ދުނިޔޭގެ އެންމެ ކުރުމީހާ: އެންމެ 2 ފޫޓު 5 އިންޗި

ނޭޕާލުގެ ރައްޔިތެއްކަމުގައިވާ ދޫރު ބަހާދުރު ކާޕާންގީއަކީ މި ވަގުތު ދުނިޔޭގައި ހުރި އެންމެ އިސްކޮޅުން ކުރު މީހާއެވެ. ދިރިހުރި އެންމެ އިސްކޮޅުން ކުރު މީހާގެ ގޮތުގައި އޭނާގެ ނަން ވަނީ ދުނިޔޭގެ ރެކޯޑު ފޮތުގައި ވެސް ހިމަނާފައެވެ.  ދުނިޔޭގެ ރެކޯޑުތައް ބަލަހައްޓާ ފަރާތުން ދޫރު ބަހާދުރަކީ ދުނިޔޭގައި ހުރި އެންމެ ކުރު މީހާކަމަށް ކަނޑައި ކަމާ ބެހޭ ލިއުމެއް ވެސް އޭނާއަށް ވަނީ ދީފައެވެ. އޭނާގެ އިސްކޮޅުގައި ހުރީ އެންމެ 2 ފޫޓު 5 އިންޗިއެވެ. އުމުރުން 18 އަހަރުގެ ބަހާދުރަކީ […]

އިޒުރޭލާ ގުޅުން ބާއްވާ އިރާގު މީހުންނަށް އޮތް ހުކުމް: މަރު ނޫނީ އުމުރު ދުވަހަށް ޖަލަށް 

އިޒުރޭލާ ގުޅުން ބޭއްވުމަކީ ޖިނާޢީ ކުށެއްކަމަށާއި އެ ކުށުގެ އަދަކީ މެރުން ނުވަތަ އުމުރުދުވަހަށް ޖަލަށް ލުންކަމަށް އިރާގުގެ ޕާލަމެންޓުން ކަނޑައަޅައިފިއެވެ. އިޒުރޭލާ ގުޅުން ބޭއްވުމަކީ ޖިނާޢީ ކުށެއްކަމަށާއި އެ ކުށުގެ އަދަކީ މެރުން ނުވަތަ އުމުރުދުވަހަށް ޖަލަށް ލުންކަމަށް ކަނޑައަޅައި ވޯޓުދިނީ އިރާގުގެ ޕާލަމެންޓުގެ 329 މެންބަރުންގެ ތެރެއިން 275 މެންބަރުންނެވެ. މިދިޔަ އަހަރު އޮކްޓޫބަރު މަހު ބޭއްވި ޕާލަމެންޓުގެ އިންތިޚާބުން ގިނަ ގޮނޑި ހޯއްދެވީ އެމެރިކާ އާއި އިޒުރޭލާ ދެކޮޅު ސިޔާސަތެއް ގެންގުޅުއްވާ މުޤްތަދާ އައްޞަދުރަށް ތާއީދު ކުރާ މީހުންނެވެ.  އިޒުރޭލާ […]

ބީޖޭޕީގެ ވެރިކަން ހިޓްލަރުގެ ޒަމާނުގެ ވެރިކަމަށް ވުރެވެސް މާ ބޮޑަށް އަނިޔާވެރި 

އިންޑިއާގައި މިހާރު ވެރިކަން ކުރަމުންދާ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ)ގެ ވެރިކަން އަނިޔާވެރިކަމަށް މަޝްހޫރު ހިޓްލަރާއި މުސޮލެނީއާއި ސްޓާލިންގެ ވެރިކަމަށް ވުރެވެސް އަނިޔާވެރިކަމަށް ހުޅަނގު ބެންގާލްގެ ޗީފް މިނިސްޓަރ މަމްތާ ބެނާޖީ ވިދާޅުވެއްޖެއެވެ. ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން މަމްތާ ވިދާޅުވީ ބީޖޭޕީގެ ސަރުކާރުން ގެންދަނީ ސްޓޭޓްތަކުގެ ވެރިކަމުގެ މައްޗަށް ވެސް ބާރުފޯރުވުމުގެ މަސައްކަތް ކުރަމުންނެވެ. އޭނާ ވިދާޅުވި ގޮތުގައި ސްޓޭޓުތަކަށް ގާނޫނީ ގޮތުން ލިބިގެންވާ ބާރުތައް ނިގުޅައި ގަތުމަށް ބީޖޭބީން ދަނީ ތަފާތު އެޖެންސީ ތަކުގެ ބޭނުންކުރަމުންނެވެ. އަދި ސްޓޭޓްތަކަށް ލިބިގެންވާ […]

ހިންދީ ފިލްމީ ދުނިޔެ: ފުރަތަމަ އިވުނީ ލަވައެއް ވަގަށް ނެގި ވާހަކަ ދެން އިވުނީ ”ޖުގްޖުގް ޖިއޯ“ގެ ވާހަކަ ވަގަށް ނެގި އަޑު

ފުރަތަމަ އަޑު އިވުނީ އިންޑިއާގެ މަގުބޫލު ޕްރޮޑިއުސަރ އަދި ޑައިރެކްޓަރ ކަރަން ޖޯހަރުގެ ފިލްމެއްގައި ހިމަނަން ޕާކިސްތާނުގެ މަޝްހޫރު ލަވަކިއުންތެރިޔާ އިބްރާރުލްޙައްޤު ކިޔާފައިވާ ”ނަޗް ޕަންޖާބަން“ ވަގަށް ކޮޕީކޮށް ބޭނުން ކުރި ޚަބަރެވެ. އެ ޚަބަރުގެ ހޫނުކަން ނުކެނޑެނީސް މިހާރު އިވެމުން ދަނީ ކަރަން ޖޯހަރުގެ ފިލްމު ކުންފުނިން އުފެއްދި ފިލްމެއްގެ ވާހަކައަކީ އެހެން މީހަކު ލިޔެފައިވާ ވާހަކައެއްކަމަށާއި އެވާހަކައިގެ މައްޗަށް ބިނާކޮށް ފިލްމު ކުޅުނީ ވާހަކަ ލިއުނު މީހާގެ ގާތުން ހުއްދަ ނުހޯދައި ވަގަށް ކޮޕީކޮށްގެންކަމުގެ ޚަބަރެވެ.   […]

އުމުރުން 95 އަހަރުގައި އަލަތު ކައިވެނިކޮށްފި 

ލޯބިވާން ވަކި އުމުރެއް ކަނޑައެޅިފައި އޮވޭ ހެއްޔެވެ؟ ކައިވެނިކުރަން ވަކި އުމުރެއް އޮވޭ ހެއްޔެވެ؟ އެ ދެ ސުއާލާ މެދު މި ވަގުތު ބަހުސު ކުރާނެ ބޭނުމެއް ނެތެވެ.  އިނގިރޭސިވިލާތުގެ އުމުރުން 95 އަހަރުގެ ފިރިހެނަކު 84އ ގެ އަންހެނަކާ ކައިވެނިކޮށްފިއެވެ. އެއީ އެމީހުންގެ އަލަތު ކައިވެންޏެވެ. ޖޫލިއަން މޮއިލް އޭނާގެ އަންހެނުން ވެލަރީ ވިލިއަމްސްއާ ފުރަތަމަ ބައްދަލުވީ އިނގިރޭސިވިލާތުގެ ކާޑިފްގެ ފައްޅިއަކުން މީގެ 23 އަހަރު ކުރިންނެވެ. އޭރު އެ ދެމީހުން ކުރެ އެކަކަށް ވެސް ހަޔާތުގެ ކޮންމެ ވެސް ހިސާބަކުން ކައިވެނި […]

އުމުރުން 56 އަހަރުގެ މީހެއްގެ ކިޑްނީން 206 ހިލަ ނަގައިފި

އިންޑިއާގެ އުމުރުން 56 އަހަރުވީ މީހެއްގެ ގުރުދާ (ކިޑްނީ)އިން އެއްގަޑިއިރުގެ ތެރޭގައި 206 ހިލަ ނަގައިފިއެވެ. އިންޑިއާގެ މީޑިއާތަކުން ޚަބަރުދިންގޮތުގައި ހަ މަސްދުވަހުގެ ތަދާއި ވޭނަށްފަހު އޮޕްރޭޝަންކޮށް އެ ހިލަތައް ނެގުމުން އެ މީހާއަށް މިހާރު ވަނީ ހަމަނޭވާލެވެން ފަށާފައެވެ. އޮޕްރޭޝަންކޮށް ކިޑްނީން ހިލަ ނެގުމުގެ ކުރީން އެމީހާ ދިޔައީ ތަދުކަނޑުވާ ބޭސް ކަމުންނެވެ. ބޭސް ކެއުމުން ވަގުތީ ގޮތުން ތަދު ކެނޑުނުކަމަށް ވިޔަސް ދާއިމީ ހައްލެއް ނުލިބެއެވެ. އެކަމުގެ ސަބަބުން އާއްމުކޮށް އޭނާ ކުރަންޖެހޭ ކަންތައްތަކެއް ނުކުރެވެއެވެ. ތަދާއި […]

ސްރީލަންކާގައި ޕެޓްރޯލް ހުރީ ހަމައެކަނި އެމްބިއުލެންސްތަކަށް އެޅޭވަރަށް 

ސްރީލަންކާގައި މިހާރު ޕެޓްރޯލް ރައްކާކުރެވިފައި ހުރީ ހަމައެކަނި އެމަޖެންސީގައި އެމްބިއުލާންސްތަކަށް އަޅަން ބޭނުންކުރެވޭ ވަރަށްކަމަށް ހަކަތައާ ބެހޭ ވަޒީރު ވިދާޅުވެއްޖެއެވެ. ލަންކާ ޕެޓްރޯލަށް ޖެހުނީ ޕެޓްރޯލް ގަންނަން ބޭނުންވާ ބޭރުފައިސާ ސަރުކާރުގައި ނެތުމުގެ ސަބަބުންނެވެ. މާޗު މަހުގެ 28 ވަނަ ދުވަހު ޕެޓްރޯލް ހިފައިގެން އައިސް ތެޔޮ ބޯޓުތަކެއް ލަންކާގައި ބަނދަރުކޮށްފައި ވެއެވެ. ނަމަވެސް އެއަށް ދޭނެ ފައިސާ ނެތުމުގެ ސަބަބުން ގައުމު ވަނީ ޕެޓްރޯލަށް ޖެހިފައެވެ. ހަކަތައާ ބެހޭ ވަޒީރު ޕާލަމެންޓުގައި ވާހަކަފުޅުދައްކަވަމުން ވިދާޅުވީ ޕެޓްރޯލު ގަންނަން ބޭނުންވާ ފައިސާ ހޯދަން ސަރުކާރު ނުކުޅެދިފައިވާކަމަށެވެ. […]

އިންޑިއާގެ ހިންދޫން: މިސްކިތެއްގައި ހުޅުޖަހައިފި 

އިންޑިއާގެ މުސްލިމުންނާ ދެކޮޅަށް ހައްދުފަހަނަޅާފައިވާ ހިންދޫން ސިލްސިލާ ގޮތެއްގައި ހިންގަމުންގެންދާ ނުބައި ނުލަފާ ހަރަކާތްތަކުގެ ދަށުން މަދިޔަ ޕްރަދޭޝްގެ އަވަށެއްގެ މިސްކިތެއްގައި ހުޅުޖަހައި އަންދާލައިފިއެވެ. ހިންދޫން ނީމެޝުގައި ހުރި މިސްކިތެއްގައި ހުޅުޖެހުމަށްފަހު އެ އަވަށުގެ މުސްލިމުންގެ ގޭގެއަށް ގައު އުކުކައި އަނިޔާކޮށްފައިވެއެވެ. އެކަމުގެ ސަބަބުން އެ ސަރަހައްދުގެ މުސްލިމުންގެ ތެރޭގައި ބިރުވެރިކަމާއި ހާސްކަން ފެތުރިގެންދިޔައެވެ. ޚަބަރު ލިބިފައިވާ ގޮތުގައި ހިންދޫން ގައު އުކުމުގެ ސަބަބުން 23 އަހަރުގެ ޒުވާން މުސްލިމަކު ޒަޚަމުވެފައިވެއެވެ. އުއްތަރު ޕްރްދޭޝްގައި ފުލުހުން މުސްލިމް އަންހެނަކު […]

ބަނގުރޫޓުވެފައިވާ ސްރީލަންކާ: ކުރިއަށް އޮތީ އަދި މާނުރައްކާތެރި ހާލަތެއް 

ސްރީލަންކާގެ އިގުތިސާދީ ހާލަތު ވަނީ ވަރަށް ބޮޑު ނުރައްކަލެއްގެ ތެރެއަށް ވެއްޓިފައިކަމަށާއި ގައުމުގައި ޕެޓްރޯލް ހުރީ އެންމެ ދުވަހަކަށް ބޭނުންކުރެވޭ ވަރަށް ކަމުގައި ބޮޑު ވަޒީރު ވިކްރަމަ ސިންހާ ވިދާޅުވެއްޖެއެވެ. މިދިޔަ ބުރާސްފަތި ދުވަހު ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގެންނެވި ރަނިލްވިކްރަމަ ސިންހާ ގައުމާ މުޚާޠަބުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައި މިހާރަށްވުރެ މާ ބޮޑަށް ވެސް ދަތި އުނދަގުލާ ކުރިމަތިލާން ޖެހިދާނެ ކަމަށެވެ. ލަންކާގެ ރައްޔިތުން މިހާރު ތަޖުރިބާ ކުރަމުން ދަނީ އެ ގައުމު 1948 ވަނަ އަހަރު މިނިވަންވީ ފަހުން ކުރިމަތިވި އެންމެ […]

ރަޝިއާއާ ދެކޮޅަށް ކުރާ ހަނގުރާމައިން ޔޫކްރޭން މޮޅުވެދާނެ: ނޭޓޯ 

ރަޝިއާއިން ޔޫކްރޭނާ ކުރަމުންދާ ހަނގުރާމައިން ރަޝިއާ ބަލިކުރެވިދާނެކަމަށާއި ޔޫކްރޭން މޮޅުވެދާނެ ކަމަށް ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް ޖެންސް ސްޓޮލްޓެންބާރގް ވިދާޅުވެއްޖެއެވެ. ޔޫކްރޭނަށް އެހީތެރިވަމުން ގެންދާ ގައުމުތަކަށް އޭނާ ގޮވާލެއްވީ ޔޫކްރޭނަށް ހަތިޔާރު ފޮނުވަމުން ގެންދިއުމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ޔޫކްރޭންގެ ހަނގުރާމަ ހިނަގަމުން ދަނީ ރަޝިޔާއިން ރޭވި ގޮތަކަށް ނޫނެވެ. އަދި ލަފާކުރި ގޮތަކަށް ވެސް ނޫނެވެ. ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ސްޓޮލްޓެންބާރގްވިދާޅުވީ ކީވް ހިފަން ރަޝިއާއިން ކުރި މަސައްކަތް ވަނީ ނާކާމިޔާބުވެފައެވެ. އަދި ކާރް ކީވްއާ ދެކޮޅަށް ހަމަލާތަކެއް ދިނުމަށް ފަހު ރަޝިއާ ސިފައިން މިހާރު ފަހަތަށްޖެހެން ފަށާފައިވާ ކަމަށާއި ޑޮންބަސްގައި ރަޝިއާއިން ވަރުގަދަ […]