ބޭނުން ވަނީ ބޭއިންސާފާއި ބާޠިލަށް ނޫނެކޭ ބުނުމުގެ ހިތްވަރު ހުރި ބައެއް: ރައީސް ޞާލިޙު

ދިވެހި މުޖުތަމިޢު ވެސް މިއަދު ބޭނުން ވަނީ އިންސާފާއި ޙައްޤަށް މަސައްކަތް ކުރާ އަދި ބޭއިންސާފާއި ބާޠިލަށް ނޫނެކޭ ބުނުމުގެ ހިތްވަރު ހުރި ބަޔަކަށް ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ. ”އަޅުގަނޑުމެންގެ މި ކުޑަކުޑަ ދިވެހި މުޖުތަމަޢުވެސް މިއަދު ބޭނުންވަނީ، އެކަކު އަނެކަކަށް އިޙްތިރާމާއި ލޯތްބާއެކު މުޢާމަލާތުކުރާ ބަޔަކަށެވެ. ދެކޮޅުވެރިކަމާއި ޒާތީ ޙަސަދައާއި ނަފްރަތަށް، ފާޅުގައި ނޫނެކޭ ބުނެ، މުޖުތަމަޢުގެ ބަދަހިކަމާއި ހަމަޖެހުމަށް މަސައްކަތްކުރާ ބަޔަކަށެވެ. އިންސާފާއި ޙައްޤަށް މަސައްކަތްކުރާ، އަދި ބޭއިންސާފާއި ބާޠިލަށް […]
އަމީތާބުގެ ގޭގައި ބޮމެއް …؟: ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފި

ހިންދީ ފިލްމީ ދުނިޔޭގެ އެންމެ މަޝްހޫރު އަދި އެންމެ މަގުބޫލު އެއްތަރިކަމަށްވާ އަމީތާބުގެ ގޭގެ އިތުރަށް ތިން ރޭލްވޭ ސްޓޭޝަނެއްގައި ބޮންތަކެއް ހުރިކަމަށް ލިބުނު ރިޕޯޓަކާ ގުޅިގެން ބަނދަރުމަތީ ސިޓީއެއްކަމުގައިވާ ބޮމްބޭގެ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފިއެވެ. އިންޑިއާގެ ނޫސްތަކުން މައުލޫމާތު ދިން ގޮތުގައި ހުކުރު ދުވަހުގެ ރޭ ބޮމްބޭގެ ޕޮލިސް ސްޓޭޝަނަކަށް ކާކުކަން ނޭނގޭ މީހަކު ފޯނުކޮށްފައި ދިން މައުލޫމާތު ތަކާ ގުޅިގެން އަމީތާބުގެ ގެއާއި ޕޮލިސް ސްޓޭޝަންތަކުގެ ސަލާމަތީ ކަންތައްތައް ވަރުގަދަކޮށް ބޮން ހުރިތޯ ބެލުމުގެ […]
ބްރެޒިލް އޮލިމްޕިކް ފުޓްބޯޅައިން ރަންމެޑަލް ހޯދައިފި

އެންމެ ފަހުން 2016ގައި ބޭއްވި އޮލިމްޕިކްގައި އަމިއްލަ ގައުމުގައި ފުޓްބޯޅައިން ރަން މެޑަލް ހޯދި ގޮތަށް ބްރެޒިލްއިން ޖަޕާނުގެ ޓޯކިޔޯގައި މިހާރު ކުރިއަށްދާ އޮލިމްޕިކްގެ ފުޓްބޯޅައިން ވެސް ރަންމެޑަލް ހޮނިހިރުދުވަހު ހޯދައިފިއެވެ. ބްރެޒިލް ރަން މެޑަލް ހޯދީ ފައިނަލްގައި ސްޕޭނާ ވާދަކޮށް 1-2 ލަނޑުން މޮޅުވެގެންނެވެ. މެޗުގެ 90 މިނިޓުގެ ކުޅުން ނިމުނު އިރު ދެ ޓީމު އޮތީ 1-1 އިން އެއްވަރުވެފައެވެ. ބްރެޒިލްއިން ލަނޑުޖެހީ ފުރަތަމަ ހާފުގައި މަތިއަސް ކުންހާއެވެ. ނަމަވެސް ފަހު ހާފުގައި ސްޕޭންގެ […]
ކުރިއަށް އޮތް 24 ގަޑިއިރުގެތެރޭގައި ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެ: މެޓު

ކުރިއަށް އޮތް 24 ގަޑިއިރުގެތެރޭގައި ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެ ކަމަށާއި ބައެއް ރަށްރަށަށް ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެން ވާކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ. މެޓު އޮފީހުން މައުލޫމާތުދިން ގޮތުގައި އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި އަދި ދެކުނުގެ އަތޮޅުތަކުގައި ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 05 މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެއެވެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައި […]
ލޯބީގެ މަންޒިލު-2

https://sandhaanu.today/13458/ އާ ގުޅޭ… ބަސް ހުއްޓުމާއެކު ތިންހަތަރު ފިރިހެނުން ވެގެން ސަރޫޕު ބަހުން ބޭރަށް ނެރުނެވެ. އަންހެން ކުއްޖާ ވެސް ބަހުން ފައިބައިފިއެވެ. އެ މީހުން ބަހުން ފޭބުމާއެކު ބަހުގެ ރަނގަބީލު ޖެހި އަޑު އިވުނެވެ. ދެން ފެނުނީ ބަސް ދުއްވާލިތަނެވެ. ސަރޫޕު ބަހުން މަގުމައްޗަށް ދަމާ ނެރުނު އިރު އޭނާގެ ސިފަ ވަނީ ވަރަށް ބޮޑަށް ބަދަލުވެފައެވެ. ގަމީހުގެ ދެތިން ގޮށް ކަނޑައިގެން ހިނގައްޖެއެވެ. ބޮލުގެ އިސްތަށިގަނޑު ވަނީ ހޭވިފައެވެ. އެ މީހުން އަދިވެސް ތިބީ […]
ލޯބީގެ މަންޒިލު – 1

މިއީ މީގެ 28 އަހަރު ކުރިން މުޙައްމަދު ސަޢީދު މޫސާ ވަޖުދީ ތަރުޖަމާކޮށް ނެރެފައިވާ ވާހަކައެކެވެ. ވާހަކަ އުރުދޫ ބަހުން ލިއުއްވާފައި ވަނީ އިންޑިއާގެ މަޝްހޫރު ލިއުންތެރިއެއްކަމުގައިވާ ސަމީރުއެވެ. މި ވާހަކަ ”ސަންދާނު“ގައި ޝާއިޢު ކުރަނީ ކިއުންތެރީން މުނިފޫހިފިލުވުމަށް ވިދާޅުވާނެކަމުގެ އުއްމީދުގައެވެ. …………………………………………………………………………………………………. ސަރޫޕް ވިލާތުން ގަނެގެން ގެނެސްފައި އޮތް އަގުބޮޑު ކާރު އެއްވެސް އަޑެއްނެތި މަގުމަތީގައި ދުވެފައިދެއެވެ. ކާރު ދުއްވަން އިނީ ޚުދު ސަރޫޕެވެ. އޭނާ ލައިގެން ހުރީ އެންމެ އަގު ބޮޑު ފޮތީގެ ކޯޓު […]
އިންޑިއާގެ އަންހެން ޑޮކްޓަރަކަށް އެއް އަހަރުދުވަހުގެ ތެރޭގައި ތިން ފަހަރަށް ކޮވިޑް-19 ޖެހިއްޖެ

އިންޑިއާގެ މީޑިއާތަކުން ޚަބަރު ދޭގޮތުގައި އެ ގައުމުގެ އަންހެން ޑޮކްޓަރަކަށް އެއް އަހަރު ދުވަހުގެތެރޭގައި ތިން ފަހަރަށް ކޮވިޑް-19 ޖެހިއްޖެއެވެ. ޚަބަރުލިބިފައިވާ ގޮތުގައި އަންހެން ޑޮކްޓަރަށް ދެވަނަ ފަހަރަށް ކޮވިޑް-19 ޖެހުނީ ވެކްސިން ޖަހާފައިވަނިކޮށެވެ. އޭނާގެ އާއިލާގެ އެންމެންނަށް ވެކްސިން ޖަހާފައި ވަނިކޮށް އާއިލާގެ އެންމެންނަށް ވެސް ވަނީ ކޮވިޑް-19 ޖެހިފައެވެ. ޚަބަރުލިބިފައިވާ ގޮތުގައި އަންހެން ޑޮކްޓަރު އަހަރު ދުވަހުގެ ތެރޭގައި ތިން ފަހަރަށް ކޮވިޑް-19އަށް ފައްސިވިޔަސް އޭނާގެ ހާލު ރަނގަޅެވެ. ފުރާނައަށް ނުރައްކާވާ ދަރަޖައަށް އޭނާގެ […]
ފިލްމީ ތަރި ކަންގަނާ ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރުމުގެ ބިރު

