ބްރެޒިލް އޮލިމްޕިކް ފުޓްބޯޅައިން ރަންމެޑަލް ހޯދައިފި

Loading

Facebook
Twitter
WhatsApp

އެންމެ ފަހުން 2016ގައި ބޭއްވި އޮލިމްޕިކްގައި އަމިއްލަ ގައުމުގައި ފުޓްބޯޅައިން ރަން މެޑަލް ހޯދި ގޮތަށް ބްރެޒިލްއިން ޖަޕާނުގެ ޓޯކިޔޯގައި މިހާރު ކުރިއަށްދާ އޮލިމްޕިކްގެ ފުޓްބޯޅައިން ވެސް ރަންމެޑަލް ހޮނިހިރުދުވަހު ހޯދައިފިއެވެ.

ބްރެޒިލް ރަން މެޑަލް ހޯދީ ފައިނަލްގައި ސްޕޭނާ ވާދަކޮށް 1-2 ލަނޑުން މޮޅުވެގެންނެވެ.

މެޗުގެ 90 މިނިޓުގެ ކުޅުން ނިމުނު އިރު ދެ ޓީމު އޮތީ 1-1 އިން އެއްވަރުވެފައެވެ. ބްރެޒިލްއިން ލަނޑުޖެހީ ފުރަތަމަ ހާފުގައި މަތިއަސް ކުންހާއެވެ. ނަމަވެސް ފަހު ހާފުގައި ސްޕޭންގެ މިކޭލް އޮރިޔަޒަބަލް ލަނޑެއް ޖަހައި އެއްވަރުކުރިއެވެ.

ބްރެޒިލް ޗެމްޕިއަންކަން ހޯދީ އިތުރު ވަގުތުގެ ކުޅުމުގައި މެޗުގެ 108 ވަނަ މިނިޓުގައި މެލްކަމް ޖެހި ލަނޑުންނެވެ. އޭނާ ކުޅެން އެރީ އިތުރު ވަގުތުގައެވެ. އޭނާ ދަނޑަށް އެރިފަހުން ސްޕޭނުގެ ދިފާއަށް ބާރުބޮޑު ކުރަމުން ބޮޑުކުރަމުން ގޮސް އެންމެ ފަހުން ލަނޑެއްވެސް ޖެހީއެވެ. މެޗުގެ ނަތީޖާ ބަދަލު ކުރީ އޮޅުމެއް ނެތް ގޮތުގައި ކުރިން ބާސެލޯނާއަށް ކުޅުނު މެލްކަމްއެވެ.

ބްރެޒިލްގެ ކައްޕި ޑެނީ އަލްވޭވޭޒްއަކީ އޮލިމްޕިކްގައި ބައިވެރިވި އެންމެ އުމުރުން ދުވަސްވި ކުޅުންތެރިންގެ ތެރޭގައި ހިމެނޭ މީހެކެވެ. އުމުރުން 38 އަހަރުގައި، އަދި ކޮބައިތޯ އޮލިމްޕިކްގައި ރަންމެޑެއްޔެއް ލިބުމަކީ އޭނާގެ ފުޓްބޯޅައިގެ ހަޔާތުގައި ލިބުނު ވަރަށް ފަޚުރުވެރި ޝަރަފެކެވެ. ދުނިޔޭގައި މިހާތަނަށް އުފެދުނު ފުޓްބޯޅަ ކުޅިންތެރިންގެ ތެރެއިން އެންމެ ގިނަ ”އިނާމު“ ހޯދާފައި ވަނީ ހާބުރި ޑެނީ އަލްވެސްއެވެ.

ފުޓުބޯޅައިން ތިންވަނަ ހޯދީ ޖަޕާނާ ވާދަކޮށްގެން މެކްސިކޯއެވެ. މެކްސިކޯ މޮޅުވީ 1-3 ލަނޑުންނެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް