އަމީތާބުގެ ގޭގައި ބޮމެއް ...؟: ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފި

Loading

Facebook
Twitter
WhatsApp

ހިންދީ ފިލްމީ ދުނިޔޭގެ އެންމެ މަޝްހޫރު އަދި އެންމެ މަގުބޫލު އެއްތަރިކަމަށްވާ އަމީތާބުގެ ގޭގެ އިތުރަށް ތިން ރޭލްވޭ ސްޓޭޝަނެއްގައި ބޮންތަކެއް ހުރިކަމަށް ލިބުނު ރިޕޯޓަކާ ގުޅިގެން ބަނދަރުމަތީ ސިޓީއެއްކަމުގައިވާ ބޮމްބޭގެ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފިއެވެ.

އިންޑިއާގެ ނޫސްތަކުން މައުލޫމާތު ދިން ގޮތުގައި ހުކުރު ދުވަހުގެ ރޭ ބޮމްބޭގެ ޕޮލިސް ސްޓޭޝަނަކަށް ކާކުކަން ނޭނގޭ މީހަކު ފޯނުކޮށްފައި ދިން މައުލޫމާތު ތަކާ ގުޅިގެން އަމީތާބުގެ ގެއާއި ޕޮލިސް ސްޓޭޝަންތަކުގެ ސަލާމަތީ ކަންތައްތައް ވަރުގަދަކޮށް ބޮން ހުރިތޯ ބެލުމުގެ މަސައްކަތް ފުލުހުން ވަނީ ކޮށްފައެވެ.

ސަލާމަތީ ފުލުހުންނާއި ކަމާ ގުޅޭ އެހެން ތަޖުރިބާކާރުން އެތައް ގަޑިއިރެއް ވާނދެން ބޮން ފެނޭތޯ ކުރި މަސައްކަތަށްފަހު ބޮމެއް ނުފެނުމުން ބޮން ހުރިކަމަށް ލިބުނު މައުލޫމާތަކީ ދޮގެއްކަމަށް ފުލުހުން މިހާރު ވަނީ ނިންމާފައެވެ. އަދި އަމީތާބުގެ ގެއާއި ޕޮލިސް ސްޓޭޝަނާއި މުހިއްމު އެހެން ތަންތަނުގެ ސަލާމަތީ ކަންކަން ފުލުހުން ވަނީ ވަރުގަދަކޮށްފައެވެ. އަދި ބޮން ހުރިކަމަށް ބުނެ ދޮގު މައުލޫމަތު ދިން މީހާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން އެބަގެންދެއެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް