ޖިހާދުގެ ޕާސްޕޯޓް ނުހިފެއްޓޭނެކަމަށް ކުރި އަމުރު ސްޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފި

ކުރީގެ ނައިބްރައީސް އަބްދުއްﷲ ޖިހާދުގެ ޕާސްޕޯޓް ހިފަހައްޓަން ކްރިނަލް ކޯޓުން ނެރުނު އަމުރު ހައިކޯޓުގައި ބާތިލު ކުރުމުން ޕޮރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުން އެ މައްސަލަ ސްޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ. ޕީޖީ އޮފީހުން ކުރި ޓްވީޓެއްގައި ބުނެފައިވަނީ މި މައްސަލަ ހައިކޯޓުން ނިންމަވާފައިވާ ގޮތާމެދު ހތްހަމަނުޖެހޭތީ އެ މައްސަލަ އިލްތިމާސް ކޮށްދެއްވުން އެދި ސްޕްރީމް ކޯޓަށް ހުށަހަޅާފައިވާކަމަށެވެ. ޖިހާދުގެ ޕާސްޕޯޓް ހިފެެއްޓީީ ފިނޭންސް މިނިސްޓަރަކަށް އެމަނިކުފާނު ހުންނެވިއިރު ކ. އަތޮޅުގެ ފުށިދިއްގަރުފަޅު ތަރައްގީކުރަން ބަޔަކާ ހަވާލުކުރި […]

10 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި

ވައިގެ މަގުން ރާއްޖެ އެތެރެކުރަން އުޅުނު 10 މިލިއަނަށްވުރެ ގިނަ ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ. މޯލްޑިވްސް ކަސްޓަމްސް ސާރވިސް އިން ބުނީ މި މަސްތުވާތަކެއްޗަކީ ބްރެޒިލް އިން ރާއްޖެ އައި އެ ގައުމުގެ ރައްޔިތެއްގެ އަތުން އަތުލައިގަތް މަސްތުވާތަކެއްޗާއި ލަޓްވިއާގެ ރައްޔިތެއްގެ އަތުން އަތުލައިގަތް މަސްތުވާތަކެތި ކަމަށެވެ. ކަސްޓަމްސް އިން ބުނީ ބްރެޒިލް މީހާ ރާއްޖެ އައިސްފައިވަނީ ނޮވެމްބަރު 28 ވަނަ ދުވަހު ކަމަށާ އުމުރުން 21 އަހަރުގެ މި ފިރިހެންމީހާޣެ އަމަލުތައް ހުރި ގޮތުން އޭނާ […]

މުދަލަށް ގެއްލުންދިން މައްސަލައަކާ ގުޅިގެން މީހަކު ހޯދަނީ

މުދަލަށް ގެއްލުންދިން މައްސަލައަކާ ގުޅިގެން މީހަކު ހޯދުމަށް ފުލުހުން އެމީހާގެ ވޯޑިއޯ އާންމުކޮށްފިއެވެ. ފުލުހުން ބުނީ މިވީޑިއޯއިން ފެންނަ މީހާއަކީ މުދަލަށް ގެއްލުންދިނުމުގެ މައްސަލައަކާ ގުޅިގެން އެ މުއައްސަސާއިން ކުރަމުންދާ ތަހުގީގަކަށް ހޯދަމުންދާ މީހެއްކަމަށެވެ. ފުލުހުން އާންމު ކޮށްފައިވާ ވޯޑިއޯގައި ފެންނަނީ މަޑު ދަނބު ކުލައިގެ ގަމީހެއްކަމަށް ބެލެވޭ ގަމީހަކާއި ޖިންސެއް ލައިގެން ތޮތްޕެއް އަޅައިގެން ހުރި މީހެއް މަގުމަތީގައި ޕާކްކޮށްފައިއޮތް ޕިކަޕެއްކައިރީ މީހަކާ ވާހަކަދައްކަން ހުއްޓައެވެ. އެމީހާ ކޮޑުގައި ކަޅު ދަބަހެއް އަޅުވާފައި އޮތްއިރު އަތުގައި […]

މާފުށީގައި ކާރެއް މޫދަށްވެއްޓި ދެ މީހަކަށް އަނިޔާ ވެއްޖެ

ކ. މާފުށީގައި ދުއްވި ކާރެއް ކޮންޓްރޯލްނުވެ މޫދަށްވެއްޓި ދެ މީހަކަށް އަނިޔާ ވެއްޖެ އެެވެ. ފުލުހުން ބުނީ މިހާދިސާ ހިނގިއިރު ކާރުގައި ތިން މީހުން ތިބިކަމަށާއި އޭގެތެރެއިން ދެ މީހަކަށް އަނިޔާވިކަމަށެވެ. އަދި މި ދެމީހުން ފުލުހުންގެ އެހީތެރިކަމާއެކު މާފުށީ ސިއްޚީމަރުކަޒަށް ގެންގޮސް ފަރުވާދީފައިވާކަމަށް ވެސް ފުލުހުން ބުނެއެވެ. ކާރު މޫދަށްވެއްޓުނު ވަގުތު ބަނދަރުގައި އަޅާފައި އޮތް ދެ ލޯންޗެއްގައި ޖެހި އެ ދެ ލޯންޗަށް ވެސް ވަނީ ގެއްލުން  ލިބިފައެވެ. ފުލުހުން ބުނީ މޫދަށް ވެއްޓުނު […]

ފެރީ ނިޒާމުން ރާއްޖެ ގުޅުވައިލުމަށް ހިންގާ މަޝްރޫއު އެމްޓީސީސީއަށް

ރާއްޖެ ފެރީ ނިޒާމަކުން ގުޅުވައިލުމަށް ހިންގާ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ( އެމްޓީސީސީ) އަށް ދިނުމަށް ސަރުކާރުން ނިންމައިފި އެވެ. ރައީސް އޮފީހުން ބުނީ ރާއްޖެ ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅައިލުމަށް “ އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކް“ގެ ނަމުގައި ހިންގާ މަޝްރޫއު އެމްޓީސީސީއަށް ދިނުމަށް ނިމްމީ ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ކަމަށެވެ. ރައީސް މިގޮތަށް ނިންމަވާފައިވަނީ މިއަދު ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި ޕްލޭނިން […]

ސަފާރީގައި ޖިންސީގޯނާ ކުރި މައްސަލައިގައި ދައުވާކޮށްފި

ހުޅުމާލޭ ފަޅުތެރާގައި އޮތް ސަފާރީއެއްގައި ރޭޕްކުރިކަމަށް ތުހުމަތުކުރެވި މީޑިއާގެ ސަމާލުކަން ލިބުނު މައްސަލައިގައި ޖިންސީގޯނާކުރި ކަމުގެ ތުހުމަތުގައި މީހެއްގެ މަށްޗަށް ދައުވާކޮށްފިއެވެ. ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ޕްރޮސެކިއުޓަރ ޖެނެރަލްގެ ފަރާތުން ދައުވާކޮށްފައިވަނީ ލ. ގަމު ނޫރަންގޭ އަބްދުﷲ ޝާންގެ މަށްޗަށެވެ. އޭނާއަކީ ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރުދާއިރާގެ އެމްޑީޕީގެމެންބަރު ޖީހާން މަހްމޫދުގަ ފިރިކަލުންނެވެ. ޝާންގެ މަށްޗަށް ތިން ކުށަކަށް ތުހުމަތުކޮށް ދައުވާ އުފުލާފައިވެއެވެ. އެއީ ޖިންސީ ގޯނާގެ ތުހުމަތުގެ އިތުރުން ގައިގައި އަތްލުމުގެ ކުށުގެ […]

މާލެ އާއި އެއާޕޯޓާއި ދެމެދު ބަހުގެ ޚިދުމަތް އަލުން ފަށައިފި

  މާލެ އާއި ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓާ ދެމެދު ބަހުގެ ޚިދުމަތް މިއަދުން ފެށިގެން އަލުން ދޭންފަށައިފިއެވެ. މާލެ އާއި އެއަރޕޯޓާއި ދެމެދު ބަހުގެ ޚިދުމަތް އަލުން ފަށައިފައިމިވަނީ ކޮވިޑް-19 ބަލިމަޑުކަމުން އަރައިގަތުމަށް ސަރުކާރުން އެޅިފިޔަވަޅުތަކުގެ ތެރޭގައި މާލެ އާއި ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށް ދެމުން ބާއްވަމުންދިޔަ ބަހުގެ ޚިދުމަތް މެދުކެޑުމަށްފަހުއެވެ. އަލުން މި ޚިދުމަތް ފަށާފައިވަނީ ބައެއް ބަދަލުތައް ގެނައުމަށްފަހުއެވެ. މޯލްޑިސްވްސް ޓްރާންޕޯޓްސް ލިމިޓެޑުން ހިންގާ ގްރޭޓަރ މާލޭ ޓްރާންޕޯޓް ލިންކު( ޖީއެމްޓީއެލް)ން މިއަދު ނެރުނު […]

މިއަދުގެ ޚުތުބާގައި ދަރިވަރުންނާއި ބެލެނިވެރިން އަދި މުދައްރިސުންނަށް ޚާއްސަ މެސެޖްތަކެއް

ދިރާސީ އަހަރުގެ ދެވަނަޓާމުގެ ކިޔެވުން ފެށުމަށް ދެ ދުވަހަށް ވެފައިވާއިރު، މިއަދުގެ ހުކުރު ޚުތުބާ ޚާއްސަކޮށްފައިވަނީ ދަރިވަރުންނަށާއި ބެލެނިވެރިން އަދި މުދައްރިސުންނަށް ޚާއްސަ މެސެޖްތަކަކަށެވެ. ޚުތުބާގައި ބުނީ ބެލެނިވެރިން އެމީހުންގެ ދަރިން ސުކޫލަށް ފޮނުވަނީ ސްކޫލުތަކުގެ ވެރިންނާއި މުދައްރިސުންނަށް ވަރަށްބޮޑަށް އިތުބާރުކޮށްފައިކަމަށާއި އެހެންކަމުން ދަރިވަރުންގެ އުނގެނުމާއި އަޚްލާގާއި ރައްކާތެރިކަމަށް މުދައްރިސުން ކުރިއަށް ވުރެ ބޮޑަށް ސަމާލުކަންދޭންޖެހޭނެކަމަށެވެ. މުދައްރިސުން ދަރިން ތަރުބިއްޔަތުކޮށް އިސްލާމް ދީނަށާއި ގައުމަށް ވަފާތެރި ބަޔަކަށް ހެދުމަށްޓަކައި އެދުރުންގެ ދައުރު ބޮޑުކަން ހާމަކޮށް ކުތުބާގައިވަނީ ކެތްތެރިކަމާއި […]

ބިއްލޫރި ޕެލެޓެއް ނެރުމުގެ ތެރޭގައި ޒަޚަމްވި ދެ މީހުންގެ ހާލު ރަގަޅު :އެމްޕީއެލް

މާލޭ ވިޔަފާރި ބަނދަރުގައި ހުރި ކޮންޓޭނަރަކުން ބިއްލޫރި ޕެލެޓެއް ވެއްޓި ރޭ ހިނގި ހާދިސާއެއްގައި ޒަޚަމްވި ދެ މީހުންގެ ހާލު ވެސް ރަނގަޅުކަމަށް މޯލްޑިވްސް ޕޯސްޓްލިމިޓެޑް ( އެމްޕީއެލް) އިން ބުނެފިއެވެ. މި ހާދިސާއާއި ގުޅިގެން އެމްޕީއެލް އިން ނެރުނު ބަޔާނުގައި ބުނީ ހާދިސާ ހިނގަން މެދުވެރިވީ ފޯލްކްލިފްޓް ބޭނުންކޮށްގެން ބިއްލޫރި ޕެލެޓް ކޮންޓޭނަރުން ބާލަން އުޅުމުގެ ތެރޭގައި ކަމަށެވެ. ބިއްލޫރިގަނޑު ބާލަން އުޅުމުގެ ތެރޭގައި ބިއްލޫރިގަނޑު އަރިއަޅައި އެކަކު ކޮންޓެއިނަރުގެ ތެރޭގައި ތާށިވިއެވެ. އެމީހާ ސަލާމަތްކުރީ […]

ބިއްލޫރި ޕެލެޓެއް ނެރުމުގެ ތެރޭގައި ދެ މީހަކު ޒަޚަމް ވެއްޖެ

މޯލްޑިވްސް ޕޯސްޓްލިމިޓެޑް ( އެމްޕީއެލް)ގައި ބިއްލޫރި ޕެލެޓެއް ވެއްޓި ހިނގި ހާދިސާއެއްގައި ދެ މީހަކު ޒަޚަމް ވެއްޖެއެވެ. އެމްޕީއެލް އިން ބުނީ މިހާދިސާ ހިނގަން މެދުވެރިވީ ފޯލްކްލިފްޓް ބޭނުންކޮށްގެން ބިއްލޫރި ޕެލެޓް ކޮންޓޭނަރުން ބާލަން އުޅުމުގެ ތެރޭގައި ކަމަށެވެ. މި ހާދިސާގައި އެކަކު ކޮންޓެއިނަރުތެރޭގައި ތާށިވުުވުމުން އެކަން ކަމާބެހޭފަރާތްތަކަށް އެންގުމަށްފަހު އަނިޔާވި ދެވަނަ މީހާއަށް ފަރުވާދިނުމަށް ހޮސްޕިޓަކަށް ގެންދިޔަކަމަށް ވެސް އެމްޕީއެލް އިން ބުނެއެވެ. އެމްއެންޑީއެފުން ބުނީ އެމްޕީއެލްގައި ހުރި ކޮންޓެއިނަރެއްގެ ތެރޭގައި މީހަކު ތާށިވެގެން އުޅޭކަމުގެ […]