ކާސަން ހިފައިފި ކަމަށް ރަޝިއާއިން ބުނެފި
ޔޫކްރޭނުގެ އިރުމަތީ ސަރަހައްދެއް ކަމަށްވާ ކާރސަން މިހާރު ވަނީ ރަޝިއާގެ އަސްކަރީ ބާރުގެ ދަށަށް ގެނެވިފައިކަމަށް ރަޝިއާގެ ޢަސްކަރިއްޔާއިން ބުނެފިއެވެ. ނަމަވެސް ޔޫކްރޭނުން ވަނީ ރަޝިއާގެ މި ވާހަކަ ދޮގު ކޮށްފައެވެ. ނަމަވެސް ރަޝިއާގެ ސިފައިން އެ ސަރަހައްދު ވަށާލާފައިވާ ކަމަށް ޔޫކްރޭނުން ވަނީ ބުނެފައެވެ. ނަމަވެސް އެ ރަށް އަދި ރަޝިއާގެ ބާރުގެ ދަށަށް ގޮސްފައި ނުވާ ކަމަށް ޔޫކްރޭނުގެ ރައީސްގެ އެޑްވައިޒަރަކު ވަނީ ބުނެފައެވެ. ރަޝިއާއިންވަނީ ކާރސަންގެ އިތުރުން ޔޫކްރޭނުގެ އިރު-އުތުރުގެ ރަށެއް ކަމަށްވާ […]
ނިއުކްލިއާ ހަނގުރާމައެއް ފެށިއްޖެ ނަމަ …..
ޔޫކްރޭނާއި ރަޝިއާގެ މެދުގައި ހިންގަމުންދާ ހަނގުރާމަ ފުޅާވެ ދިގުދެމިގެންދާތާ މިހާރު ވަނީ ހަ ދުވަސް ފާއިތުވެފައެވެ. ރަޝިއާއިން ޔޫކްރޭނަށް އެރުމާ ގުޅިގެން ހުޅަނގުގެ ގިނަ ގައުމުތަކަކުން ވަނީ ނުރުހުން ފާޅުކޮށް ރަޝިއާއަށް އިގުތިސާދީ ގޮތުން ގިނަ ދަތި ކުރުމުގެ ފިޔަވަޅުތަކެއް އަޅާފައެވެ. މި ފިޔަވަޅުތަކުގެ ސަބަބުން ރަޝިއާގެ އިގުތިސާދަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. މިގޮތުން ރަޝިއާގެ ފައިސާ ކަމަށްވާ ރޫބެލްގެ އަގު މިއަދު އެއް ރުފިޔާއަށް ވެސް ނާރައެވެ. ދަތި ކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ފެބްރުއަރީ […]
ރަޝިއާ އަދި ޔޫކްރޭނާ ދެމެދުގައި ސުލްހައިގެ ވާހަކަތައް ފެށިއްޖެ.
ދެ ގައުމުގެ މެދުގައި ހިނގަމުންދާ ހަމަނުޖެހުންތައް ހުއްޓާ ސުލްހަ ގާއިމް ކުރުމަށްޓަކައި ރަޝިއާގެ އޮފިޝަލުންނާއި ޔޫކްރޭނުގެ އޮފިޝަލުންގެ މެދުގައި ބޭއްވޭ ބައްދަލުވުންތައް ބެލާރުސްގައި ފެށިއްޖެއެވެ. މި ބައްދަލުވުންތައް ބާއްވަމުން މިދަނީ ރަޝިއާއިން ޔޫކްރޭނާ ދެކޮޅަށް އަސްކަރީ ފިޔަވަޅުތައް އަޅަމުންދާ ދަނޑިވަޅެއްގައެވެ. މި ބައްދަލުވުމުގައި ޔޫކްރޭނުގެ ފަރާތުން ބައިވެރިވާ އޮފިޝަލުންގޮވައިގެން ޔޫކްރޭނުގެ ދެ ހެލިކޮޕްޓަރ ބެލަރުސްގެ ބޯޑަރު ކައިރި ގޮމެލް ސަރަހައްދަށް ޖައްސާ ކަމަށް ބުނާ ވީޑިއޯއެއް ވަނީ އާއްމުވެފައެވެ. ޔޫކްރޭނުގެ ރައީސް ވޮލޮޑިމިރް ޒޮލެންސްކީ ވިދާޅުވެފައިވާ ގޮތުގާ […]
ރަޝިޔާގެ ހައްގުގައި ޕުޓިން: ވަރުގަދަ ވަޠަނީ ލީޑަރެއް
