ބޭނުން ވަނީ ބޭއިންސާފާއި ބާޠިލަށް ނޫނެކޭ ބުނުމުގެ ހިތްވަރު ހުރި ބައެއް: ރައީސް ޞާލިޙު

Loading

Facebook
Twitter
WhatsApp

ދިވެހި މުޖުތަމިޢު ވެސް މިއަދު ބޭނުން ވަނީ އިންސާފާއި ޙައްޤަށް މަސައްކަތް ކުރާ އަދި ބޭއިންސާފާއި ބާޠިލަށް ނޫނެކޭ ބުނުމުގެ ހިތްވަރު ހުރި ބަޔަކަށް ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

”އަޅުގަނޑުމެންގެ މި ކުޑަކުޑަ ދިވެހި މުޖުތަމަޢުވެސް މިއަދު ބޭނުންވަނީ، އެކަކު އަނެކަކަށް އިޙްތިރާމާއި ލޯތްބާއެކު މުޢާމަލާތުކުރާ ބަޔަކަށެވެ. ދެކޮޅުވެރިކަމާއި ޒާތީ ޙަސަދައާއި ނަފްރަތަށް، ފާޅުގައި ނޫނެކޭ ބުނެ، މުޖުތަމަޢުގެ ބަދަހިކަމާއި ހަމަޖެހުމަށް މަސައްކަތްކުރާ ބަޔަކަށެވެ. އިންސާފާއި ޙައްޤަށް މަސައްކަތްކުރާ، އަދި ބޭއިންސާފާއި ބާޠިލަށް ނޫނެކޭ ބުނުމުގެ ހިތްވަރު ހުރި ބަޔަކަށެވެ.“ ހިޖުރީ އައު އަހަރުގެ މުނާސަބަތުގައި ރައީސް ދެއްވި ޚިޠާބުގައި ވިދާޅުވިއެވެ. ”ހިޖްރައިގެ މަތިވެރި ހާދިސާ އަޅުގަނޑުމެންނަށް ގޮވައިލަނީ، އެފަދަ ބަޔަކަށް މުސްލިމުން ވުމަށެވެ.“

ރައީސް ވިދާޅުވި ގޮތުގައި މިއަދު ދުނިޔޭގެ ކުރިމަތީގައި އިސްލާމީ އުންމަތް ނިކަމެތިވެ ބާރުކެނޑިގެން ދިޔައީ، އިސްލާމީ އަޚްވަންތަކަމުގެ ގުޅުންތައް ދެމެހެއްޓުމުގައި އަޅުގަނޑުމެންނަށް ފަރުވާކުޑަކުރެވުމުގެ ސަބަބުން، އިސްލާމީ އުންމަތް ބައިބައިވެފައިވާތީއެވެ.

ހިޖުރީ އައު އަހަރުގެ މުނާސަބާގައި ރައީސް ޞާލިޙު މުހިއްމު މެސެޖެއް ދެއްވިއިރު ގައުމުގައި ވަނީ ސިޔާސީ ކޯޅުންތަކާއި ކޮރަޕްޝަންގެ މައްސަލަތަކާއި އިޖުތިމާ ހަމަނުޖެހުމާއި އަދުލު އިންސާފެއް ނެތުމާއި އިންސާނީ ހައްގުތައް ގެއްލި ހަމަހަމަކަން ނެތުމުގެ އަޑުތައް ގަދަވެފައެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް