކެެވެ. އޮރެންޖުގެ މުއްސަނދި ނިއުޓްރިޝަނަލް ޕްރޮފައިލްގެ ސަބަބުން ސިއްހީ ގޮތުން ގިނަ ފައިދާތަކެއް ލިބެއެވެ. އޮރެންޖުން ލިބޭ ސިއްހީ ފައިދާތައް: 1- ވިޓަމިން ސީ އިން މުއްސަނދިވުން އިމިއުން ސަޕޯޓް: ދިފާއީ ނިޒާމު ވަރުގަދަކޮށް، ރޯގާ އާއި އިންފެކްޝަންތަކާ ދެކޮޅަށް މަސައްކަތް ކުރުމަށް އެހީތެރިވެދެ އެވެ. އެންޓިއޮކްސިޑެންޓް ޕްރޮޕަޓީސް: ފްރީ ރެޑިކަލްތަކުން ސެލްތަކަށް ލިބޭ ގެއްލުމުން ރައްކާތެރިކޮށްދެއެވެ. 2- ފައިބަރ ގިނަވުން ހަޖަމުކުރުމުގެ ސިއްހަތު: ހަޖަމުކުރުމަށް އެހީތެރިވެދޭ އަދި […]
ޖުމްހޫރީމޭވާ: ލޮލުގެ ފެނުން ރަނގަޅުކޮށްދޭ މުހިންމު މޭވާއެއް!

ޖުމްހޫރީމޭވާ އަކީ ހަށިގަނޑަށް ވަރަށް ފައިދާހުރި މޭވާ އެކެވެ. މިއީ ހުތް ފޮނި ރަހައެއް ހުންނަ މޭވާ އެކެވެ. ތަފާތު ވައްތަރުތައް ހުންނަ ޖުމުހޫރީ މޭވާ އާންމުކޮށް ބޭނުންކޮށް އުޅެނީ ފަނި ގިރައިގެން ބުއިމަށާއި، މޭވާއެއްގެ ގޮތުގައި ކެއުމަށެވެ. ޖުމުހޫރީމޭވާ އިން ލިބޭ ބައެއް ޞިއްޙީ ފައިދާތައް ލޮލުގެ ދުޅަހެޔޮކަން: ޖުމުހޫރީމޭވާ ގައި ވިޓަމިން އޭ ވެސް އެކަށޭނަ މިންވަރަކަށް ހުރެއެވެ. އަދި ފްލޭވޮނޮއިޑް އެންޓި އޮކްސިޑެންޓް ގެ ތެރޭގައި ހިމެނޭ ބީޓާ ކެރޮޓީން (Beta Carotene)، […]
އެޕްރިކޮޓް: މީރުކަމާ އެއްވަރަށް ސިއްހަތަށްވެސް ފައިދާހުރި މޭވާއެއް!

އެޕްރިކޮޓް އަކީ އަނގަޔަށް މީރު ހުތް ފޮނި މޭވާ އެކެވެ. މިއީ ކައްކައިގެންނާއި، ޖޭމްގެ ގޮތުގައި ތައްޔާރުކޮށްގެންނާއި، ރޯކޮށްހުއްޓައި، އަދި ހިއްކައިގެންނާއި، ދަޅުގައި ބަންދުކޮށްގެން ވެސް ކައިއުޅޭ މޭވާއެކެވެ. ނަމަވެސް ޞިއްޙީ ގޮތުން އެންމެ ފައިދާ ބޮޑީ ހިއްކައިގެން ބޭނުންކުރުމުންނެވެ. 5 ކިލޯގެ ތާޒާ އެޕްރިކޮޓް ބޭނުންކޮށްގެން އުފެއްދެނީ އެންމެ ކިލޯއެއްގެ ހިކި އެޕްރިކޮޓެވެ. މިސަބަބަށްޓަކައި، ކާނާގެ ބާވަތްތައް ހިމެނޭ މިންވަރު ހިއްކާފައި ހުންނަ، އެޕްރިކޮޓްގައި ގިނަވާނެ އެވެ. ހިއްކާފައި ހުންނަ އެޕްރިކޮޓަކީ ތަތް އެއްޗެއްކަމުން މިފަދަ […]
މަތިންއަރާ ބައްޔާ ގުޅޭ ގޮތުން އެނގުން މުހިންމު ބައެއް ކަންކަން!

ގެސްޓްރޯ-އީސަފޭޖިއަލް ރިފްލަކްސް ޑިޒީޒް(GERD) އަކީ ބަނޑުގައި ހުންނަ ގޭސް (އެސިޑް) ކާތަކެތި ހިނގާހޮޅިން މައްޗަށް އެރުމުން ކުރިމަތިވާ ހާލަތެކެވެ. މިގޮތަށް ބަނޑުގައި ހުންނަ ގޭސް މައްޗަށް ގޮސް ކާތަކެތި ހިނގާހޮޅިއަށް ވާޞިލްވުމަކީ ކާތަކެތި ހިނގާހޮޅީގެ އެތެރޭގެ ބަތާނަފަށަށް ހިލިގަތުން (irritation)ކުރިމަތިކުރުވާނެ ކަމެކެވެ.މިބައްޔަށް ބައެއް ފަހަރު ”މަތިންއަރާބަލި“ މިހެން ކިޔައި އުޅެއެވެ. އާންމު ގޮތެއްގައި މަތިންއަރާ ބައްޔަކީ ކާތަކެތި ހިނގާހޮޅީގެ ތިރީގައިވާ ސްފިންކްޓަރ (މައިދާ އާއި، ކާތަކެތި ހިނގާހޮޅިއާއި ދެމެދުގައިވާ ވަށް މަސްގަނޑު) އަށް އަސަރުކުރާ، ހަޖަމުކުރާ ނިޒާމަށް […]
ހައްޖަށް ގެންދާ ފަގީރުން ކިޔޫއަށް ލާނީތޯ މަޝްވަރާ ކުރާނަން: މިނިސްޓަރު

ކުރިއަށް ހުރި އަހަރުތަކުގައި ސަރުކާރުގެ ހަރަދުގައި ފަގީރުން ހައްޖަށް ފޮނުވާނެ ގޮތަކާ މެދު މަޝްވަރާކޮށްގެން ގޮތެއް ނިންމަވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް މިއަހަރު ވަނީ 50 ފަގީރުން ހައްޖަށް ފޮނުވާފަ އެވެ. އެތައް ބަޔަކު ހައްޖަށް ދިއުމަށް ފައިސާ ދައްކައިގެން ކިޔޫގައި ތިއްބައި ހައްޖު ވާޖިބު ނުވާ ބަޔަކު، ސަރުކާރު ހަރަދުގައި ހައްޖަށް ފޮނުވުމުން ގިނަ ބައެއްގެ ފާޑުކިޔުން […]
ދަނޑިއަލުވި މީ ނުކައި ދޫކޮށްލާވަރު އެއްޗެއް ނޫން!

ދަނޑި އަލުތްވަކީ ދިވެހިންގެ އާންމު ކެއުމުގައި ވަރަށް ގިނައިން ބޭނުންކުރާ ތަރުކާރީގެ ބާވަތެކެވެ. ދަނޑި އަލުވިން ލިބިދޭ ބައެއް ޞިއްޙީ ފައިދާތައް: ދަނޑި އަލުވީގައި ހަކަތަ އެކުލެވޭ ނިސްބަތް ކައްޓަލައަށްވުރެ ދެގުނަ އިތުރެވެ. 100 ގުރާމްގެ ދަނޑި އަލުވީގައި 160 ކިލޯ ކެލޮރީގެ ހަކަތަ ހުރެއެވެ. ދަނޑިއަލުވީގައި ހިމެނޭ ހަކަތައިގެ މައިގަނޑު ފޯރުކޮށްދެނީ އޭގައި ހިމެނޭ ސާދާ ކާބޯހައިޑްރޭޓް ”ސޫކްރޯސް“ އިންނެވެ. މީގެ އިތުރުން ސާސްތާ ކާބޯހައިޑްރޭޓް ”އެމިލޯސް“ އިން ވެސް ހަކަތަ ލިއްބައިދެއެވެ. ދަނޑި އަލުވީގައި […]
ރާނބާ ފަތުގެ މުހިންމުކަން!

ރާނބާ ފަތް ރާނބާ ފަތަކީ ރިހަ ކައްކާއިރާއި އަދި ބައެއް ކަހަލަ ކާތަކެތި ހަދާއިރު ރަހަ ޖެއްސުމަށްޓަކައި ބޭނުންކުރެވޭ ފަތެކެވެ. ރާނބާ އަކީ ރާނބާފަތް އަޅާ ގަހެވެ. މިގަހުގެ ސިފަ ވައްތަރުވާނީ ކަށިނެތް ކަށިމާ ގަހަކާއެވެ. މިގަހުގެ ފަތުގައި މީރުވަހެއް ދުވައެވެ. އަދި މިގަހުގެ ފަތް ތަކެތީގައި މީރުވަސް ދުއްވުމަށާއި ކާތަކެތީގައި މީރު ރަހަލެއްވުމަށް ބޭނުންކުރެއެވެ. ބައެއް ފަހަރު ކަނދި ފަދަ ތަކެތި ތައްޔާރު ކުރާއިރު ވެސް ރަހަ ޖެއްސުމަށް ރާނބާ ފަތް ބޭނުންކުރާކަން ފާހަގަ ކުރެވެއެވެ. […]
ޏަމްޏަމްގެ ސިއްހީ ފައިދާތައް!

ޏަމްޏަމް އަކީ ހުތްފޮނި މޭވާއެކެވެ. ދޮންނުވާއިރު ވަޅުފެހި ކުލައިގައި ހުންނަ ޏަމްޏަމް ދޮންވުމުން މުށި ރީނދޫ ކުލައަކަށް ބަދަލުވެއެވެ. މިއީ ވެސް ހުތް މޭވާއެއްގެ ގޮތުގައި ކައިއުޅޭ މޭވާ އެކެވެ. މަދުން ނަމަވެސް ޏަމްޏަމް އިން ޖޫސް ތައްޔާރުކޮށްގެން ބޭނުން ކުރެއެވެ. ޏަމްޏަމް ހުންނަނީ ގުރުދާގެ ބައްޓަމަށެވެ. އެތެރޭގައި ބޮޑު އޮށެއް އޮންނަ ޏަމްޏަމްގެ ބޭރުގައި ކުރަކިކަމެއް އެކުލެވިގެންވުމާއެކު، ފިތްފިތް ޖަހާފައި ހުރެއެވެ. ސަލަޑް، އަސާރަ ފަދަ ކާތަކެތި ތައްޔާރު ކުރުމަށް ވެސް ޏަމްޏަމް ބޭނުންކޮށް އުޅެއެވެ. […]