އިޒްރޭލު ސިފައިންނާއި ފަލަސްތީނު ރައްޔިތުންނާ ދެމެދު ކުރިމަތިލުންތަކެއް ހިނގައިފި

Facebook
Twitter
WhatsApp
1645287588653_Is Police - Copy

ޖެރޫސަލެމްގައި އިޒްރޭލު ސިފައިންނާއި ފަލަސްތީނު ރައްޔިތުންނާ ދެމެދު އަނެއްކާވެސް ކުރިމަތިލުންތަކެއް ހިނގައިފި ކަމަށް ކަމާބެހޭ ޖަމާއަތްތަކުން މައުލޫމާތު ދީފިއެވެ. މި ކުރިމަތިލުންތައް ހިނގާފައި ވަނީ އިޒްރޭލު ސިފައިން ފަލަސްތީނު ރައްޔިތުން ދިރިއުޅެމުންދާ ސަރަހައްދެއްގެ މަގެއް ހުސްކުރަން މަސައްކަތް ކުރަން ފެށުމާ އެކު އެ ސަރަހައްދުން ދުރަށް ނުދިޔުމަށް އެ މީހުން އިހުތިޖާޖު ކުރުމުންކަމަށް ބޭރުގެ ނޫސްތަކުން މައުލޫމާތު ދެއެވެ.

ހުކުރު ދުވަހު ހިނގާފައިވާ މި ކުރިމަތިލުންތަކުގައި އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށް އިޒްރޭލުން މައުލޫމާތު ދިނެވެ. ނަމަވެސް މިއީ ތެދު މައުލޫމާތެއް ނޫންކަމަށް ފަލަސްތީނު ރައްޔިތުން ތުހުމަތުކޮށް ހެކިވެސް ދައްކުވާދީފައިވެއެވެ.

ފަލަސްތީނު ރައްޔިތުން އެ ސަރަހައްދަށް އެއްވެ ތިބީ ނަމާދުކުމަށް ކަމަށާއި މުޒާހަރާކުރުމަށް ނޫންކަމަށް އެމީހުން ބުންޏެވެ. ނަމަވެސް އިޒްރޭލު ސިފައިން އެ ސަރަހައްދަށް އައީ އަސްތަކަށް ސަވާރުވެ ހަތިޔާރު ހިފައިގެން ކަމަށް މަންޒަރު ދުށް މީހުން މައުލޫމާތު ދީފައިވެއެވެ.

އިޒްރޭލުން ފަލަސްތީނުގެ ބިންތައް ފޭރިގަތުމަށް އަދިވެސް އެއްވެސް ބަދަލެއް ނާދެއެވެ. މިހާތަނަށް ފަލަސްތީނުގެ އީސްޓް ޖަރޫސަލެމްގައި 200000 އަށް ވުރެ ގިނަ އިޒްރޭލު ރައްޔިތުން، ފަލަސްތީނު މީހުން އެމީހުންގެ ގެތަކުން ނެރެލައި އެ ގެތަކުގައި ވަޒަންވެރިވެ އުޅެމުންދާކަމަށް ތަފާސްހިސާބުތަކުން ހާމަވެއެވެ.

 

 

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް