އުޖާލާ ޙަޔާތެއްތޯ؟ ހިތްދަތިކަންތޯ؟

ބާއްޖަވެރި ޒަވާޖީ ޙަޔާތަކީ ކޮންމެ މީހެއްގެވެސް އެންމެބޮޑު އެއް އުންމީދެވެ. ރަނގަޅު ބައިވެރިޔަކު ހޯދައި އުފާވެރި ޙަޔާތަކީ ”ވަޔަކުން“ ލިބޭހައި ފަސޭހަ އެއްޗެއްނޫނެވެ. އެއީ ތިމާގެ ދިރިއުޅުމުގައި ތިމާ ގެންގުޅޭ އުޞޫލުތަކާއި ތިމާ ޤަބޫލުކުރާ ޤަބޫލުރުންތަކުގެ މައްޗަށް ބިނާވެފައިވާ އެއްޗެކެވެ. ހަމަޖެހޭ ދިރިއުޅުމެއް ބިނާވަނީ ޙަޔާތުގެ މައިދާނުގައި ތިމާ ނިންމާ ނިންމުންތަކާއި ގެންގުޅޭ ރަނގަޅު އާދަތަކުގެ މައްޗަށެވެ. މިގޮތުން އަޅުގަނޑު ބަލައިލާނީ ޒަވާޖީ ޙަޔާތެއް ބާއްޖަވެރިކުރުމުގައި ދުރުހެލިވާންޖެހޭ އާދަތައް އަދި ގެންގުޅެންޖެހޭނެ އާދަތަކާއި ސިފަތަކުގެ މައްޗަށެވެ. ދިރިއުޅުމުގައި […]

ނަފްސަށް އިޚްލާޞްތެރިވާށެވެ! އޭރުން ޤައުމަށް އިޚްލާޞްތެރިވެވޭނެއެވެ.

ކޮންމެ ކަމެއްގެ ވެސް އިޞްލާޙު ފެށޭހިސާބަކީ ތިމާގެ އަމިއްލަ ނަފްސެވެ. އެނަފްސު އިސްލާޙު ކޮށްފިނަމަ، އެކަމުގެ ސަބަބުން ތިމާއަށްވެސް އަދި ޤައުމަށް ވެސް މަންފާ ކުރާނެއެވެ. ނަފްސަށް ތެދުވެރި ވެއްޖެ މީހަކު ފަރުދުންނަށާއި ޤައުމަށް ތެދުވެރިވާނެއެވެ. ނަފްސަށް އިޚްލާޞްތެރި ވެއްޖެ މީހަކު ފަރުދުންނަށާއި ޤައުމަށްވެސް އިޚްލާޞްތެރިވާނެކަން ޔަޤީނެވެ. އެހެންކަމުން، ތިމާކުރާ ކޮންމެކަމެއްގައި ޚިޔާނާތާއި، މަކަރުވެރިކަމާއި، ރިޝްވަތުން ދުރުހެލިވުމަކީ ކޮންމެ ފަރުދެއްގެ ވެސް ޒިންމާއެކެވެ. އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުން ބުނެއުޅެއެވެ. އެންމެން ވެސް ހަދަނީ ދޮގެވެ. އެހެންވީމާ […]

