ބޮޑު ތަފާތަކުން ރިިޔާސީ އިންތިހާބު ޑރ. މުއިއްޒު ކާމިޔާބުކޮށްފި

ރިޔާސީ އިންތިހާބު ބޮޑު ތަފާތަކުން ޕީއެންސީގެ ކެންޑިޑޭޓް، ޑރ. މުހައްމަދު މުއިއްޒު ކާމިޔާބުކޮށްފިއެވެ. މިއަދު ބޭއްވި އިންތިޚާބުގެ ދެވަނަ ބުރުގައި 282،804 މީހަކަށް ވޯޓު ލުމުގެ ހައްގު ލިބެއެވެ. އޭގެ ތެރެއިން 86 އިންސައްތައަށް ވުރެ ގިނަ މީހުން ވަނީ ވޯޓުލާން ނުކުމެފައެވެ. ދެވަނަ ބުރުގެ ވޯޓުލުމުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން މިހާތަނަށް ގުނުނު ފޮށިތަކުން މުއިއްޒަށް ވަނީ 54 ޕަސަންޓު ވޯޓު ލިބިވަޑައިގެންފައެވެ. އެމްޑީޕީގެ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަތީ 45 […]

މުއިއްޒަށް ވެރިކަން ހޯދައި ދިނުމަށް އިތުރު ތާއީދަށް ޔާމީން އެދިވަޑައިގެންފި

ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ދެވަނަ ބުރެއްގައި ތާއީދު އިތުރުކޮށްދެއްވުމަށް ޕީއެންސީ-ޕީޕީއެމްގެ ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އިލްތިމާސްކުރައްވައިފިއެވެ. އިއްޔެ ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 15،000 އެއްހާ ވޯޓުގެ ތަފާތުން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މައްޗަށް ކުރި ހޯއްދެވީ މުއިއްޒެވެ. އެގޮތުން، މުއިއްޒަަށް 101،128 ވޯޓު ލިބުނުއިރު، ރައީސް ސޯލިހަށް ލިބުނީ، 85،989 ވޯޓެވެ. ނަމަވެސް އެއްވެސް ބޭފުޅަކަށް މި އިންތިހާބު އެއް […]

އަންނަ އާދިއްތަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސައިފި

އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބު ބާއްވާތީ, ޖެހިގެން އަންނަ އާދިއްތަ ދުވަހު ސަރުކާރު ބަންދު ކުރަން ނިންމައިފި އެވެ. ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ސޮއި ކުރައްވާ މިއަދު ނެރުނު ދެންނެވުމުގައި ބުނީ, ސެޕްޓެމްބަރު 10، ވާ އާދީއްތަ ދުވަހަކީ، ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވާފައިވާ ކަމަށެވެ. އާދިއްތަ ދުވަސް ބަންދުކޮށްފައި ވަނީ ސެޕްޓެމްބަރު 9، އަކީ އިންތިހާބު ބާއްވާ ދުވަސް ކަމަށް ވުމާއެކު، އިންތިހާބާ ގުޅޭ […]

ވެރިކަން ލިބިއްޖެނަމަ ރިކަރަންޓު ހަރަދުތައް ހަމަޖައްސާނީ ޓެކްސް ފައިސާއިން: މުއިއްޒު

ވެރިކަން ލިބިއްޖެނަމަ ދައުލަތުގެ ރިކަރަންޓު ހަރަދުތައް ހަމަޖައްސާނީ ޓެކްސް ފައިސާއިން ކަމަށް ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، އަދި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ބިލަބޮންގް އިންޓަނޭޝަނަލް ހައި ސްކޫލުގައި މިހާރު ކުރިއަށްދާ ”ސަންގު ބަހުސް“ ގައި މުއިއްޒު ވިދާޅުވީ، ރާއްޖޭގެ އިގްތިސޯދީ ހާލަތު ރަނގަޅުކުރެވޭނީ އިގްތިސޯދުގެ މައިގަނޑު އަސާސްތައް ރަނގަޅުކޮށްގެން ކަމަށެވެ. އެގޮތުން، މޯލްޑިވްސް މަނިތަރީ އޮތޯރިޓީ، އެމްއެމްއޭ މެދުވެރިކޮށް ރިކަރަންޓު ހަރަދުތައް ހަމަޖެއްސުން ނިމުމަކަށް ގެންނާނެ ކަމަށެވެ. ”ޓެކްސް ފައިސާއިން އެ ހަރަދު […]