މުޅި ދުނިޔޭގެ ލޯ މިވަގުތު ހުއްޓިފައިވަނީ ރަޝިޔާގެ ރައީސް ވުލަޑިމިރް ޕުޓިން އަށެވެ. އޭނާ އަކީ ސޯވިޔެޓް ޔޫނިއަން އުވި، ފިނިހަނގުރާމަ ނިމުމަށްފަހު ރަޝިޔާ ދުށް އެންމެ ހަރުދަނާ ލީޑަރެވެ. ޕުޓިން ރަޝިޔާގެ ރައީސްކަމަށް ފުރަތަމަ އިންތިހާބުވީ 2000 ވަނަ އަހަރުއެވެ. ރަޝިޔާގެ ވަޠަނީ ފިކުރު ވިއްކަވައިގެންނެވެ. ޕުޓިން ވެރިކަމަށް ވަޑައިގަތުމަށްފަހު އޭނާ ވަނީ ރަޝިއާ އަލުން ދުނިޔޭގެ އަސްކަރީ ބޮޑެތި ބާރު ތަކުގެ ތެރޭގައި ހިމަނާފައެވެ. ސޮވިއެޓް ޔުނިއަންއަށް ކުރިމަތިވި އިގުތިސާދީ އަދި ސިޔާސީ ދަތިތަކުގެ […]
އިޒްރޭލު ސިފައިންނާއި ފަލަސްތީނު ރައްޔިތުންނާ ދެމެދު ކުރިމަތިލުންތަކެއް ހިނގައިފި
ޖެރޫސަލެމްގައި އިޒްރޭލު ސިފައިންނާއި ފަލަސްތީނު ރައްޔިތުންނާ ދެމެދު އަނެއްކާވެސް ކުރިމަތިލުންތަކެއް ހިނގައިފި ކަމަށް ކަމާބެހޭ ޖަމާއަތްތަކުން މައުލޫމާތު ދީފިއެވެ. މި ކުރިމަތިލުންތައް ހިނގާފައި ވަނީ އިޒްރޭލު ސިފައިން ފަލަސްތީނު ރައްޔިތުން ދިރިއުޅެމުންދާ ސަރަހައްދެއްގެ މަގެއް ހުސްކުރަން މަސައްކަތް ކުރަން ފެށުމާ އެކު އެ ސަރަހައްދުން ދުރަށް ނުދިޔުމަށް އެ މީހުން އިހުތިޖާޖު ކުރުމުންކަމަށް ބޭރުގެ ނޫސްތަކުން މައުލޫމާތު ދެއެވެ. ހުކުރު ދުވަހު ހިނގާފައިވާ މި ކުރިމަތިލުންތަކުގައި އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށް އިޒްރޭލުން މައުލޫމާތު ދިނެވެ. ނަމަވެސް […]
ޔޫކްރޭނުން ރަޝިއާ އާއެކު ބައްދަލުވުމެއް ބާއްވަން އެދެފި
ރަޝިއާއިން ޔޫކްރޭނުގެ ބޯޑަރު ކައިރިއަށާއި ކްރައިމިއާ ކައިރިއަށް ގިނަ އަދަދެއްގެ ހަތިޔާރުތައް ޖަމާކުރުމާ ގުޅިގެން ޔޫކްރޭނުން ރަޝިއާ އާއެކު ބައްދަލުވުމެއް ބާއްވަން އެދެފިއެވެ. ޔޫކްރޭނުގެ ފޮރިން މިނިސްޓަރު ޑްމިޓްރޯ ކުލެބާ ވިދާޅުވި ގޮތުގައި ރަޝިއާގެ އަމަލުތަކާ މެދު ވާހަކަ ދެއްކުމަށް ހުކުރު ދުވަހު ޔުކުރޭނުން ވަނީ އެދިފައެވެ. އެ އެދުމަށް ރަޝިއާއިން އަދި ޖަވާބެއް ދީފައެއް ނުވެއެވެ. މިހާރު ޔޫކްރޭނުން އެދިފައިވަނީ ކުރިޔަށް އޮތް 48 ގަޑިއިރު ތެރޭގައި ބައްދަލުވުމެއް ބޭއްވުމަށެވެ. ޔުކުރޭންގެ ހާލަތު ގޯސްވުމާ ގުޅިގެން […]
ސައްދާމް ވައްޓާލި މީހާގެ ހިތާމަ
ބަޣުދާދުގެ ފިރްދައުސް ސްކެއަރގައި ބަހައްޓާފައިހުރި ޞައްދާމު ޙުސޭނުގެ ބުދު މީގެ 19 އަހަރު ކުރިން ވަނީ ވައްޓާލާފައެވެ. ގިނަ އަދަދެއްގެ މީހުން އެދުވަހު އެތަނަށް އެއްވެ އެ ބުދު ވައްޓާލައި އެކަމުގެ އުފާ ވަނީ ފާޅުކޮށްފައެވެ. އެއްވި މީހުންގެ ތެރެއިން އެންމެ އިސްކޮށް ބައިވެރިވެފައި ވަނީ ޙާދިމް އަލް ޖުބޫރީއެވެ. ބޮޑު ކޯރާޑިއަކުން އެ ބުދު ބަހައްޓާފައިހުރި ބންގާ ހަލާކު ކުރަމުން އަލްޖުބޫރީ ވަނީ އޭނާގެ ހިތަށް ލިބުނު ހިތްހަމަޖެހުމުގެ ވާހަކަ ހިއްސާކޮށްފައެވެ. ނަމަވެސް، މިއަދު އޭނާގެ […]
ޕުޓިން އާއި ބައިޑެންގެ ފޯން ކޯލް ނިމިއްޖެ
ޔޫކްރޭނުގެ މައްސަލަ އިތުރަށް ހޫނުވެފައި ވަނިކޮށް އެމެރިކާގެ ރައީސް ޖޯ ބައިޑެން އަދި ރަޝިއާގެ ރައީސް ވްލަޑިމިރް ޕުޓިން ވަނީ ހޮނިހިރު ދުވަހު ފޯނުން ގުޅުއްވައި ވާހަކަދައްކަވާފައެވެ. ވައިޓްހައުސްއިން މި ކޯލާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ބުނެފައިވަނީ ބައިޑެން ވަނީ ރަޝިއާއިން ޢަސްކަރީ ފިޔަޅެއް އަޅައިފި ނަމަ އެމެރިކާ އަދި އެމެރިކާގެ ބައިވެރިން ގުޅިގެން ރަޝިއާއަށް ފިޔަވަޅު އަޅާނެކަމަށް ޕުޓިން އަރިހު ދަންނަވާފައެވެ. އަދި އެމެރިކާއިން ފިޔަވަޅެއް އަޅައިފިނަމަ ރަޝިއާގެ ބައިނަލްއަގުވާމީ ހާލަތަށް ބޮޑެތި ލޮޅުންތަކެއް […]
ފިނި ހަނގުރާމައަށް ފަހު ރަޝިއާއިން ބެލާރުސްގައި ބާއްވާ އެންމެ ބޮޑު ޢަސްކަރީ ތަމްރީނު ބާއްވަނީ
ދިހަ ދުވަހުގެ ޢަސްކަރީ ތަމްރީން ތަކެއް ބެލާރުސްގައި ބާއްވަން ރަޝިއާއިން ތައްޔާރުވާން ފަށައިފިއެވެ. މި ޢަސްކަރީ ތަމްރީންތައް ބޭއްވުމުގެ މައިގަނޑު މަގުސަދެއްކަމަށް ގިނަ ފަރާތްތަކުން ދެކެނީ ހުޅަނގުގެ ގައުމުތަކާއި ޔޫކްރޭނަށް ރަޝިއާއިން ހަނގުރާމަކުރަން ތައްޔާރަށް އޮތްކަން ދެއްކުމެވެ. ރަޝިއާގެ ސިފައިން ބެލާރުސްއަށް ގެންދަން ފަށާފައި ވަނީ ޖެނުއަރީ މަހުގެ މެދުތެރޭގައެވެ. ރަޝިއާއިން ބެލާރުސްގައި ބާއްވަން ތައްޔާރުވަމުން އަންނަ ”އެލައިޑް ރިސޯލްވް“ގެ ނަން ދެވިފައިވާ ޑްރިލްގައި 30،000 ސިފައިން ބައިވެރިވާނެ ކަމަށް ވަނީ ލަފާ ކުރެވިފައެވެ. މީގެ އިތުރުން […]
ކުޑަ ކުއްޖަކު މަރުވުމާ ގުޅިގެން އެ ހާދިސާ ތަހުގީގު ކުރުމަށް ވެނެޒުއެލާއިން ގޮވާލައިފި
ޓްރިނިޑާޑް އެންޑް ޓޮބާގޯ ކަނޑުގެ ސަރަހައްދުގައި ހިނގި ހާދިސާއެއްގައި ތުއްތު ކުއްޖަކު މަރުވުމާ ގުޅިގެން އެ ހާދިސާ ތަހުގީގު ކުރުމަށް ވެނެޒިއުލާއިން ގޮވާލައިފިއެވެ. މިހާދިސާ ހިނގާފައި ވަނީ ވެނެޒިއުލާއިން އެހެން ގައުމުތަކަށް ހިޖުރަކުރަން މަސައްކަތްކުރާ މީހުން ގޮވައިގެން ދަތުރު ކުރި ބޯޓެއް ހުއްޓުވަން ޓްރިނިޑާޑް އެންޑް ޓޮބާގޯ ގެ ކޯސްޓްގާޑުން މަސައްކަތް ކުރުމުގެ ތެރޭގައެވެ. މިހާދިސާއާ ގުޅިގެން ޓްރިނިޑާޑް އެންޑް ޓޮބާގޯގެ ބޮޑު ވަޒީރު، ކީތު ރައުލީ ހާމަކޮސްފައިވާ ގޮތުގައި މި ހާދިސާ ހިންގާފައި ވަނީ އިންސާނުންގެ […]