އިންޑިއާގެ ހެލިކޮޕްޓަރެއް ވެއްޓި ދެ ޕައިލެޓުން މަރުވެއްޖެ 

Loading

Facebook
Twitter
WhatsApp

އިންޑިއާގެ ހެލިކޮޕްޓަރެއް ވެއްޓި ހަލާކުވެއްޖެއެވެ. އަދި އެ ހާދިސާގައި ހެލިކޮޕްޓަރުން ދަތުރުކުރި ދެ ޕައިލެޓުން ވަނީ މަރުވެފައެވެ.

ޗަތީސްގަޅުގެ ރާއޭޕޫރުގެ ސްވާމީ ވިވެކަނަންދާ އެއާޕޯޓުގައި ހިނގި ހިތާމަވެރި ހާދިސާގައި  މަރުވީ ކެޕްޓަން ގޯޕާލް ކްރިޝްނާ ޕަންޑާ އާއި ކެޕްޓަން އޭޕީ ޝްރީވާސްތަވާ އެވެ.އެ ދެމީހުންގެ ތެރެއިން އެކަކު ހެލިކޮޕްޓަރ ވެއްޓުމާއެކު ލިބުނު ހާނީއްކައިގައި ވަގުތުން މަރުވިއެވެ. އަނެއް މީހާ މަރުވީ ހޮސްޕިޓަލަށް ގެން ގޮސް ފަރުވާ ދެމުން ދަނިކޮށެވެ. އޭނާ އޮތީ ވަރަށް ބޮޑަށް ޒަޚްމުވެފައެވެ.

ހުކުރުވިލޭރޭ 9.10 ގައި ހިނގި ހިތާމަވެރި ހާދިސާގައި ހެލިކޮޕްޓަރ ވެއްޓުނީ އުދުހުމުގެ ތަމްރީނުތަކެއް ހެދުމަށް ފަހު ތިރިކުރަން އުޅެނިކޮށެވެ. މަންޒަރު ދުށް މީހުން ބުނިގޮތުގައި ކުއްލިއަކަށް ހެލިކޮޕްޓަރުގައި ރޯވެ އަނދަން ފެށީއެވެ. ދެން ފެނުނީ ހެލިކޮޕްޓަރ ވެއްޓުނުތަނެވެ.

ތަޖުރިބާކާރުން ލަފާކުރާ ގޮތުގައި ހެލިކޮޕްޓަރ ވެއްޓުނީ ފަންނީ މައްސަލައެއް ދިމާވެގެންނެވެ. ކަމާބެހޭ ފަރާތްތައް ގުޅިގެން ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ކަންތައް މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.

އިންޑިއާއަކީ ހެލިކޮޕްޓަރާއި ފްލައިޓް ވެއްޓުމުގެ ހާދިސާ ގިނަގިނައިން ހިނގާ ގައުމެކެވެ.

އިންޑިއާގައި އުފައްދާފައިވާ ދެ ހެލިކޮޕްޓަރ އިންޑިއާގެ ވައިގެ ސިފައިން ދިވެހިރާއްޖޭގައި ވެސް ބޭނުންކުރަމުންގެންދެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް