އިނގިރޭސިއަކަށް ކޮވިޑް-19 ޖެހުނުތާ ދޮޅު އަހަރު ވީއިރުވެސް ބަލިން ރަނގަޅު ނުވެ އޮންނަން ޖެހުނު

Loading

Facebook
Twitter
WhatsApp

އިނގިރޭސިވިލާތުގެ މީހަކަށް ކޮވިޑް-19 ޖެހުނުތާ ދޮޅު އަހަރު ވީއިރުވެސް އެ މީހާ ބަލިން ރަނގަޅުނުވެ އޮތްކަން އެނގިއްޖެއެވެ. އެކަން އެނގުނީ އިނގިރޭސިވިލާތުގެ ސައިންސްވެރިން ކުރި ދިރާސާއަކުންނެވެ. އެ ދިރާސާ ކުރީ އިނގިރޭސިވިލާތުގެ ސިއްހީ ވުޒާރާގެ ޑޮކްޓަރުންގެ ޓީމަކުން ކުރި ދިރާސާއިންނެވެ.

މިހާތަނަށް ހޯދުނު މައުލޫމާތުތަކުން އެނގުނީ މިދެންނެވި މީހާއަކީ ކޮވިޑް-19 ޖެހިގެން ބޭސްފަރުވާ ކުރެވުނު މީހުންގެ ތެރެއިން ބަލިން ރަނގަޅު ނުވެ އެންމެ ގިނަ ދުވަސް ވާނދެން ދިރިއޮތް މީހާކަމެވެ. ކޮވިޑް-19 އާ ގުޅޭގޮތުން ކުރެވިފައިވާ ދިރާސާތަކަށް ބަލާއިރު ބަލި މީހުން ބަލީގެ ޝިކާރައަކަށްވެގެން އާންމުކޮށް އެންމެ ގިނަ ދުވަހަށް ވެސް ތިބެން ޖެހެނީ 8 ހަފުތާ އަށެވެ.

އެ ދިރާސާއިން އެނގުނު ގޮތުގައި ބަލި މީހާ ރަނގަޅު ނުވެ އެހާ ގިނަ ދުވަސްވީ އޭނާގެ ދިފާއީ ނިޒާމުގެ ބަލިކަށިކަމުގެ ސަބަބުންނެވެ. އޭގެ އިތުރަށް ވަރަށް ގިނަ ތަފާތު ބަލިތައް އޭނާއަށް ޖެހިފައިވާތީއެވެ.

ސައިންސްވެރިންގެ ޓީމުން ކުރި ތަހުގީގުން އިތުރު ދެމީހަކުވެސް ބަލިން ރަނގަޅުނުވެ އަހަރެއްހާ ދުވަސް ވާނދެން ތިބިކަން އެނގުނެވެ. އެ ދެމީހުންނަކީ ވެސް ދިފާއީ ނިޒާމު ބަލިކަށި ދެ މީހުންނެވެ.

ސައިންސްވެރިންގެ ޓީމުން ބުނިގޮތުގައި ކޮވިޑް-19 އިން ރަނގަޅު ނުވެ ގިނަ ދުވަހަށް ބޭސްކުރަން ޖެހުނު މީހުންނަށް އެޗްއައިވީ އާއި ކެންސަރު ފަދަ ބޮޑެތި ބަލިބަލި ޖެހިފައިވެއެވެ. އެކަމުގެ ސަބަބުން އެ މީހުންގެ ދިފާއީ ނަޒާމު ވަނީ ވަރަށް ބޮޑަށް ބަލިކަށިވެފައެވެ.

ސައިންސްވެރިން ބުނި ގޮތުގައި ދޮޅު އަހަރު ވާނދެން ކޮވިޑް-19 ޖެހިގެން ބޭސްފަރުވާ ކުރަން ޖެހުނު މީހާ ވަނީ 2021 ގައި ދުނިޔެ ދޫކޮށްފައެވެ. އޭނާ މަރުވާން ޖެހުނީ ގިނަ ބަލިތަކަށް ފަރުވާކުރަން ޖެހި އެ ބަލިތަކަށް ޝިފާއެއް ނުލިބުމުގެ ސަބަބުންނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް