ނަރުހުން މާސްޓާސް ފެންވަރަށް ތަމްރީނު ކުރަނީ

ނަރުހުން މާސްޓާ ޑިގްރީ ފެންވަރަށް ތަމްރީނުކުރަން ރާއްޖޭގެ އެކި ސަރަޙައްދު ތަކުގެ 8 ހޮސްޕިޓަލެއްގައި ސްކޮލަޝިޕަށް މިއަދުސަރުކާރުން ހުޅުވާލައިފިއެވެ. ސްކޮލަޝިޕްގެ 15 ފުރުސަތުގައި ސާކްގެ ގައުމެއްގައި ނޫނީ މެލޭޝިޔާ ނުވަތަ ފިލިޕީންސްގައި ކިޔެވޭނެ ކަމަށް ހަޔަ އެޑިއުކޭޝަން މިނިސްޓްރީން ބުނެފާވެއެވެ. އަދި މި ސްކޮލަޝިޕްތަކަށް ކުރިމަތިލުމުގެ މި މަހުގެ 29 ވަނަ ދުވަހާ ހަމައަށް ވަނީ ވަގުތުދީފައެވެ. މިނިސްޓްރީން ހާމަކުރި ގޮތުގައި މި ސްކޮލަޝިޕް ތަކުގައި ކިޔެވުމަށް ޖާގަ ހޯދުމަށް ހަ މަސް ދުވަސް ލިބޭނެ އެވެ. އެގޮތުން ހުރިހާ ޚަރަދެއް ސަރުކާރުން ދޭ ގޮތަށް ނަރުހުން މާސްޓާސް ފެންވަރަށް ތަމްރީނުކުރަން ހަމަޖެހިފައިވާ ހޮސްޕިޓަލްތަކަކީ އައި.ޖީ.އެމް.އެޗް އާއި ހުޅުމާލެ […]
ނަފްސާނީ ޞިއްޙަތަށް ހޭލުންތެރި ކުރުމުގެ ކެމްޕޭން ފެށިއްޖެ

މިއަދު ހަވީރު ދަރުބާރުގޭގައި އެކަމަށް ބޭއްވި ރަސްމިއްޔާތު އިފްތިތާޙް ކޮށްދެއްވީ ރައީސް އިބްރާހިމް މުޙައްމަދު ސޯލިޙް އެވެ. މި ކޭމްޕޭން ހިންގުމުގެ ބޭނުމަކީ ފަރުދުންނާއި މުޖްތަމަޢުގެ ނަފްސާނީ ދުޅަހެޔޮކަން ކުރިއެރުވުމަށާއި ނަފްސާނީ ބަލިތައް ތަހައްމަލް ކުރާ ފަރާތްތަކާ މެދު ދެކޭ ނޭދެވޭ ގޮތްތަކާއި ވިސްނުންތައް ބަދަލުކޮށް ތަފާތުކުރުން ނައްތާލުމަށް މަސައްކަތް ކުރުން ކަމަށް ހެލްތް މިނިސްޓްރީން ބުނެފާވެއެވެ. މިފަދަ ކެމްޕޭނަކުން ޙާޞިލުކުރުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑިތަކުގެ ތެރޭގައި ފަރުދުންގެ ޤާބިލްކަން އިތުރުކޮށް ކުރިމަތިވާ އުނދަގޫ އިޙުސާސްތައް ތަޙައްމަލުކުރަން ދެނެގަނެ އެކަންކަމުން އަރައިގަތުމުގެ ޤާބިލްކަން އުފެއްދުމާއި، އަމިއްލަ ނަފްސަށް އަޅާލުމަށް […]
ޔާމީންގެ ޝަރީޢަތުގެ އަޑުއެހުންތައް ނިމުނީ: ދެން އޮންނާނީ ޙުކުމްކުރުން

ކުރިމިނަލް ކޯޓްގައި ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީލޯންޑަރ ކުރުމާއި ރިޝްވަތު ގަބޫލު ކުރުމުގެ ދަޢުވާތަކުގެ އަޑުއެހުންތައްމިއަދު ނިންމާލައިފިއެވެ. ދައުލަތުން އެދުނީ ޔާމީންގެ އަތުން 3.4 މިލިއަން ޑޮލަރު ނަގައިދިނުމަށެވެ. އަޑުއެހުންތައް ނިންމާލުމަށް ފަހު ޝަރީޢަތުން ވިދާޅުވީ ދައުލަތުން ރައީސް ޔާމީންއާއި ޔޫސުފް ނައީމްގެ މައްޗަށް އުފުލާފައިވާ ދައުވާއާއި ގުޅިގެން ދައުލަތަށާއި ދިފާޢަށް މައްސަލައިގައި ވާހަކަ ދެއްކުމަށް 60 ގަޑިއިރު ހެދަވެފައިވާ ކަމަށެވެ. އިސްގާޒީ ވިދާޅުވީ މައްސަލައިގައި އަޑުއެހުންތައް ނިމުނީ ކަމަށާއި ދެން އޮންނާނީ މައްސަލައިގެ ޙުކުމް ކުރުމަށް ބާއްވާ […]
ރައީސް ޔާމީނު ޝަރިޢަތުގެ ފަހު އަޑު އެހުން އަންނަ ހަފުތާގައި

ކުރީގެ ރައީސް ޔާމީންގެ މައްޗަށް ވ. އާރަށު މައްސަލައިގައި ދައުލަތުން އުފުލާފައިވާ ދައުވާގެ އެންމެ ފަހު އަޑުއެހުން އަންނަ ހަފުތާގައި ބޭއްވުމަށް ކޯޓުން ނިންމައިފިއެވެ. މިއަދު ކްރިމިނަލް ކޯޓުގައި އޮތް އަޑުއެހުން ނިންމަވާލައްވަމުން ގާޒީ ޝަކީލު ވިދާޅުވީއަންނަ ބުދަ ދުވަހު އޮންނާނީ މައްސަލައިގެ ހުލާސާ ބަޔާން ހުށަހެޅުމެވެ. އެއަށްފަހު އިތުރު ކަމެއް ސާފުކުރަން ނުޖެހޭނަމަ އޮންނާނީ ހުކުމް އިއްވުމެވެ. ރައީސް ޔާމީންގެ މައްޗަށް އާރަށުގެ މައްސަލައިގައި ދައުލަތުން އުފުލާފައިވަނީ ރިޝްވަތު ގަބޫލުކުރުމާއި މަނީ ލޯންޑްރިން ދަޢުވާއެވެ. ދަޢުވާ އުފުލާފަވަނީ އެމް.އެމް.ޕީ.އާރް.ސީގެ ޚިޔާނާތުގެ ތެރެއިން އެރަށް ޔޫސުފް […]
އައްޑޫ އެމްޑީޕީ އަތުން ބީވެއްޖެ

ރައީސް ޔާމީނުގެ އައްޑޫދަތުރުފުޅުގެ ތާއިދު ފެނުމުން މިހާރު އައްޑޫ ސިޓީ އެމްޑީޕީގެ އަތުން ބީވެގެން ގޮސްފައިވާކަން އެ ޕާޓީ އަށް ވަރަށް ރަނގަޅަށް އެނގިގެން ގޮއްސި ކަމަށް އިދިކޮޅު ޕީޕީއެމް އިން ބުނެފިއެވެ. މާލެ ފިޔަވާ އެމްޑީޕީ އަށް އެންމެ ތާއީދު ބޮޑު ތާއިދު އޮތް ތަނަކީ އައްޑޫ ސިޓީ ކަމަށްވާއިރު އިދިކޮޅު ލީޑަރ ކުރީގެ ރައީސް ޔާމީން މިއަދު މެންދުރު އައްޑޫ އަށް ވަޑައިގެންނެވުމުން އެމަނިކުފާނަށް ވަނީ ވަރަށް ހޫނު މަރުޙަބާއެއް އައްޑޫގެ ރައްޔަތުން ދަންނަވާފައެވެ. ޔާމީން އައްޑޫ އަށް ކުރައްވާ މި ދަތުރުފުޅަކީ ހަތަރު ދުވަހުގެ ދަތުރުފުޅެއް ކަމަށް އެޕާޓީން ބުނެއެވެ. މިއަދު […]
ފަލަސްތީނުގެ ކަލްޗަރަލް އޯގަނައިޒޭޝަންގެ ރައީސް މާލޭގެ މޭޔަރާއި ބައްދަލު ކުރައްވައިފި

މާލޭގެ މޭޔަރ ޑރ. މުޢިއްޒުގެ އަރިހަށް އިޙުތިރާމްގެ ޒިޔާރަތެއް މުސްލިމް އިމްރާން ކުރައްވައިފިއެވެ. މުސްލިމް އިމްރާނަކީ ފަލަސްތީނު ކަލްޗަރަލް އޯގަނައިޒޭޝަންގެ މެލޭޝިޔާ ގޮފީގެ ރައީސްއެވެ. މިއަދުގެ ބައްދަލުވުމުގައި އިމްރާން މޭޔަރ މުއިއްޒުއަށް ފަލަސްތީނުގެ މިއަދުގެ ޙާލަތާއިބެހޭގޮތުން މަޢުލޫމާތް އަރުވާފައިވެއެވެ. އެގޮތުން މިހާރުވެސް ހަ ހާހެއްހާ ފަލަސްތީނުގެ ރައްޔަތުން އިޒްރޭލްގެ ޖަލުތަކުގައި ބަންދު ކުރެވިފާވެއެވެ. އޭގެތެރެއިން ގިނަމީހުންނަކީ ޝަރިޢަތެއް ކުރުމެއްނެތި އަދި މުއްދަތެއްނެތި ބަންދުޖަހާފައިވާ މީހުންނެވެ. މިބައްދަލުވުމުގައި މުސްލިމް އިމްރާން އެދިވަޑައިގަތީ ފަލަސްތީނުގެ މިނިވަންކަމާއި އިންސާފަށް ކުރަމުންގެންދާ މަސައްކަތުގައި ދިވެހިން ދެމުންގެންދާ […]
މިގައުމު ބިނާކުރުމުގައި އަވަށްޓެރިންގެ ތަޖްރިބާވެސް ބޭނުން

އަވަށްޓެރި އިންޑިއާއަކީ އަޅުގަނޑުމެން ދަތުރުކުރަން ބޭނުންވާ ޑިމޮކްރެސީގެ ނަމޫނާއެކޭ ބުނެވިދާނެއެވެ. ނަމޫނާއެކޭ މި ބުނީ އޭގައި ރަނގަޅު ގޮތްތަކަކާއި ނުރަނގަޅު ގޮތްތަކެއްވެސް ހިމެނިފައި ވާތީއެވެ. ނުރަނގަޅ ުކަމަށްބެލެވޭ ކަންތައްތައް ދޫކޮށްލާފައި ރަނގަޅު ކަންތަކުން ފިލާވަޅު ލިބިގަތުން ބޭނުމެވެ. އިންޑިއާއަކީ ދުނިޔޭގެ އެންމެ އިސްސަފުގައި އޮންނަން ޖެހޭ ގައުމެކެވެ. އާބާދީގެ ގޮތުން މުޅިދުނިޔޭން ދެވަނަ އެވެ. ތަޢުލީމާއި ތަފާތު ހުނަރުގެ ތަޖްރިބާކާރުންގެ ނިސްބަތުން މުޅި ދުނިޔޭން އެއްވަނައޭ ބުނުމަކީވެސް ދޮގަކަށް ނުވާނެއެވެ. ބިމުގެ މުއްސަނދި ކަންވެސް އުޅޭނީ ދުނިޔޭގެ އެންމެ މުއްސަނދި ދިހަ ގައުމުގެތެރޭގައެވެ. ތަރައްގީގެ މަގުގައި […]
ޓީބިލަށް އެންމެނަށްވެސް ދެން އިންވެސްޓް ކުރެވޭނެ – އަމީރު

އާންމު ރައްޔިތުންނަށްވެސް ޓްރެޝަރީ ބިލް އަށް އިންވެސްޓްކުރެވޭ ގޮތަށް ހުޅުވާލާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ. ގައުމުގެ އިކޮނޮމީ ހީނަރުވެ ހާސްކަމެއްގެ ތެރޭގައި ވުމާއިއެކު އިކޮނޮމީ ރަނގަޅުކުރެއްވުމަށް އަޅުއްވަން ގަސްދުުކުރައްވައި ގިނަގުނަ ފިޔަވަޅުތަކުގެ ތެރޭގައި މިއީވެސް ހަރުދަނާ ފިޔަވަޅެއް ކަމުގައި މިނިސްޓަރ ދެކެވަޑައިގަންނަވާ ކަމުގައެވެ. މެމްބަރަކު މިއަދުގެ މަޖިލިސް ޖަލްސާގައި ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރ އަމީރު ވިދާޅުވީ ޓްރެޒަރީ ބިލް އިޝުއަރެންސްގެ މަސައްކަތްތައް މިހާރު ކުރިއަށް ގެންދަނީ ސީދާ މިނިސްޓަރުގެ ބެއްލެވުމުގެ ދަށުންކަމަށެވެ. މިއަހަރު ނިމުމުގެ ކުރިން ސީއެސްޑީ ޕްރޮޖެކްޓް ނިންމާލެވޭނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ވިދާޅުވިއެވެ. އަދި […]
މަސްޖިދުއް ޒިކުރާގެ އިމާމު ސަސްޕޭންޑް ކޮށްފި

ލ. ގަމު މަސްޖިދުއް ޒިކުރާގެ އިމާމު ޢަލީ ޝަރީފު އިމާމުކަމުން ސަސްޕެންޑް ކޮށްފިއެވެ. ޝަރީފު ވިދާޅުވިގޮތުގައި އޭނާއަށް ގަމު ކައުންސިލުން ފޯނުކޮށްފައި ގޭގައި މަޑުކުރުމަށް ވަނީ އެނަގައިފައެވެ. އޭނާ ވިދާޅުވިގޮތުގައި މިވީ ތިންމަސް ދުވަހުގެ ތެރޭގައި ވަގުތަށް ނުދެވިވާނީ އެންމެ ބަންގިއަކަށެވެ. އަދި ވަޒީފާ އަދާކުރަމުން ގެންދެވީ ވަރަށް ފަރުވާތެރިކަމާއި އެކުގައެވެ. މިހާރު އެނގުނުގޮތުގައި ވަޒީފާ ގެއްލެން ދިމާވި ސަބަބަކީ ރައީސް ސޯލިޙު މިދޭތެރެއިން ލ.އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ސަރުކާރުގެ ސިޔާސަތާއި ހިތްހަމަ ނުޖެހޭކަން ދެއްކުމުގެ ގޮތުން […]
ވިލިމާލެ ދާއިރާގެ ޕީޕީއެމްގެ ރައިީސްކަމަށް މުޙައްމަދު އިސްމާޢީލް

ވިލިމާލެ ދާއިރާގެ ޕީޕީއެމްގެ ރައީސްކަމަށް ކުރީގެ މަޖިލިސް މެމްބަރ ކުރިމަތި ލައްވައިފިއެވެ. މުޙައްމަދު އިސްމާޢީލް އަކީ ޕީޕީއެމް ޕީއެންސީ ކޯލިޝަންގެ އެކްޝަން ޑިޕާޓްމެންޓްގެ އިސްފަރާތެވެ. ޕާޓީގެ އެންމެހާ ޙަރަކާތްތަކެއްގެ ހިއްވަރުގަދަ ފަހުލަވާނެކެވެ. ދިވެހިން ހިންގި އިންޑިއާ އައުޓް ކެންޕޭނުގެ ވެސް އެންމެ އިސްކޮށް ޙަރަކާތެރިވި ޕެޕަރ ސްޕްރޭގެ ވާރޭގަޔައި ބަންދުތަކުގެއި އެންމެ އަނިޔާލިބުނު އެއް މެމްބަރުވެސް މެއެވެ. ސިޔާސީ ގޮތުން ތަޖުރިބާކާރު ރައީސް ޔާމީންއާއި ޕާޓީއަށް ވަރަށް އިޙުލާސްތެރި ރަނގަޅު ބޭފުޅެކެވެ. ވިލިމާލޭގެ ދައިރާއަށް މުޙައްމަދު އިސްމާޢީލް ކުރިމަތި ލެއްވުމުން ޕާޓީގެ މެމްބަރުންވަނީ ވަރަށް ހޫނު މަރުޙަބާއެއް ކިޔާފައެވެ. ރައީސް ޔާމީނުގެ ވެރިކަމުގެ ދައުރު ނިމުމަށްފަހު […]