ހިންދީ ފިލްމީ ދުނިޔޭގައި ވާހަކަލިއުމަށާއި ލަވަހެދުމަށް މަޝްހޫރު ޖާވީދު އަޚުތަރުގެ އަބުރާ ބެހުގެ މައްސަލައިގައި ކޯޓަށް ހާޒިރުވާން އެންގުމުން ފިލްމް ސްޓާރ ކަންގަނާ އެތައް ފަހަރަކު ވަނީ ކޯޓަށް ހާޒިރުނުވެފައެވެ. އެހެންވެ ކޯޓުން މިހާރު ބުނެފައި ވަނީ ދެން އޮންނަ އަޑު އެހުމަކަށް ކަންގަނާ ހާޒިރުނުވެއްޖެނަމަ ބަންދުގައި ބަހައްޓައިގެން އޭނާ ކޯޓަށް ހާޒިރުކުރުމަށް ފުލުހުންގެ މައްޗަށް އަމުރު ނެރޭނޭކަމަށެވެ. އިންޑިއާގެ މީޑިއާތަކުން ޚަބަރުދޭ ގޮތުގައި ބޮމްބޭގެ އަނދޭރީގެ މެޓްރޯ ޕޮލިޓަން މެޖިސްޓްރޭޓުން މިހާރު ވަނީ ކަންގަނާ ރަނާވަޓް […]
ވެކްސިން ޖެހުމުން 100 ޑޮލަރު ދޭގޮތަށް ނިއުޔޯކުން ހަމަޖައްސައިފި

އެމެރިކާގެ ނިއުޔޯކުގެ ރަށްވެހީންގެ ތެރެއިން ކޮރޯނާ ވައިރަހުން ރައްކާތެރިވާން ވެކްސިން ޖަހާ ކޮންމެ މީހަކަށް 100 ޑޮލަރުދޭން ހަމަޖައްސައި އެކަން އިއުލާންކޮށްފިއެވެ. ވެކްސިންދޭ މަރުކަޒުތަކުން ވެކްސިން ޖަހާ މީހުންނަށް ފައިސާގެ އިނާމެއް ދޭނެކަން އިއުލާންކުރައްވަމުން ނިއުޔޯކުގެ ގަވަރުނަރު ބްލެސިއޯ ބުދަދުވަހު ވިދާޅުވީ މި މަޝްރޫޢޫގެ ސަބަބުން އެ ސްޓޭޓުގައި ކޮރޯނާ ވައިރަސް ފެތުރުން ހުއްޓުވުމަށް ވަރަށް ބޮޑު އެހީއަކަށް ވެގެންދާނޭކަމަށެވެ. ނޫސްވެރިންނަށް މައުލޫމާތުދޭން ބޭއްވި ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން މޭޔަރ ވިދާޅުވީ ކޮރޯނާ ވައިރަހާ ދެކޮޅަށް އެޅެން އޮތް […]
ސެލްފީއެއް ނަގަންޏާ މިނިސްޓަރަށް 100 ރުޕީސް: ސެލްފީން ލިބޭހާ ފައިސާއެއް ބޮޑުވަޒީރު މޯދީ ފަންޑަށް

ސެލްފީ ނަގަން އެދޭ ފަރާތްތަކަށް އެ ފުރުސަތުދޭނީ 100 ރުޕީސް ދިނުމުންކަމަށް އިންޑިއާގެ ސްޓޭޓެއްގެ ވަޒީރަކު ވިދާޅުވެއްޖެއެވެ. މަދިޔަ ޕްރަދޭޝްގައި ވެރިކަން ކުރަމުންދާ ހަރުކަށި ހިންދޫންގެ ޕާޓީ ބާރަތިޔާ ޖަންތާ ޕާޓީ (ބީޖޭޕީ) ސަރުކާރުގެ މިނިސްޓަރ އޫޝާ ޓާކަރު ވިދާޅުވި ގޮތުގައި ސެލްފީ ނެގުމަށް ވަގުތުތަކެއް ހޭދަ ކުރަންޖެއެވެ. އެހެންވެ އޭނާއާއެކު ސެލްފީ ނަގަން މީހުންނަށް ފުރުސަތު ދޭނީ 100 ރުޕީސް ދިނުމުންނެވެ. އޫޝާ ވިދާޅުވި ގޮތުގައި ސެލްފީ ނަގައިގެން ލިބޭ ފައިސާ އޭނާ ޖަމާ ކުރައްވާނީ […]