އިންޑިއާގެ އަންހެން ޑޮކްޓަރަކަށް އެއް އަހަރުދުވަހުގެ ތެރޭގައި ތިން ފަހަރަށް ކޮވިޑް-19 ޖެހިއްޖެ

Loading

Facebook
Twitter
WhatsApp

އިންޑިއާގެ މީޑިއާތަކުން ޚަބަރު ދޭގޮތުގައި އެ ގައުމުގެ އަންހެން ޑޮކްޓަރަކަށް އެއް އަހަރު ދުވަހުގެތެރޭގައި ތިން ފަހަރަށް ކޮވިޑް-19 ޖެހިއްޖެއެވެ.

ޚަބަރުލިބިފައިވާ ގޮތުގައި އަންހެން ޑޮކްޓަރަށް ދެވަނަ ފަހަރަށް ކޮވިޑް-19 ޖެހުނީ ވެކްސިން ޖަހާފައިވަނިކޮށެވެ. އޭނާގެ އާއިލާގެ އެންމެންނަށް ވެކްސިން ޖަހާފައި ވަނިކޮށް އާއިލާގެ އެންމެންނަށް ވެސް ވަނީ ކޮވިޑް-19 ޖެހިފައެވެ.

ޚަބަރުލިބިފައިވާ ގޮތުގައި އަންހެން ޑޮކްޓަރު އަހަރު ދުވަހުގެ ތެރޭގައި ތިން ފަހަރަށް ކޮވިޑް-19އަށް ފައްސިވިޔަސް އޭނާގެ ހާލު ރަނގަޅެވެ. ފުރާނައަށް ނުރައްކާވާ ދަރަޖައަށް އޭނާގެ ހާލަތު ގޯސްވެގެންނެއް ނުދެއެވެ.

އިންޑިއާއަކީ މުޅިދުނިޔެއަށް ބަލާއިރު ކޮރޯނާ ވައިރަސް އެންމެ ނުރައްކާތެރި ދަރަޖައަށް ފެތުރިގެންދިޔަ ދެވަނަ ގައުމެވެ. އިންޑިއާއަށްވުރ ކުރީގައި އުޅެނީ އެމެރިކާއެވެ. އަނެއްކޮޅުން އިންޑިއާއިން ފެނުނު ކޮރޯނާ ވައިރަހުގެ ވައްތަރެއްކަމުގައިވާ ޑެލްޓާ ވޭރިއަންޓް 100އަށްވުރެ ގިނަ ގައުމަށް ފެތުރި އެ ގައުމުތައް ވަނީ ނުރައްކާތެރި ހާލަތަކަށް ވެއްޓިފައެވެ.

ކޮރޯނާ ވައިރަހުގެ ނުރައްކަލަށް ނިމުމެއް އައުމުގެ ކޮޅުމައްޗެއް އަދި ނުފެނެއެވެ. ބަލި ކުރިން މައިތިރިކުރެވިފައިވާ ގިނަ ގައުމުތަކުގައި އަލުން ބަލި ނުރައްކާ ދަރަޖައަކަށް ފެތުރެމުން އެބަދެއެވެ. އަނެއްބައި ގައުމުތަކުގައި ކޮރޯނާ ވައިރަހުގެ ހަތަރުވަނަ ރާޅެއް ވެސް ފެތުރެމުން އެބަދެއެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް