އުމުރުން 95 އަހަރުގައި އަލަތު ކައިވެނިކޮށްފި 

Loading

Facebook
Twitter
WhatsApp

ލޯބިވާން ވަކި އުމުރެއް ކަނޑައެޅިފައި އޮވޭ ހެއްޔެވެ؟ ކައިވެނިކުރަން ވަކި އުމުރެއް އޮވޭ ހެއްޔެވެ؟

އެ ދެ ސުއާލާ މެދު މި ވަގުތު ބަހުސު ކުރާނެ ބޭނުމެއް ނެތެވެ. 

އިނގިރޭސިވިލާތުގެ އުމުރުން 95 އަހަރުގެ ފިރިހެނަކު 84އ ގެ އަންހެނަކާ ކައިވެނިކޮށްފިއެވެ. އެއީ އެމީހުންގެ އަލަތު ކައިވެންޏެވެ.

ޖޫލިއަން މޮއިލް އޭނާގެ އަންހެނުން ވެލަރީ ވިލިއަމްސްއާ ފުރަތަމަ ބައްދަލުވީ އިނގިރޭސިވިލާތުގެ ކާޑިފްގެ ފައްޅިއަކުން މީގެ 23 އަހަރު ކުރިންނެވެ. އޭރު އެ ދެމީހުން ކުރެ އެކަކަށް ވެސް ހަޔާތުގެ ކޮންމެ ވެސް ހިސާބަކުން ކައިވެނި ކުރަން ޖެހިދާނެކަމަށް ޚިޔާލުވެސް ކުރެވިފައެއް ނެތެވެ.

އެ ބައްދަލުވުމަށް ފަހު ވެލެރީއާ އިންނަން ޖޫލިއަން އެދުނީ މި އަހަރުގެ ފެބުރުއަރީ މަހުގެ ތެރޭގައެވެ. އަންހެން މީހާ ކައިވެންޏަށް އެއްބަސްވިއެވެ. އަދި އެ ދެމީހުންގެ ކައިވެނި މި މޭ މަހުގެ 19ގައި ކުރެވުނެވެ.

ފާހަގަކުރަން ޖެހޭ މުހިއްމު ތަންކޮޅަކީ އެ ދެ މީހުންގެ ކައިވެނި ކުރެވުނީ 23 އަހަރު ކުރިން އެ ދެ މީހުން ބައްދަލުވި ފައްޅީގައިކަމެވެ. ކައިވެނީގެ ރަސްމިއްޔާތުގައި ބައިވެރިވީ ދެ ފަރާތުގެ ރައްޓެހީންނާއި އާއިލާގެ ސާޅީހެއްހާ މީހުންނެވެ.    

”އަހަންނަށް ގަބޫލު ކުރަން ވެސް ދަތި.“ ކައިވެންޏަށް ފަހު އަނބި މީހާ ބުނެފައިވެއެވެ.

އަލަށް ކައިވެނިކުރި ޖޯޑު ބުނީ ކުރިއަށް އޮތްތަނުގައި އެ މީހުން ތިބީ އެކުގައި އުފަލާއެކު އުޅުމަށެވެ.

އެމީހުންގެ ކައިވެނީގެ އުފާ ފާހަގަކުރަން މިއަހަރު ފަހުކޮޅު އޮސްޓްރޭލިއާއަށް ދާން އެމީހުން ތިބީ ރާވައިގެންނެވެ. އެއީ ފިރިހެން މީހާގެ އުފަން ގައުމެވެ. އޭނާ އޮސްޓްރޭލިއާއިން އިނގިރޭސިވިލާތަށް ހިޖުރަ ކުރީ 1954 ގައެވެ. އޭނާ ވަނީ 1970 ވަނަ އަހަރުން 1982 އާ ހަމައަށް ވޭލްސްގެ ނެޝަނަލް އޮޕެރާގައި މިއުޒިކާ ގުޅޭ ތަފާތު މަސައްކަތް ކޮށްފައެވެ.

ޖޫލިއަންއާއި ވެލެރީ ދުނިޔެއަށް ހާމަކޮށް ދެއްކީ ކައިވެންޏާއި ލޯތްބަކީ ހަމައެކަނި ޒުވާނުންނަށް އޮތް އުފަލެއް ނޫންކަމެވެ.

Loading

One Response

  1. ދެމަފިރިންނަށް މަރްޙަބާ…ތިޔަ ކައިވެނި ކާމިޔާބު ވުމުގެ ފުރުސަތު ވަރަށްވެސް ބޮޑެވެ. ސަބަބަކީ ބިޓުން ފަހާ ދުވުން ނިމުމަކަށް އައިސްފައިވުމެވެ. އަދި އެ ތަޖްރިބާގެ ފުރިހަމަ ބޭނުންކުރާނެކަމަށް އުންމީދު ކުރެވޭތީއެވެ. އަޅުގަނޑާ ބައްދަލުވި ޔޫރަޕްގެ އަންހެނަކު ބުނިގޮތުގައި އެމީހުން މިހާރަކަށް އައިސް ކައިވެނިކުރުމުގެ ވިސްނުން ގެންގުޅެނީ އުމުރުން 50 އަހަރާ ކައިރިވުމުންނެވެ. ހަގީގަތުގައި އެކުގައި އުޅޭނެ ބައިވެރިއަކު ބޭނުންވަނީ އެ އުމުރުން ފެށިގެންނެވެ. އޭގެ ކުރީގެ ތަޖްރިބާ ފުރިހަމައަށް ބޭނުންކޮށްގެންނެވެ. ލޯބިވުމަށް އުމުރުގެ ތަފާތު އެހާ މުހިންމެއްނޫނެވެ. އުމުރަކީ އެނގޭ އެއްޗެއްވެސް ނޫނެވެ. ވަގުތީ މަޖާކޮށްލުމަކަށް ހޭދަވާ މަދު ސިކުންތުކޮޅަކަށް ޒުވާން އުމުރުގެ ބޭނުން ބޮޑުކަމަށް އެއްބަސްވަމެވެ. އެވަގުތުކޮޅު ނިމުމުން އުމުރުގެ ތަފާތު ނެތިގެން ހިނގައިދެއެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް