އިންޑިއާގެ ހެލިކޮޕްޓަރެއް ވެއްޓި ދެ ޕައިލެޓުން މަރުވެއްޖެ
އިންޑިއާގެ ހެލިކޮޕްޓަރެއް ވެއްޓި ހަލާކުވެއްޖެއެވެ. އަދި އެ ހާދިސާގައި ހެލިކޮޕްޓަރުން ދަތުރުކުރި ދެ ޕައިލެޓުން ވަނީ މަރުވެފައެވެ. ޗަތީސްގަޅުގެ ރާއޭޕޫރުގެ ސްވާމީ ވިވެކަނަންދާ އެއާޕޯޓުގައި ހިނގި ހިތާމަވެރި ހާދިސާގައި މަރުވީ ކެޕްޓަން ގޯޕާލް ކްރިޝްނާ ޕަންޑާ އާއި ކެޕްޓަން އޭޕީ ޝްރީވާސްތަވާ އެވެ.އެ ދެމީހުންގެ ތެރެއިން އެކަކު ހެލިކޮޕްޓަރ ވެއްޓުމާއެކު ލިބުނު ހާނީއްކައިގައި ވަގުތުން މަރުވިއެވެ. އަނެއް މީހާ މަރުވީ ހޮސްޕިޓަލަށް ގެން ގޮސް ފަރުވާ ދެމުން ދަނިކޮށެވެ. އޭނާ އޮތީ ވަރަށް ބޮޑަށް ޒަޚްމުވެފައެވެ. ހުކުރުވިލޭރޭ 9.10 ގައި ހިނގި ހިތާމަވެރި ހާދިސާގައި ހެލިކޮޕްޓަރ […]
އިންޑިއާގައި ބަންގީގެ އަޑު މަޑުކުރަން މުސްލިމުންނަށް މަޖުބޫރުވެއްޖެ
ތާޅަފިލި ބޭނުންކޮށްގެން ބަންގި ގޮވުމުގެ ކުށުގައި އާދީއްތަ ދުވަހު ފުލުހުން ވަނީ އިންޑިއާގެ މުމްބައިގެ ދެ މުދިމެއްގެ މައްޗަށް ދައުވާކުރަން ނިންމާފައެވެ. އެ ދެ މުދިމުން ތާޅަފިލި ބޭނުންކޮށްގެން ފަތިސް ނަމާދުގެ ބަންގި ގޮވީ ހައްދުފަހަނަޅާފައިވާ ހިންދޫން އިންތިހާއަށް ގިނަ މުމްބައިގެ މިސްކިތްތަކުގެ ވެރިންނާއި އިމާމުންނާއި ދީނީ ޢިލްމުވެރިން މަޝްވަރާކޮށްގެން މިސްކިތްތަކުގައި ބަންގި ގޮވުމުގެ އަޑު މަޑުކުރަން ނިންމާފައި ވަނިކޮށެވެ.އެގޮތަށް ބަންގީގެ އަޑު މަޑުކުރަން މުސްލިމުންގެ އިސްވެރިން ނިންމީ ހައްދު ފަހަނަޅާފައިވާ ހިންދޫން ބަންގީގެ އަޑު މަޑުކުރަން މުސްލިމުންނަށް […]
އިންޑިއާގައި ބަންގީގެ އަޑު ކަނޑުވާލަނީ
އިންޑިއާގެ މިސްކިތްތަކުގައި ތާޅަފިލި (އަޑުގަދަކުރާ)އިން ބަންގި ގޮވުން ހުއްޓުވުމަށް ހައްދު ފަހަނަޅާފައިވާ ހިންދޫން ކުރަމުން ދާ މަސައްކަތަށް ބޮޑު ކާމިޔާބެއް ލިބިއްޖެއެވެ. އެއީ ބަންގި ދިނުމުގައި ތާޅަފިލި ބޭނުން ކުރުމަކީ މައިގަނޑު ހައްގެއް ނޫންކަމަށް އިލާހު އާބާދުގެ ހައިކޯޓުން ނިންމުމުންނެވެ. ތާޅާފިލި ބޭނުން ކޮށްގެން ބަންގި ދިނުމުގެ ހުއްދައަށް އެދި އިލާހު އާބާދުގެ ހައިކޯޓަށް ހުށަހެޅި މައްސަލައި އަޑު އެހުން ނިންމަން އިއްވި ބަޔާނުގައި ބުނެފައި ވަނީ ބަންގި ގޮވަން ތާލަފިލި ބޭނުން ކުރުމުގެ ހުއްދަ ނުދެވޭނޭކަމަށާއި އެއީ މުހިއްމު […]
އިންޑިއާގެ އަންހެނަކު އެއްމާބަނޑު 4 ކުދިން ވިހައި ޑޮކްޓަރުން ހައިރާންކޮށްލައިފި
އިންޑިއާގެ އަންހެނަކު އެއްމާބަނޑު ހަތަރުކުދީން ވިހައި ޑޮކްޓަރުން ހައިރާންކޮށްލައިފިއެވެ. ޕަންޖާބުގެ އަމަރުތަސަރުގެ ގްރޫ ނާނަކް ދޭވް ހޮސްޕިޓަލްގައި އަންހެން މީހާ ވިހެއީ ދެ ފިރިހެން ކުދީންނާއި ދެ އަންހެން ކުދީންނެވެ. އެ ހަތަރު ކުދީންގެ ހާލު ވެސް ރަނގަޅެވެ. ނަމަވެސް ވިހެއުމާއެކު އެ ހަތަރު ކުދީން ގެންދިޔައީ އައިސީޔޫއަށެވެ. ބޭނުމަކީ ސިއްހީ މައްސަލައެއް ކުރިމަތިވެއްޖެނަމަ ވަގުތުން ފަރުވާ ދިނުމެވެ. އަންހެން މީހާ ވިއްސުމުގެ ކަންތަކުގައި އުޅުނު ޑޮކްޓަރަކު ބުނީ އޭނާގެ ހަޔާތުގައި އެވަރުގެ އެހެން ކަމަކާ ދިމާނުވާކަމަށެވެ. ޑޮކްޓަރ ބުނި […]
އެމެރިކާއިން ޔޫކްރޭންގެ ސިފައިން ޖަރުމަނުގައި ތަމްރީނު ކުރަން ފަށައިފި
ޔޫކްރޭން ސިފައިން ޖަރުމަނުވިލާތުގައި ތަމްރީނުކުރަން ފަށައިފިކަމަށް އެމެރިކާގެ ދިފާއީ ވުޒާރާއިން ބުނެފިއެވެ. ދިފާއީ ވުޒާރާގެ ތަރުޖަމާނު ވިދާޅުވި ގޮތުގައި ޔޫކްރޭންގެ ސިފައިންނަށް ތަމްރީނުދެމުން ދަނީ އެމެރިކާއިން ޔޫކްރޭނަށް ފޮނުވާ ހަތިޔާރުތައް ބޭނުން ކުރާނެ ގޮތާއި ހަނގުރާމައިގެ އެކިއެކި އުކުޅުތަކެވެ. އެ މަސައްކަތް ކުރަމުން ދަނީ ފްލޮރިޑާގެ ނެޝަނަލް ގާޑުންނެވެ. މިދިޔަ ހުކުރު ދުވަހު އެމެރިކާއިން ވަނީ ޖަރުމަނުގައި ޔޫކްރޭން ސިފައިންނަށް ތަމްރީނުދޭ ވާހަކަ ހާމަކޮށްފައެވެ. އަދި އެންމެ ފަހުގެ ޒަމާނީ ހަތިޔާރުތައް ބޭނުންކުރާނެ ގޮތް ދަސްކޮށް ދެމުންދާކަމަށް […]
ހުކުރު ދުވަހު މިސްކިތުގައި ގޮއްވާލި ބޮން: 66 މީހުން ޝަހީދުވެއްޖެ
ހުކުރު ދުވަހު އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގެ މިސްކިތެއްގައި ބޮމެއް ގޮއްވާލުމުގެ ސަބަބުން ޝަހީދުވީ މީހުންގެ އަދަދު 66 އަށް އަރައިފިއެވެ. ކާބުލްގެ ޚަލީފާ ޞާޙަބް މިސްކިތުގައި ދީފައި ވަނީ ޖާނުން ފިދާވުމުގެ ހަމަލާއެކެވެ. އެ ހާދިސާގައި 66 މީހުން ޝަހީދުވެފައި ވާއިރު 78 މީހުން ޒަޚަމުވެފައި ވެއެވެ. މަންޒަރުދުށް މީހުން މީޑިއާއަށް މައުލޫމާތު ދިން ގޮތުގައި ބޮން ގޮއްވާލާފައި ވަނީ ހުކުރު ނަމާދުކޮށް ނިމުނުތާ ދެގަޑިއެއްހާ އިރު ފަހުންނެވެ. އެ ވަގުތުގައިވެސް މިސްކިތުގައި ގިނަ އަދަދެއްގެ މީހުން […]
ދުނިޔޭގައި ހުރި އެންމެ މުސްކުޅި މީހާ އުމުރުން 119 އަހަރުގައި މަރުވެއްޖެ
ދުނިޔޭގައި ހުރި އެންމެ މުސްކުޅި މީހާ އަދި އެންމެ މުސްކުޅި އަންހެންމީހާގެ ޝަރަފުވެސް ހޯދާފައިވާ ޖަޕާނުގެ ކަނޭ ޓަނަކަ އުމުރުން 119 އަހަރުގައި މަރުވެއްޖެއެވެ. ޖެނުއަރީ 2، 1903 ގައި އުފަންވި ޓަނަކަ މި އޭޕްރީލް މަހުގެ 19 ވަނަ ދުވަހު މަރުވިކަން އެނގުނީ ޖަޕާނުގެ މިނިސްޓްރީ އޮފް ހެލްތު، ލޭބަރ އެންޑް ވެލްފެއާރއިން ރޭ ބަޔާނެއް ނެރުމުންނެވެ. ދުނިޔޭގައި ދިރިހުރި އެންމެ މުސްކުޅި މީހާ މަރުވި ޚަބަރު ލިބުމުން މުޅި ދުނިޔެއަށް ކުއްލި ސިހުމަކާއި ހައިރާންކަމެއް […]
ލަންކާގެ މުޒާހަރާ: ރައީސާއި ބޮޑު ވަޒީރަށް އިސްތިއުފާ ދެއްވަން މަޖުބޫރު ވަނީ
ސްރީލަންކާގައި ހުރަހަށާއި ދިގަށް މެދުކެނޑުމެއްނެތި ކުރަމުންދާ ބޮޑެތި މުޒާހަރާތަކުގެ ޕްރެޝަރުން ސަލާމަތްވެ ވަޑައިގަތުމަށް ރައީސް ގޮތަބަޔާ ރާޖަޕަކްސަގެ ސަރުކާރުން މިހާތަނަށް އެޅުއްވި އެއްވެސް ފިޔަވަޅަކުން މުޒާހަރާތައް މައިތިރި ކުރެވޭ ގޮތެއްނުވިއެވެ. ސަރުކާރާ ދެކޮޅަށް ރައްޔިތުން ކުރަންފެށި މުޒާހަރާތަކާ ގުޅިގެން މުޅި ކެބިނެޓު އިސްތިއުފާދީ ރައީސްގެ އާއިލާގެ ބޭފުޅުންނާއި ތިމާގެފުޅު ބޭފުޅުން މަގާމުން ދުރަށް ޖެހިވަޑައިގަތަސް އަދި އައު ކެބިނެޓެއް އުފައްދައި ގައުމުގެ ހާލަތު ރަނގަޅު ކުރުމަށް މަސައްކަތްތަކެއް ކުރަމުން ދިޔަކަމަށްވިޔަސް މުޒާހަރާތަކަށް ނިމުމެއް ނުގެނެވުނެވެ. ކެބިނެޓު އުވާލައްވައި […]
އިނގިރޭސިއަކަށް ކޮވިޑް-19 ޖެހުނުތާ ދޮޅު އަހަރު ވީއިރުވެސް ބަލިން ރަނގަޅު ނުވެ އޮންނަން ޖެހުނު
އިނގިރޭސިވިލާތުގެ މީހަކަށް ކޮވިޑް-19 ޖެހުނުތާ ދޮޅު އަހަރު ވީއިރުވެސް އެ މީހާ ބަލިން ރަނގަޅުނުވެ އޮތްކަން އެނގިއްޖެއެވެ. އެކަން އެނގުނީ އިނގިރޭސިވިލާތުގެ ސައިންސްވެރިން ކުރި ދިރާސާއަކުންނެވެ. އެ ދިރާސާ ކުރީ އިނގިރޭސިވިލާތުގެ ސިއްހީ ވުޒާރާގެ ޑޮކްޓަރުންގެ ޓީމަކުން ކުރި ދިރާސާއިންނެވެ. މިހާތަނަށް ހޯދުނު މައުލޫމާތުތަކުން އެނގުނީ މިދެންނެވި މީހާއަކީ ކޮވިޑް-19 ޖެހިގެން ބޭސްފަރުވާ ކުރެވުނު މީހުންގެ ތެރެއިން ބަލިން ރަނގަޅު ނުވެ އެންމެ ގިނަ ދުވަސް ވާނދެން ދިރިއޮތް މީހާކަމެވެ. ކޮވިޑް-19 އާ ގުޅޭގޮތުން ކުރެވިފައިވާ ދިރާސާތަކަށް […]
ރައީސް ޞާލިޙް:“އިންޑިއާ އައުޓް“ އިން ގައުމީ ސަލާމަތަށް ނުރައްކާވޭ ރައީސް ޔާމީނު: އިންޑިއާ ސިފައިންނަކީ ގައުމީ ސަލާމަތަށް ނުރައްކަލެއް އިންޑިއާއިން ދަރަނި ދަންތުރަ ޖަހައި ސިފައިން ބައިތިއްބައި ރާއްޖެ އަޅުވެތި ކުރަނީ
ޗައިނާއިން ރާއްޖެއަށް ލޯނު ދިނުމަށްފަހު ބްރިޖު ބަލަހައްޓާށޭ ބުނެ ޗައިނާގެ ސިފައިން ރާއްޖޭގައި ބައިތިއްބާފައެއް ނެތެވެ. ޖަޕާނުން މާލެވަށައި ތޮށިލައިދީ ސްކޫލްތައް އަޅައި ދިނުމަށްފަހު އެތަންތަން ބަލަހައްޓަން ޖަޕާނުގެ ސިފައިން ރާއްޖޭގައި ބަތިއްބާފައެއް ނުވެއެވެ. ޕާކިސްތާނުން ރައްޔިތުންގެ މަޖިލިސްގެ އިމާރާތް އަޅައި ދިނުމަށް ފަހު އެތަނުގެ އެތެރެއާއި ބޭރުގައި ޕާކިސްތާނުގެ ސިފައިން ބައިތިއްބާކަށް ނޫޅެއެވެ. ނަމަވެސް މިއަދު ދިވެހި ގައުމުން ފެންނަނީ ރާއްޖޭގެ ތަރައްގީއަށް އިންޑިއާއަށް ފައިދާވާ ގޮތަށް ރާއްޖެއަށް ލޯނު ދިނުމާއެކު ރާއްޖޭގެ އެކި ސަރަހައްދުގައި […]