އިމޯޝަނަލް އިންޓެލިޖެންސް

ވިހި ވަނަ ޤަރުނާއި ހަމައަށް ”އިންޓެލިޖެންސް“ މިބަސް ޑިކްޝަނަރީގައި ހިމެނިފައެއްނުވެއެވެ. މިބަސް އާންމުވެފައި ވަނީ 1930 ގެ ފަހުންނެވެ. މިއަދާއި ހަމައަށްވެސް ”އިމޯޝަނަލް އިންޓެލިޖެންސް“ ޑިކްޝަނަރީގައި ހިމެނިފައެއްނުވެއެވެ. އިމޯޝަނަލް އިންޓެލިޖެންސް ނުވަތަ ”އީ.ކިއު“ ބިނާވަނީ އިޙުސާސްތަކާއި، ފަރުދީ، އިޖްތިމާޢީ އަދި އަދި ދިރިއުޅުމުގެ މައިދާނުގައި ތިމާގެ ވިސްނުން ގެންގުޅޭ ގޮތްތަކުގެ މައްޗަށެވެ. މީގެ އިތުރުން، އަމިއްލަ ނަފްސު ދެނެގަތުމާއި، ވަށައިގެން ދިރިއުޅޭ އެހެނިހެން މީހުން ދެނެގަތުމާއި ދޭދޭމީހުންގެ ގުޅުންތަކާއި އެކަންކަމާއި ގުޅުންހުރި ކަންތައްތަކަށް ތިމާގެ ނަފްސު ހޭނުވުމާއި […]

ހެޔޮ ޖީލެއް ބިނާކުރުމުގައި ޅެމުގެ ދައުރު

އިންސާނީ ތާރީޚް ގޮސް ގެއްލި އޮބާލާ ހިސާބަށް ދުރު ދަތުރެއްކޮށް ހޯދައި ބަލައިލައިފިނަމަ، އެއްބަޔަކު އަނެއްބަޔަކާއި މުޢާމަލާތު ކުރުމުގައްޔާއި ޚިޔާލުތައް ބަދަލުކުރުމުގައި ޅެމާއި ޅެންބަހުރުވަ ބޭނުންކޮށްފައިނުވާ ޒަމާނެއް ތާރީޚުން ފެނުމަކީ މުސްތަޙީލުކަމެކޭ ބުނުމަކީ ދޮގަކަށްނުވާނެއެވެ. ޅެމަކީ އިންސާނާގެ ޙަޔާތާއި މިހާބޮޑަށް ގުޅި ލާމެހިފައިވާ އެއްޗަކަށް ވެފައި މި ވަނީ، އޭގައި އެކުލެވޭ ތަފާތު ސިފަތަކުގެ ސަބަބުންކަމުގައި ވުން އެކަށީގެންވެއެވެ. އެހެނީ، ޅެމަކީ އިންސާނާގެ ޝުޢޫރުތަކާއި، އިޙްސާސްތަކާއި، ޖަޒްބާތުތަކަށް އަސަރުފޯރުވާ އެއްޗެއްކަމަށް ގިނަބަޔަކު ޤަބޫލުކުރެއެވެ. އަދި ފަހުގެ ދިރާސާތައް […]

ހިތް އެދޭހާ ގޮތަކަށް ކަންތައްތައް ނުވިޔަސް ޝުކުރުވެރިވާން އާދަކުރާށެވެ!

”އިއްޔެ ހުރިހާކަމެއް ވެގެން އެދިޔައީ އަހަރެން ބޭނުންވި ގޮތަށެވެ. ކާމިޔާބު ލިބުނީ އަހަރެންނަށެވެ. އެންމެންވެސް އަހަރެންނަށް ތަޢުރީފް ކުރިއެވެ. ސަނާކިއެވެ. އަހަރެންގެ މޮޅުވާހަކަ އެކިތަންތާގައި ހޫނު ޚަބަރެއްގެ ގޮތުގައި ފެތުރުނެވެ. އަހަރެން ހުރީ އުފަލުން ފޮޅި ”ދަތްކޮޅު އަތަށް ލައިގެނެންނެވެ.“ ކާމިޔާބު މީހެއްގެ އިޙްސާސް އަހަރެންނަށް ކުރެވުނެވެ.“ މިއީ، އެއްދުވަހެއްގައި މީހެއްގެ ތަޤުދީރުގެ ފަތްފުށްތަކުން ބައެއް އެމީހަކާއި ކުރިމަތިކުރުވަފާނެ ގޮތެވެ. ދެން ޖެހިގެން އަންނަ ދުވަހުގައި އެމީހާ ކުރިމަތިލާން ޖެހޭނީ ކޮންކަމަކާ ކަމެއް އެއްވެސް މީހަކަށް ނޭނގޭނެއެވެ. […]