އުތުރުތިލަފަޅު އެގްރީމަންޓް ބަލައި މިނިވަންކަމަށް ނުރައްކާވާނަމަ ބާތިލްކުރާނަން: މުއިއްޒު

ވެރިކަން ލިބިއްޖެ ނަމަ އުތުރު ތިލަފަޅުގައި ޑޮކްޔާޑަކާއި ބަނދަރެއް ހަދަން ސަރުކާރުން އިންޑިއާއާއެކު ވެފައިވާ އެއްބަސްވުމުގައިވާ ކަންކަން ބަލައި ރާއްޖޭގެ މިނިވަންކަމަށް ނުރައްކާވާ ކަމެއް އޭގައި އޮތް ނަމަ އެ އެއްބަސްވުން ބާތިލްކުރާނެ ކަމަށް ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، އަދި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވިއެވެ. ބިލަބޮންގް އިންޓަނޭޝަނަލް ހައި ސްކޫލުގައި މިހާރު ކުރިއަށްދާ ”ސަންގު ބަހުސް“ ގައި މުއިއްޒު ވިދާޅުވީ، ރާއްޖޭގައި އެއްވެސް ގައުމެއްގެ ސިފައިންނަށް ނުތިބެވޭނެ ކަމަށާއި އެއީ ރާއްޖޭގެ މިނިވަންކަމަށް […]

އެމްޑީޕީއަށް ޖެހުނު ހާލު ޕީޕީއެމަކަށް ދުވަހަކުވެސް ނުޖެހޭނެ!

އެމްޑީޕީއަކީ ރާއްޖޭގައި މިވަގުތު އޮތް އެންމެ މެންބަރުން ގިނަ ސިޔާސީ ޕާޓީއެވެ. ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދިގު 30 އަހަރުގެ ވެރިކަން ނިމުމަކަށް ގެނައުމަށް އުފަންވި ރަން ރީނދޫ ލަސްކަރު ރާއްޖޭގެ ރަށްތަކަށް ފެތުރިގަތީ ފަތު އަޑު ކިޔައިފައެވެ. އެމްޑީޕީގެ ފުރަތަމަ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އެ ޕާޓީގެ މޫތައް ވަރުގަދަވިއެވެ. އެމްޑީޕީއަކީ ދުވަހަކުވެސް ”ފެތޭނެ އޮޑިއެއް ނޫން“ ކަމަށް ހަރު އަޑުން ނަޝީދު އެތައް ޕޯޑިއަމްއަކު ވިދާޅުވެފައި އެބަހުއްޓެވެ. މައުމޫން ނޫން ގޮތެއް […]

ރާއްޖޭގައި މަރުގެ އަދަބު ތަންފީޒު ކުރެވެން ޖެހޭނެ: ދައުލަތް

މަރުގެ މައްސަލަތަކުގައި އިސްލާމީ ޝަރީއަތުގެ ދަށުން އިއްވާ މަރުގެ އަދަބުތައް ރާއްޖޭގައި ތަންފީޒު ކުރެވެން ޖެހޭނެ ކަމަށް ދައުލަތުން ސުޕްރީމް ކޯޓުގައި މިއަދު ބުނެފި އެވެ. ރާއްޖޭގައި މަރަން ހުކުމް ކޮށްފައިވާ އެތައް ބަޔަކު ތިއްބަސް، ރާއްޖޭގައި ފަހުގެ ތާރީހެއްގައި މަރުގެ އަދަބެއް ތަންފީޒެއް ނުކުރެ އެވެ. ކ. ކާށިދޫގައި 2012 ވަނަ އަހަރު ފުލުހަކު މަރާލި މައްސަލާގައި މަރަން ހުކުމް ކޮށްފައިވާ މުހައްމަދު ސަމާހުގެ މައްސަލާގައި ދައުލަތުން ސުޕްރީމް ކޯޓުގައި އެގޮތަށް ބުނީ އާދަމް ހަލީމްގެ […]

ބޭބެ މަރާލިކަމަށް މަވާޒް އިއުތިރާފުވުމުން ކުށް ސާބިތުވެއްޖެ

އައްޑޫ ސިޓީ މަރަދޫގައި ކަތުރެއް ހަރައި އެއްބަނޑު އެއްބަފާ ބޭބެ، އަހުމަދު ޝުއައިބު، 27، ބްލޫސްޓާ، މަރަދޫފޭދޫ މަރާލި ކަމަށް، އޭނާގެ ކޮއްކޮ ހުސައިން މަވާޒް، 25، ބްލޫސްޓާ ރޮމުން މިއަދު ކޯޓުގައި އިއުތިރާފުވުމުން އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކޮށްފިއެވެ. މަރަދޫގައި ދެބެންގެ ދެމެދު ހިނގި އަރާރުމެއްގެ ތެރެއިން ޝުއައިބު މަރާލާފައިވަނީ މިދިޔަ މެއި މަހުގެ 31 ވަނަ ދުވަހުގެ ދަންވަރުގެ ވަގުތެއްގައެވެ. އޭނާ މަރާލިކަމުގެ ތުހުމަތުވާ މަވާޒް […]

ޕޯސްޓު މެދުވެރިކޮށް ގެނައި ދެ މިލިއަން ރުފިޔާގެ ހެރޮއިން އަތުލައިގެންފި

ޕޯސްޓު މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު ދެ މިލިއަން ރުފިޔާގެ މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގެންފި އެވެ. ކަސްޓަމްސް އިން މިއަދު ބުނީ އެ ތަކެތި އަތުލައިގަތީ، މިދިޔަ ހޯމަ ދުވަހު ކުރިއާ ސާވިސް މެދުވެރިކޮށް މެލޭޝިއާއިން ރާއްޖެ އަށް ޕެކޭޖުތަކެއްގެ ތެރޭގައި ޝައްކުކުރެވޭ ޒާތުގެ ބާވަތެއް ހުރުމުން، އެ ތަކެތި އިތުރަށް ބަލައި ފާސްކުރުމުގެ ތެރޭގައި ކަމަށެވެ. އެ ތަކެތި ފުރަތަމަ މަރުހަލާގައި ތަހުލީލުކުރި ވަނީ އިރު، ހެރޮއިން އަށް ޕޮޒިޓިވްވެފައެވެ. އެތަކެތީގެ ބަރުދަނުގައި ޕެކިންއާއެކު […]

ގައްދޫގައި މުއްދަތު ހަމަވެފައިހުރި އައިވީ ދީފައިވަނީ ތިން ކުއްޖަކަށް، ހަތަރު މުވައްޒަފުން ސަސްޕެންޑްކޮށްފި

ގދ. ގައްދޫ ސިއްހީ މަރުކަޒުން، މުއްދަތު ހަމަވެފައިވާ އައިވީތަކެއް ކުޑަކުދިންނަށް ދިން މައްސަލައެއްގައި އެ މަރުކަޒުގެ ހަތަރު މުވައްޒަފަކު ސަސްޕެންޑުކޮށްފިއެވެ. ހެލްތު މިނިސްޓްރީން ރޭގެ ވަގުތެއްގައި ކުރި ޓުވީޓެއްގައި ބުނީ، މުއްދަތު ހަމަވެފައިވާ އައިވީތަކެއް ކުޑަކުދިންނަށް ދިން މައްސަލަ އެ މިނިސްޓްރީން ބަލަމުން އަންނަ ކަމަށެވެ. ”މިކަމަކުގައި ޝާމިލުވާ ހަތަރު މުވައްޒަފުން ވަނީ މައްސަލަ ބަލައި ނިމެންދެން ގޭގައި މަޑުކުރަން އަންގައިފަ،“ ހެލްތު މިނިސްޓްރީން ބުންޏެވެ. ހެލްތު މިނިސްޓްރީން އިތުރަށް ބުނީ އެފަދަ މައްސަލަތައް ތަކުރާރުނުވާނެހެން ފިޔަވަޅުތައް […]